ޤަވާއިދާ ޙިލާފަށް މާލެ ސަރަހައްދުގައި ހުރި ކޮންސްޓްރަކްޝަން ސައިޓްތައް ދެނެގަތުމަށް ސިޓީ ކައުންސިލްއިން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
މިކަމަށް ކައުންސިލުން އިލްތިމާސްކުރައްވާފައިވަނީ ޑަބްލިޔުކޮންސްޓްރަކްޝަންގެ ކޮންސްޓަރަކްޝަން ސައިޓެއްކަމަށްވާ މާފަންނު ނަލަހިޔާމަންޒިލް އިން ކުޑަ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައެވެ.
ރޭ ސިޓީ ކައުންސިލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ސަމާއު ވިދާޅުވީ ވަސީލަތްތަކުގެ ދަތިކަމާއި މުވަޒަފުންގެ ދަތި ހުރުމުން މިވަގުތު އާންމުންގެ އެހީތެރިކަމާއި އެއްބާރުލުމަށް އެދޭކަމަށެވެ.
ސިޓީ ކައުންސިލްގެ މެންބަރު ހަމްނާ ވިދާޅުވީ ޤަވައިދާއި ހިލާފަށް މަސައްކަތް ކުރާ ކޮންސްޓްރަކްޝަން ސައިޓުތައް ދެނެގަތުމުގައި އާންމުންގެ ދައުރު ބޮޑު ކަމަށާއި މަސައްކަތުގެ ސްޕީޑު އަވަސްކުރުމަށް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ކައުންސިލް މީޓިންގައި ނިމިގެން ދިޔަ އަޅުގަނޑުމެންގެ ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް މަސައްކަތުގެ ސްޕީޑު އަވަސް ކުރުމަށް، ގަވައިދާއި ހިލާފަށް މަސައްކަތް ކުރަމުން މިދާ ސައިޓުތައް އައިޑެންޓިފައި ކުރުމަށްޓަކައި އަޅުގަނޑުމެން އާންމުންގެ އެހީތެރިކަމަށް މިވަގުތު ވަރަށް ބޮޑަށް ބޭނުންވޭ. އަޅުގަނޑުމެންގެ މުވައްޒަފުންގެ ހުރި ދަތިކަމާއި އެއްކޮށް ވަގުތުން ވަގުތަށް ސައިޓަށް އެޓެންޑު ކުރެވިދާނެ ކަމަށް އަޅުގަނޑުމެން މިބަލަނީ ޓްވިޓަރ، ފޭސްބުކް މެދުވެރިކޮ،ށް އެ ގެ ތަކުގެ ފޮޓޯއާއި ލޮކޭޝަން އާއި އެއްކޮށް މާލެ ސިޓީ ކައުންސިލް ޓެގް ކޮށްފައި ހޭސްޓޭގް އަންސޭފްސައިޓް ޓްވީޓުކޮށްދެއްވުމުން" ހަމްނާ ވިދާޅުވިއެވެ.
ރޭ 20:00 އިން ފެށިގެން ގިނަ ކޮންސްޓްރަކްޝަން ސައިޓުތަކެއްގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެތަންތަކަށް ސިޓީ ކައުންސިލްގެ ޓީމެއް ގޮސް ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ހަމްނާ ވިދާޅުވެފައިވެއެވެ.
ދިރާގާއި ކޭބަލް ޓީޥީ އަދި ކަރަްނޓް އަޅާ ނަމުގައި އައްޑޫގައި ގިނަ މަގިތަކެއްގެ ޕޭވްމެންޓް ވަނީ ކޮނެ އަނދަވަޅަކަށް ހަދާފައި. މުސްކުޅިންނާއި ކުޑަކުދިންނަށް ގެއްލުންވަމުންދޭ އެބަ.
މިމަސއްކަތް ކުރި މީހުން ދިރާގުން ފައިސާ ނަގައިފި. ނަމަވެސް ޕޭވްމެންޓް ރަނގަޅެއް ނުކުރޭ.
ދެން ތެޅިބާލާ! ޝިފާއަށް އެއްޗެށް ވިސްނިފަ އޮއްނާނީ
މިކަންވެސް ރައަޔިތުންގެ ބޮލަށް. މިވަރު ބަލާލާނެ ގާބިލު މީހަކު ސަރުކާރުގައި ނެތް. ސަރުކާރު ހިންގަން ލާރި ހޯދަނީ ސަލާން ޖަހައިގެން. ފަނޑިޔާރުންނަށް ބޭރު މީހުން ގެ.ންނަ ވާހަކަ. ތަހުގީގުތަކަށް އެފްބީއައި ގެންނަ ވާހަކަ. ދެން މި މީހުން ކުރާކަމެއް އެބައޮތްތަ؟ ތަންތަން ތެޅުމާއި ނަން ބަދަލުކުރުން ފިޔަވައި އެހެން ކަމެއް ނެތް.
އާއްމުންގެ އެހީ ހޯދަން ވުޒާރާ ބަންދުކޮށްފައި، ވޮލެންޓިއަރުންނަށް ޤާނޫނީ ބާރުދީބަލަ. ނިކަން ހަރަދު ކުޑަކޮށް، ރަނގަޅު ފެންވަރެއްގެ ޚިދުމަތެއް ދޭނެކަމަށް ބެލެވޭ. ކިހާބޮޑު އުނދަގުލެއްމީ.
ދެން ކަލޭމެންގެ ޒިންމާކީ ކޮބައިބާ؟؟؟ މުސާރަ ނަގައިގެން ކަރަޕްޝަން ހިންގުންތޯ؟؟؟؟
އާންމުންގެ އެހީއޭ *** ނުކިޔާ މާލޭގެ ޗާޓެއް ހިފައިގެން ކޮންސްޓުރަކްޝަންނައް ހުއްދަދޫކުރެވިފައިވާ ހުރިހާ ގެޔަކައް ގޮސް ސައިޓުތަކުގެ ސެކިއުރިޓީ އެސެސްމެންޓެއް ހަދަން އިނިސްޕެކްޓަރުން ފޮނުވަބަލަ.. ވާނުވާނޭގި ކުކުޅުތަކެއްހެން ނުތިބެ.
މާލޭގެސިޓީގާރޑްން ރެސްޓޯރެންޓް އާއިދިމާ ކުރިމަތިން އެއޮތް ޔޮށިގަންޑު އެކިދިމަދިމާލުން އަޑިވެވަޅުގަނޑުހެދި ގާތައްއަޑިވެހަލާކުވެފަ އޮންނަތާ ސުނާމީއެރިފަހުންވީދުވަހެއވެއްޖެ. އެއީ މިމާލެއާއި ރާއްޖެތެރޭ ކައިރިއަތޮޅޫތަކުގެ ގިނައައަދަދެއްގެ ރައްޔިތުންނާއި ރާއްޖެއަށްޒިޔާރަތްކުރާ ފަތުވެެރިން އެކިބޭނުންތަކުގަ ގޮސްއައިސްއުޅެސަރަހައްދެއް. މިހާރވެސްމިވަނީ އެތޮށިގަނޑުމަތީހިނގާފަދަނިކޮށް ފައިގެކުދަހުޅުފުޜޮޅިގެންދިޔައިރު ލިގަރމެންޓް އަށްލިބުނުގެއްލުމަކާ ގުޅިގެން ނުހިނގި އޮފީހައްނުދެވި ދިރިއުޅުމައް މަސއްކަތެއްނުކުރެވި ލިބޭއާމްދަނީއެއްނެތި އަތްމަތިހުސްވެއެތައްދުވަހެއްވަންދެން ގޭގަްޮންނަންޖެހިފަ. ކޮންފަދަގެއްލުންތޯ.؟ ދެނަހުރީކާކުތޯ؟ ރާއްޖެއިންބޭރުންއަންނަފަތުރުވެރިއަކަށް މިފަދަކަމެއްދިމާވެއްޖެނަމަ އެއީ ލަދުވެތިވާންޖެހޭނެކަމެއްނޫންތޯ؟
އުވާލަންވެފަ އޮތްތަނެއް މި ސިޓީ ކައުންސިލަކީ ހުވާ!!
މޭޔަރު އުޅުނީ ހުޅުމާލެ ކާރީގަ އޮންނަ އިންޑަސްޓްރިއަލް ރަށެއްގެ ބީޗުގަ *ކިނީގަ ތިކުއްޖާ ބޮލަށް ސިމެންތެބަސްތާ ފެބި އިރު ލަދެއްނުގަނޭ މި އާ**ގަޑު