އިންޑިއާއިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރިޑިޓް ފެސިލިޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށް، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު އިއުލާން ކުރައްވައިފިއެވެ.

އިންޑިއާއިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރު (21.5) ބިލިއަން ރުފިޔާގެ ކްރިޑިޓް ފެސިލިޓީއެއް ދިނުމަށް ނިންމާފައިވާ ކަން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރެއްވީ ރާއްޖެ އަދި އިންޑިއާޔާ ދެމެދު ބޭއްވި ރަސްމީ ވާހަކަތަކަށް ފަހު ދެ ލީޑަރުން ދެއްވި ސްޓޭޓްމަންޓްގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ރަސްމީ ބައްދަލުވުމަށްފަހު ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު މިއަދު ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮއްފައެވެ.

ރާއްޖެ އާއި އިންޑިއާ ދެމެދު މިއަދު ސޮއިކޮށްފައިވަނީ ވިސާގެ މައްސަލަތަކުގައި ލުއި ދިނުމާ ގުޅޭ އެއްބަސްވުމެއްގައި އާއި، ސާގާފީ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައި އާއި، ދަނޑުވެރިކަމުގެ ދާއިރާގެ އެއްބަސްވުމެއްގެ އިތުރުން އައިސީޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައެވެ.

އިންޑިއާއިން ރާއްޖެ އަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑް ފެސިލިޓީއެއް ދޭން ނިންމިކަން މިއަދު އިއުލާން ކުރިއިރު އިންޑިއާ އިން ދިވެހިރާއްޖެއަށް 700 މިލިއަން ޑޮލަރު (10.8 ބިލިއަން ދިވެހި ރުފިޔާ) ގެ ލޯނެއް ދިނުމަށް ދެގައުމުގެ ސަރުކާރުގެ މެދުގައި ކުރަން ޖެހޭ ހުރިހާ މަޝްވަރާއެއް މިހާރު ނިމިފައިވާ ކަމަށާއި ދެން އޮތީ ހަމައެކަނި އެއްބަސްވުމުގައި ސޮއި ކުރުން ކަމަށް އިންޑިއާގެ މީޑިއާތަކުން މިދިޔަ ހަފްތާގައި ވަނީ ބުނެފައެވެ.

ރައީސް ސޯލިހު މިދިޔަ ނޮވެމްބަރު މަހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އިންޑިއާއަށް އިއްޔެ ވަޑައިގަތުމުން އެގައުމުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ރިސާޗް

    ދެން އަތްޖަހާ! ޤައުމުގެ ހަލާކު ވަގެއް، ސޯލިހެއް!!!

  2. ޒިޔާދު

    ކުރީ ސަރުކާރުން ލޯނު ނެގުން ބޮޑު މައްސަލައެއް އެކަމަކު މިހާރު ގޮވެލިފަތި ގޮވިމީހުން ލޯނު ނަގަން ވީމަ މިވެސްއޯކޭ...

    • ސަޜީ

      އާަނ ދޯ

  3. ޖަހާންގީރު

    މިހާރު އޯކޭ ތަ ލޯން ނެގިޔަސް ޚާއިނު ސަރުކާރު

  4. ރައްޔިތުން

    ދުވަސް ދިޔައީ..

  5. ދިވެހިދަރި

    މީ ކިހާވަރެއްގެ ވަޢުދެއް ރާއްޖެއިން ފުއްދަން ކަށަވަރު ކޮށްދިނުމުން ލިބުނު ފައިސާއެއްބާ ސުއާލު އުފެދޭ!!!
    # ކިތައް ރަށް
    # ކިތައް ބިން
    #. ކިތައް އެއާރޕޯޓް
    #. ކިތައް ހޮސްޕިޓަލް

    • ސިއްކަ

      3 ވޯޓް ވިއްކާލީ!!

  6. ކަލޯމަހީހީހަލާކު

    މިފަސް އަހަރު ތިޔަ ލޯން ދައްކާލަ ދައްކާލާ ތިބޭ. ހަރަދުތައް ފޫބައްދަން ނެގީމަ ކޮންތާކު ޖެހޭކަމެއް. ޔާމީން މުޅިންވެސް ލޯންނެގީ ބޮޑެތި މަޝްރުްުއުހިންގަންކަން އެންމެން ދަނޭ

  7. މަސްވެރިޔާ

    މިއީ ކުރިންވެސް އިންޑިއާގެ އުފެއްދިންތައް ވިއްކުމަށް ރ. ނަޝީދުގެ ސަރުކށރުން ހިންގިފަދަ ކުރެޑިޓް ލައިނެއް. މިޖެހުނީ އަނެއް ބޮޑް ވޭން ދިވެހިންނަށް. ހުރިހާ އެއްޗަތެއް ނަގަންޖެހޭނީ އިންޑިއާއިން. ދެން ރާއްޖެއަށް ލިބޭ ހުރިގާ ޑޮލަރެއް އިންޑިއާއަށް ދޭން. ހަމަސާވަސް

  8. މުނާ

    ހަމަ ޔާމިނާ އެއް ތަނެއްގައި މިޖެހުނީ 2 ސަރުކާރުގެ ތަފާތަކީ ނަން

  9. ައަސްލު ވެރިޔާ

    ދިޔައީ ދުވަސް އެމީހުން ތިވަރުގެ ލޯން އެއްދޭނީ ވަރައްގިނަ ކަންކަން ޕުލޭންކޮއްފަ. ޢެމީޙުން ކީއެއްޗެކައް ނޫނެކެ ނުބުނެވޭވަރު ކޮއްފަ ތިއޮތީ. ޙުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

  10. ައަސްލު. ވެރިޔާ

    ދިޔައީ ދުވަސް އެމީހުން ތިވަރުގެ ލޯން އެއްދޭނީ ވަރައްގިނަ ކަންކަން ޕުލޭންކޮއްފަ. ޢެމީޙުން ކީއެއްޗެކައް ނޫނެކެ ނުބުނެވޭވަރު ކޮއްފަ ތިއޮތީ. ޙުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

  11. އިހްސަން

    ކޮންދުވަހަކު ދެނީ ..މަސްނިމެނީ

  12. ދޮންބެ

    މިދަރު ވާލި ދަރިންނާ އެދަރިން ނާއެދަރިންގެ ދަރިން މިލޯނު ދާއއކަނީ އިބޫގެ ޖީބުން ބާ

  13. Miadhu

    ރާއްޖޭގެ ބަޖެޓްގެ ދަރަނި މުޅިން ސަލާތްވެ ވެރިކަމުގެ ފުރަތަމަ ތިރީސް ދުވަހުގެތެރޭގައި ބަޖެޓް އަރަނިވެ ދައުލަތުން ދައްކަންޖެހޭ ފައިސާ އެތައްތަނަކުން އިތުރުވީ މިއީ ދަރިންގެ ދަރިންނަށްދާންދެން މިގައުމުގެ ދަރިފަސްކޮޅު ވިއްކާލުންނޫން ދެން ކޮންކަމެއްބާ ރައްޖޭގެ ދަރަނިބަހާ ބައިގަނޑު ނިކަން ކެރިގެން މިވާހަކަ ގޮވާބަލަ

  14. އަބުދުއްލޯ

    ޜ ޔާމިނު ޗައިނާ އިން ލޯނު ނެގީމަ ދިވެހިން ދަރާފަ އިބޫ ެެެެެެެެެެެެެެެެެެެެެެެެެެެެެެ އިންޑިޔާއިން ޅޯނު ނެގޯމަ ދަރަނީ އިބޫގެ އާއިލާބާ

  15. ****

    ދިވެހިންނަށް އިންޑިއާ ވިސާގެ ލުއި ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި ނަމަ އެއިން ބޮޑު ފައިދާ އެއް ވާނީ އިންޑިއާ މީހުންނަށޭ އެއީ ރާއްޖޭގެ ޑޮލަރ ބާސްކެޓް މަދުވެގެން ދާނެ ކަމެކޭ އެއީ މަމެން ތާއީދު ކުރާ ކަމެއް ނޫނޭ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ *** ދޯ..

  16. މަނިކުފާނު

    21 ބިލިއަން ރުފިޔާގެ ގެރިކުއިދޭން ނިންމީ ،، ފައިސާއެއް ނުވެސްދޭނެ..

  17. ****

    ތަމެން ތިޔާ ބުނާ 150 މިިލިއަން ޑޮލަރުގެ ޓްރެޜަރީ ބޮންޑް އިންޑިއާ އަށް ބޮޑު އަގުގައި ވިއްކުމަށް ވުރެން މާ ރަނގަޅު ވާނެ ނޫންތޭ ރާއްޖޭގެ ވިޔަފާރި ވެރިންނަށް ޓްރެޜަރީ ބޮންޑް ވިއްކި ނަމަ އިންޑިއާ އަށް ތަމެން ޓްރެޜަރީ ބޮންޑް ވިއްކާ މިސާލަކީ އެއީ އިންޑިއާ އަށް އެއް ލައްކަ ރުފިޔާ ގެ ޓްރެޜަރީ ބޮންޑް ވިއްކައިގެން 2 މަސްދުވަސް ފަހުން ދެލައްކަ ރުފިޔާ އެމްއެމްއޭ އިން އިންޑިއާ އަށް ދިނުން ނޫންތޭ. ދެން ތަމެން ތިޔާ ބުނާ ލޯން %1.5 އިންޓަރެސްޓް ރޭޓް އޮތް އިރު އެޑްމިނިސްޓްރޭޓިވް ކޮސްޓްގެ ގޮތުގައި އިންޑިއާ އިން %20 ނެގުމުން މިޖެހެނީ ކޮންތާކުތޭ އެމްޑީޕީން ކުރާ ހުރިހާ ކަމެއް ކުރަނީ ބޮޑެތި ވަގުން ވައްކަން ކުރާ އުސޫލުންނޭ ކެނެރީގެ ނަޝީދު އަޑީގައި ހުރެގެން އިންޑިއާ މެދުވެރިކޮށް އޭނާ ގެންގުޅޭ ދަ ބަނޑު އަކިރި އެމްޕީން ތަކަށް ބޭނުންވާ ކެމްޕެއިން ފައިސާ ބަދަވި ހޯދަން ކުރާ ވައްކަން އެއީ މަމެންނަށް އޮޅޭނެ އެއްޗެއް ނޫނޭ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ** ދޯ...

  18. ދަތްދޫނި

    ޕީޕީ ކުދިން ހާސްނުވޭ. މި ލޯނު މަމެންނަށް ދައްކާ ލުމަކީ ހަމަ ތުން މެޓައެއް ބޯލުން ކަމެއް.

  19. ޢަލީ ހަމީދު

    ކިތަންމެ އެމްޑީޕީ ކުދިން ރުޅިއަޔަސް މިލޯނުވާނޫ ދިވެހިންނައް ވޭނަކައް..ރައީސް ނަސީދުގެ ޒަމާން ތަކުރާރު ތިޔަ ކުރީ. ތިޔަ ލޯނުން ވާނެ މާބޮޑު ފައިދާއެއް މިހާރަކު ނެތް..މިދިޔަ ދުވަސް ތަކުގަ އިންޑިއާއިން ދަތި ކުރޫމަ ދިވެހިން މިހާރު އިންޑިއާ އާ ނުލާ އުޅެން ދަސްކޮއްފަ ވަނޫ.

  20. އެހެންތަ

    ދެން ގައުމު ދަރުވާލާ ބޮޑު ވަގުކަލޭގެ ހިފާ ހައްޔަރުކުރޭ.......އަވަސް އަވަސް.

  21. ޙެހެ

    މިއީ ޜާއްޖެ ތަރައްގީ ކުރަން ނެގި ލޯން އެއް، ރައީސް ޔާމިން ނަގާ ކަހަލަ ތާކުން ތާކު ނުޖެހޭ ލޯން އެއް ނޫން

  22. ޑައެލޯގް

    ބަލަ ޔާމީނު ލޯނުނަގައިގެން ކަންކުރަނީޔޭ ލޯނުދައްކާނީ ކިހިނެއްހޭ ކީމީހުން އެތައްގުނަ އިތުރަށް ލޯނުނަގަނީތަ

  23. ބިއާއި

    ތިކަހަލަ ކިތަންމެ ކަމެއް އަޑިނޭގޭ ގޮތައް ސިއްރުން ދަވާލާނެ ދުވަހަކުވެސް އެއްވެސް ސަރުކާރަކުން އިންޑިއާގެ ފައިބުޑައް ނުވެއްޓޭވަރަށް ގޮތްނޭގޭ 4 ލީޑަރުން ވެއްޓި ހުޅުހުޅުން އަޑުގޮވާނެ

  24. ތަކުރު

    އިންޑިޔާއިން ރާއްޖެއަށް ލޯނު ދެނީތޯ؟ ނުވަތަ އިންޑިޔާ ފައިބުޑަށް ރާއްޖެއިން ވެއްޓި ސަލާމްޖަހައިގެން ލޯނު ހޯދީތޯ؟؟

  25. ރަށުމީހާ

    ރިޝްވަތުނަގައިގެން ވަޯޓްވިއްކިއިރުވެސް އިންޑިޔާ އަށް ފައިދާވާގޮތަށް

  26. މަޒަން

    ކުރެޑިޓް ފެސިލިޓީއަކީވެސް ހަމަ ލޯނުފަދައިން އިންޓުރެސްޓާއި އެކު އަނބުރާ ދައްކާގޮތައް ނެގޭ ދަރަނިފައިސާގެ ބާވަތެއް. ތަފާތަކީ އެއައް އިންޓުރެސްޓު ޗާޖު ކުރެވޭގޮތް.. އެކަމަކު އެ ނަގާފިއްޔާ ހަމަ ގައިމުވެސަ ރާއްޖޭގެ ދަރަނި ދާނެ އެ ނެގިއަދަދާއި އެއްވަރައް މައްޗައް. މިސާލަކައް 1.4 ބިލިޔަން ނަގާފިއްޔާ 1.4 ބިލިޔަނައް ވުރެ މަތީ އަދަދަކުން ރާއްޖޭގެ ދަރަނީ މައްޗައް ދާނެއެވެ.

  27. ނުރަބޯ

    ކަލޯގެޔާ ދަރަނީ....ދަރަނީ......ދަރަނީ މިއީ ހަމަ އިންޑިއާ އަށް ހުޅުލެ އެއަރޕޯޓު ދޭންވެގެން ގަންނަހާ ގަނޑު. މިހުރިހާކަމެއްގެ ޒިއްމާ ނަގަންޖެހޭ އީސީ ލައްވާ ވޯޓުން ވައްކަންކުރުވައިގެން މިގައުމު ފޭރިގެންފައި ރީނދޫ ވަގުންނާ ހަވާލު ކުރި ދެމީހުން ކަމަށްވާ ބުރުމާ ގާސިމާ މައުމޫނާ ދެމީހުން.

  28. ސައިނޯ

    މަހީހީ ހަލާކު. ކޮބާ ޔަަމީނު ގޯސްވި މީހުން.

  29. ނުރަބޯ

    މިގައުމަށް ރީނދޫ އާލާތުން ފާވެގަތުމުގެ ކުރިން މިގައުމު އޮތީ މާލީގޮތުން ރަގަޅު ހާލަތުގައި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރައީސް ޔާމީންގެ މާލީސިޔާސަތައް ތާއީދުކޮށްފައޮތީ އަދި ގައުމުގެ އިގްތިޞާދު އޮތީ ރަގަޅު މިސްރާބު ގައިކަމަށާ މިއަހަރުވެސް ގައުމުގެ އިގްތިޞާދު މިތައް ޕަސެންޓަށް ކުރިޔަށްދާނެކަމަށް އޮތީ ލަފާ ކޮށްފަ އެވެ. ގައުމީ ރިޒާވްވެސް ހުރީ 900 މިލިއަން ޑޮލަރާ ހަމައިގައެވެ. އެއިރު ސަރުކާރުން އަމާޒުހިފާފައިހުރީ 1ބިލިއަން ޑޮލަރގެ ކުރިއެރުމަކަށެވެ. މިހާބަރާބަރަށް ގައުމުހިނގަމުން ދަނިކޮށް ރީނދޫގޭންގުން ވެރިކަން ވަގަށްނަގާ، ކުރީފަހަރުހެން ހިންގަން ނޭނގިގެން ލޯނުނަގާނަގާ މިހާރު އަނެއްކާވެސް ގައުމުމުޅިން ފަހަތަށް ސޮހި އިގްތިސާދު އެދަނީ އަނދަ ވަޅަކަށް ވެއްޓެމުންނެވެ. މިއާލާތުން މިހުރިހާ ޖަރީމާއެއް ހިންގާފައި މިކަންވެސް ކަނޑާލާނީ ރައީސް ޔާމީންގެ ބޮލަށެވެ. ވީމާ ގައުމަށް އިޚްލާޞްތެރި ހުރިހާރައްޔިތުން ވެސް މިކަމަށް ހެކިވުން ހުއްޓެވެ.

  30. ދދދދދ

    މި ނުބައި ނުލަފާ ވެރިކަން ނެތި ކުރައްވައި ރޭޕް އިންޑިއާ ކިބައިން މި ގައުމު ސަލާމަތް ކުރައްވާފާނދޭވެ.

  31. ޙަފުޞާ / މާލެ

    އަވަސް ޚަބަރު: ނުކިޔަވާ ވޯޓުވަގުއިބޫ ދިވެހިން ދަރުވާލާ އިންޑިޔާއަށް ރާއްޖެ ވިއްކާލައިފި! ބާރަށް އަތްޖަހާ ދިވެހިންނޭ! ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުވި! ވޯޓުން ވައްކަންނުކޮށް ޔާމީންގެ ދެވަނަދައުރު ނިންމާލިނަމަ ރައްޖޭގެ ދަރަނި ސުމަކަށް އެރީސްކަން ކަށަވަރު! ލޯނުނަގައިގެން އެލޯނު އަދާކުރުމަށް ފައިސާ ވަންނާނޭ ދޮރުތައް ރައީސް ޔާމީންވަނީ ހުޅުއްވާފަ! 50 ރިސޯޓް އަލަށް އުފެއްދި! ބްރިޖެއް އެޅި. އެސްޓީއޯއަށް ބޮޑު ތެޔޮޓޭންކަރެއް ގެނަ! އެމްޓީސީސީއަށް މަހާޖައްރާފާއެއްގެނަ! ބޮޑު އެޔަރޕޯޓެއް އެޅި! މިއިން ކޮންމެ ކަމަކީ އާމުދަނީވަންނާނޭ ދޮރުތައް! ޖީއެމްއާރަށް އެއްފަހަރާ 300 މިލިޔަން ޑޮލަރުގެ ދަރނި ދެއްކި! ސަންގޯރުބޭ ގުއިތަފާލުގަ ދަނޑިންތަޅާބަލަ!

  32. ޖުއްލާބު

    ޕަޕެޓް ސޯލިހޫ ބޮހޮހޮހޮހޮހޮ....!!!