ޑަބްލިޔު ކޮންސްޓްރަކްޝަނުން ސަންފްރޮންޓް ލައިޓް ހުންނަ، މ. ނަލަހިޔާ މަންޒިލްގައި ހަދަމުންދާ އިމާރާތުގެ ފަސް ވަނަ ބުރީގައި މަސައްކަތް ކުރަނިކޮށް މަގުމައްޗަށް ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ، ކުޑަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ އިރު، އެ މައްސަލައިގައި ކުންފުނިން ވަނީ ޒިންމާއަށް އިހުމާލު ވެފައި ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ އަންހެން ކުއްޖަކަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދެމުންދާ އިރު، އެ ކުއްޖާގެ ހާލު އަދިވެސް ކްރިޓިކަލްއެވެ.

ކުއްޖާގެ ހާލަތާ ގުޅިގެން ޑަބްލިޔު ކޮންޓްސްޓްރަކްޝަންސްއިން ބުނެފައި ވަނީ މަސައްކަތް ކުރީ ނަގަން ޖެހޭ ހުއްދަ ނަގައިގެން ކަމަށާއި، ކުއްޖާގެ ސިއްހީ ކަންކަމުގައި ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެހެން ނަމަވެސް ސިޓީ ކައުންސިލުން ބުނެފައި ވަނީ ނަގާފައިވާ ހުއްދަތަކުގައި ވާ ގޮތަށް ކުންފުނިން އަމަލުކޮށްފައި ނުވާ ކަމަށާއި، ކުންފުނިން ވެފައި ވަނީ ބޮޑު އިހުމާލެއް ކަމަށެވެ.

"ނަގާފައި ހުރި ހުއްދަތަކަށް ބަލާއިރު، އެތާ އޭރިއާ ބަންދުކޮށްފައެއް ވެސް ނެތް. ހަމަ އެކަނި އިނީ ބޯޑެއް އެކަނި ޖަހާލާފަ. އެހެންވީމަ މިހާރުން މިހާރަށް ހުރި ގަވާއިދުތަކަށް ބަލާއިރު ވެސް މި ދެންނެވި ކުންފުނީގެ ވަރަށް ބޮޑު އިހުމާލެއް މިކަމުގަ އޮތްކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ޝިފާ ވިދާޅުވިއެވެ.

ޝިފާ އިތުރަށް ވިދާޅުވީ، ކޮންސްޓްރަކްޝަން ސައިޓުގައި ހުއްދައިގެ އިތުރުން، މަސައްކަތު ސައިޓް ސުޕަވައިޒްކުރި އިރު އެހެން މައްސަލަތަކެއް ވެސް ސިޓީ ކައުންސިލަށް ފާހަގަކުރެވުނު ކަމަށެވެ.

މިއަދު ހިނގާދިޔަ ހާދިސާއާ ގުޅިގެން މާލޭގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުމަށް ހުއްދަ ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާއިރު، ފުލުހުން މިހާރު ދަނީ ހާދިސާ ހިނގި އިމާރާތުގެ ކަންކަން ބަލައި ތަހުގީގު ރިޕޯޓެއް އެކުލަވާލުމަށް އެ ސައިޓްގައި ހަރަކާތްތެރި ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާލޭ ތޮލް

    އެކުންފުންޏައްހުއްދީފައެހުްދަޔާއެއްގޮތައްއަމަލު ކުރޭތޯބެލުމަކީ ސިތީކައުންސިލުގެޒިއްމާއެްނޫންތޯ ސިތީކައުންސިލައްތިކަމުން ބޯދަމާގަނެވޭނެއެއްގޮތެއްވެސްނުއޮއްނާނެ ކޮންވަހަކައެއްދައްކަކައް ޔަމިނުސަރުކަރުގަނަމަބުނީސް ސަރުކަރުފަރުވަކުޑަކަމުނޮ ވީކަމެކޭ އެމައްސަލަ އދ އައްވެސްހުށައެޅީސް ލާދީނީމައްމަ

  2. މުހަންމަދު

    ތިޔަހެންބުނެގެން ތިޔަ ސިފާއަކަންނުބެޗޭނެ ކަލޭމެންބަލަންޖެހޭނެ އެމީހުންހުއްދަރަގަޅުތޮ ސަރުކާރުގެބޮޑެތި މުސާރަކައިގެން އޭސީގަނިދަންނުތިބެވޭނެ

  3. Miadhu

    ޝިފާ ތި ޓީޝާޓް ގަނޑު ބާލާފައި ކޮނޑުކެޑިއެއް ލާބަލަ ދަލުފޮތީގެ އެއިރުން ވަރަށް ފިނިވާނެ