ޔާމީން ފުލުހަށް ހާޒިރު ކުރި ދުވަހު ޕީޕީއެމްގެ މަޖިލިސް މެންބަރުން މުޒާހަރާގައި- ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ
ޔާމީން ފުލުހަށް ހާޒިރު ކުރި ދުވަހު ޕީޕީއެމްގެ މަޖިލިސް މެންބަރުން މުޒާހަރާގައި- ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

ޕީޕީއެމްގެ ވެރިކަމުގައި ޤާނޫނަށް ގެނައި އިސްލާހެއްގެ ދަށުން އެއްވެއުޅުމުގެ މިނިވަންކަން ހަނިކޮށް، މާލޭގައި އެއްވެ އުޅުން ހުއްޓުވާފައި އޮތް ނަމަވެސް އެއްވެ އުޅުމުގެ މިނިވަންކަމުގެ މުހިންމު ކަމާއި ބެހޭގޮތުން ޕީޕީއެމް އިން ރޭ ވާހަކަ ދައްކައިފިއެވެ.

ޕީޕީއެމް އިން ބޭއްވި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަނީ ވަކި ޕާޓީއަކަށް ވަކި ކުލައަކަށް ދީފައި ނޫން ކަމަށެވެ.

"ޙައްޤުތައް ކަށަވަރުވެފައި އޮންނަން ވީކީވެސް ވަކި ބަޔަކަށް ވަކި ނިސްބަތަކުން ނޫން. ޑިމޮކްރަސީއެއްގައި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރަކީ އިންތިހާއަށް މުހިންމު ދައުރެއް. ނަމަވެސް މިއަދު ހަރަކާތްތައް މިފެންނަނީ އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތި އޮންނަން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކަށް ގަބޫލު ކުރެވޭ ދަނޑިވަޅެއްގައި." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ގައުމަށް ބޭނުންވާ މުހިންމު މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ވަންނަ އަޑު މިހާރު އިވެމުން އަންނަ ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި ޓްއަރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރެއްވި މުއާޒް ހަލީމް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ދެން ކޮންމެ ރެއަކު ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ހަރަކާތްތަކެއް އޮންނާނެ ކަމަށެވެ.

"ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ކޮންމެ ރެއަކު ވެސް ހަރަކާތެއް އޮންނާނެ. މިއީ މުހިންމު ވާހަކައެއް. އެއްވެސް ހަރުމުދަލެއް ވިއްކާލުމަށް މަސައްކަތް ނުކުރައްވާތި. އެފުރުސަތެއް އަޅުގަނޑުމެން ޕީޕީއެމް އަކުން ނުދޭނަން." މުއާޒް ހަލީމް ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާން ކަން ކުރެއްވި އިބްރާހިމް މުއާޒް ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ރައީސް ޞާލިހްގެ ސަރުކާރާއި ދެކޮޅަށް ފުރަތަމަ ފަހަރަށް މުޒާހަރާ ކޮށްފައިވާ ކަމަށާއި އެއީ ފެށުމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ވެރިކަމުގައި ޤާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ކުރިން ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެއްވެއުޅުން ޕީޕީއެމުން ހަނިކުރިގޮތައް ބާއްވަންފެނޭ

  2. ކޮބާ މީޙާރު ނިޙާނުއަށް އެނގޭދޯ.ނިހާން ވިދާޅުވީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަނީ ވަކި ޕާޓީއަކަށް ވަކި ކުލައަކަށް ދީފައި ނޫން ކަމަށެވެ.5 އަހަރު ތިޔާކަން ހުއްޓުވީ ވެރިކަންވައްޓާލަފާނެތީ ބިރުން.

  3. ނިހާން ކާފަ ބޯކަޅު ނުކޮށް ދައްކާ ވާހަަކަ އަޑު އެހިދާނެ...

  4. ފުލެޓް ލިބުނު ގުރޫޕް ދޯ

  5. ދެފުށަށް ކެނޑުމުގެ މުހިއްމުކަން ވަގުތު ނޫހަށްވެސް ވިސްނިއްޖެ. ވަކިން ޚާއްސަކޮށް ނަވާޓޭ އަށް. ނަވާޓޭ ބުނަން! ކިތައްމެ ދޮން ކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެ.

  6. ކާޅުލޭބޮނޑިބަތަށް އަލައިގެން ކައިފަ ތިބިކުދިން ދުއްތުރާކުރާކަށް ނުދޭތަ .

  7. ކިތަންމެ ރަނގަޅު ވާހަކައެއް ދެއްކިޔަސް ތިމާގެ ބަހާ އމަލާ ދިމާނުވެ ތިމާގެ އިސްލާމީ ވަންތަކަން ނެތިއްޔާ ނަސޭހަތް ދިނުމުގެ ބޭނުމެއްނެތް މިސާލަކަށް އިބޫ ސޯލިހު ދީނުގެ ވާހަކަ ދެއްކި އިރު އޭނަގެ އީމާން ތެރި ކަމެއްނެތް