މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ކުއްޖާގެ ޙާދިސާއިން ކަންކަން ދަސްކޮށް، މިފަދަ ކަންކަން ކުރިމަގުގައި ކުރިމަތިނުވާނެ ގޮތަކަށް މަސައްކަތް ކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"މިފަދަ ހިތާމަވެރި ކަންކަން އަޅުގަނޑުމެން އެންމެންވެސް ކަންކަން ދަސްކުރަން ޖެހޭ އަދި އިތުރަށް މިފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ޖެހޭ." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ޓްވީޓުގައި ވިދާޅުވީ ކުޑަކުއްޖެއްގެ ފުރާނަ ގެއްލިގެން ދިއުމަށްވުރެ ހިތާމަވެރި ކަމެއް ނެތްކަމުގައެވެ. އަދި، މި ޙާދިސާގައި ނިޔާވި ރައުޝަން ޖިއާންގެ މައިންބަފައިންނަށާއި އޭނާގެ އާއިލާއަށް ތައުޒިޔާ ރައްދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

"ކުޑަކުއްޖެއްގެ ފުރާނަ ގެއްލުމަށްވުރެ ބޮޑު ހިތާމައެއް ނެތް. އަޅުގަނޑުގެ އިހުލާސްތެރި ތައުޒިޔާ، ރައުޝަން ޖިއާންގެ މައިންބަފައިންނަށާއި އާއިލާއަށް ރައްދު ކުރަން." ރައީސްގެ ޓްވީޓުގައި އިތުރަށް ވިދާޅުވިއެވެ.

ޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުނިން ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާގެ ސަބަބުން ރައުޝަން އަަށް އަނިޔާވެފައިވަނީ އިއްޔެ ހެނދުނުއެވެ. އައިޖީއެމްއެޗް އަށް ގެންގޮސް، އޭނާގެ ދެ އޮޕަރޭޝަނެއް ކޮށްފައިވެއެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އުމުރުން ނުވަ އަހަރުގެ މި ކުއްޖާ ނިޔާވީ މިއަދުއެވެ.

ރައުޝަން އަކީ ބަންގްލަދޭޝްގެ ޑޮކްޓަރަކާއި ވިޔަފާރިވެރިއެއްގެ ދޮށީ ދަރިފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޅަބޭ

    އަދިވެސް މިކަލޭގެ ހުޅެނީ ސިމެންތިކޮތަޅެއް ކުއްޖެއްގެ ބޮލައް ވެއްޓި މަރުވީމަ އޭގެން ސިޔާސީ ފައިދާ ނަގާ، މަޖިލިހައް ކެންޕޭނުކުރަން. ކަލޭމެން އެމްޑީޕީ ބައިގަނޑަކައް ނޭގޭނެ ވެގެން އުޅޭ ގޮތެއްގެ ހައްލެއް. ޖަލުގަތިބި އެންމެ ރުރައްކާ އެންމެން މަގުމައްޗައް ދޫކޮއްލާފަ، ޒުވާނުން ބޯނެ ބިޑިއެއް ބޯން ދޫކޮއްލާފަ.

  2. ހިލަ

    ކުޑައެއް ބޮޑެއް ފުރާނައެއްގަ ޏޮންނާނެ،
    ﷲ ގެ ފުރާނައެއް އެފަރާތުން ގެންދެވީމަ ކުރަންޖެހޭ ހިތާމަ ބާންޖެހޭނީ އެއްވްރަކަށް

  3. ޜާއްޖެ އިސްލާމް

    މިކަމުން މިފަހަރު ސަލަަމަތް ވާއިރު މި ސަރުކާރު ގެންނަށް ބައިވިރިވި އެއްވެސް ލީޑަރަކައްވެސް އަދި އެމީހުންގެ މުދާވެސް ސަލާމަތް ކުރެވޭނެ ކަމަކަށް ނުބެލެވޭ

  4. ބަނާނާ ރައީސް

    ކުޑަކުދިންނާ ބެހޭ މީހުން މުޖުތަމައަށް ދޫކޮށްފަ ބޭތިއްބުން އެއީ ވަކިން ބިރުވެރިކަން ކުޑަ ކަމަކީތަ؟

  5. މުހަންމަދު

    ތިޔަހެންބުނުމަކުން ސަލާމަތެއްނުވެވޭނެ ތިޔަކަމުގެޖިންމާ ސޯލިހުވެސްނަގަންޖެހޭނެ ތިޔާސަރުކާރުންނުކުޅެދުމުގެ ފުރަތަމަނަތީޖަ ތިޔަމުސާރަކާންލައިފައިން ސިފާ
    މަގާމުންދުރުކުރޭ

  6. ލަބީބު

    ކުޑަކުއްޖެއްގެ ފުރާނަ ގެއްލުން ހިތާމަވެރި! ނުކިޔަވާ ސަންގޯރަކު ވަގުވޯޓުން ޤަވްމެއްގެ ވެރިކަމާ ޙަވާލުވެ ޤަވްމު އިނދަޖައްސައިލުން އަދި މާ ހިތާމަވެރި! އެއީ އެންމެ ފުރާނައެއް! މުޅި ރައްޔިތުން އެއީ ހަތަރުލައްކަ ފުރާނަ! އިސްތިޢުފާ

  7. ރަސީދު

    އިސްލާމީ ގައުމެއް ވިއްކާލުމަކީވެސް ބޮޑުހިތާމައް އެއް

  8. ޚިޔާލު

    މީސްތަކުންގެ ފުރާނައާއި މުދަލަކީ ގޯތި ގެދޮދަރަކީ ޙުރުމަތްތެރިވެގެންވާ ތަކެއްޗެވެ، ފަހެ އޭގެން ކަމެއްގައި އެއްވެސް ރައްޔިތަކަށް ގެއްލުމެއް ވެއްޖެނަމަ، އެކަމެއް ސީދާ ވަލިއްޔުލް އަމުރުގެ ސަމާލުކަމަށް ގެންނާޖެހެއެވެ. އަދި އެކަމަކަށް ދަވްލަތުން ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވުމަކީ ލަސްނުކޮށް ކޮށްދޭންޖެހޭނެ ކަމެވެ. ދަވްލަތެއްގެ މައިގަނޑު ބޭނުމަކީވެސް މިއެވެ. ނަމަވެސް ހިތާމަ އަކީ މި ސަރުކާރުންވެސް ޢާންމުނަށާއި ޢާންމުންގެ އަގުބޮޑު މުދަލަށްލިބޭ ގެއްލުންތަކަށް އަޅާނުލުމެވެ. މި ޢިޝާރަތްކުރަނީ މިމަހުގެ ކުރީކޮޅު ޢިމާރާތެއްގެ ބެލްކަނިވެއްޓި ބޭނުންނުކުރެވޭ ވަރަށް ހަލާކުވި ނިކަމެތިންގެ ވެހިކަލްތަކެއްގެ ވާހަކައަށެވެ.

  9. މުވައްޙިދު

    އެންމެންގެ ފުރާނަ ވެސް ދާނެ، ފުރާނަ ދިޔައިމަ ހަމަ އެކަނި އެކަމަކަށް ނޫން ހިތާމަ ކުރަންވީ،
    އެކަމަކު އެފުރާނައިގެ ހާލަތަށް، ވެރި ރައްބަށް އީމާންކަން މަތީގައި ތޯ، އެހެން ނޫނީ ބާއްޖަވެރި ކަމެއް ނެތޭ،
    މިދި ލޮބުވެތި ދިވެހި އިސްލާމީ ވަޠަނު އިއިސްލާމް ކަން މަތީ ހިމާޔަތް ކުރައްވާންދޭވެ.
    ބޭރުގެ ކާފަރު ދައުލަތެއއގެ އަޅުދާސްތު ކަމުން ރައްކާ ކުރައްވާންދޭވެ. އެކުއްޖާ އަށް ހެޔޮ ރަޙްމަތް ލައްވައި ޢާއިލާއަށް ކެތްތެރިކަމާ އަޖުރު ދެއްވާންދޭވެ

  10. ނޫރާ

    އޭ މިހިރަ ވަގާ..!!! ކުޑަކުދިންނާ ބެހޭ ނުރައްކާތެރި ކުއްވެރިން ދޫކުށްލުން މާ ބިރުވެރި.!

  11. ާއަހަރެން

    އިބޫ އެންމެދެރަވަނީ ކުޑަކުދިންގެ ފުރާނަދިއުމުން އިބޫ އެންމެ އުފާވަނީ ކުޑަކުދިންނާއި ޖިންސީގޯނާ ކުރުމުން.