މިއަދު އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނެތުމުން ސިމެންތި ބަސްތާ ވެއްޓުނީ ރައްޔިތުން މަޖިލީހުގެ މެންބަރު އަނާރާ ނައީމްގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެއްގެ ސައިޓަކުންކަން "ވަގުތު" އަށް ކަށަވަރު ކުރެވިއްޖެއެވެ.

ސިމެންތި ބަސްތާ ވެއްޓުނީ "ޑަބްލިއު ކޮންސްޓަރްޝަން" ގެ ސައިޓަކުން ކަން އެކުންފުނިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ޑަބްލިއު ކޮންސްޓަރްޝަން އަކީ އަނާރާގެ ފިރިކަލުން އާދަމް ސަފީގުގެ ކުންފުންޏެކެވެ.

ކުންފުނީގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ޑަބްލިއު ކޮންސްޓަރްޝަނަކީ 2007 ވަނަ އަހަރު އާދަމް ޝަފީގު އުފެއްދި ކުންފުންޏެކެވެ.

އަނާރާ ވަނީ މިއަދު ހިނގި ހާދިސާ އާއި ގުޅޭ ގޮތުން ޑަބްލިއު ކޮންސްޓަރްޝަން އިން ފޭސްބުކްގައި ކުރި ޕޯސްޓްގެ ފޮޓޯއެއް ޓްވީޓް ކުރައްވާފައެވެ. އަދި އަނިޔާވި ކުއްޖާ އަށް އަވަސް ޝިފާއެއް ލިބުން އެދޭކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައި ވެއެވެ. ނަމަވެސް ޑަބްލިއު ކޮންސްޓަރްޝަން އަކީ އޭނާގެ މަސްލަހަތު އޮތް ކުންފުންޏެއް ކަމަށް ވިދާޅުވެފައެއް ނުވެއެވެ.

ޑަބްލިއު ކޮންސްޓަރްޝަން އިން ވަނީ ސިމެންތި ބަސްތާ ވެއްޓުނު ހާދިސާ އާއި ގުޅިގެން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް މިރޭ ރައްދު ދީފައެވެ. ހާދިސާ ހިނގީ ކުންފުނީގެ އިހުމާލުން ކަމަށް އިއުތިރާފް ވުމުގެ ބަދަލުގައި އެކުންފުނިން ބުނީ ހާދިސާ ހިނގީ ބޯޑު ބަހައްޓާފައި ހުރި ސަރަހައްދެއްގައި ކަމަށާއި މަސައްކަތް ކުރީ ހުއްދަ ނަގައިގެން ކަމަށެވެ.

ސިމެންތި ބަސްތާ ވެއްޓުނު ހާދިސާގައި އަނިޔާވި ބަންގްލަދޭޝްގެ އަންހެން ކުއްޖާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އެކުއްޖާގެ ހާލު ސީރިއަސް އެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އާކާސް މުހައިމިނު ކުޅުދުއްފުށި

    ތި ސަލާމަތްވީ

  2. އަނާރާއަމ

    ޢަދިވެސް ކުއްގަބޫލު ނުކޮއް އެކުއްޖާ ކުއްވެރި ކުރަނީ

  3. ހުސެނ

    ވީޑިއޯއިން ފެނޭ ބޯޑް ބަހައްޓާފަ ހުރިތަން

    • ހިރާ

      ދާޖަހާފައެއްނޫން ހުރީ، ހުއްދަ ނެގިޔަސް މަސައްކަތް ކުރަންވާނީ އޮންނަ އޮނިގަޑާ އެއްގޮތައް!

  4. އަސްއަދު

    ތިހެންވިއްޔާ ތި މައްްސަލަ މިހާހިސާބުން ތި ނިމުނީ. އަނެއްކާ ވެރިއަކަށް ހުރީ ޔާމީނެއް ނޫން. ނިމިގެން ދާނީ ތި ކުއްޖާ ކިއްވެރިވެގެން. އަނާރާ އައް ބުނެލަން އޮތީ ތިމާ މާ ސާލިހް މީހެއް ކަމަށް ދައްކަން އުޅުނަސް އެކަލާނގެ ހުރިހާ ކަމެއް ދެނެ ވޮޑިވެގެން ވެޔޭ

  5. ރަށްދު

    ދާޖަހާފައޮތަސް ނުޖެހޭނެ މީހުނަނަށް ބޮޑެތި އަނިޔާވާގޮތަށް އެއްޗެހިވެއްޓޭގޮތަށް ބަހައްޓާކަށް ޖެހޭނީ ހަމަ އެކުއްޖާގެ އާއިލާޔަށް ބަދަލު ދޭން

  6. ކަމަނަ މުހައްމަދު

    ޢަނާރާގެ ފިރިކަލުންގެ ތަނެއް ވިއްޔާ، ތިކުއްޖާ ގޯސްވާނީ

  7. އެނދި މަރިޔަނބު

    ހުސެން ބުނަންތޯ، ބޯޑު ބަހައްޓައިގެން މަސައްކަތް ކުރުމުގެ މާނައަކީ އެވަރުގެ ބޮޑު އަނިޔާއެއް ކުއްޖަކަށް ލިބުމުން ބަހަނާދެއްކުމަށްފަހު ބޯދަމަގަތުމެއްނޫން ސަލާމަތައް ބަލައިގެން މަސައްކަތް ކުރުމުގެ ޤަވައިދުގައި ވަރަށް ސާފްކޮށް ބަޔާން ކުރެވިފައިވާނެ މަސައްކަތް ކުރަމުންދާ އިމާރާތުގެ ވަށައިގެން އެއްވެސް ތަނަކަށް އެއްޗެއް ނުވެއްޓޭ ފަދަގޮތަކަށް އިމާރާތުގެ ސަލާމަތީ ކަން ކަން ހުންނަން ޖެހޭނެ ކަމަށް....

  8. އެމްޑީޕީ

    ހުއްދަ ނެގީ ނަމަކަށް.

  9. ޢަފީފު

    ކަމެއް ހިގާފާނެ ކިތައްމެ ވަރަކަށް ބަލައިގެން އުަލުނަސް، ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އިތުރު ކުރަން ފެނޭ

  10. ޥަވް

    އަނާރާ އާއި ތިމައްސަލަ އާއި ހުރި ގުޅުން ބައްލަވާ . ޢެއަށްފަހު ލިޔުއްވާ .

  11. މާރިޔާ އަޙްމަދު

    އެ އަނާރާމެންގެ ކަންތައް ހުންނަގޮތް ! އެހެންވީމާ މަޖްލިސްތެރޭ ކަންތައް ކުރާނީ ކިހިނެއް! ދާއިރާގެ ރައްޔިތުންގެ ކަންތައްތައް ބަލާނެތަ!

  12. އާދިލް

    ހަމަ އެކަނި ބޯޑެއް ޖެހުމަކުން ނުފުދޭނެ. އެތަނަށް މީހުން ވަދޭތޯ ބެލުމަކީވެސް ކުންފުނީގެ ޒިންމާއެއް. ހުރިހާގޮތަކުން ވެސް އިންސާނުންގެ ސަލާމަތަށް ގެންނަން ޖެހޭ ސަމާލުކަން ގެންނަން ޖެހޭ. އެ ނުގެނައުމަކީ އިހުމާލެއް. މާލުވެރިޔާގެ މުދާ ސަލާމަތްކުރަން ގުދަނަށް ވަނުން މަނާކަމަށް ޖަހާފަ ބޯޑް ބަހައްޓާފަ ވޮޗަރުން ލަނީ މިބުނާ އުސޫލު އޮންނާތީ

  13. ޢަހަންމާ

    ފިރިސޮރާ ދެމީހުން ހިއްސާވާ ކުންފެންޏެއް އެއީ.

  14. ހުސޭނު

    ހަމަރަނގަޅަށް އެކަމު ދެއަނތްބަށް އަނާރާ އިނދެގެންއުޅެނީ

  15. މޮލަ

    ދެން ބުނޭ ސިމެންތި ބަސތާ ވެއްޓުނީ ބަންގާޅީ ގަޔަަށޭ