މާލޭގައި، ޑަބްލިއު ކޮންސްޓްރަކްޝަންސްއިން މަސައްކަތް ކުރަމުންދިޔަ އިމާރާތެއްގެ ފަސްވަނަ ބުރިން، ސިމެންތި ބަސްތާއެއް ވެއްޓި ޖެހިގެން ސީރިއަސް އަނިޔާތަކެއް ލިބި، އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް، މަރުވި ބަންގްލަދޭޝްގެ ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާންގެ އާއިލާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައްދަލު ކުރައްވައިފިއެވެ.

ޖިއާންގެ އާއިލާއަށް ބައްދަލުކުރެއްވުމަށްފަހު މައުމޫން ކުރެއްވި ޓްވީޓުގައި، އެ ކުއްޖާގެ އާއިލާއެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކޮށްފައިވާ އިރު، ޓްވީޓެއްގައި ވިދާޅުވީ ކުޑަ ކުއްޖާ ނިޔާވި ހަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށާއި، އާއިލާއާއި މައިންބަފައިންނަށް ލިބިފައިވާ ފުން ހިތާމައިގައި ބައިވެރިވާ ކަމަށެވެ.

އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން، 7 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖިއާން މަރުވެފައި ވަނީ މިއަދު މެންދުރު ފަހުގައެވެ.

މި ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓިފައިވަނީ މ. ނަލަހިޔާ ކައިރީގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިންނެވެ. އެސަރަޙައްދުގެ ތިރިން ކުއްޖާގެ މަންމައާއެކު ހިނގާފައި ދަނިކޮށް މިކަން ހިނގާފައިވާއިރު، އެމަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް އާއްމުވެފައިވެއެވެ.

އެމަޖެންސީގައި މި ކުއްޖާ ގެންގޮސް އެންމެ ފުރަތަމަ ފަރުވާ ދެމުން ގެންދިޔައީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައެވެ. އިއްޔެ ދުވާލުގެ ވަގުތުގައި ކުއްޖާގެ އޮޕަރޭޝަނެއް ކޮށްފައިވެއެވެ. ހަ ގަޑިއިރަށް ދެމިގެންދާ އޮޕަރޭޝަނެއް ކުރިއިރު، އޮޕަރޭޝަންގެ ފަހުންވެސް ކުއްޖާގެ ހާލު ކްރިޓިކަލް ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.

އޭގެފަހުން ރޭ ދަންވަރުގެ ވަގުތުގައިވެސް ވަނީ ކުއްޖާގެ އިތުރު އޮޕަރޭޝަނެއް ކޮށްފައެވެ. އެހެންނަމަވެސް، މި އޮޕަރޭޝަނަށްފަހުވެސް ކުއްޖާގެ ހާލު ރަނގަޅުވަމުން އައިސްފައި ނުވެއެވެ.

މި ކުއްޖާއަކީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ އަންހެން ޑޮކްޓަރެއްގެ ދަރިއެކެވެ. ޗުއްޓީއަށް ރާއްޖެ އައިސް އުޅެނިކޮށް މިކަން ހިނގާފައިވާއިރު، ކުއްޖާގެ އާއިލާގެ އެހެން މީހުންވެސް ތިބީ ރާއްޖޭގައިކަމަށް މައުލޫމާތު ލިބެއެވެ.

މި ނުރައްކާތެރި ޙާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުވަނީ، ރާއްޖޭގެ ހުރިހާ ކޮންސްޓްރަކްޝަން ސައިޓުތަކެއްގެ ސަލާމަތީ ކަންކަން ހުރި ނެތްގޮތް ބަލާ ވަޒަންކުރުމަށް އަންގަވާފައެވެ. އަދި، ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ކުއްޖާގެ އާއިލާއާ ރޭ ބައްދަލު ކުރައްވާފައެވެ.

މީގެއިތުރުން، މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ސީރިޔަސް މައްސަލައެއްގެ ގޮތުގައި މިކަން ބަލަމުން އަންނަކަމަށެވެ. ހަމައެހެންމެ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޝިދާތާ ޝަރީފުވެސް ވިދާޅުވެފައިވަނީ މިކަން ހިނގާދިޔަ ގޮތް ބަލަމުން އަންނަކަމުގައެވެ.

ހަމައެހެންމެ، މާލޭ ސިޓީ ކައުންސިލް އިން ބުނެފައިވަނީ ޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުނިން ހަދަމުން ދިޔަ މި އިމާރާތް ހެދުމަށް ބޭނުންވާ ހުއްދަތައް ނަގާފައި ނުވާކަމުގައެވެ. އެހެންނަމަވެސް، އެކުންފުނިން މިކަން ދޮގުކޮށް ބުނެފައިވަނީ އެކުންފުނިން މަސައްކަތް ކުރަމުން ދިޔައީ ނަގަން ޖެހޭ ހުރިހާ ހުއްދަތަކެއްވެސް ނަގައިގެންކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފަހަރި ދައިތަ

    މައުމޫނު ތިޔަކުރެއްވީ ރަގަޅު ކަމެއް.އަދި ތިޔައް ވުރެ ވަކި ދެރަތޯ މާފުށީ ޖަލުގަ ބަޑިޖަހައިގެން ސިފައިންގެ ވަޒީފާއިން ކަޑާ ޖަލުހުކުމުގަ ތިބި ކުދިންނާ ބައްދަލުކުރުން..

  2. ތިޔައީ ދެއްކުންތެރިކަން! އެކުއްޖާ ބަލިޙާލުގަ ހޮސްޕިޓަލުގައިވެސް އޮތް! މިކަލޭގެ ނުދޭ! ދެން އެކުއްޖަފުޅު ނިޔަވީމާ ބޮޑޭވަންވެގެން މާ ޙަމްދަރުދުވާކަމަށް ހެދެނީ! ނުބައި ފުރޭތައެއް ތިޔައީ!

  3. އިންނާލިއްލާހި ވައިންނާއިލައިހި ރާޖިޢޫން

  4. އަސްލު މައުމޫން ބޭ ދާންޖެހޭނީ ވެސް ދޯ ބަންގާޅު އާއިލާ ތަށް ކައިރި އަށް މައުމޫން ބޭގެ އާއިލާ ގާތީވެސް އެވެރިންނާ

  5. ތަމެންނަށް ފުރޭތަ ފެނުނިއްޔާ އެނގޭބާ. އަސްލު ފުރޭތަ ރައްޔިތުން ބާލައިފި.

  6. މައުމޫން ހޯރައިއްބެޔާ ވެސް ބައްދަލު ކޮށްލައްވާ އެސޮރުވެސް އިންސާނީ ހައްގު *******....

  7. ތި ކާފަގަޑަކީ މި ޤައުމަށް ބަންގާޅު މީހުންް އެތެރެކުރި މީހާ އެންމެފުރަތަމަ މީހަކަށް މީނާގެ ދާމާދު އެތެރެވީވެސް

  8. އެކީއްކުރާށޯ އެތަނަކަށް އެ ތޮރުފުނީ މާހިތްހެޔޮމީހަކަށް ހެދިގެން؟ މިވަރުގެ އަމިއްލައެދުންބޮޑު މުސްކުޅި އެއް އަދި މިހާތަނަށް ފެނިފައެއްނެތް.

  9. ކޮބާ ކުންފުނީގެޓ ވެރިންޓ. ކޮބާޓ މަކުނުދޫޓ މެމްބަރުޓ އަނގަޓ ނެތީތަ