މަސްޖިދުލް ޞުލްތާން މުޙައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު) ގެ އިމާމުކަމަށާއި މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ މިނިސްޓަރުކަމަށް މިއަދު ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައި އިސްލާމީ މަރުކަޒުގެ އިމާމުކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އައްޔަން ކުރައްވާފައިވަނީ އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން، ސަބުނަމީގެ/ ހދ. ކުޅުދުއްފުށި އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވަނީ އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު، ޕިންކް ހައުސް/ ސ. ފޭދޫ އެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް މިހާތަނަށް 52 ޑެޕިއުޓީ މިނިސްޓަރުން ވަނީ އައްޔަން ކުރައްވާފައެވެ. އަދި 30 އަށްވުރެ ގިނަ ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވައިސަރީ

    ސާލިހޫ އަދިވެސް ބޯކިބާ ފަޅާ ނުނިމޭތަ. ތިކަން ނިންމާފަ ރައްޔިތުންނަށް ކަމެއްކޮއްދެވޭނެތަ.

  2. ދދދދ

    ވަރަށް ހަޑިކޮށް ގުރުއާން ކިޔަވާ މީހެއް އެއީ.