ކުރިން ވެސް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައިވާ ސިފައިންގެ އެސްޕީޖީގެ ކުރީގެ ދެ އޮފިސަރު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ރޭ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ކުރީގެ ބޮޑީގާޑު އަހުމަދު ޝާނީޒްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑަކަށް މަސައްކަތް ކުރެއްވި ސިމާދު އަހުމަދު ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ސިމާދާއި ޝާނީޒް އަކީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި މަސައްކަތް ކުރި ދެ މީހުންނެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ ޝާނީޒާއި ސިމާދު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ފަހުން ސިފައިންގެ ވަޒީފާއިން ވެސް އެ ދެ މީހުން ވަނީ ވަކިކޮށްފަ އެވެ.

ޝާނީޒާއި ސިމާދު ރޭ ހައްޔަރުކޮށްފައި ވަނީ ބޮޑުތަކުރުފާނު މަގު ގާޑިޔާއެއް ކައިރީގައި ހުއްޓާ އެސްއޯ ފުލުހުން އެތަނަށް ގޮހެވެ. އަދި އެ މީހުން ހައްޔަރު ކުރުމަށްފަހު ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޝާނީޒާއި ސިމާދުގެ އިތުރުން ފައްތާހު ނަމަކަށް ކިޔާ އެސްޕީޖީއެއް ހައްޔަރުކޮށްފައިވާ ކަމަށް ވެސްވެ އެވެ. ނަމަވެސް އެކަމުގައި ތަފްސީލެއް އަދި ނުލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު