މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ.

މިރޭ އިރުއޮއްސުނު ވަގުތު މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައިވާ އިރު، ފުރަތަމަ ކަރަންޓް ކެނޑިފައި ވަނީ ހެންވޭރުންނެވެ. އަދި އޭގެ ފަހުން އިތުރު ސަރަހައްދުތަކުގައިވެސް ވަނީ ކަރަންޓް ކެނޑިފައެވެ.

ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި ކަރަންޓް ކެނޑުމަށް ދިމާވި މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. އަދި ދިމާވި މައްސަލަ ހައްލުކޮށް، އެއް ގަޑިއިރެއްހާއިރު ތެރޭގައި ކަރަންޓް އަލުން ދިނުމަށް މަސައްކަތް ކުރާ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

މިއީ ހަފްތާއެއްގެ ތެރޭގައި މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނު ތިން ވަނަ ފަހަރެވެ.

ފަހަކަށް އައިސް މާލެ އިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ވަނީ ދިމާވެފައެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވިދާޅުވަމުން ގެންދެވީ މާލޭގެ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބެން އޮތީ އަލުން ކޭބަލް އަޅައިގެން ކަމަށެވެ. އެކަމުގެ ޕްލޭންތައް ވެސް ޔާމީންގެ ސަރުކާރުން ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދިޔައެވެ. އަދި ސްޓެލްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ބޮޑު މަޝްރޫޢުއެއް ފަށާ އެމަޝްރޫއުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަގެންދެއެވެ.

މާލޭގެ ކަރަންޓް މައްސަލަ ހައްލު ކުރުމަށް އާސަރުކާރުން ގެންގުޅޭނެ ސިޔާސަތެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރޯނުއެދުރު

    މިސަރުކާރުގަ ކަރަންޓެއް ނުކެޑޭނެ

  2. India ލޯނު

    ކަރަންޓް ކެނޑި ދާނެ އެކަމަކު ލިބެންވާނެ އެއް ބިލިޔަން ޑޮލަރުން ކަރަންޓް މަށްސަލަ ޙައްލު ކުރަންވީނު

  3. މުހައިމިން

    ޖަޒީރާ ވަންތަ ރާއްޖެ އަކަށް ހެދޭނީ ފުޅި ބައްތީގަ.

  4. ކަރަންޓް

    މިސަރުކާރުގަިވެސް ކަރަންޓްދޭތަ ނުދާނެ! ކަރަނޓްދާނީ ޔާމީން ސަރުކާރުގއެކަނި!

  5. ޞަރީފް

    ތިކަން ހުއްޓުވޭނީ އީސީ ޝަރީފަށް.
    ޢެއީ ކަންކަން ހުއްޓވަން އެނމެ އެނހޭމީހާ!

  6. މާލި

    ތެދެއް މިހާ ފުރިހަ ކުށެއް ނުކުރެވޭނެ ސަރުކާރެއްގައި ކަރަންޓެއް ނުކެނޑޭނެ.
    ހުރިހާ ހައްގެއް އެވަނީ އިތުރުވާ ވަރައްވެސް ޔަޤީންވެފާ

  7. ރަތްގަލަން

    ތިއީ އޮޅުމެއްހެން ހީވަނީ.. މި ވެރިކަމަކު ކަރަންޓެއް ނުކެނޑޭނެ.

  8. ގވިސްނުން

    ނުކުޅެދޭ ސަރުކާރު ތަސައްރަފް ނުފުދޭ ސަރުކާރު ދޯހަޅި ސަރުކާރު އާރެއްބާރެއްނެތް
    ސަރުކާރު އިސް ވެރިއަކުނެތް ސަރުކާރު ގުރޫޕަކުން ހިންގާ ސަރުކާރު

  9. ޝުކުރިއްޔާ ގައުމު

    ވެރިިކަމާ ހަވާލުވިތާ އަދި ކިރިޔާ މަހެއް މިވީ. ދިރިއުޅުމަށް ނުކުޅަދާނަ. އިރުކޮޅަކާ ކަރަންޓް ކެނޑޭނެ ނޫނީ ފެން ކެނޑޭނެ ނޫނީ ވާރޭކޮޅެއް ވެހި ފެން ހެދިއްޖެއްޔާ ފެން ހިންދާނެ ގޮތެއް މިވެރިންނަށް ނޭނގި ތިބެން މި ޖެހެނީ ފެނު އަޑީގަ. މިއޮތީވާ ސަރުކާރެއް.

  10. ރާޖުކުމާރު

    ކަރަންޓް ނުކެޑޭނެ.. މޯދީބައްޔާ ގެރި ފޮނުވާނެ..