ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރަމުން އަންނަ ޕީޕީއެމް އަށް ތާއިދު ކުރާ މުވައްޒަފުން ވަޒީފާ އަދާކުރާ ރަށް ބަދަލުކުރަން ފަށައިފިއެވެ.

ސްޓެލްކޯގެ އިންޖީންގެ ތަކުގައި މަސައްކަތް ކުރާ ޕީޕީއެމް އަށް ތާއިދު ކުރާ މުވައްޒަފުންގެ ވަޒީފާ އެމީހުން މިހާރު މަސައްކަތް ކުރާ ރަށް ނޫން ރަށްތަކަށް ބަދަލުކޮށް އެކަން އިއްޔެ އިން ފެށިގެން ގެންދަނީ މުވައްޒަފުންނަށް އަންގަމުންނެވެ.

"ވަގުތު" އަށް ލިބިފައިވާ ސްޓެލްކޯގެ ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި ތިން ރަށެއްގެ އިންޖީންގޭގެ އެސިސްޓަންޓް މެނޭޖަރުން ވަނީ އެހެން ރަށްރަކަށް ބަދަލު ކޮށްފައެވެ.

އއ.ހިމަންދޫ އެސިސްޓެންޓް މެނޭޖަރު ކ.ތުލުސްދޫ އަށް ބަދަލު ކޮށްފައިވާއިރު، އދ.ދިގުރަށު އެސިސްޓެންޓް މެނޭޖަރު ވަނީ ކ.މާފުއްޓަށް ބަދަލު ކޮށްފައެވެ. އއ.މާޅޮސް އެސިސްޓެންޓް މެނޭޖަރު ވަނީ ވ.އަތޮޅު ރަކީދޫ އަށް ބަދަލު ކޮށްފައެވެ. މިތިން ބޭފުޅުންނަކީ ވެސް ޕީޕީއެމްގެ ހަރަކާތްތަކުގައި މީގެ ކުރިން އުޅުއްވި ތިން ބޭފުޅުންނެވެ.

ވަޒީފާ އަދާކުރާ ރަށް ބަދަލު ކުރުމުން އެރަށެއްގައި ހުރުމުގެ ޚަރަދާއި ކެއުމުގެ ޚަރަދު ވެސް ކުރަން ޖެހޭނީ އަމިއްލައަށެވެ. ނަމަވެސް ވަޒީފާ އަދާކުރާ ރަށް ބަދަލު ކުރުމަކުން އިތުރު އެލަވަންސެއް ނުލިބޭނެއެވެ.

ވަޒީފާ ބަދަލު ކުރި މުވައްޒަފަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މިއީ އަމިއްލަ އަށް ވަޒީފާ އިން ވަކިވުމަށް މަޖުބޫރު ކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.

"ކެއުމާއި ހުރުމަށް މަހަކު 6000 ރުފިޔާ ޚަރަދު ކޮށްފައި މަހަކު އެއްފަހަރު ރަށަށް އައުމާއި އެނބުރި ދިއުމަށް 1000 ރުފިޔާ ޚަރަދު ކުރީމަ އަނބިދަރިންނަށް ޚަރަދު ކުރަން އޮންނާނީ 3500 ރުފިޔާ. ރައީސް ޔާމީންގެ ވެރިކަމުގައި މިގޮތައް ބަދަލު ކުރި މުވައްޒަފުންނަށް ހުންނާނެތަނަކާއި ދުވާލަކަށް 250 ރުފިޔާ ވެސް ދިން. އެހެންވީމާ މަހަކަށް 7500 ރުފިޔާ ލިބޭނެ. މިއީ އަމިއްލައަށް ވަޒީފާ އިން ވަކިވުމަށް މަޖުބޫރު ކުރުމުގެ ގޮތުން ކުރިކަމެއް." އޭނާ ބުންޏެވެ.

އޭނާ ބުނީ ވަޒީފާ އަދާކުރާ ރަށް ބަދަލު ކުރުމުން ހިންގުމުގެ އެލަވަންސް ވެސް މުސާރައިން އުނި ވާނެ ކަމަށެވެ. އެހެންކަމުން މިހާރު ލިބޭ ވަރުގެ މުސާރައެއް ވެސް ނުލިބޭނެއެވެ.

ސަރުކާރު ކުންފުނިތަކުގެ ޕީޕީއެމް މެންބަރުން ވަޒީފާ އަދާކުރާ ރަށް ބަދަލު ކުރަން ފަށާފައި ވާއިރު ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ ސަރުކާރާއި ދެކޮޅު މުވައްޒަފުން ވަޒީފާ އަދާކުރާތަން ބަދަލު ކުރަން ފެށުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ މުވައްޒަފަކު ގެންގުޅޭ ސިޔާސީ ފިކުރެއްގެ ސަބަބުން އެމުވައްޒަފަކާއި މެދު ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން އެތައް ފަހަރަކު ދެއްވުމަށް ފަހުއެވެ.

ނަމަވެސް ވެރިކަމަށް މިއަދު އެއްމަސް ދުވަސް ފުރިހަމަ ވީއިރު އިއްޔެ އިން ފެށިގެން މިވަނީ ސަރުކާރު ކުންފުނިތަކުގެ ޕީޕީއެމް މެންބަރުން ވަޒީފާ އަދާކުރާ ރަށް ބަދަލު ކުރަން ފަށާފައެވެ.

ސަރުކާރު ކުންފުނިތަކުގެ ޕީޕީއެމް މެންބަރުން ވަޒީފާ އަދާކުރާ ރަށް ބަދަލު ކުރުމާއި ބެހޭ ގޮތުން އަދި ސަރުކާރުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

71 ކޮމެންޓް

  1. ފާތުމަ

    ތީކީ މައްސަލައެއްނޫން. ތިކަން މިސަރުކާރަށް ދަސްކޮށްދިނީ ޕީޕީއެމުން.

    • ޖުޑް

      މިމައްސަލަޔަކަށް ވެގެން އަނިޔާވެރިކަމޭ ރައީތުންނޭ ކިޔައިގެން އެކަން ރަނގަޅުކުރަން ރަސޫލާ ދުއާ ދެއްވިފަދަ ސޯލިހު ވެރިޔެއް ގެނައީމަ ދެން އެ މީހަކު ހަމަ އެކަން ތަރުކުރާރު ކުރަންޏާ މިއީ ވަރަށް ބޮޑުމައްސަލައެއް. މި މައްސަލައަކަށް ނުވަންޏާ އަދުލުވެރިކަމޭ އިންސާފޭ ފޮށައޭ އޭގަދަށުގައޮތް ތިންބާރޭ ޑިމޮކްރަސީއޭ ނުކިޔާނީ. ކޮންމެ މީހަކަށްވެސް ނުހައްގުން އަނިޔާއެއް ދީފިއްޔާ އެވާނީ ހަމަ އަނިޔާއަށް. އެމީހަކު ކޮންމެ ކުލައެއްގެ ހުރެފަ ކިތައްމެ ސިފަ ހަޑިޔަސް.

  2. ނަޝީދު

    ޢިންސާފްގެ މަގުން ހިންގަވަނީ...

  3. އަބުދުﷲޖަމީލް

    ރައީސް ޔާމީންގެ ވެރިކަމުގައިވެސް ޕީ ޕީ އެމް ކުދިން ބަދަލުކުރި

    • އިއްބެ

      ޔާމީން ކަންތައް ކުރިގޮތް ކަމުނުގޮސްގެން އިބްރާހީމު ގެނެސްފައި އެހުރީ. ޔާމީނުގެ ވާހަކަ ނުދައްކާ.

    • ވާނުވާ

      އެގޮތް އޯކޭ ނަމަ މިއަދުވެސް ހުންނާނީ ޔާމީން.އކަމު އޯކޭ ނުންވީމަ އިބޫ ގެނައި

  4. ޢަލީ

    ކަނޑާ ނުލާ ކަނޑާލުން!

  5. ރަނގަބީލު

    ތިޔައީ އަނިޔާ ވެރިކަން.ﷲ އަނިޔާ ވެރިން ބަލި ކުރައްވާންދޭވެ.

  6. ރަށްވެހި

    މިސަރުކާރުން ހުރިހާ ކަމެއް ވެސް ކުރާނީ ޖެެއްސުމަށް. ބަޔަކަށް ޖެއްސުންކުރަން އަރާފަ ތިބިބައެއްތީ.

  7. ޒޯޒޯ

    އެކަމަކު ބޮޑު އަކުރުން ބެނާ ތަކުގަ ޖަހާފަ އޮތއްނު ވަޒީފާގެ ބިރު ފަހަނަ އަޅާ ދާނެ ވާހަކަ. ސަހަރޯ ހީވެދާނެ. ވަޅެއް ކޮނެފަ އެވަޅަށް އެރި އޮންނަންވީ. މި ޤައުމު ހަލާކު ވެ ނިމިއްޖެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

  8. ޢަލ

    ވަޒީފާ ޔަޤީން

  9. ޕާޓޭ ގެ ޑެޑީ

    މިޔަދު ޕީޕީ ކުދިން ހިތައް އަރާނެ އެދުވަހު އެހެން ނުހެދުންނަމައޭ އަހަރެންވެސް ހާދަ ދެރާވިއޭ ހާދަ އާދޭހެއްކުރީމޭ ލޯބިވާ ދަރިން ކޮޅާ ލޯބިވާ އަންބިމީހާ ދޫކޮއްފަ ދާންޖެހުނީ މަ

  10. ލުޤޭ

    ބަލަގަ ފާތުމާ! އެގޮތް ކަމުނުދާވާހަކަދައްކާ އެފަދަކަންތައް ނުކުރާނޭކަމަށް ހުވައިކޮށްގެން ހުރިމީހެއްނޫންތަ ނުކިޔަވާ އިބޫއަކީ؟ އެހެންވީއިރު ތަފާތެއް ނުފެނޭނު؟

  11. ވާނުވާ

    އެމަގުން އެކަން ނުކުރާނެކަމަށް ވައުދުވެގެން އައިސަރުކާރުގެ ފެންވަރަކީ މީ. ވަޒީފާގެ ބިރުވެރިކަން އެއްވެސް ރައްޔިތަކަށް ނޯތުމުގެ ވައުދު ފުއްދަވައިފި.ޝުކުރިއްޔާ ކިނބޫ

    • ހުސޭނު

      7ފެނަށް ކައްކާ އިރަށްދޮންކުރިއަސް މޑޕ ވާނީ ހަމަ މޑޕއަށް

  12. ޜިހި ރިހި

    މިސަރުކާރުން އައީ އެކަން ރަނގަޅުކުރަން ކުރިން ކަންތައް ކުރި ގޮތްތައް ބަދަލުކުރަން އެކަމަކު ކަންތައް މިވަނީ ކުރިން ސަރުކާރުން ވެސް ކަންތައް ކުރި ގޮަތައް

  13. ސަންފަ

    ސ.ހުޅުމީދޫ އިންޖީނުގެ މެނޭޖަރުން ނާ ޑިރެކްޓަރުން ވެސް ބަދަލު ކުރަން ފެނޭ

  14. ދީދީ

    ތި ދަސްކޮއްދިނީ ޔާމީނު ވެރިކަމުގަ.

    • މޮަޔަ

      އޭނގެ މާނައަކީ ޔާމީނު ކަހަލަ އަނިޔާ ވެރިއެކޭ ދޯ އިބޫ އަކީވެސް

  15. އިންސާނާ

    ނިމިދިއަ 5 ވަޒީފާގެ ބިރުދެއްކީޔޯ ???????????????

  16. ީއިންޑިޔާގެ ޖަޒީރާ ރާއްޖެ.

    ބަލަގަ އިބްރާހިމް މުހަންމަދު ސާލިހް އެއް ނޫންތަ ބުނީ އެއްވެސް ވިސްނުމެގެ އެއްވެސް މީހަކަށް އަނިޔާވެރި އެއްނުވާނަމޭ. ތިޔަށްވުރެން މާރަނގަޅު ވާނެ މިއަދުން ފެށިގެން ވަޒީފާ އަށް ނިކުންނާނެ ކަމެއް ނެތޭ ބުނިނަމަވެސް.

  17. ފޮއްދޫ

    ރައީސް ޔާމީން އުން ކިޔާފަ ދީފަ ހުރި ވަޒީފާ ގަ ތިބިމީހުން ނުޖެހޭ ބައިތިއްބާކަށެއް

  18. އަދީބު

    ޔާމީން ގޯސްވީ މިކަހަލަ ކަންކަން ކުރީމަ. އޭތި އިބްރާހީމު ވެސް މިހަދަނީ. ތިހެން ހަދައިގެން 5އަހަރު ނުހިފެހެއްޓޭނެ ހެން ހީވަނީ.

  19. ޢަލީ

    އިއްޔެ ތިހުރިހާ ކަމަކަށް އަތްޖަހަން ތިބިމީހުންނަށް މިއަދު ރަނގަޅު ފިލާވަޅެއް ލިބޭނެކަމަށް އުންމީދުކުރަން.

  20. ޒިޔާދު

    ބަލަ މިކަންކަން ރަގަޅު އޭރު ގޯސްވެގެން އަނިޔާވެރި ކަމޭ ގޮވީ. ޑެން މިހާރު ކިހިނެތް މިކަން މިއަދު ހެޔޮވެރި ކަމަކަށް މިވަނީ. އިބޫ ވެގެންދާނީ ބޮޑު ފޭލިޔާ އަކަށް...

  21. އަލީ

    އަމާބުނީތީ ފަރަށް ދާ އިސޫލުން. މީހަކު ކަމެއް ކުރީމަ ބަދަލުގައި އެކަން ތަކުރާރުކުރާކަށް ނޫން ވީކީ. އެއަށްވުރެ ރަގަޅަށް ކަންކުރަންވީ. މިއަދު ފެންނަނީ ސޯލިހު ހަސަދަ ފިލުވާތަން.

  22. ޙށނ

    ޢެހެންވީމާ ޔާމީންއެކޭ އިބޫއެކޭ ތަފާތެެއްނެތެއްނު!!! ޢަހަރެން ވޯޓުދިނީ ބަދަލަކައް. ޢެ ބަދަލެއްނުފެނޭ...އަހަރެންގެ ވޯޓުމިވީ ބޭކާރު..

    • ރޮދި

      އަމިއްލަ ޖާހިލުކަން

  23. އައްޑޫ ކަލޯ

    ދެން ކޮބާަތަ މައްސަލައަކީ؟.މަވެސް މީ ފެނަކައިގަ އުޅުނު މުވައްޒިފެއް.ތިގޮތަށް މަވެސް ފޮނުވާލީ ށ.އަތޮޅަށް.އެންމެ ފަހުން ކެތް ނުވެގެން ވަޒީފާއިން ވަކިވެގެން މިއުޅެނީ ވަޒީފާގަނޑެއް ނުލިބިގެން.ަރައީސް ޔާމީނުގެ ހެޔޮފުޅުކަމުން ކިހާ ސަޅި...ހަމަ ޔަޤީން މިކޮމެންޓް ޝާއިއު ނުކުރާނެ ވަގުތު ކުދިންނެއް.

    • މޮަޔަ

      ކަލޭއަށް ލިބުނު އަނިޔާ އެހެން މީހަކަށް ނުދޭނެ ކަމަށް ވައުދު ވީމަ އިބޫ ގެނައި.އެއީ މައްސަލަ އަކީ

      • އައްޑޫ ދީދީ

        މަށެއް ނުދެން ވޯޓެއް

  24. ޑަނޑޫރަ

    ހުރިހާ އެންމެންވެސް ގަންނަނީ އެއްގަނޑެއް ރައީ ސޯލިޙް ވެރިކަމަށް އަންނަން މަސައްކަތްކުރި ދުވަސްވަރު އެގޮތަށް ރަށް ބަދަލްކުރި މުވައްޒަފުންނަށް ހިތްވަރު ދެއްވައި ވިދާޅުވަނީ ތިމަންނަގެ ވެރިކަމެއްގަ އަނބުރާ އަމިއްލަރަށް ވަޒީފާއަށް ބަދަލްކޮށްދެއްވާނެކަމށް ނަމަވެސް އެމަނިކުފާނަށް ވެރިކަން ލިބުނީމަ އެކަން ތަރުރާރު ވުމަކީ ޤަބޫލްކުރެވޭނެކަމެއްނޫން ސޯލިޙު ވިދާޅުވަނީ ތިމަންނަ އަކީ ރައްޔިތުންގެ ވެރިއެކޭ ކުލަޔަކަށް ވިސްނުމަކަށް ނުބަލައްވާނަމޯ އެކަމަކު އެހެންނޯންތާ މިވަނީ ކީހާޅެން ފަރިއްސަށްވެ މާޒީ އިއާދަކުރާ މަންޒަރު ފެނިގެންމިދަނީ

  25. ނަގޫރޯޅި

    ހިސާބައްވުރެ އިންސާފް އުތުރި އަރަންފެށީމަ ތިކަހަލަ އެތައްކަމެއް ފެންނާނެ

  26. މަރޭ

    ޕީޕީ އެމުން ބައެއް މުވައްޒަފުން އެހެން ރައްތަކަށް ބަދަލުކުރިއޭ ކިޔާ ހަޅޭފަޅޭލެވި މީހުން މިކުރަނީ ކޮންކަމެއް

  27. ޝާތިރު

    ބޭނުން ނުހިފޭގޮތަށް ވައްދާފަ ތިބި އެކްޓިވިސްޓުން ބައިވަރު އެބަތިބި. އެކަމަކު ގަވާއިދާއި އެއްގޮތަށް ނޫންގޮތަކަށް ވަކިކުރެވިގެން ނުވާނެ.

  28. އަބޫޖަހުލު

    ތިޔައީ އެއްވެސް ސަރުކާރުން ކޮށްގެން ވާނެ ކަމެއް ނޫން. ހަގީގަތުގައިވެސް މުވައްޒަފުންނަށް އެއްވެސް ކަހަލަ ދަތި ކަމެއް ނުވަތަ ހިންހަމަ ނުޖެހޭ ކަމެއް އެއްވެސް މެނޭޖްމަންޓުން ކޮށްގެން ނުވާނެ. އެއީ ވަރަށް ދެރަކަމެއް. ކޮންމެ ފަހަރަކުވެސް މެނޭޖްމަންޓުގެ އިސްވެރިން ބަދަލުވާއިރަށް މިކަހަލަ ކަންތައް ކުރުން އެހާ ބުއްދި ވެރިއެއް ނޫން. ގިނަ ފަހަރަށް މިކަހަލަ ކަންތައް މެދުވެރިވަނީ އަލަށް މީހަކު ދާއިރަށް ތަނުގައި ތިބޭ މީހުން ފާޑު ފާޑުގެ ވާހަކަތައް ދައްާ ފިތުނަ އުފައްދަނީ . ވެރި މީހާއަށް ހަގީގަތް އެނގޭއިރު ވަނީ ވަގުތު ފާއިތު ވެގެން ގޮސްފައި. އެންމެ ބުއްދި ވެރި ގޮތަކީ އަލަށް ހަވާލުވާ ފަރާތް ތަކުން އެއްވެސް ކަހަލަ އެކަހަލަ ޑިސިސަނެއް ނު ނަގާ އަމިއްލަ އަށް ކަންކަން ފަރިތަ ކުރުން. އެކަމަށް ވަގުތު ކޮޅެއް ހޭދަ ކޮށްލުން. ނޫނީ ގިނަ ފަހަރަށް މީހުން ދައްކާ ވާހަކަ އަޑު އަހައިގެން ކަންކަން ކުރަންވީމާ، ތަނާއި، ތިމާ މީހާވެސް ފެއިލް ވަނީ.

    • މުނާފިގުގެ ދަރި

      ބުނަން މޮޅުވާހަކަ ދައްކާނެ ކަމެއް ނެތް، މިހާރުގެ އެމްޑީ އާއި ގުޅިގެން ތިތަނުގައި ވަކި ނުކޮށް ބޯޑުގައި ތިބި މީހުން ގަންނަ ސަކަރާތް އެނގޭތޯއެވެ. އެކަން ބަލަނީ ކާކު ތޯއެވެ.
      މޮޅުވާހަކަ ދެއްކި ދާނެ. ތި ތަނުގެ އެމްޑީ އަކީ ކުރިން ތިތާގައި އުޅުނު މީހެއް. މިހާރުވެސް އޭނާޔާ ދެކޮޅަށް އެތަނުގައި ދަނީ ނުރުހުން ފާޅު ކުރަމުން. އެއީ ކަމުދާ މީހެއްނޫން. އެއްވުރެ ރަނގަޅުވާނެ. އެމްޑީޕީގެ މީހަކު ތިތަނަށް ލިޔަސް.

  29. ދަރީ

    ވަރަށް ރަގަޅުކަމެއް. ފުލުހުންވެސް ގިނަ ރަށްރަށުގަ ތިބޭނީ އެހެން ރަށްރަށު މީހުން

  30. ކަމަނަ

    ހަމަ ތެދެއް

  31. ދެން

    ދެންވެސް ކިޔާ އިންސާފޭ

    • Anonymous

      ޭއ ެ

  32. ޔާމީން

    ޕޕމ ވެރިކަމުގަ ފޮނުވާލަނީ އުތުރު މީހާ ދެކުނަށް ދެކުނު މީހާ އުތުރަށް ހުރިހާ ހަރަދެއް އަމިއްލަ އައް ކުރާގޮތަށް. އިތުރަށް ލޯ ލާރި އެއްވެސް ނުލިބޭ.

  33. ކޮެންކޮން

    ވަރަށް އަނިޔާވެރި ސަރުކާރެއް

  34. ހިންނަ

    ޢަތްނުލާ އަށްދޮކިއުވުން ދޮތަ. ވެރިކަން ލިބުމުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް ވިދާޅުވެ ވެވަޑައިގެން ވައުދާ ހިލާފު ވެވަޑާނުގަންނަވާ. ﷲ ބައްލަވާ ވޮޑިގެންވޭ. ޢެކި ކުންފުނިތަކަށާއި މުއަށްސަސާ ތައްހިންގުމާ ހަވާލުކުރަށްވާފާއި އެކި ފެންވަރުގެ ވެރިން ގަންނަ ގަޑު ބައްލަވާ. މަހުޝަރު ދުވަހު ސުވާލުކުރެވޭނެ. ވަގުތު ފާއިތުވުމުގެ ކުރިން ފިޔަވަޅު އަޅުއްވާ. ގެއްލިއްޖެ ވަގުތެ އަބުރާނުލިބޭނެ. ވިސްނަވާ. ނޫނަމަ ފަހުން ދެލޯފުރާ ކަރުނަ އޮހޮރަން ޖެހިދާނެ

  35. ޙައްވަ

    ޔާމިނު އެކަންކުރިއަސް މިސަރުކާރުން އެކަން ކުރުމާ އހަރެމެން ދެކޮޅު. އެއްވެސްކުލަޔަކަށް ނުބަލާ ކަންކަން ކުރަން ގޮވާލަން.

  36. ސަޅި

    ތިގޮލާމެން ރަގަލައް ބަލާފަ ކިޔާބަލަ ބަދަލުކުރިމީހުން ބަދަލުކުރި އެގޮލައިންގެ ވ އަބިންގެ ރަށަށޭ

    • ޙހހހ

      ޢެހެންވިއްޔާ ރަނގަޅުތާ????

  37. ކްރެޕް

    ކޮބާ ސަރކިޔުލާ؟ ދޮގު ނަހަދާ ނެތިއްޔާ

  38. Anonymous

    ތިކަން ކުރަން މާލަސްވެއްޖެ
    ތިގޮތަށް ތިކަން ކުރަން ދަސްކުރީ ޕީޕީއެމް ސަރުކާރުން
    ޔާގުންޑާ

  39. އިންސާފު

    ވަކި ޕާޓީއަކަށް ވަކި ކުލަޔަކަށް ވަކި ރަށަކަށް ވަކި ނަސްލަކަށް މިސަރުކާރަކުން ތަފާތެއް ނުކުރާނެ. މިއީ ރައްޔަތުންގެ ސަރުކާރު. މިސަރުކާރުން ދެކެނީ ހުރިހާ ރައްޔަތުންނަކީވެސް އެއްބަޑުއެއްބަފާ އެއްރަށެއްގެ އެއްގޯއްޗެއްގެ ބައެއްގެ ގޮތުގައި. އެހެންކަމުން ކޮންމެ ރަށަކީވެސް ހަމައެމީހެއްގެ ރަށެއް ކަމުގައި ދެކެގެން އުފަލުން އުޅެންވީ. އިންސާފު އަންސާފު.

  40. ޖޭ

    ތިކަން ކުރަން މާ ލަސްވެސް ވެއްޖެ

  41. ޢަލީ

    މިއީތަ އެކިޔާ އިންސާފަކީ...

  42. ޢަލީ

    ކޮންތާކު މިޖެހުނީ....

  43. ޙުސް

    ތިމާ ކުރިކަމެއް ތިމާއަށް،މާތް ﷲގެ ރަހްމަތުން އަނިޔާ ވެރިން ބަލިކުއްވާށި

  44. ިއިންސާފު

    ޕޕމ ކެންޕެއިން ކުރުމަށް ކުޅުނު ހުރިހާ ކުޅިއެއް އަބުރާ ކުރިން ހުރިގޮތަށް ބަދަލު ކުރަން ޖެހޭނެ. ޕޕމ ވެގެން ދީފަހުރި ވަޒީފާއެއްނަމަ ތިފަދަގޮތަކަށް ދުރުމަކީވެސް އިންސާފް

  45. މަސްވެިރިޔާ

    ކޮބާތަ ކޮބާތަ ހައްގުތަކަށް ވަކާލާތު ކުރާ މީހުން. މަ ބުނަންތަ އެންމެން ނުކުމެ މިގޮތަށް ފިޔަވަޅު އަޅާ ތަނެއްގެ ވެރިންގެ ކަރުގައި ހާރެއްގޮތުގައި ކަރުގޮހޮރު އަޅުވާލަންވީ. ދެން މިކަން ހުއްޓޭނެ. ބަލަކޮސްވީތަ ތިޔަ ދެނީ ބޮޑް އަނިޔާ ކޮބާ މިފެމިލީތަކުގެ ކުދިންގެ ހައްގުތައް.

  46. ނުރަބޯ

    އިދިކޮޅަށް ނިސްބަތްވާ މީހުނަށް ޖެއްސުން ކޮށް ބިރުދައްކާހެދުމަކީ ރީނދޫ ބާޣީން އަލަށްކުރާކަމެއްނޫން.

  47. ޖޮއްބެ

    ޕަޕެޓް ސޯލިހުގެ ވަގު ސަރުކާރުން ޑިމޮކްރަސީގެ ރީތި މިސާލު ދައްކަނީ.

  48. ކޮށި ތިލަ

    އަނިޔަ ވެރި ވެރިކަމެތް ނުކުރުމައް ހުވައި ކުރިމީހާޔައްވީވަރުތި ދެން ލަލަ.ލަ

  49. ޢަހްމަދު ނާފިޒު

    ތިފޯމިޔުލާ ދަސްކޮށްދިނީ ޕީ.ޕީ އެމް ގެ ފަރާތުން. ދެން ލަލަލާ. މި ކޮމެންޓް ކެރެންޏާ ނިކަން ޖަހާބަލަ

  50. ައިލްހާމްް

    ރަނގަޅު

  51. އަމާނު

    ސޯލިހަކީ ސޯލިހުމީހެއްނޫން އަނިޔާވެރިއެއް އިބޫ އަށް ހަލާކުހުރި.

  52. ނެޝަނަލިސްޓް

    ޥަރަށް ހީވޭ މިއީ ހުސް ދޮގުހެން!

  53. ސުބު

    އަދި ކިރިޔާ ސަރުކާރު މިހިގައިގަތީ، މިކަހަލަ ހެޕެނިންގް ކަންތަށް އެބަ ވާންޖެހޭ،

  54. ދފ

    ޕޕމ ދަސްކޮށްދިންކަމަކަށް ވިޔަސް، އެއްވެސް ރައްޔިތަކު މިކަން ބަލައި ނުގަންނާނެ. . ހަމަ އެވެރިކަންވެސް ނިމުނުގޮތަށް ، އަދި އެއަށްވުރެ އަވަހަށް މިކަންވެސް ނިމިދާނެ. ވީމާ ބޮޑެތި ލޯން ނަގައިގެން ވަޒީފާގައި އުޅޭ މުވައްޒަފުންނަށް ތިހެން ނަހައްދަވައި އިދިކޮޅަކަސް އެއްކޮޅަކަނސް އެމީހުންނަށް އޯގާތެރިވުމަށް އާދޭހާއި އެކު ދަންނަވަން.
    ތިއީ އާއިލާއެއް ހަލާކު ކޮށްލުން، ތިކަމުން ނިކުންނަާނެ ވަރަށް ގިނަ އިޖްތިމާއީ މައްސަލަ ހުންނާނެ.
    ވީމާ އާދޭސް ކޮށްފައި ދަންނަވަން އެމީހުން ހެދިގޮތަށް ނަހަދައި، އޯގާތެރިކަން އިސްކުރުމަށް ދަންނަވަންެ

  55. ާދެރަކަމެއް

    ޙުރިހާކަމެއްވެސްވާނެ

  56. އައްޔު

    އޭރު އަނިޔާވެރިކަން ދެން މިހާރު ޕްރޮމޯޝަން ހައްހައް

  57. ނިލަންދޫ މީހާ

    ޕީޕީއެމް ސަރުކާރުންވެސް ފ.ނިލަންދޫ އަށް ކަންތަައްކުރީ ހަމަ އެހެން އެސްޓީއޯގަ އުޅުނު ކުއްޖަކަންވެސް ހެދީ ހަމައެން.މިސަރުކާރުންވެސް އެހަދަނީ ރަގަޅައް

  58. ސޯޅަ ގެވަޅު

    ރައީސް ޔާމީންގެ ވެރިކަމުގައި މިގޮތައް ބަދަލު ކުރި މުވައްޒަފުންނަށް ހުންނާނެތަނަކާއި ދުވާލަކަށް 250 ރުފިޔާ ވެސް ދިން. އެހެންވީމާ މަހަކަށް 7500 ރުފިޔާ ލިބޭނެ. މިއީ އަމިއްލައަށް ވަޒީފާ އިން ވަކިވުމަށް މަޖުބޫރު ކުރުމުގެ ގޮތުން ކުރިކަމެއް." އޭނާ ބުންޏެވެ.. ހުސް ދޮގު. މިކުޅިފެށި ޔާމިންގެ ސަރުކާރުގަ . އަނިޔާވެރި ކަމުގެ ހައްދެއްނެތް އަމަލެއް. ރީތިކުރަން މިހެން ލިޔާނެ ކަމެއްނެތް. މަށަކީ ޕާޓީއަކަށް ތާއީދު ކުރާމީހެއްނޫން. މިއއް ނުވެސް ޖަހަނެ. މުސްދޮގު

  59. ާއަލީ

    ކޮންމެސްވަރަކަށް ތިހެން ނުހަދައެއް ރަނގަޅެއްނުވާނެ އެބަޖެހޭ ސައިޒުވާން ދޯ

  60. ޝަރީފު

    ހަމަ ބަދަލުކުރަންވީ.ބަދަލުހިފަން ޖެހޭނެ