ދިވެހި ދައުލަތުގެ އެއް އަހަރު ދުވަހުގެ ބަޖެޓާ އެއްވަރުގެ ދަރަންޏެއް، އެއް ޤައުމަކުން، އެއްފަހަރާ ނެގީ ކީއްވެތޯ، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ސުވާލު އުފައްދަވައިފިއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ރަނިންގ މޭޓް، ޑރ. ޝަހީމް މިހެން ވިދާޅުވީ އޭނާގެ އަމިއްލަފުޅު ފޭސްބުކު އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ޑރ. ޝަހީމްވަނީ އިތުރު ސުވާލުތަކެއްވެސް ކުރިމަތިކުރައްވާފައެވެ. އެގޮތުން، މި ވަރުގެ ލޯނެއް އެއްފަހަރާ އެއް ޤައުމުން ނެގީ ދިވެހިން ހާލުގައި ޖެހުނީމާތޯ ސުވާލު އުފައްދަވާފައިވެއެވެ. ނުވަތަ ކަންކަން މެނޭޖް ކުރަން ނޭނގުނީތޯވެސް ސުވާލު އުފައްދަވާފައިވެއެވެ.

"ދިވެހި ދައުލަތުގެ 1 އަހަރު ދުވަހުގެ ބަޖެޓާ އެއްވަރުގެ ދަރަންޏެއް އެއް ޤައުމުން އެއް ފަހަރާ ނަގަންވީ ސަބަބު އެނގެން ބޭނުން! ދިވެހިން ހާލުގައި ޖެހުނީތޯއެވެ؟ ނޫނީ މެނޭޖް ކުރަން ނޭނގުނީ ބާވައެވެ؟ ނޫނީ މިއުޅެނީ ކިހިނެއްވާން ހެއްޔެވެ؟" ޑރ. ޝަހީމް ވިދާޅުވިއެވެ.

ކުރިން އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުކަމާއި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ އަދި ސިޔާސީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ޝަހީމް އިތުރަށް ވިދާޅުވީ މީގެކުރިން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިޔާ އިން ނެގި ލޯނެއްގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާ ހިސާބަށް ކަންތައް ދިޔަކަމަށެވެ. އަދި، އެފަހަރުވެސް ޤައުމު ސަލާމަތް ކޮށްދިނީ ވިޔަފާރިވެރިއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިޔާގެ އިސްވެރިންގެ ރަސްމީ ބައްދަލު ކުރެއްވުންތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ރާއްޖެއަށް 1.4 ބިލިއަން ޑޮލަރު ނުވަތަ 21.5 ބިލިއަން ރުފިޔާގެ ކްރެޑިޓް ފެސިލިޓީ އެއް ދިނުމަށް ނިންމާފައިވާކަމުގައެވެ.

ދިވެހި ސަރުކާރުން މިއަދު އިންޑިޔާ އިން ލޯނު ނަގާފައިވާއިރު، މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކަކީ، ކުރީގެ ސަރުކާރުން ރާއްޖެ ޗައިނާއަށް ދަރުވާލާފައިވާކަމަށް ބުނެ އެންމެ ގިނައިން ވާހަކަ ދައްކަމުން ދިޔަ ފަރާތްތައްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ދަރަނި

    އިންޑިޔާއިން ނެގީމާ ދަރަންޏަކަށް ނުވާނެ! ދައްކާކަށްވެސް ނުޖެހޭނެ. ރާއްޖެ އްޅުވެތިކުރަން ދިނީމަ ނިމުނީ. އިންޑިޔާއަށް ބަދަލު ލިބޭނެ

  2. ހަހަހަ

    ދެން އިބޫއަަށް ވޯޓުދިން އެންމެންނަށް ހަމަ އައްސަރިބަހާއި ސާބަސް.

  3. މުރާސިލް

    ޝާޙީމްގެ ސުވާލުތަކަށް އަޅުގަނޑުވެސް ވަރަށް ބޮޑަށް ތާޢީދުކުރަމެވެ.

    • ކީލި.

      ޝަހީމް ވަރެއްނެތް ސާބަސް ތިކުރާ މަސައްކަތއް

  4. ށހފ

    ކަލެއަ ދޭން

  5. ޙަސަން އަޙުމަދު

    ސަލާމަތްނުވާވަރަށް މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުން އަދި ޑެޕިއުޓީ މިނިސްޓަރުންނާއި، ސިޔާސީ މަގާމުތައް އުފައްދާ ގައުމެއް ހިންގަންނޭނގި އެހެނަސް ބައިކުދިންގެ ޖީބުތައް ފުރާލާ ގައުމު ދަރުވާލުން ނޫން އިތުރު އެއްވެސް ކަމަކު ނަގާ ލޯނެއްނޫން. ގައުމު އަޅުވެތިކޮށް ގައުމު ދަރުވާލާފައި ތިޔަނަގާ ލޯނުތަކަކުން ގައުމަށް އެއްވެސް ތަރައްޤީއެއް ތިޔަބައިގަނޑަކަށް ކޮށެއް ނުދެވޭނެ. ގައުމަށް ފާވެފައިވާ ބޮޑު ބަލާއެއް.

  6. މާލޭ ތޮލް

    ދިވެހިރާއްޖެ އިންޑިޔާމީހުންގެ އަތްދަށައްދިޔައީ ދެކުރާނީއަޅުވެތި ދެންމަޖުބޫރުވާނެ އެމީހުންބުނަކޮއްމެގޮތަކައްހަދަން ދެންޖެހޭނީ ރާއްޖެމީހުންނުކައިތިބެފަވެސް އެނަގާލޯނުދައްކަން އެނޫންއެހެންދޮތެއްނުއޮއްނާނެ ިނދިޔާމީހުންނަކީވަރައްނުލަފާބައެއް ބޯންއުޅުނުބޮނޑިތިބޮވެނީ ދިވެހިންނައްވިސްނެނީ ވާނެއެއްޗެއްވީމަ

  7. މުސްކުޅި ބެ

    މިލޮބުވެތިވަތަން އިންޑިޔާއަށް ވިއްކާލާއިފި. އޭތް ލޮބުވެތި މުއާތިނުންނޭވެ ހުރިހިތާމައެއްގެ ބޮޑުކަމާއޭ.އަޅެފަހެ މިއީ ގަރަހިތަ ތަކެއްބާ. މިފަހަރު ތިއޮތީ ސަލާމަތްނުވާވަރު ކޮއްލާފަ.ލޯނުނަގާތީ ކަންބޮޑުވެގެން ތެޅިފޮޅުނު މީހުން މިހާރު ތިގަންނަނީ ކޮންގަޑެއް ބާ؟ ލިބޭއެއްޗަކުން ގައުމު ތަރަށްގީކުރާނެކަމަށް ވީ ވައުދު އުވާލާ ބޮލާލާ ޖެހީ . ބޮޑު މަންޒަރު ބަލަން މިހުރީ. ހަމަހިނި އަންނަނީ

  8. ހުސެނ

    މި ސަރުކާރަކުން ނުނަގާނެ ލޯނެއް.

  9. މަޝްވަރާ މަޖްލިސް

    އިލިއިލި ކަރައިގަނެގެން ދޯ ޝަހީމް ތިއުޅޭނީ. ފޭލްވީ ވަކިވަރަކަށްނޫން. އެކަމަކު އަނެއްކާވެސް ތިޔަ ފެށީ. ހަމަ ސުވާލު ކުރާއިރަށް ޖަވާބު ދޭނެ ތިޔަވާހަކަ އަޕްލޯޑް ކުރި ފޭސްބުކާ ސުވާލު ކުރާށެ. އެވަރު **** ތިޔައީ.އެކަމަކު ހަމަ އޭއްޗެކޭ މީއްޗެކޭ ކިިޔައިގެން ވީދޭނެ. ދާންވީނު ސައޫދީ އަށް ގޮސް އެތާ ހުރެގެން ކޮންމެސް މީހެއްގެ ދުވަސް ދުއްވާލަން ރާވަން. މިހާރު އަފްރާޝިމްގެ ކަންތަކުގަވެސް އެބަ ޝައްކު ކުރެވޭ.

    • ހުވަދޫ މީހާ

      ކަލޭ ތީ ވަރަށް ވާނުވާ މީހެއް ދޯ؟؟ ޝަހީމް އާއި އެއް ފެންވަރަށް އަންނަން ކަލޭ އަދި ނަގާނެ 60 އަހަރު..ތީ ދެން ކާކު؟؟

  10. ޙައްވަ

    ކުރިގެ ސަރުކާރުން ތަރައްގީއޭ ކިޔާ ދަރުވާލާފަ އޮތީމަ ކަމަށްވާނީ؟

  11. ދިރާސާ

    މިވަނީ ކިހިނެއް ? ޖަޒީރާ ރާއްޖެ،ލޯނުނަގާތޯ ? ގައުމުވިއްކާލާތޯ ? ޢަޅުވެތި ނުވާނެތޯ ?

  12. ރާކަނި ސައްތާރު

    ޢެޢީ ތިފަދަ ދެއުޅި އެއްނުވާ މީހުން ގެ ކިބައިން މިގައުމު ސަލާމަތް ކުރުމަށް

  13. އަފްލާ

    ޥަގު ވޯޓުން ވެރިކަމައް އައިސް ދެން ކިނބޫ ކުރާނީވެސް ވައްކަން ފެށުނީވެސް ވައްކަމުން ވޯޓް ކޮޅު އޮޅުވާލައިގެން

  14. ރާއްޖެ

    1.4 ބިލިއަން ޑޮލަރު އެއްގައުމަކުން ނެގުމަކީ
    ރާއްޖެފަދަ ކުޑަގައމަކަށް އިންތިހާއަށް ނުރައްކާ
    އޮތްކެކެވެ ރާއްޖޭގެމިނިވަން ކަމާއި އިސްތިގްލާލް ގެއްލިގެން ހިގައިދާނެފަދަ ބިރުވެރިކަމެކެވެ
    އެފަދަ ބޮޑުލޯނެއް ނަގާފަދަ ހާލަތަކަށް އަދި
    ރާއްޖެނުދެއެވެ އެހެންކަމުން މިހާރުން މިހާރަށް
    ތިޔަލޯނު ކެނސަލްކުރުމަށް ސޯލިހްގެ ސަރުކާރަށް ގޮވާލަމެވެ

  15. އަބޯ

    ދިވެހި ގައުމު އިންޑިޔާއަށް ވިއްކާލަނީބާ ؟ކުރީގެ ރައީސް ނަސީދު ވެސް އުޅުއްވި ވެރިކަން ލިބުނީމަ އޮސްޓްރޭލިޔާ އިން ބިންގަނެގެން ދިވެހިން އޮސްޓްރޭލިޔާ އަށް ބަދަލުކޮށް ގައުމު ވިއްކާލަން . ވީމާ މިވަރުގެ ބޮޑު ދަރަންނޭއްމިނެގީ ގައުމު ޗައިނާ އަސޤ ވިއްކާލަނީ ކިޔާ އަނދުން އަލުވާފަ ވެރިކަން ހޯީދުމަށްފަހު ދޯ ؟ އަދި 5 މިލިއަން ޑޮލަރުނަގާ އެއޮތީ ސޯސަންމަގުން ބިމެއް އިންޑިޔާ އަށްދީފާ . މިފަހަރު މިވަރުގެ ބޮޑު ދަރަންޏެއް މިނަގަނީ ދިވެހި ގައުމު ވިއްކާލާފަ ނުވަތަ އައްޑޫ އިންޑިޔާ އަށް ވިއްކާލަނީބާ ؟

  16. މަޝްވަރާ ކަލޯ

    އިލިއިލި ކަރައިގަނެގެން ދޯ ޝަހީމް ތިއުޅޭނީ. ފޭލްވީ ވަކިވަރަކަށްނޫން. އެކަމަކު އަނެއްކާވެސް ތިޔަ ފެށީ. ހަމަ ސުވާލު ކުރާއިރަށް ޖަވާބު ދޭނެ ތިޔަވާހަކަ އަޕްލޯޑް ކުރި ފޭސްބުކާ ސުވާލު ކުރާށެ. އެވަރު **** ތިޔައީ.އެކަމަކު ހަމަ އޭއްޗެކޭ މީއްޗެކޭ ކިިޔައިގެން ވީދޭނެ. ދާންވީނު ސައޫދީ އަށް ގޮސް އެތާ ހުރެގެން ކޮންމެސް މީހެއްގެ ދުވަސް ދުއްވާލަން ރާވަން. މިހާރު އަފްރާޝިމްގެ ކަންތަކުގަވެސް އެބަ ޝައްކު ކުރެވޭ.

  17. އަލްޖިބްރާ

    ކަލޭތިހިރީ ޔާމީނަށް ވެރިކަން ހޯދާދޭން ސައޫދީ އެރޭބިއާއިން ވަޒީފާ ހޯދައިގެނެއްނު ! ދެން ކޮން ހަޅޭކެއް ތިލަވަނީ ! ސައޫދީއަށް ދޭބަލަ ! ތިތިބީ ވޯޓުން ތަޅާބަލިކޮށްފަ !

    • ޖިއޯމެޓްރީ

      ވޯޓުން ތަޅާބަލިކުރީ އެއް ނޫން. ވޯޓުން ވައްކަށް ކޮއް ގެން ކުރި ހޯދީ.

    • ާަަާަިަާިއަލްޖިބުރާ ބައްޕަ

      އެކޮއި ޖޭވީ••

  18. ދަތްދޫނި

    މިދެން ކާކު ސުވާލު ކުރާކަށް އަދި ސިޔާސީ ވާހަކަ ދައްކާކަށް. ޜާއްޖެ ޓީވީ އިން ސުވާލު ކުރުމުން ޖަވާބު ދާރީ ވާން ނޭގުނު މީހަކަށް ކޮން ސުވާލު ތަކެއް ކުރެވޭނީ.

  19. ީގަަަަަވުމު

    ޢަހުރެމެންނަކީ އަލާހުގެ އިރާދަފުޅުން ފުދުންތެރިކަން ލިބިފަވާބައެއް ހިޔޮނުވާނެ އިޑިއާ

    އަތުންއެވަރުގެބޮޑުލޯނެެއްގާކައް އަދިހަލާލެއްވެސްނުވާނެ އެއާކީވެތޯ އޑިއާގަނިކަމެތި ހާލުގައުޅޭމީހުން

    ޢެތަކެ މިލިއަނުންއެބައުޅޭ މޯދީމާރަގަޅުވާނެ
    ޢެމީހުނައް އެހީވިޔާ ހީވަނީއަމިއްލަފައިދާއަކަކުރާ ކަމެއްހެން

  20. ނާއިންސާފް

    ޢަހަރެން ދެކަންފަތުން އެޑުއެހިން އިބޫ ބުނި އަޑު އޭނަ ސަރުކާރެއްގަ ލޯނު ނުނަގާނައޭ... ނުކުރަންބުނި އެތައްކަމެއް މިހާ އަވަހަށްކޮއްފި... ޔާމީނު ލޯނު ނެގީމަ ކަޑަ އެފަކީރު ލޯނު ނަގަފިއޭ ކިޔައިގެން ރެއާއި ދުވާލު ކިހާވަރެއްކުރި މިސަރުކާރުން ލޯނު ނެގީމަ ރަނގަޅު... ކޮބާ އިންސާފު

  21. ގެރިމޯދީ

    ސާހިދޫ މީ ލޯނެއްނޫންތަ މީ ލޯނެއްނޫންތަ މީ ލޯނެއްނޫންތަ ކެނެރީ ނަސީދޫ މީ ގައުމު ދދަރަނީކީނޫންތަ ކޮބާ ރ ޓީވީ ގެ މަގޭރިޕޯޓު ގެނެސްދޭ **** މިކަމާ އެއްޗެކޭ ބުނެބަލަ ކޮބައިބާ ރައީސް މައުމޫން ދުންޔާ ޔުމްނާ ފާރިސް ކޮބައިތަ އަބުދުލްގަފޫރު މޫސާ ގަބޯ ** މިގަމުގެ ރައްޔިތުންގެ ބޮލުގައި އެޅޭ ދަރައްޏެއްނޫންތަ މިއީ މަޖިލީހުގައި **** **....

  22. ޙިތާމަހުރި

    މި ލޯނު ނެގުމާ ދެކޮޅަށް އަޑު އުފުލޭ ރައްޔިތަކުނެތްް... ހިތާމަކުރަން... އަޅުވެތިކަމަށް މަގުފަހިވާ އިރު މިކިމާ ދެކޮޅަށް ނުކުންނާނެ ބަޔަކު ނެތީބާ...

  23. މރ. *****

    ޖިހާދުގެ ނަމުގަ އައިސިސް އާއެކު މުސްލިމުންނާ ހަނގުރާމައަށް މީހުން ފޮނުވުން ހުއްޓުވަން ކަމަށް ބުނެފިނަމަ ޖަވާބު ކަމަށް ގަބޫލުކުޜާނެބާ؟

  24. ިއިބްރާހީމް

    މިއީ ރާއްޖެ އެއްޑިޔާގެ ފަހަތުން ނާށިގަނޑުހިފައިގެން ޖެއްސުމަށް އިންޑިޔާއިން އުފެއްދި

    ދަންމަޅިއެއް.

  25. ކަނބުލޮ

    މޮޔަނުގޮވާބަލަ ހަހަހަ ތަބަކަށް ލަަފަ ދީފަ އެއޮތީ އީސީ އިން...އިންޑިއާއަކީ ހެޔޮއެދިގެން ކަމެއް ކޮށްދޭނެ ބައެއް ނޫން .. ތީގެ ނަތީޖާ ފަހުން ފެންނާނެ ... އޭރުން އިބު އެއްވެސް ނޫންކަނނެޔނގެ ވެރިކަމުގަ ހުންނަވާނީ

  26. މޫރިތި

    މީގަ ޔާމީން ލޯން ނަގާން ކަންތައްތައް ކުރަން ފެށީމަ ސިޔާސީ ލީޑަރުން ޖޭވީ. ޖޭވެގެން ރައްޔިތުންގެ މެދުގައި ޔާމީނާ ދޭތެރޭ ނަފްރަތު އުފެއްދީ. އޭގެ ދަލުގަ ކޮންމެ ފަހަރުވެސް ނިކަމެތި ރައްޔިތުން ޖެހޭނެ. އެވެރިންނަށް ވެރިކަން ލިބުނީމަ ހަމަ ލޯނުވެސް ނަގަނީ. ޖަލުން މީހުން ދޫކުރަނީ. މި ނުވޭ އަނިޔާއަކަށް. އަނިޔާއަކަށް ވަނީ ވަކިމީހަކު ވެރިކަމުގަ ހުރީމަ. ޔާމީން ވެރިކަމުގަހުއްޓަ ހާދިސާއެއް ހިނގާއިރަށް ޔާމީން ބޮލުގަ. ކަރަންޓު ދާއިރަށް ޔާމީން ބޮލުގަ. އިއްޔެ ކަރަންޓު ދިޔަ ދެން ކީއްވެބާ އެމްޑީޕީ މީހުން އިބޫގެ އަނިޔާވެރިކަމަށް ނުގޮވީ. އިންޑިޔާއިން ލޯނު ނެގީމަ ކީއްވެބާ ރާއްޖެ ދަރުވާލީއޭ ނުގޮވީ. ހުސް އަމިއްލަ އެދުމާގެން ފޯވެފަތިބި ހަސަދަ ހިތުގަ ލާންތިބި ދިވެހިން. ގައުމު ކުރިއަރާން ދިޔަލެއް ބާރުމިން ފެނިފަ އިންޑިޔާ އެކަން ހުއްޓުވީ. އެއީ އަހަރުމެންނަށް ހެޔޮ އެދޭ ބައެއް ނޫންކަން އިނގިއްޖެ. އެހެން ނޫންނަމަ ފައިގަ ރޮކެޓެއް ހަރުކޮށްފަ ހުރިހެން ބަންބަން ލާފަ އިބޫ ހުވާ ކުރާ ދުވަހަކަށް ނައީސް. މިއީ އިސްލާމީ ގައުމެއްވީމަ މިތަނަށް ނާންނަން ހުރި ވެރިއެއް އެއީ. މިގައުމު ހަލާކެއް ނުކުރެވޭނެ އިންޝާﷲ މިގައުމު ސަލާމަތް ކުރަށްވާނެ.

  27. ޢަލީ

    ޢިންޑިޔާއިން އެނިންމީ އެއްއަހަރު ތެރޭއެފައިސާ ނުވަތަ ކުރެޑިޓަށް ތަޖެތި ދޫކުރާކަށްނޫން.