އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫނިދޫއަށް ގެންގޮސްފިއެވެ.

މުޒާހަރާގެ ތެރެއިން ހައްޔަރު ކުރުމަށް ފަހު ދޫނިދޫއަށް ގެންގޮސްފައިވަނީ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި މަޖިލިސް ބައެއް މެމްބަރުންނާއި އިދިކޮޅަށް ތާއީދުކުރާ ބައެއް ޢާންމު ފަރާތްތަކެވެ.

މިރޭ ހައްޔަރު ކުރި މައްޗަންގޮޅި އުތުރު މެމްބަރު މާރިޔާ އަހުމަދު ދީދީއާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުވެސް ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު ހައްޔަރުކުރިކަމަށް މައުލޫމާތު ލިބުނު ނަމަވެސް ފައިސަލް ހައްޔަރުކުރިކަން އަދި ކަށަވަރެއް ނުކުރެވެއެވެ. އަދި ދޫނިދޫއަށް ގެންދިޔަ މީހުންގެ ތެރޭފައި ފައިސަލް ހިމެނިވަޑައިވެސް ނުގަންނަވައެވެ.

މިރޭ އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނިކުތީ ސަރުކާރު ހުއްޓުވާލާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް މުޒާހަރާގައި ބައިވެރިވަމުން ދަނީ މަދު އަދަދެއްގެ ބައެކެވެ. ބައެއް ސަރަހައްދުތަކުން މުޒާހަރާގެ ބައިވެރިން ފަހަތައް ޖައްސަން ފުލުހުން ވަނީ ޕެޕަ ސްޕްރޭ ޖަހާފައެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރަމުންދާ މުޒާހަރާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ފުލުހުންގެ ގަޔަށް ކަޅުތެޔޮ ވެސް ވަނީ ޖަހާފައެވެ. އަދި ފުލުހުންނަށް ޙަމަލާ ދިނުމަށްޓަކައި މުޒާހަރާގެ ބައިވެރިން ވަނީ މިރުސް ފެން ޕެކެޓްވެސް ތައްޔާރުކޮށްފައެވެ. މިތަކެތި ފުލުހުން ވަނީ އަތުލައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަންޕާޅާ

    ދުނިޔޭ ނިސްބަތުން ބަލާއިރުވެސް ރާއްޖޭގެ އިދިކޮޅު ބޭފުޅުން މިއުޅެނީ ވަރަށް ދަށުގައެވެ. މިކަން ބަލާ ދިރާސާ ކުރަން އެމެރިކާއިން ޓީމައް ވަރަށް އަވަހަށް އަންނާނެކަން ނޭގޭ. އެހެންނުންވާނީ މަގުމަތިން މިފެންނަނީ ރާއްޖެޓީވީ ރިޕޯޓަރު އެކަނި މުޒާހަރާ ކުރާތަން މެންދަމުން އަލިވެ އެކެއްޖަހާއިރުވެސް.ދެން އެންމެ ގިނަ ހާލިބާލި ކިޔާ ޗެނަލަކަށް ދުނިޔޭގަ މިއޮންނަނީ ރާއްޖެޓީވީއެވެ. ކީއްތޯވާނީ އެމީހުން ހެޔޮ ޒިކުރެއް ކުރާނަމަ މެންދަމު. އެއްވެސް ސަވާބަކަށް އެދޭ ބައެއްނޫން މީކީ

  2. ކަމަނާ ފާނު

    ދެން ފުލެޓު ދޯ ދޭނީ ވަގުތުގެ ނޫސްވެރިންނަށް. އެންމެ ފަހުން ދިނީ ޗުއްޓީއެއް ދޯ؟ (އޯކޭ އިނގޭ މި ކޮމެންޓް ނުޖެހިޔަސް.)