ބޭރު ޤައުމެއްގައި އުޅުނުކަމުގައިވިޔަސް އަޅުގަނޑުމެންނަކީ މުސްލިމުންކަން އަބަދުވެސް ހަނދާން ކުރަން ޖެހޭނެކަމަށާއި އަދި އަބަދުވެސް ދީނީ ކަންކަމަށް ސަމާލު ކަން ދޭން ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު އިންޑިޔާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އިންޑިޔާގައި ދިރިއުޅުއްވާ ދިވެހިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"ޢަޤީދާ ބަލިކަށިވެދާނެ ފަދަ އެއްވެސް ކަމަކަށް ފުރުޞަތު ދެއްވައިގެން ނުވާނެ. ބޭރު ޤައުމެއްގައި އުޅުނަސް، ކޮންމެ ދިވެއްސަކީ އަނެއް ދިވެހި މީހާގެ އެއްބަނޑުއެއްބަފާ އަޚެއްކަން ހަނދާނުގައި ބަހައްޓަވަންވާނެ." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމަޢާ އޮންނަ ގުޅުންތައް ބަދަހި ކުރަން ޖެހޭކަމަށެވެ. އަދި، މި ގުޅުމަށް ހީނަރުކަން އަންނާނެފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ހަމައެހެންމެ، އިންޑިޔާ އަށް ދާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަ ކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.

"އަޅުގަނޑުގެ މިދަތުރުގައި، އިންޑިޔާއާއެކު ސޮއިކުރާ ވިސާގެ އެއްބަސްވުމުގެ ދަށުން، ބޭސްފަރުވާއާއި ޓޫރިޒަމާއި ވިޔަފާރިއާ ގުޅޭ ކަންކަމަށް، ކޮންމެ ހަ މަހަކުން 90 ދުވަހުގެ ވިސާ ލިބޭނެ. ޓޫރިސްޓު ވިސާގައި އެތެރެވުމަށް ފަހުވެސް، ޞިއްޙީ ކުއްލި ޙާލަތެއް މެދުވެރިވެއްޖެ ނަމަ، އެމީހަކަށާއި އެހީތެރިންނަށްވެސް މެޑިކަލް ވިސާ ހަމަޖެހޭނެ." ރައީސް އިތުރަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، އިންޑިޔާގައި އުޅޭ ދިވެހިންނާ ވަކި ވަކިންވެސް ބައްދަލުކުރައްވާފައިވާއިރު ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ދިވެއްސެއް

    سبحان الله ! ރައީސް ދައްކަފާނެ ކަމަށް ހީވެސް ނުކުރާ ފަދަ ވާހަކައެއް ތި ދެއްކީ. ރަނގަޅުވެރިޔެއްބާ ހަޤީޤަތުއިވެސް.،

  2. އަލީ ހަމީދު

    އިންޑިއާ ތިޔައީ ދިވެހިންނަށް ދުއްޕާ ކުރާ ބައެއް، ސިމް ގަނޑެއް ނެގިޔަސް އެހާދުވަހުން އެކްޑިވޭޓް ވަނީ، ގަވާއިދު ބޮޑުކަމުން ސީ ފޯމް ފުރުމާހެދި އުޅެން އުދަގޫ، ލަންކާ މާ ރަގަޅު، އެއްވެސް ދިވެއްސެއް އިންޑިޔާއަށް ދާނެކަމެއް ނެތް.

  3. Anonymous

    އިބޫ އަކީ ރަނގަޅު އަޚްލާޤުގެ ވެރިއެއް، ދެން ހުރި ކޮސްކަލޭގެ ދުއްތުރާލާ ހެދީ މިއުޅެނީ.

    • ނޫނު

      ކޯއްޗެއް އެއީ ބޮޑު ވަގެއް. ވޯޓް ވަގު

    • Anonymous

      އާނ، އެހަމަ ބަލާވެރި ކަމެއް

  4. ޢަފްލާ

    މަނިކުފާނުގެ އަނބި ކަބަލުން ކިހާވަރަކަށް އިސްލާމް ދީނައް ލޯބިކުރޭބާ؟ބަފާބެ 19 ދިވެހިންގެ ލޭ ބޯލީ ދީނީ ވާޖިބު އަދާކުރަން ތޯ ގަޅި އިބޫ

  5. ޔޫސުފް

    ތީ މިހާރުވެސް ހަމަޖެހިފަ އޮންނަ ކަމެއްނޫންތޯ؟ ކޮންކަމެއްތޯ އިތުރަށްހަމަޖެހުނީ؟ ތީ ޗައިނާ އިން 4% އަށްވުރެ ކުޑަކޮށް ނަގާފަހުރި ލޯނު ދައްކަން އިންޑިއާ އިން 12% ގަ ލޯނު ނަގާ ގޮތަށް ކުރާ ކަމަކަށްވާނީ.

  6. ފާތުމަ

    ގޭގައި ރާފުޅިބަހައްޓައިގެން ރާބޮނީ ދީނީ ކަންކަމަށް ސަމާލުކަން ދޭތީވެ ދެއްތޯ.

  7. ޙަމީދު

    މަނިކުފާނުގެ އަނބިކަނބަލުން ބުރުގާއަޅުއްވުމާމެދު ވިސްނަވަންތޯ...

  8. ާއަލީ

    ކަލެއަށްނޭގުނަސް އަހަރުމެނަށް އެގޭ ތިކަން

  9. ގސހސ

    ސޫލާސިރާޖު ތައްޓެއް ނުހިޢްޕަވާ އައިޢްސިއްޔާ ތީ އިބޫއެއްނޫން

  10. އަގީދާ

    ވަށައިގެން ބުދުފައްޅި. ދެން އަގީދާއަށް ވާއެއްޗެއް ވެދާނެ ނު. އެވެސް އަގީދާ މިވެސް އަގީދާ. ހައްތާ އަގީދާ

  11. ދދދދދ

    އުމުރަށް ވިސާ ދިނަސް ރޭޕް އިންޑިއާގެ އަސްކަރީން މިތާ ތިބޭކަށް ބޭނުމެއް ނޫން. އެމީހުންގެ އަޅުންނަށް ވެގެން އުޅޭކަށްވެސް ބޭނުމެއް ނޫން. ވަރިހަމަ ވިސާ ނުދިނަސް. ދިވެހި ރައްޔިތުން ތިކަމަށް ނަފްރަތު ކުރޭ. މިވަގުތު ވެރިކަމުގަ ތިބި ބަޔަކު އަމިއްލަ އެދުމައިގެން އިންޑިއާއަށް ގައުމު ހިބަކޮށްދޭން ތިކުރާ މަސައްކަތް ހުއްޓާލާ.

  12. އަހޫ

    ރައީސޫ، ކޮބާ ބުރުޤާ

  13. ކޮއްކޮ

    ރައީސަށް ކެރިލައްވާނެތޯ ބޯންޖެހޭނެ އޭ ގޮވަމުންދާ އަންނިއަށް ތި ނަސޭހަތް އަރުވަން

  14. ހެ

    ދީނީކަންކަމަށް ސަމާލު ކަންދޭށޭ ބުނާއިރު ރައީސް ސޯލިހުގެ އަނބިމީހާ ހުންނަނީ އައުރަނނިވާނުކޮށް ، ބޭރުގަކިޔަވަން ތިބޭ ދަރިން ތިބެނީ ޓެޓޫޖަހާފަ އަމަލާ ބަހާ ދިމަލެއްނުވޭ ދެން

  15. ޑިވިއަން

    ހުސް އާރޓްކަމަށް ފެންންނީ ފޭކު

  16. އައި

    ދެން ކޮން ސީ ފޯމެއް. ހަމަ.ދިވެހިންގެ އަތުން ލާރި ހޯދަން ވެގެން.

  17. ހޯރަ އިއްބެ

    އެހެންވެތޯ މަނިކްފާނު އަންހެން ދަރިފުޅު ކަނާތު މުލައްދަނޑި ފުރޭވަރުގެ ޓެޓޫ އެއް ޖަހާފަ އެއިނީ..

  18. ޙައްޤު

    ޢެއް ދިވެއްސަކީ އަނެއް ދިވެއްސެއްގެ އަހާއޭ...
    ވަތަނިއްޔަތަކީ އިސްލާމްދީނުގައި ހަރާމްކަމެއް ކަމަށް ހަދީޘް އިން ޘާބިތުވޭ..
    ޢެއް މުސްލިމަކީ އަނެއްމުސްލިމްގެ އަހާ....