މިއަދު މާފަންނުގައި ހަދަމުން ދިޔަ އިމާރާތެއްގެ ސައިޓެއްގައި ހިނގާދިޔަ ޙާދިސާގައި އަނިޔާވި ކުއްޖާގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ވަރަށް ގާތުން ބަލަމުން އަންނަކަމަށް އެ ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ "ޑަބްލިޔު ކޮންސްޓްރަކްޝަން" ކުންފުނިން ބުނެފިއެވެ.

މިރޭ އެކުންފުނިން ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ބޭސްފަރުވާގެ ކަންކަން ގާތުން ބަލަމުންދާއިރު އެކަމަށް ދޭން ޖެހޭ ހުރިހާ ރައްކާތެރިކަމެއް ދެމުން އަންކަމުގައެވެ.

"މިއަދު މާފަންނުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔަ ސައިޓެއްގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި އަނިޔާވި ކުއްޖާގެ ބޭސްފަރުވާގެ ހުރިހާ ކަމެއް އަޅުގަނޑުމެން މިދަނީ ވަރަށް ކައިރިން ބަލައި، އެކަމަށް ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ދެމުންނެވެ." އެކުންފުނިން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އެކުންފުނިން ބުނެފައިވަނީ އެ ސައިޓުގައި މަސައްކަތް ކުރަމުން ދިޔައީ ނަގަން ޖެހޭ ހުރިހާ ހުއްދައަކާއި ބަހައްޓަން ޖެހޭ ރައްކާތެރިކަމުގެ ބޯޑުވެސް ބަހައްޓައިގެންކަމުގައެވެ. އެހެންނަމަވެސް، މި ޙާދިސާއާ މެދު ހިތާމަ ކުރާކަމަށް ބުނެފައިވެއެވެ.

މިއަދު ހެނދުނު ހިނގި މި ޙާދިސާއާ ގުޅިގެން، މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ވަނީ ހުއްޓުވާފައިކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޚޖޖޖދ

    މިހަބަރުގަ އެކުއްޖާގެ ބޭސްފަރުވާ ކުންފުނީގެ ފަރާތުން ކުރާވަހަކަ ނެތް. ޥަރަށް ގާތުން ބަލަމުންދާކަމަށް ބުނެފައެއޮތީ. ސްޓެޓްމެންޓެއް ނެރުމުގެ ބޭނުމުގަ ކުރި ޕޯސްޓެއް. ޢެއީ ބޭރު ކުއްޖަކަށް ކަމެއް ދިމާވީމަ އިންސްޕެކްޓް ކުރަންވީ. ނުބީހެންޏަ ކަނޑާ ހަމައަށް

  2. ޡިބު

    ކަލޯ ބޯޑުބަހައްޓާތި. ދެންވަރިހަމަ ކޮންމެކަމެއް ކޮންމެގޮތަކަށް ކުރިޔަސް. ސާބަސް ކަލޭމެންނަށް. ބޯޑޭ އެބަކިޔައެންނުން

  3. ކެޔޮޅު

    ތެދު ދޮގު ނުބަލާ ޚަބަރު ލިޔަން ލަދުވެސް ނުގަނޭތަ..

  4. ސަލީމް

    ބައްޕަ ކަށަވަރުނުވާ ކުެއްޖަކު ވިހައިފިއްޔާ މި ސަރުކާރުން ކިހިނެތް ހަދާނެބާ؟

  5. ޝިޢުބު

    ޟިކުންފުނީގެ އޯނަރުގެ ޙަޔާތް ކޮބައި؟ ކަލޭދަރިންތައް

    ތަޅާ ސުންނާފަތިކޮށް ތިޖަވާބު އޯކޭތަ؟

  6. އާބި

    ކިތައްމެ ވަރަކަށް ބޯޑު ޖަހަގެން މަސައްކަތް ކުރިޔަސް ކާކު ބަލަނީ އާމުން ވެސް އެވަރަށް ނުބަލާތީ ތިހެން ދިމާވީ ފަރުވާ ކުޑަ ދެފަރާތުން ވެސް ތިބަސްތާ މަތީ ބުރިއަކުން ވެއްޓެންވީ ސަބަބަބަކީ ކޮބާ؟ ސުވާލަކީ މަތީގައި މަސައްކަތެއް ކުރާނަމަށް މީހުންނަށް އިޝާރާތުން އަންގައިދޭން މީހަކު ތިރީގައި ހުންނަން ވާނެދޯ މާލެ ގައި ކުޑަކުޑަ ތަންކޮޅު ހުންނާތީ ޕޭމަންޓް އެއް ވެސް ނުހުރޭ ހަމަށް ފަރުވާ ކުޑައީ ދެފަރާތުން ވެސް

  7. ސަޒް ބުރޯ

    ކީވެގެން ހޭ މަލިޔާ އެއްޗެ ނުފެންނަން ވީ

  8. އާސް

    ޢަނިޔާގެ ބަދަލުގަ ބޮޑު އަދަދެއް ދޭން ޖެހޭނެ ކޯޓަށް ގޮސިއްޔާ. ޢެކަމަކު ގިނަފަހަރު ކޯޓާހިސާބަށް މިކަހަލަ މައްސަލައެއް ނުދޭ. ވައިކޭރިއަސް ލައިބިލިޓީގެ ދަށުން އެކުއްޖާގެ މުޅި އުުމުރަށް އެކުއްޖާއަށް ލިބުނު ގެއްލުންތަކުގެ އަގު ނަގައިދޭނެ

  9. ޙޭބަލި

    ބަލަގަ މަތީގަ ސަލާމަތީ ނެޓު ޖަހަން ޖެހޭކަމެއް ތި ބީތާ ތަކަށް ނޭންގޭތަ މިއެންމެން ޖަލައް ލާންވީ އެހެން ނޫނީ މިކަހަލަ ކަންކަން އިސްލާހެއް ނުވާނެ

  10. ސުހައިލު

    ސައިޓް ތަކުގައި ތިބެނާ ވަގައް އުޅޭ ބެރުމީހުއް އެމީހުންގެ ފަރުފވާތެރި ކަމުގެ ވާހަކަ ނުދެއްކިޔާ ރަނގަޅު ވާނި ނުދެކިޔާ

  11. ރާވެރިބެ

    ފޮޓޯގައި ފެނޭ ބޯޑެއް ބަހައްޓާފަ ހުއްޓާ.. މިރާއްޖޭގައި އާދައެއް އެކަހަލަ އެއްޗެއްސަށް އަޅާނުލުން...