ރިޔާސީ އިންތިޚާބަށްފަހު ޕީޕީއެމް އިން ޚާއްޞަގޮތުން ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި އިންތިޚާބު ކޮށްފައިވާ އާ ލީޑަރޝިޕާމެދު ސުވާލު އުފައްދައި، އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ޕީޕީއެމްގެ ލީޑަރޝިޕް އިންތިޚާބުކުރި އެ ޕާޓީގެ ކޮންގެރެސްގެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމް ކޮށްފައިވާ ކަމަށާއި، އެ ހުކުމަށް އީސީން އިހްތިރާމް ކުރައްވާ ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވިއިރު، ޕީޕީއެމްގެ ކޮންގެރެސް ކުރިއަށް ގެންގޮސްފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި، ކޮންގްރެސްގެ ނިންމުންތައް ބަލައިގަތުމަށް ހައިކޯޓުން ވަނީ އީސީގެ މައްޗަށް އަމުރުކޮށްފައެވެ. އެ އަމުރުގައިވާ ގޮތަށް އީސީން 24 ގަޑިއިރު ތެރޭގައި ޕީޕީއެމް ކޮންގްރެސްގެ ނިންމުންތައް ބަލައިގަނެ، ޕާޓީގެ ރައީސްގެ ގޮތުގައި ކުރީގެ ރައީސް ޔާމީން ވަނީ ބަލައިގެންފައެވެ.

ޝަރީފް ވިދާޅުވީ، ހައިކޯޓުގެ ހުކުމަކީ ރިއާޔަތް ކުރަންޖެހޭ އެންމެހާ ކަންކަމަށް ރިއާޔަތް ކުރެވިގެން ކޮށްފައިވާ ހުކުމެއް ކަމަށް އިލެކްޝަންސް ކޮމިޝަނާއި، އެ ކޮމިޝަނުގެ ޤާނޫނީ ޓީމަށް ނުފެނުނު ހިނދު، އެ ހުކުމް މަތީ ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމެވީ ކަމަށެވެ.

"ޤާނޫނީ ޝަހްސެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ލިބިގެންވާ ޤާނޫނީ އިޚްތިޔާރެއް، ޤާނޫނީ ހައްޤެއް އެއީ ކޯޓަކުން ކޮށްފައިވާ ހުކުމަކާ ގުޅޭގޮތުން އަޅުގަނޑުމެންގެ ލޯޔަރުންނާއި، އަޅުގަނޑުމެންގެ ޓީމުން އެއީ އެންމެ ރިޔާޔަތް ކުރަންޖެހޭ ކަންތައްތަކަށް ރިއާޔަތް ކުރެވިފައި ނުވާކަމަށް ކޮމިޝަނަށް ޤާބޫލުކުރެވޭ ކަމަށްވަންޏާ ކުރިއަށް އޮތް ޝަރުއީ މަރުޚަލާއެއް އޮތްކަމަށް ވަންޏާ އެ މަރުޚަލާއެއްގައި އިސްތިއުނާފު ކުރުން" ޝަރީފް ވިދާޅުވިއެވެ.

މިހިނގާ ޑިސެމްބަރ މަހުގެ 2 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ރިސެސްއަށް ދިޔުމުގެ ކުރިން ހައިކޯޓުގެ އެ ހުކުމް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސްޕްރީމް ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން ވާނީ އެ މައްސަލަ އިސްތިއުނާފު ކޮށްފައި. އުއްމީދު ކުރަނީ ސްޕްރީމް ކޯޓުގެ ރިސެސް ނިމުނުހާ އަވަހަކަށް އެ މައްސަލައިގައި ވަކި ގޮތެއް ނިންމަވައި ދެއްވާނެ ކަމަށް." ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ އާ ލީޑަރޝިޕް ބަލައިގަންނަން އީސީން ބޭނުން ނުވާއިރު، އެ ޕާޓީއާ މުއާމަލާތް ކުރުން ހުއްޓާލާފައިވާ ކަމަށްވެސް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން އެ ޕާޓީ ޖޫރިމަނާ ކުރުމަށް އެ ޕާޓީއާ އީސީން މުއާމަލާތް ކޮށްފައިވެއެވެ.

ޕީޕީއެމް އަށް ދައުލަތުގެ ބަޖެޓުން 2018 ވަނަ އަހަރު ލިބެންޖެހޭ ފައިސާޣެ ބޮޑު ބައެއް ލިބިފައި ނުވާތީ، މޯލްޑިވިއަން އިން ކޮށްފައިވާ ދަތުރުތަކަށް އަރާ ތިން މިލިއަނަށްވުރެ ގިނަ ފައިސާ ދެއްކިފައި ނުވާކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން "ވަގުތު" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ، އެ ފައިސާ ހިފެހެއްޓިފައި އީސީގައި އެބަހުރި ކަމަށާއި، ފައިސާ ދޫކުރާނީ ކޯޓުތަކުގައި އޮތް ޕީޕީއެމްގެ މައްސަލަތައް ނިމުމުން ކަމަށެވެ.

ޕީޕީއެމްގެ ލީޑަރޝިޕާމެދު އުވާލު އުފައްދައި، ސިޔާސީ ހަރަކާތްތައް ހިންގުމަށް ދަތިވެފައިވާއިރު، އެ ޕާޓީގެ ލީޑަރޝިޕް ބައިވެރިވެގެން އާ ސިޔާސީ ޕާޓީއެއް އުފައްކަން މަސައްކަތް ކުރާކަމުގެ އަޑުތައް ދަނީ ގަދަވަމުންނެވެ. ޕީޕީއެމްގެ މުސްތަޤްބަލާމެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާއިރު، މަޖިލިސް އިންތިޚާބަށް ބާކީ އޮތީ 109 ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހެހެ

    ފައިސާވާ ކައިފަ އެބަހުރި. ނުނޭ ޝަރީފު ތީ ހަޔާތްކުޑަ އިންސާނެއް

  2. ޑައެލޯގް

    އެމްޑީޕި އަކީ ނަމުގައި ޑިމޮކްރަޓެކް އެކަމު އެއްމެ ޑިކްޓޭޓަރުޕާޓީއެވެ. އެހެނީ އަންނި ނުލައި އެޕާޓީއެއްނޯންނާނެއެވެ.ކިބޫއަށް އެފުރުސަތުވެސް ލިބުނީ އަންނިއަށް ހުކުމްކުރީމަ ދެންމިފެންނަނީ އިދިކޮޅަށް މިހާރު ހަމައެކަނި އޮތް ފަރާތް ކޯޓުތަށް މެދުވެރިކޮށް ނައްތާލަން މަސައްކަތްކުރާތަނެވެ. އޭރަށް އެވެރިންނަށް މަޖިލިސް ކަށަވަރުވީއެވެ. ދެން އިންޑިޔާއަށް ގައުމު މަޖިލިސް ތެރޭން ވިއްކާނީއެވެ.

  3. ޙަސަން އަޙުމަދު

    ތިމަރަ ޝަރީފޫ، ކަލޭ ރިޝްވަތުގެ ލާރިގަނޑު ކައިގެން ރިޔާސީ އިންތިޚާބު އޮޅުވާލާ، އެވަރުންވެސް ނުފުދި ޕީ.ޕީ.އެމް ހަލާކުކޮށްލަށް ދިމާކޮށް ބޭނުންހާ ކުޅިއެއް ކުޅެމުންދާއިރު މިނޫން އެހެން ދުވަހެއް އޮތްކަން ހަނދާންވޭބާ؟

  4. ކޮންނަބޯޓް

    ކަލޭ ޕޕމ އާ ޒާތީވެގެން ފަޔަށް ހިނިއަރައިގެން ތިޔަ ތެޅިފޮޅެނީ ހަމަ ހެދިފައޮތް ބޮޑު ނުބައެއްގެ ސަބަބުންކަން ތިޔަ ތެޅޭވަރުން ދިވެހިންގެ ޔަޤީންކަމާ، ޔާމީނަށް އޮތް ލޯބި ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން.

  5. ބޮޑު ދެލޯ

    ޝަރީފޫ! އީ ސީ ސީ އަކީ ޤާނޫނީ ޝަޚްޞިއްޔަތަކަށް ވާތީ ވޯޓުން ވައްކަންކުރުމާއި ޕާރޓީތަކަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުން ފަދަ ބޮޑެތި ޖަރީމާތަކަށް އަރައިގަތުމުގައި ޖެހިލުންނުވާއިރު ޔާމީނުމެންގެ ޕީޕީޕީ އެމް އުވާލައިފިކަމަށް އިޢްލާން ނުކޮށް ދިގު ދައްމަނީ ޝަރީފު ތަބަކަށް ލާފައިދިން ސަރުކާރުން އެގޮތަށް ލަފާދިނީތޯ؟

  6. ޢަލ

    އީސީ ޝަރީފަކީ ބޮޑު ވަގެއް

  7. މޯދީ

    ކަލޭ ޕީޕީެެމްއެމް އާއި އިންނަން ވެސް ތިކަމުގެ ތެރެއިން ކޯޓްގައި ައެދެން ވާނެ ސަރީފޫ...

  8. ނުރަބޯ

    މިއީ އިދިކޮޅުގެ އަޑު މުޅިން ކަނޑުވާލަން އެމްޑީޕީ އިން އީސީ ލައްވާ ހިންގާ ބޮޑުޖަރީމާއެއް. ދާދި އަވަހަށް މިއާލާތުންނާމެދު އިންސާފު ހިންގޭނެ ކަމަށް އުއްމީދު ކުރަން.