ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށް ދިމާވާ ހިތާމަވެރި ކަންކަމުގައިވެސް ހުރިހާ ދިވެހިންގެ އެހީތެރިކަން ދޭންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު, ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

އެގޮތުން މާލެ ހިމެނޭ ސަރަހައްދުތަކުގައި ހުރި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ ސައިޓުތައް ބަލާ ފާސްކުރުމަށް ސަރުކާރުން މިއަދު ފެށި ޕްރޮގްރާމް އިފުތިތާހު ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ ގައުމެއްގެ މީހަކު ކަމުގައި ވިޔަސް އެމީހަކާ މެދު ދެކެންވާނީ ދިވެހި ރައްޔިތަކާ މެދު ދެކޭ އުސޫލުން ކަމަށާއި، އަޅާލުމާއި އެހީތެރިކަން އެމީހަކަށް ދޭންވާނެ ކަމަށެވެ.

އަދި މާލޭގައި މަގުމަތީގައި ހިނގާފައި ދިޔަ ބަންގްލަދޭޝްގެ ކުއްޖެއްގެ ބޮލަށް، ހަދަމުންދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްްޓި ކުއްޖާ ނިޔާވި ހާދިސާގައި ދިވެހި ސަރުކާރާއި އައިޖީއެމްއެޗްއާއި އަދި އާންމުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަން ދިންކަން ފައިސަލް ނަސީމް ވަނީ ފާހަގަކުރައްވާފައެވެ.

ނައިބް ރައީސް ވަނީ ޑަބްލިޔު ކޮންސްޓަކްޝަންއިން ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހުމުގެ ސަބަބުން ނިޔާވި ކުއްޖާގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. އެކުއްޖާ ނިޔާވީ އައިޖީއެމްއެޗުން ދެ އޮޕަރޭޝަނެއްކޮށް އަދި އައިސީޔޫގައި ވެންޓިލޭޓަރު އެހީގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ީޕުލާ

    ހިތާމައިގެ ވަގުތު ތަކުގައި ހުންނަން ޖެހެނީ ހެވިފަތަ؟؟؟

  2. test

    ދިވެހި ރައްޔިތަކަށް ނުވާ އެހީއެއް ބޭރު މީހަކަށް ވެވޭނެތޯއެވެ.

  3. އައްޑޫ މީހާ

    މޑޕ ސަޕޯޓަރުން ލައްވާ ހަމަ ދެންވެސް ތިބި ދިވެހި ރައްޔިތުން ގަޔަށް ބޮލަށް އެރުމަށް ހިއްވަރުދޭބަޔަކު ތިޔަހެން ބޭރުބައެއްގެ ހިތާމއިގައި ބައިވެރިވާށޭ ބުނުމުން ކިހިނެއް އެކަން އެއީ ހެޔޮ ހިތުން ހެޔޮ ނިޔަތެއްގައި ބުނި ބަހެއްކަމަށް ގަބޫލު ކުރާނީ! ތިކަހަލަ ކަމަކަރުވެރި ވާހަކަދައްކައިގެން ހެއްލޭނީ މޮޔައިން ފައިސްލުވެސް މިހާރު މުނާފިގުންގެ ލިސްޓުން ޖާގަ ހޯދަން ތިޔަ އުޅެނީ ތިގޮތް ދޫކޮށް ހަމަ މަގަށް ރުޖޫއަވެ ކުރިޔަށް ދިއުމައް ނަސޭހަތްތެރިވަން