މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފޯނު ނަމްބަރަކުން މިއަދު "ވަގުތު" ގެ އެޑިޓަރަކަށް ފޯނުކޮށް "ވަގުތު" ގައި ޝާޢިއުކޮށްފައިވާ އިންޑިއާ ސިފައިންގެ ޚަބަރެއް ގައި ހުރި މައުލޫމާތު ބަދަލު ކުރަން އަންގައިފިއެވެ.

“ހެލިކޮޕްޓަރުތައް ބަލަހައްޓަން އިންޑިއާގެ އިތުރު ސިފައިން މިމަހު ރާއްޖެ އަންނާނެ" މިސުރުހީގެ ދަށުން މިއަދު "ވަގުތު" ގައި ޝާޢިއު ކުރި ޚަބަރު ބަދަލު ކުރަން އެމްއެންޑީއެފްގެ ފޯނު ނަމްބަރަކުން ގުޅާ "ވަގުތު" ގެ އެޑިޓަރަށް ވަނީ އަންގާފައެވެ.

ފޯނުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ އެޚަބަރުގެ މައުލޫމާތު އެގޮތައް ހާމަކޮށްގެން ނުވާނެ ކަމަށާއި ޚަބަރު އެޑިޓްކޮށް ޚަބަރުގައި ހުރި މައުލޫމާތުތައް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ.

ތިހެން ތިވިދާޅުވަނީ ކޮން ބޭފުޅެއްތޯ ސުވާލު ކުރުމުން ފޯނުން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވީ މިއީ "ތެދު މައުލޫމާތު އެނގޭ އާންމު ފަރާތެއް" ކަމަށެވެ. އެހެން ބުނުމުން "ތިއީ އެމްއެންޑީއެފްގެ ނަމްބަރެއް ނޫންތޯ" "ވަގުތު" ގެ އެޑިޓަރު ދެންނެވުމުން އެމްއެންޑީއެފްގެ ނަމްބަރުން ވަނީ ފޯނު ކަނޑާލާފައެވެ.

"ވަގުތު" ގެ އެޑިޓަރުގެ މޯބައިލް ނަމްބަރަށް ފޯނު ކުރީ އެމްއެންޑީއެފްގެ ނަމްބަރަކުން ކަމަށް ވާތީ އެމައުލޫމާތު ވަނީ އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް އާއި މިއަދު ހިއްސާ ކުރެވިފައެވެ. އެއީ ކީއްވެ ކުރި ފޯނު ކޯލެއްތޯ ސުވާލު ކުރުމުން ކެޕްޓަން އާޒިމް ވިދާޅުވީ ފޯންކޯލާއި ބެހޭ މައުލޫމާތު ސާފު ކުރުމަށް ފަހު ކޮމެންޓެއް ކުރައްވާނެ ކަމަށެވެ.

"ވަގުތު" ގެ އެޑިޓަރަށް ފޯނު ކުރި ނަމްބަރާއި ފޯނު ކުރި ގަޑި މިއަދު މެންދުރު އެމްއެންޑީއެފް އާއި ވަނީ ހިއްސާ ކުރެވިފައެވެ. ނަމަވެސް އެއީ ކީއްވެ ކުރި ފޯނު ކޯލެއްކަން އަދި މިހާތަނަށް އެމްއެންޑީއެފް އިން "ވަގުތު" އަށް އަންގާފައެއް ނުވެއެވެ.

މިއީ "ވަގުތު" ގައި ޝާޢިއު ކުރި ޚަބަރެއްގައި ހުރި މައުލޫމާތެއް ބަދަލު ކުރަން މިފަދަ ގޮތަކަށް ދައުލަތުގެ އިދާރާއެއްގެ ނަމްބަރަކުން ގުޅާ އެންގި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޅަބޭ

    އެމްޑީޕީ ވެރިކަމައް އަންނަ ކޮންމެފަހަރަކު އެމްއެންޑީއެފް ސައި ހޮޓަލަކައް ހަދާލާ.

  2. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތަހާރާމީ ދަ ހަރާމްކޯރޭ ދަ ބަނޑުދޮންނައޭ ދަ ސަންތިމަރިޔަނބޭ ދަ ބަލާ ބޮޑޭ ދަ ސޮމާލިޔަނޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

    • ފެނިއްޖެ

      ތަވެސް ތީ ހަރާންކޯރެއް. ހާހާ

  3. ބޭަސްބަހާ

    މީޑިއާ އޮފިޝަލް ތިޔަ ހުރިހާ ނުބައެއް ހަދާފަ އޮންނާނީ. އޭނާއަކީ މިއޮއްފަދަ ޒަމާނުގައި ކިޔަވައިގެން ތިބި ގިނަ ޒުވާން ގާބިލް އޮފިސަރުން ތިބިތަނެއްގައި އެކަމަށް ކުފޫ ހަމަވާ މީހެއްނޫން. މުޅި މުއައްސަސާ ކިލަނބު އަރުވާލައިފި.

  4. އާކާސް މުހައިމިނު ކުޅުދުއްފުށި

    މާރިޔާ ވަދެ މިޤައުމުގައޮތް އެންމެ ހައިބަތު ބޮޑު ތަންވެސް ފަސާދަ ކުރަނީތާދޯ ދެވަނަ ވެލެޒިނީ އެއީ

    • ދޫރް

      ވެލެޒިނީ ހަލާކު ކުރީ މާރިޔާ

  5. ޕޮލިސް މީހާ

    ސިޔާސީ ނުފޫޒުން ސަލާމަތެއް ނުވިދޯ އެބުނާ ހެޔޮ ވެރިކަމެއްގާ

  6. ޑެއިލް

    ދުއާދެންނެވި މީހާ ބުނި މީޑިޔާއަށް ފުރިހަމަ ހިމާޔަތާއި މިނިވަންކަމާއި ރައްކާތެރިކަން މިސަރުކާރުން ކަށަވަރު ކުރާނަމޯ. ފެށީ މީޑިޔާ ހަން ނޮޅަން.

  7. ޔެސް މެޑަމް

    ކޮބާ ހީވޭ ކަމެންހެން. ތިއޮތީ ނޫސްވެރިކަން މިނިވަންކޮށްފަ. ހެޔޮވެރިކަމުގެ ހެޔޮކަން އޮހިގެން ދަނީ

  8. ނަޝީދު

    ކޮންމެ ތަނެއް ވިޔަސް އެފާޑަށް ވާހަކަ ދެކެވިގެން ނުވާނެ މީ ރައީސް ސޯލިހުގެ ވެސް ޝަމާލުގެ ވެސް މާރިޔާގެ ވެސް ޤައުމެއް ނޫން މިތަން ހިމާޔަތް ކޮށް ސަލާމަތް ކުރަން ޖެހޭ...

  9. ސަންގުގެރި

    ކޮއެފުޅާ 2 ވަނަ ވެލެޒިނީ އެމް އެން ޑީ އެފުގަ ގައުމު ފަސާދަ ކުރަނީ މިވެރިކަން ނިންމާލާނެ މީހެއް އަދި ﷲ ގެ ރަހުމަތުން އުފަންވާނެ.

  10. ވަސީމާ އިބްރާހިމް

    ކޮބާތަ ނޫސްވެރިކަމުގެ މިނިވަންކަން. ސޯލިހުގެ ސަރުކާރަކު ވެސް ނެތެއްނޮއް ނޫސްވެރިކަމުގެ މިނިވަންކަމެއް.. ހުރިހާ ކަމަކާ އެމްއެންޑީއެފް އިބެހެވޭތަ.. ކޮން އިރަކު ތޯ. ރައީސް ސޯލިހު އެމްއެންޑީ އެފް އަށް ނޫސްވެރިންނާ ނޫސްވެރިން ލިޔާ ހަބަރު ތަކާ ކުޅުމުގެ ބާރު ދިނީ.. ތީ ނޫސްވެރިންނާށް ބިރުދެއްކުމުގެ ފިޑި އަމަލެއް..

  11. މަސްވެިރިޔާ

    ޝަމާލް ޖެހޭނީ އުބަށް ޖަގަން، ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް، އަހަރަމެންގެ ފަރާތުން ރ ސޯލިހު އާއި ވެރިކަން ވޯޓް އަކުން ހަވާލް ކުރީ ކަންކަން ރަގަޅު ކުރުމާއި އެއްވެސް ހިފެގެއްޓމެއްނެތި ޚިޔާލް ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓމެއްނެތި ކުރުމަށް. ވަގަތު ކުރަނީ ޤައުމީ މަސައްކަތެއް. މިޤައުމު ފުނޑެން ރައްޔިތުން ދޫނުކުރާނެ، ޝަމާލް މުސާރަ ދެނީ އަހަރަމެންގެ ފައިސާއިން . ޚޮދު މުޚުތާރު ޖުންޑާ އުސޫލް ހިންގުމަށް ގެސްޓް ހައުސް ހިންގަން މަޑުކޮށްލާ.

  12. India

    ދިވެހިންދަސްވެއްޖެ އިންޑިއާ ދެން ހަދާނީ އަހަރެމެން ބޭނުން ގޮތެއް އިންޑިއާ ދިވެހިންނަކީ ސުކުރުރުރަން އެނގުނު ބައެއްނަމަ ކަލޭމެންނަކަށް އަހަރެމެންބޭނުން ގޮތެއްހަދައެއްނުލެވުނީސް އިންޑިއާ

  13. ޙަސަން އަޙުމަދު

    باغىން ނަހަލާލު ވެރިކަމަކާ غَسْبُُ ން حوالވެ......މުޅި قوم އިންޑިޔާގެ އަޅުވެތިކަމުގެ ދަށަށް....... ހިތާމައިގެ ކޮޅެއްނެތް.

  14. ޑިމޮކްރަސީ

    ޢެމް.އެން.ޑީ އެފް ގަވެސް ތިބީތާ ޤައުމު އަޅުވެތި ކުރަން ބޭނުން މީހުން.. ހެލް ކޮޕްޓަރު އެއީ ނަޝީދު ޢައުމަށްވެފަ އޮތް ވަރައް ބޮޑު ޚިޔާނާތެއް. ޤައުމު އަޅުވެތި ކުރުން. ޤައުމުގެ ދަރީންގެ ދަރިން ދުވަހަކުވެސް ނަޝީދު އަށް މަޢާފެއް ނުކުރާނެ. ޢަދި މިހާރުގެ ސަރުކާރުންވެސް އެކަން އިތުރަށް ވަރުގަދަކޮށްދީ ޤައުމަށް ޚިޔާނާތް ވަމުންދަނީ. ޢަޅުގަޑުމެންގެ ދަރީންގެ ތެރެއިން ބަތަލުން ނުކުމެ މި ޤައުމު އިންޝާ ﷲ މިނިވަންކުރާނެ. ތައްޔާރު ނުވިއަސް މިހާރު ސަރުކާރު ހިންގާމީހުންވެސް ނެތިދާނެ.

  15. ނަދާލު

    ތީދޮގު ޚަބަރެއް ހެއުވެރިކަމެއްގަ އެކަމެއް ނުކުރުރާނެ

  16. ނަޢީ

    ނަމުން ޑިމޮކްރެޓިކް ކަމުން ބަގުވާސް ސަރުކާރެއް. ވެރިކަމަށް އަންނަން އުޅުނުއިރު ހީވަނީ އެހެން ކަމެއްހެން. މިހާރު ރައްޔިތުންނަށް އެނގޭނެ އޮއޓަރެއް ހުރި ބަޔެއްނޫންކަން.އޮއްޓަރެއްހުރި ކަމެއްވެސް ކުރެވޭ ބަޔެއްނޫންކަން.

  17. ހަޤީގަތް

    އޭރުވެސް އަހަރެމެން އެގޮތައް ހަދާނޭ ބުނިންދޯ ޤަބޫލު ނުކުރީމަ ވާގޮތްމީ(ދެންއަތްޖަހަ)

  18. ނުރަބޯ

    އޭތް ސޯލިހޫ މިއީތަ ނޫސްވެރިކަމުގެ މިނިވަންކަންދޭގޮތަކީ؟ އަދިވެސް ކަލޭ އަނގައަރުވާތި. ސިފައިންނަކީ ސިޔާސީ ކަންތައްތަކަށް ބޭނެން ޖެހޭ ބައެއްނޫނޭ ބަލަގަ. މިއީވެސް ރައީސް ޔާމީނު ކުރިކަމެއްނަމަ މިހާރު އީޔޫ އާއި އދ އިންވެސް އެކަމާ ދެކޮޅަށް ބަޔާން ނެރެފީސް ލާދީނީންގެ ވަގު ސަރުކާރުން ކުރިކަމެއްވީމާ ހަމަ ބަރާބަރު ޑިމޮކްރަސީ.....؟؟؟

  19. ފަޤީރު ކަލޯ!

    އެންމެ ހައިވަތު ބޮޑު އިދާރާ އެމްއެންޑީއެފް ކަސްބީ އަންހެނަކަށްވުރެވެސް ދަށު ދަރަޖައަށް އެ ވެއްޓުނީ ދެން ސިފައިން ޖެހޭނީ ފައުޖު ފައުޖަށް ޕެ* ގަންނަށް ދުވަން މުޅި އިދާރާ އެކަމުގެ އެލާޓުގަ!!!

  20. މސ

    ވަރަށް ދެރަކަމެކެވެ ދައުލަތުގެ އިދާރާތައް
    މިހާރަށްވުރެބޮޑަށް ޒިއްމާދާރުވާ އެބަޖެހެއެބެ

  21. ޗިއްލޫ

    އިންޑިޔާސިފައިންނާ ކުރިމަތިލާނީ ދެން ދިވެހި ރައްޔިތުން! މިގައުމުގެ ސަލާމަތައް އުފައްދާފަވާ މުއަށްސަސާގެ އެއްވެސްބޭނުމެއްނުހިފޭ! އިންޑިޔާ ސިފައިންގެ ބާރުމިގައުމުގާ ގަދަވަމުންދަނީ، މިކަމުން ދޭހަވަނީ ސަލާމަތީ ބާރުގެ އެއްވެސް ބޭނުމެއް ނުހިފޭކަން!!

  22. ފެންނަގޮތް

    ތިޔޮތީ ނޫސްވެރިކަމުގެ މިނިވަންކަން ލިބިފަ

  23. ދުރުމި

    ފުލުހުންނާއި ސިފައިން ތިޔަހެން ނޫސްތަކަށް ބިރުދެއްކީމާ މުޅިގައުމު ވިއްކާލާ އިރުވެސް ދެން އެވާހަ ޖަހާނެ ނިއުސް އެއް ނުހުއްނާނެ ތިޔައީ ވަރަށް ދެރަކަމެއް ފުލުހުންނާއި ސިފައިން ގަބޫލުކުރަން ޖެހޭހަގީ ގަތެއްއެބައޮތް އަދިވެސް ތިބޭފުޅުންނާއި ދޭތެރޭ އެމީހުން ހިތްރަގަޅު ނުވާކަން ކިތަށް މާބަނޑު އަންޖެނުނަށްތޯ އެމްޑީޕީ މީހުން ބިރުދައްކާ ޖެއްސުން ކުރީ އަދި ތިބޭފުޅުނަށް ހާއްސަ ނަމެއް އެމްޑީޕީ މީހުން ދީފަ އޮންނާނެ( ގ ޅ ބ) މިނަން ހަދާން އާކުރުމަކީ މުހިއްމު ކަމެއް.

  24. ހުސޭނުބޭ

    އަޅެ އިއްޔެއޭ އިބޫ ބުނީ ނުސްވެރިކަމުގެ މިނިވަންކަން ޔަޤީންކޮށްދޭނަމޭ! އެހެން ކިޔާފައި ދެފައިދަނޑިޔަކަށްނު ތި ދިޔައީ!