ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ ފުލުސް އޮފީހަށް ހާޒިރުކުރި ވަގުތު ޕީޕީއެމުން ބޭއްވި މުޒާހަރާގައި ބައިވެރި ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ މައްސަލަތައް ބައްލަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ދިފާއުގައި އިއްޔެ ނިކުތް ޖޭޕީގެ މެމްބަރުންނަކީ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފުގެ އިތުރުން ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކުއެވެ.

އެތިން ބޭފުޅުންނަކީ ވެސް ދާދި ފަހަކާއި ޖެހެންދެން ޕީޕީއެމްގެ މެންބަރުންނެވެ. ޕީޕީއެމްގައި ތިއްބެވި އިރު ތިން ބޭފުޅުންނަކީ ވެސް ޔާމީންގެ އެންމެ އަރިސް މެންބަރުންނެވެ.

ގާސިމް އިބްރާހިމްގެ "ވީޓީވީ" ގައި މިރޭ ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ޖޭޕީގެ މެމްބަރުންގެ ގޮތުގައި ތިބެ އެފަދަ އެއްވުމެއްގައި ބައިވެރިވުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ކޮންމެ ޕާޓީއެއްގައި ވެސް އޮންނާނެ އުސޫލުތަކާއި ގަވާއިދުތަކެއް. އެއާ އެއްގޮތަށް ޕާޓީގެ އާއްމު މެމްބަރުން ވެސް އަދި މަޖިލިސް މެމްބަރުން ވެސް މަސައްކަތް ކުރަންވާނީ. އެ ތިން މެމްބަރުން އުސޫލާ ހިލާފަށް ކުރެއްވި ކަމެއް އެއީ. އެ ހަމަ މުޅިން ގޯސް ކަމެއް، އެކަން ކުށްވެރިކުރަން. އެކަން އޮންނާނީ ޕާޓީގެ ލީޑަރުގެ ސަމާލުކަމަށް ގެނެސްފައި" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ޔާމީންގެ ދިފާއުގައި ނިކުތް އެ ތިން މެމްބަރުންނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވަނީ އެކަމާ ގުޅޭގޮތުން ސުވާލު ވެސް ކުރައްވާފައެވެ.

"އެކަން ބަލާނެ. އެކަމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެކަން އަޅުގަނޑަށް ޔަގީން. އެއްވެސް ހާލެއްގައި ޖުމްހޫރީ ޕާޓީގެ މެމްބަރަކު ވެސް އަދި މަޖިލިސް މެމްބަރަކު ވެސް ޕާޓީގެ އާއްމު އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އަދި އަމުދުން ކޯލިޝަން ސަރުކާރެއްގައި، ސަރުކާރުން ކުރާ ކަންތައްތަކަށް އެހީތެރިވާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތިބެންޖެހޭނީ. އިދިކޮޅަކަށް ނުދެވޭނެ" ރިޔާޒު ވިދާޅުވިއެވެ.

ޔާމީނަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ބޮޑު ޖަރީމާ ހިންގި ސަރުކާރެއްގެ ވެރިއެއްގެ ގޮތުގައި ހުންނެވި ބޭފުޅާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ބޭފުޅެއްގެ ދިފާއުގައި ޖޭޕީގެ މަޖިލިސް މެމްބަރަކު ވެސް އަދި އާއްމު މެމްބަރަކު ވެސް ނިކުންނަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ތެދު

    ތި 3 މެމްބަރުންވެސް ޔާމިންގެ އެހީނެތިނުހޮވޭނެކަން ރަނގަޅައް އިނގޭ

  2. އިބުރާހިމް ދީދި

    ތިޔަ ރިޔާޒު އަކީ މިދިވެހިރާއްޖޭގަ އުފެދުނު އެންމެ ނުލަފާ ނުބައި ބޮޑު ޚާއިނުންގެތރޭ ހިމެނޭ ބޮޑު ބާޣީއެއް.

  3. ޜާއްޖެ އިސްލާމް

    ޖަރީމާ ހިންގީ އަދި ހިންގަން އުޅެނީ ކޮންބައެއްކަން ވަރައްއަވަހަށް ހާމަވާނެ. ޢެމް.ޑީ. ޕީ އަށް ދެއަހަރުވަންދެން އުސްފަސްގަނޑު ދީގެން ހިފެހެއްޓި މީހަކީތީ. މިހާތަނަށް ޕޮލިސް ކަމިޝަންކަން ކުރި އެންމެ ނާގާބިލް މީހާއަކީވެސް ތިޔައީ

  4. ޖަމްބޭ

    އެންމެ ބޮޑު ޖަރީމާ ހިންގި ސަރުކާރު މިސޮރަށް ދަސްކޮށްދޭން ބުނެލަން އޮތީ (އޯޑިޓް ރިޕޯރޓް ބުނާގޮތުން) 4 ބިލިޔަން ވީނުވީއެއް ނޭނގި ކައްވާލި މޑޕ. އެއީ އެންމެ ބޮޑު ޖަރީމާ ހިންގި ސަރުކާރޭ. އަދި ޑރ އަފްރާޝީމް ޝަހީދު ކޮށްލުމާ ގުޅޭ ތަފްޞީލް ހާމަ ނުކޮށް ހުރީމާ ބޭފުޅާ އަކީވެސް ޙީލަތްތެރިއެއް.

  5. ޙުސެން

    ތީ ހަމަ އެއްބަޔެއް. ވާނީ ހަމައެކައްޗަކަށް، ޖޭޕީ ބަޔަކު ޔާގުންޑާގެ ޙިމާޔަތުގައި ނުކުތުމުން އެމޯހުނގެ ޙަޤީޤަތް އެއޮތީ އެނގިފަނޫންތޯއެވެ؟ އިތުރަށް ބަލާކަށް ވެސް ނުޖެހެއެވެ. ކޮންމެ ވެސް ބަހާނާއެއް ދައްކައިގެން އެމީހުން ބައިތިއްބަން މީހުން ގުނބޯ ހައްދަން ދައްކާވާހަކައެކެވެ.

  6. ބޮލި މުލައް

    އެއްކަމެއްވެސް ނުވާނެ ޅޭ ރިޔާޒަކީ އަފުރާޝީމް ޝަހީދުކޮށްލީމަ ގާފުރޮޅި މީހާއެއްނު.

  7. ހުސޭނު

    ޢަތައްގޮވަނީ ލަދުންބެދެނީ، އުޅޭނޭގޮތް މަހޯދަން ނުފޮރުޅާ ގާނުބާއްވަން، މަށައްމަޖުބޫރު ވެއްޖޭ.

  8. ބޮޑު ބާޣީ

    ކަލޭ ހުރޭ ސަރުކާރުން ކުރާ *** ކަންތައްތަކަށް ވާގި ދޭން. މައްސަލަ ކިތަންމެ ވަރަކަށް ބެލިޔަސް އެމީހުން އެދުވަހު ޔާމީނުގެ ދިިފާއުގަ ނުނިކުންނަ ކަމަކަށް ނުވާނެ. އެހެން ނޫނަސް ވަގުތު ޖެހިނީމަ ފިިޔަވަޅު އަޅާނެ ކަމަށް ކިޔަކިޔާ ކަލޭ އޮވޭ. ކަލެއަށް ވާނެ ކަމެއް ނޯންނާނެ.

  9. ނަފާ

    ކަލެޔާ ޔާމީނާ ހާސް ތަފާތު ހުންނާނެ. ކަލޭ އުޅެނީ ދިވެހި ރައްޔިތުންގެ ހިތުގަ އޮތް އަޙުވަންތަކަމާކުލުނުވެރިކަން ވެސް ޕާޓީއޭ ކިޔައިގެން ފޭރިގައްނަންތަ.ކަލޭގެ ލޯ ކޮބާތަ. ރ ޔާމީން ވަރުގެ ރައީސެއް މިގައުމުގަ ވެރިކަން އަދި ކޮއްފަނެއް. ޢެއީ ބިނާކުރާ ފަހަށް ރައްކާކުރާ ވެރިކަންކުރަން ދައްނަ ރައީސެއް.

  10. Anonymous

    ތެޔޮޖެހިޖެހިހެންހެންރޯވެއަނދާނީ،

  11. ބޮނދު

    ކަލޭގެއަށް ޔާމީން ހިންގާފައިވާ ހުރިހާ ޖަރީމާތައް އެނގިހުރެ ސާބިތު ކޮއްނުދެވިގެން ތިޔައުޅެނީ ކީއްވެގެންތަ؟

  12. ބޮނދު

    ހަމަ އަސްލުގާވެސް ކިނބިދޫ ރިޔާޒު އަކީ ހަމަމީހެއްނޫން!!!

  13. ޣާލިމް ރައްޔިތު

    ނުކެރޭނެ އެއްވެސް ފިޔަވަޅެއް އަޅާކަށް. ހުސް އަނގަތަޅަނީ...ޖޭޕީގެ އެފެންވަރެއް ނުހުންނާނެ. ޢެކަހަލަ ބަޔަކުކަންއެގުތިބެ ވެއްދީވެސް...ސީދާ ޔާމީން ފޮނުވައިގެން ދިޔައީވެސް. ޢެމމީހުން ހޮވުނީމަވެސް އަންނާނެ. ޭކަމަމަކު ނުކެރޭނެ ވަކިކުރާކަށް. ތިމީހުން މަޖިލީހަށް ހޮވާކަށްނުވާނެ، ސީދާ ޕޮލިޓިކަލް ޕްރޮސްޓިޓިއުޓްސް ނުވާނެ ދެން މަޖިލީހަށް ހޮވާކަށް. ޜައްޔިތުންނަށް އެގޭ މަޖިލީހަށް ހޮވުނުއިރު ސައިތައްޓެއް ބޯނެ ލާރިއެއްނެތް މީހުން ސީދާ ހަށިވިއްކައިގެން މުއްސަދިވިމީހުން ރައްޔިތުން ނުހޮވާނެ އިންޝާﷲ. ސޮޑުންނަށް ބޮޑުތަނުން ނޫނެކޭ ރައްޔިތުންބުނާނެކަން ޔަގީން. ޥަގުންނަށްވެސް ހަމްއެހެން ބުނާނެ

  14. ޣާލިމް ރައްޔިތު

    ނުކެރޭނެ އެއްވެސް ފިޔަވަޅެއް އަޅާކަށް. ހުސް އަނގަތަޅަނީ...ޖޭޕީގެ އެފެންވަރެއް ނުހުންނާނެ. ޢެކަހަލަ ބަޔަކުކަންއެގުތިބެ ވެއްދީވެސް...ސީދާ ޔާމީން ފޮނުވައިގެން ދިޔައީވެސް. ޢެމމީހުން ހޮވުނީމަވެސް އަންނާނެ. ޭކަމަމަކު ނުކެރޭނެ ވަކިކުރާކަށް. ތިމީހުން މަޖިލީހަށް ހޮވާކަށްނުވާނެ، ސީދާ ޕޮލިޓިކަލް ޕްރޮސްޓިޓިއުޓްސް ނުވާނެ ދެން މަޖިލީހަށް ހޮވާކަށް. ޜައްޔިތުންނަށް އެގޭ މަޖިލީހަށް ހޮވުނުއިރު ސައިތައްޓެއް ބޯނެ ލާރިއެއްނެތް މީހުން ސީދާ ހަށިވިއްކައިގެން މުއްސަދިވިމީހުން ރައްޔިތުން ނުހޮވާނެކަން ޔަގީން

  15. ހިންދުކޮޅު

    ރިޔާޒް ކަލޭހިންގި ޖަރީމާތައް ކޮބާތަ އަމިއްލަ ފަސްބާ ސާފް ކޮއްފަ އެހރންމީހުންގެވާހަކަދައްކާނީ

  16. އަލީ

    އަވަހައް ފިޔަވަޅުއަޅާ. ކަނޑާލާފަ އައިކޮޅައް ޔާމީން ކއިރިއައް ފޮނުވާލާ.

  17. ތިމަރަ ބަރި ގަނޑު

    ފަހަރުވަލާ . ޕާރޓީން ކަނޑައެއް ނުލެވޭނެ. އޭރަށް މައިނޯރިޓީ ލީޑަރުކަން ގެއްލޭނެ. ޙެހހެހެހެހ

  18. ކަމްލާގު

    ބަލަ ރިޔާޒޫ ޑިމޮކަރަސީއަކީ ކަލޭމެންނަށް އެކަނި އޮންނަ އެއްޗެއްތަ. އެންމެން ނުތިބޭނެދޯ ނަގޫ ފިތިގެން.

  19. ޔޫސުފް

    ޖޭ ޕީ ގެ ހުރިހާ މަޖިލިސް މެންބަރުންވެސް ރައީސް ޔާމީން ގެ ދިފާއުގަ ނިކުންނަން ޖެހޭނެ ހުރިހާމެންބަރުންވެސް ހޮވައިދިނީ ރައީސް ޔާމީން ވަކިން ޚާއްޞަކޮށް ތިޔަ ރިޔާޒަށް ވޯޓުދިނީ ރައީސް ޔާމީން ވިދާޅުވެގެން އެހެން ނޫންނަމަ ރިޔާޒު ނުހޮވޭނެ ކަން ރިޔާޒަށް ރަނގަޅަށް އެނގޭނެ.

  20. ނަޖްވާ

    ތި މީސްމީހުންނަކީ އިސްޕައި ކުރަންވެގެން ޖުމްހޫރީ ޕާޓީ އަށް ވައްދާފަ ތިބި މީސްމީހުން!

  21. ާއަލީ

    ބޮޑުބާޢީ ރިޔާޒު

  22. އައި

    ރިޔާޒު ޖޭވީ ދޯ ދެން ލަލަލަ ގާފްރޮޅަން ދޭ

  23. މައި

    މާ ބޮޑަށް އެގިގެން މީހުންގެ ސަމާލުކަން ހޯދަން މުނާސަބު ވަގުތުގައޭ ކިޔަމުންދާ ގޮލާ . ތީ ތި ގޮލާ ކޮމިޝަންތަކަށް.ހާޒިރު ކުރަންވީ ނުން އަފްރާޝީމްގެ މަރުގެ ތަހްްްޤީގަށް.

  24. އައި

    މާ ބޮޑަށް އެގިގެން މީހުންގެ ސަމާލުކަން ހޯދަން މުނާސަބު ވަގުތުގައޭ ކިޔަމުންދާ ގޮލާ . ތީ ތި ގޮލާ ކޮމިޝަންތަކަށް.ހާޒިރު ކުރަންވީ ނުން އަފްރާޝީމްގެ މަރުގެ ތަހްްްޤީގަށް.

  25. ދުރުމި

    ތިމަރަ ރިޔާޒު ޑޮކުޓަރައް ދައްކަން ފެނޭ.. ސޭޓްގެ އަންހެނުންގެ ފިރިމީހާއަކީ މީނާކަމައް މީހުން ކިޔަނީ

  26. ޔާމިން

    ރިޔާޒު ކަލޭޖެހޭނީފެލިފެލިހުންނަން

  27. ކަޅުބެ

    ރިޔާޒު ރަޝީދަކީ ކޯލިސަން ސަރުކާރު އަޔަސް ބަގާވާތް ކޮށްގެންވެސް ސަރުކާރު ވައްޓާލާނެކަމަށް ފާޅުގައި ބުނަމުން އައި މީހެއް، މޮޔައީ ޤާސިމްބެ.

  28. ސަންގުގެރި

    ކިނބިދޫ ރިޔާޒު ކިނބިއްސެއް އެޅިޔަސް މިސަރުކާރުން އަދި ބަލާނެ ކަލޭ ހުރޭ ބޮޑުކަނޑަން ކަލޭ ތިޔައީ ބާގީއެއް އެކަން ހަނދާނަކުން ނުފޮހެވޭ.

  29. ބުއްރަާސް

    ބަލަ ރިޔާޒޫ ކަލޭވެސްތި އެސަރުކާރުގަ އުޅުން މީހެކޭ.ކަލެޔައް އެގޭނެ ހަގީގައްވަރަށް ރަގަޅަށް

  30. އެމީހާ

    ޥަގަށް ވޯޓް އޮޅުވާލައި ވެރިކަން ފޭރިގަތުމަކީ ބޮޑުޖަރީމާ

  31. އާންދު

    ޢަބުދުﷲ ރިޔާޒް ތިބުނިގޮތުން ޖޭޕީގައި ތިބީ ރިޔާޒުމެންގެ އަޅުންތަ.އެހެންނުވާނެ މިއީ،މިނިވަނުން އެމީހަކު ކޮންމެ ޕާޓީއެއްގައި ހުއްޓަށް ކޮންމެ ތަނަކަށް ދެވެންވާނެ.އޭބަލަ ރިޔާޒް މިއީ،2018

  32. ޢަލީ

    އެހެންވީމާ ކޯލޝަން ޕާޓްނރުންގެ ގޮތުގައި ތިބެގެން ޖެންޑަރ މިނިސްޓަރާ އަދާލަތުޕާޓީ އާއި ޖުމްހޫރީ ޕާޓިވެސް ވާނީ ހޯރަ އިއްބެ މިނިވަން ކުރުމުގައި އެންމެ ފުރިހަމައަށް ބައިވެރިވެފަތާ.

  33. އަލީ

    ރިޔާޒު ތިޔަގޮތައް ޔާމީނުއާދިމާއަށް ބުނެވޭނެ އެއްވެސް ޙައްޤުއެއް ކަލޭންމެންގެ ކޯޓުތަކުން އެފަދަ ހުކުމެއް ޔާމީނުގެ މައްޗަށް ކޮށްފައެއްނެތް! ތިޔަކަހަލަ ހަމަތައް ގެންގުޅޭނަމަ ރިޔާޒުވެސް ތިޔަހުރީ ޒިނޭކޮށްފައޭވެސް ބުނެވިދާނެ

  34. ކަރާ

    ތިޔަރިޔާޒަކީ، މިގަރުނުގަ މިރާއްޖޭގަ އުފުދުނު އެންމެކޮރަޕްޓް ބޮޑު ޚާއިނު. ކަލޭތީޔާމީނާ ދިމާޔަށް އެއްޗެހިކިޔޭފެންވެރުގެ މީހެއްނޫން. ތީބޮޑު ވަގެއް.

  35. މާޖެހިގޭ ފުއްލާ

    ތިމަރަ ރިޔާޒް ވިލިފުށީ ރިޔާޒް މެނާ ހަމަޔަށް އަަންނަން އަދި އެތައް ދުވަހެށް ބޭނުން ވާނެ ބުރޯ

  36. ކިބިދޫ މެސެޖް

    ކަލެއަށް މި ފަހަރު ލާހިކެއްނު ކިބިދޫ ދާއިރާއަށް ކުރިމަތިލާކަށް.ހަމަ ހުވާ މި ބުނީ ޗޮކުން ދުއްވާލާނަށް.ރައީސް ޔާމީން އަކީ މި ގައުމުގެ ތަރައްޤީގެ ބާނީ.ސިޔާސީ ދާ ކިތައްމެ ވަރަކަށް ޖެހިޔަސް ޔާމީން ނުކުރާކަމެއް ކުރި ކަމަކަށް ނުވާނެ.އަދި ފެންނާނެ ގާސިމަށް އެމް.ޑ.ޕ އިން ހަދާލާނެ ހަތަރެތި.ކަލެއަށް ވެސް ސަލާމަތެއް ނެތް.ލަދުގަނޭ ވިސްނުމުގެ ފެންވަރުއެގި މި ގައުމުގެ ސީ.ޕީ އެކޭ ބުނާތީވެސް.ނަމަ ނަމަ ޔާމީނާއި ކުޅެންނަހަދާ.މެމްބަރުންނާއި ކުޅެން ނަހަދާ.

  37. ޢަލިފުތު

    ނުބެލޭނެ ތީހުސް ވާހަކަ އެވެ.