ދިވެހިރާއްޖެއަށް އިންޑިޔާގެ ލޯނު އެހީއެއް ދިންކަން އެނގިގެން ދިޔައީ މިއަދުއެވެ. މިހާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، އިންޑިޔާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެޤައުމުން 21.5 ބިލިއަން ރުފިޔާގެ ލޯނު އެހީ ހަމަޖެހިގެން ގޮސްފައިވާކަން ވަނީ އެނގިފައެވެ.

މީގެކުރިން، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައިވެސް އިންޑިޔާ އިން ލޯނު ނަގާފައިވެއެވެ. އެގޮތުން، އެޤައުމުން ނަގާފައި އޮތް 50 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ރާއްޖެ ނުކުޅެދުންތެރިވި ހިސާބަށް ކަންތައް ދިޔައެވެ. އޭރު ނެގި މި ލޯނުގެ ސަބަބުން ދައުލަތުގެ ސިޔާދަތަށް ގެއްލުންވާ ހިސާބަށްވެސް ކަންތައް ދިޔައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓެއްގެ ގޮތުގައި ހަމަޖެއްސެވި، އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ މިކަންކަން މިއަދު ހާމަކުރައްވާފައެވެ. އޭނާ މިކަންކަން ހާމަކުރެއްވީ އޭނާ އަމިއްލަފުޅު ފޭސްބުކު އެކައުންޓުގައެވެ.

ޑރ. ޝަހީމް މިއަދު ފޭސްބުކުގައި ލިޔުއްވާފައިވާ ގޮތުން، ރާއްޖެއަށް 50 މިލިއަން ޑޮލަރު ނުދެއްކި، ނުރައްކާތެރި މިންވަރަކަށް ދިއުމުން އެކަންކަން ކޮށްދެއްވާފައިވަނީ ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިއެކެވެ. ރާއްޖެއަށް، އިންޑިޔާގެ ލޯނު ދެއްކިފައިވަނީ އެ ވިޔަފާރިވެރިޔާ އެއްކޮށް ދިން 50 މިލިއަންގެ ކޭޝްގެ ސަބަބުންނެވެ.

ޕީޕީއެމްގެ ފަރާތުން ބޭއްވި ވެހިކަލް ބުރަށްފަހު ދުޢާ ކުރުން، އިސްވެ ދުއާ ކުރެއްވީ ޑރ. ޝަހީމް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"...ދައުލަތުގެ ސިޔާދަތަށް ގެއްލުންވާ ހިސާބަށް ގޮސްގެން ލާރި ވަގުތުން ދެއްކޭނެ ގޮތެއް އެވަގުތު ދައުލަތުގައި ނެތިގެން ދިވެހި ވިޔަފާރިވެރިއެއް ވަގުތުން 50 މިލިއަން ޑޮލަރު ކޭޝް ކޮށްފައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ސަލާމަތް ކޮށްދިނީ." ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ޑރ. ޝަހީމް ވިދާޅުވީ އެކަންކަން ހިނގައިގެން ގޮސްފައިވަނީ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައިކަމަށެވެ. އަދި، ވިޔަފާރިވެރިޔާ ވީ ޤުރުބާނީ އެނގެނީ ކިތައް މީހުންނަށްތޯވެސް ސުވާލު ކުރައްވާފައިވެއެވެ.

ޑރ. ޝަހީމް އިތުރަށް ވިދާޅުވީ އެއީ ސިޔާސީ ކަންކަމުން ފެންނަ ވިޔަފާރިވެރިއެއް ނޫންކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ރޮކް123

    އޭނާއަށް ކިތައް ފަޅުރަށް ދިންތޯ ޝަހީމް ސާފުކޮށއދީބަލަ އެސަރުކާރުން. ކޮންމެ މީހަކީ ސިޔާސީ ނުވިތަސް އަމިއްލަ އެދުން ބޮޑު މީހުން.

    • ލުޓޭރު

      ގައުމު އަޅުވެތިވާއިރުވެސް ކަލޭ ފަޅު ރައްތައް ބައްކޮއްކޮށްގެން އޮންނާނީތަ ރީނދޫވަގާ....؟

  2. ޙ

    އުއްޗު؟؟؟

  3. އިންޑިއާ

    ސަހީމް އަށް ހަޖަމް ނުވީ މިސަރުކާރައް ބަޔަކް އެހީވީމަ

  4. ޢަލީ

    ރޮކްއަށް ބުނެލަން އޮތީ ފަޅުރަށްތައް ކިތަންމެ ވަރަކަށް ދީގެން ނަމަވެސް ބައެއްގެ އަޅުވެތިކަމުގެ ދަށުން ސަލާމަތްވިކަން ނަސީބެއްނު. ކިނބޫ ބޮލުރޮދި ކެނޑިފަހުރީމަ ނޭނގެނިދޮ މިގައުމު އިންޑިޔާގެ މުށުތެރެއަށް ވެއްޓުނީމަ ވާނެގޮތް؟ އެމީހުން އެއުޅެނީ މިގައުމު އަޅުވެތި ކުރުވަން. ޗައިނާއަތުން ލޯނު ނެގީމަތަ އެކަނިބާ މާލީގޮތުން އަޅުވެތިވަނީ؟؟ ބަލަ ކިނބުލާ އިންޑިޔާއަތުން ތިހާބޮޑު ލޯނެއް ނެގީމަވެސް އިނޑިޔާގެ އަޅުވެތިކަމޭވާނީ؟ ކިނބޫ ސަރުކާރުވާނީ އިންޑިޔާގެ ގޮނޑިކޮށްކޮ ސަރުކާރަކަށް ނޫންބާ؟ އިނޑިޔާ އެޅިހާބަތަކަށް ރިހަކިޔަންޖެހޭނީ؟؟

  5. ދަތްދޫނި

    ބަޔަކު ހޭބަލި ވެދާނެތާ މި ކަލޭގެ މި ދައްކާ ވާހަކަ ތަކުން. ބަލަ މަށައްވެސް 3-4 ފަޅު ރަށާއި 2-3 ފަޅު ކުޑަ ކުއްޔަކަށް 99 އަހަރަށް ދީފިއްޔާ ތީގެ 2 ގުނަ ވެސް މަށައް ދައްކާލުމަކީ ހަމަ ތުންމެޓައެއް ބޯލުން ކަހަލަ ކަމެއް. ތިމާ އަށް ފައިދާއެއް ނުވާ ކަމެއް މީހަކު ކުރާނެތަ. މިހާރު ތިޔަ އުލުއްވަނީ ތިބުނި ފަރާތުގެ އެހީ އަކަށް އެދެން ކަމަށް މަމެންނަށް ލަފާ ކުރެވޭ. ދެން ބުނޭ އައި ނީޑް ސަމް ކޭސް. ހަހަހަ

  6. ކެޔޮޅު

    އެއީ ކާކު. ރާއްޖޭގެ ފަޅުތައް ދިވެހި ރައްޔިތަކަށް ދިނުން އެއީ މައްސަލައެއްނޫން

  7. ޖުނައިދު

    ރައްޔިތުންނަށް އެކަން ނާންގާ ސިއްރުކޮށްގެންތިބީ ކީއްކުރަންބާވައޭ ހިތަށް އެބައަރާ.އެއީވެސް ވަގަށްކުރިކަމެއްތޯއެވެ.އެވިޔަފާރިވެރިޔަކަށް ރާއްޖޭގެ ކިތައް ފަޅުރަށް ދިނިންތޯއެވެ.ޔަގީނުންވެސް ބަދަލުގަކޮންމެސް އެއްޗެއް ތިބުނާ ވިޔަފާރި ވެރިޔަކު ބޭނުންވާނެއެވެ.ތިވަރުގެ ދިވެހި ރައްޔިތުންނާށް ހެޔޮއެދޭމީހަކު ހުރިނަމަ އެއީ ކާކުތޯ ބަލަން ދިވެހިން ބޭނުންވާނެއެވެ.

  8. ޥެލަބުނި

    ކޭން ސޭޓް ދޯ ޑެޑީ. ރާއްޖޭގަ އުޅޭ ބަންގާޅު ރިސޯޓް ހިންގާ މަހުޖަނުތަ؟ ނޫނީ ލިލީ ތަމަޅަ ޓައިގަރު މަހުޖަނުތަ؟ ރާއްޖެއަށް ސިޓިޒަންޝިޕް ދިނީމަ އާތޫރު މަހުޖަނުތަ؟

  9. ޕުޓިން

    މިގައުމުހަލާކު މިކުރަނީ އބ ސާހިދު.

  10. ޕުޓިން

    މިގައުމުހަލާކު މިކުރަނީ އބ ސާހިދު. މަދުވާނީ *** **

  11. ސިވިލްސާރވަންޓް

    ވަހީދުގެ ވެރިކަމުގައި ސިވިލްސާރވަންޓުންނަށް 2 މަހުގެ މުސާރަ ދިނީ އުއްޗުކަން އެނގޭ.

  12. ކޭޝް

    މިޒަމާނުގައި ނަގުދު ފައިސާއިން އެހާ ބޮޑު ޢަދަދެއް ދައްކާނީ އާންމުކޮށް ކޮންމެވެސް އޮޅުންގަނޑެއްގެ ތެރެއިން ފައިސާ ހޯދާނަމަ.
    ޢެހެންނޫނީ އެއަދަދަށް ނަގުދު ފައިސާ ބަހައްޓާނީ މޮޔައެއް - އެންޓިމަނީ ލޯންޑަރިންގ އަށް ގާނޫނު ހަދާފައިވަނިކޮށް

  13. 3 ވަނަ ވިސްނުން

    "މައި ކަންޓްރީ މައި ވިޝަން " 7 ރިސޯޓް 5 ފަޅު،ރައްޔިތުންގެ ބޮލަށް ވޯލްޑް ބޭންކް ޖަހާލާ، ތިބެ ގައުމުސަލާމަތް ކުރުމަން ސިޔާސީ ގޮތުން ނުފެނި 'ގައުމު ސަލާމަތް ކޮށްދިނީ ކީ ނޫން ! ޙެޔޮނުވާނެ ތިހާވަރަށް އަމިއްލަ އެދުން ސަލާމަތް ކުރަން .މިހެން އޮޅުވާނުލާ ޝަހީމް ކިޔައިދީ.ހެޔޮނުވާނެ.މަނިކްފާން ތިކަހަލަ ވާހަކަ ފަތުރަން

  14. ކޮން

    ކޮން މަހުޖަނު؟ ނަންބުނެބަލަ

  15. ސީނުކަރަ

    އެމީހާގެ އެދުމަށް ކިތަައްމެ ފަޅުރަށެއް ދިންކަމުގައި ވިޔަސް އެފަޅުރަށްތައް މިަދުވެސް

    އަދިމާދަމާވެސް އެއޮތީ ދިވެހިދަރިއެއްގެ މިލްކިޔާތުގާ ނޫންތޯ؟

  16. އަލީ

    ނުކެޑޭނެ ކަރަންޓްކެދެނީ ހަމައެކަނި ރައީސް ޔާމީނުގެ ވެރިކަމުގައި ގަމާރު ރައްޔިތަކު ދިރިއުޅޭ ގައުމެއްމީދޯ!

  17. ސަންޓޭ2

    ގައޮމު ސަލާމަތް ކުރަން ބޭނުންވާ ނަމަ ޖެހޭނީ ފަޅުރައްތައްވެސް ދީގެ ކުރަން ވިއްކާ ހުސް ކޮއްފި

  18. މީ

    ޗަމްޕާ