އައްޑޫސިޓީ ހިތަދޫ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖެއްގެ ނޭފަތުގައި އެއްޗެއް ތާށިވެގެން އެމެޖެންސީގައި މާލެ ކުއްޖަކަށް އައިޖީއެމްއެޗުން ފަރުވާ ނުދީ އެތައް އިރެއް ވުމުން އޭޑީކޭއަށް ގެންގޮސްފިއެވެ.

ކުއްޖާގެ އާއިލާގެ މީހަކު ބުނީ އިއްޔެގެ ވަގުތެއްގައި އެކުއްޖާގެ ނޭފަތަށް އެއްޗެއް ވަދެ ތާށިވެފައި ހުރުމުން ހޮސްޕިޓަލަށް ދިޔައިރު އައްޑޫގައި ހުރި ހަމައެކަނި އީއެންޓީ ޑޮކްޓަރ ވީ ޗުއްޓީގައި ކަމަށް ހޮސްޕިޓަލުން ބުނިކަމަށެވެ.

"އޮޕްރޭޝަން ޑޮކްޓަރު އެކުއްޖާގެ ނޭފަތް ބަލާފައި ބުނީ ނޭފަތަށް ވަދެފައި އިން ގާކޮޅު އެ ހޮސްޕިޓަލުން ނުނެގޭނެއޭ، އެހެންވެގެން އާސަންދަ ހަމަ ޖައްސާފައި މިއަދު ފަތިހު ފުރުވީ އައިޖީއެމްއެޗް އަށް" އާއިލާގެ ފަރާތުން މައުލޫމާތު ދެމުން ބުންޏެވެ.

އާއިލާއިން ބުނިގޮތުގައި އައިޖީއެމެއެޗްއަށް ގެންގޮސް އީއާރު ގައި އެކުއްޖާ ބޭއްވުމަށްފަހު އެތައް އިރެއްފަހުން އެކްސްރޭ ނެގިކަމަށެވެ. ޑޮކްޓަރެއް ނައިސްގެން މެންދުރު އެކެއް ޖެހީމަ ސުވާލުކުރުމުން އީއާރުން ބުނީ އޯޓީ ގައި ޑޮކްޓަރުން މިވަގުތު ބިޒީ ކަމަށެވެ.

"އަހަރެމެން ދެންވީ އެކުއްޖާ ނޭފަތަށް ވަދެފައި އިން ގާކޮޅު ކަރުތެރެއަށްގޮސް ކަރުގައި ތާށިވެގެން ނޭވާ ނުހިނގާ ވަރުވަންދެން ތިބެންތޯ؟ އެއީ ކުޑަކުއްޖެއް އެކުއްޖާ ނޭފަތް އެތެރެއަށް ދަމާލައިފިއްޔާ ކިހިނެތްތޯވާނީ؟" އެހެންވީމަ އަހަރެމެން ނިންމީ އަވަހަށް ފަރުވާ ދެވޭނެ ތަނަކަށްދާން" އާއިލާއިން ބުންޏެވެ.

އައިޖީއެމްއެޗް އިން އަވަސް ފަރުވާ ދެވޭނެ ޑޮކްޓަރެއް ނައިސް ލަސްވުމުން އާއިލާއިން މިހާރު ވަނީ އެކުއްޖާގޮވައިގެން އަމިއްލަގޮތުން އޭޑީކޭއަށް ގެންގޮސްފައެވެ. އާއިލާ އިން ބުނީ މިހާރު އޭޑީކޭގައި އެކުއްޖާ އަށް ފަރުވާދެމުންދާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން އަދި އައިޖީއެމްއެޗްގެ ބަހެއް ލިބޭ ގޮތްވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ޚު

    ތީ ވަރަށް ދެރަ މައްސަލައެއް.

  2. ޝިފާ

    ކުރީ ސަރުކާރުގެ މައްސަލައެއް.

    • މާމަ

      ކޮންމެ ކަމެއްވާއިރައް ކުރީގެ ސަރުކާރޭކިޔާކަށް ނުޖެހޭނެ.. އެއީ ކިނބޫގެ މައްސަލަ.. އެއީ މިސަރުކާރުގެ މައްސަލަ.. ??

  3. މަލްމަލް

    ކޮބާ މަހްލޫފް. މިކަން ވީގޮތް ބަލާފަ ހެލްތް މިނިސްޓަރ އަށް އަންގާލަދީބަލ

    • ކެކެކެ

      އެސޮރު ވީ ރީލޯޑެއް ކޮށްލަން އެއްކައިރިއަކަށް ޖެހިލާފަ. އެކަމުން އަވަދި ވެގެން ޔިކަމާ އުޅެވޭނީ.

  4. ލާލަ

    އައިޖީއެމްއެޗް ކަޑައިއްޔާ ނައިމަވީނު. ކޮންފަދަ ނުހޮރުއްޕާނެއްތަ މީ.

    • ހުސެނ

      ނުފޮރުއްޕާނެ ކޭ ކިޔާފަ އަނގަ ގަދަކުރަން ލަދެއް ނުގަނޭތަ.ލާލަ

    • ސަހަރޯ

      ކަޑަވީމަ ކަޑަ ވާހަވެސް ދައްކާނެ، ނުދައްކާ ވަރެއް ނޫނޭ..
      ފަރުވާދޭން ހަދާފަ ހުރި ތަނަކުން އެކަން އެކަސީގެންވާ ގޮތައް ނުވާތީ އެވާހަކަ ދެއްކީމަވެސް މިގޯސްވީ ވާހަކަ ދެއްކި މީހާ..
      މިކަހަލަ ބުރާނތީން މިތާ އުޅޭތީއޭ މިތަން ގޯހުން ގޯހައް މިދަނީ..

    • މާލެ މީހާ...

      ކަލޭގެ ދަރި އަކަށް ކަމެއް ދިމާ ވެއްޖެޔާ ނުރޮހޮޕާނޭ ކިޔަން ތަޅުން ގަނޑުމަތީ އޮވެބަލަ....ތި ހޮސްޕިޓަލަކަށް ވަދެވިއްޖެޔާ ލޭމައްޗަ ނުދާ ދުވަހެއް ނުދޭ....

    • ހައި

      މާދަން ލާލައަށްޗެސް މިހެން ހަދާފާނެ

  5. މާލޭ ތޮލް

    ތީދިވެއްސެއްވީމަ ވީގޮތް މިހާރުމިއޮތީ ބޭރުމީހުންގެއަޅުވެތިކަމުގަ އެމީހުންގަބޫލެއްނުވަނެ ދިވެހިންނައް ފަރުވަދޭކައް މިހާރުމިއޮތީ ބޭރުމީހުންގެވެރިކަމެއް ދިވެހިންހޯދިހަލާކުގެތެރެއައް ދިވެހިން ވެއްޓިޣަރަގުވަނީ

  6. މާޒީ

    ޔާމިނުގެ ނުބައިކަމާ އަނިޔާވެރިކަން ތިކަމުންވެސް އެނގެނީ.

    • ފަރުވާ

      ޔާމީނު ވެރިކަމުގަ ހުރެގެންތަ އެކުއްޖާއަށް އައިޖީއެމްއެޗް އިން ފަރުވާ ނުދެވި ލަސްވީ. ޔާމީނު ކޮންކަމެއް ކުރީ.

  7. އިންސާނާ

    ކޮބާ އެމްޑީޕީ ގުންޑާއިން ކީއްވެ ވަމަ ނުހިފާތިބީ

  8. މިލަންދޫ މީހާ

    ތީ ޔާމިނުމައްސަލައެއް އަދިވެސް އަތްބާނަނީއްޔޭ

  9. ހަަަހަ

    ޔާމީނު އައްޑޫ ސިޓީގައި ޓާޝިއަރީ ހޮސްޕިޓަލް
    އެޅި ނަމަ ތިކަން
    ނުވީސް

  10. ފޯކައިދޫ

    ކޮބާދެއްކުންތެރި ގޮޅާބޯ ބައްދަލެއްނުކުރޭތަ އަވަހައް ދުވޭ ގޮސްމިފަހަރު 30 ގަނޑު ފޮޓޯނަގާތި އެއީވަރައްހިއްބަލިކުއްޖެއް

    • ދޮގެއް؟

      އައްޑޫ މީހެއް ވީމަ ގަން** ދާން ޖެހޭނީ.

  11. ތޮލް

    ޔާމިނު އައްޑުވައް ފޮނުވިދޮކުޓަރުން ބައިތިއްބިނަމަވެސް އެހެންނުވީސް

  12. ދޮންބެ

    ތީ ޔާމީނުގެ މައްސަލައެއް. މިސަރުކާރުގެ މައްސަލައެއްނޫން.

  13. ބަންދޭ

    އަހަރެން މިތަނާ ހަވާލުވީ މިތަނުގެ ދުވަސްދުއްވާލަން މިކަންއަހަރެންކުރާނަން ހިތްފުރޭވަރަށް ލާރިކާލެވުނީމަ ވަޒީފާދޫކޮށްފިލާނަން ބަނޑޮސްވެސް ދަވާލީ ހަމައަހަރެން ، އަހާބަލަ ވަހީދުއްދީން ކުރެން މީ ދޮގެއްތޯ....

  14. މޮޔަމީހުން

    ބަލަ އެއީ ސަރުކާރުގެ މައްސަލައެއްނޫން އެއީ އެތާނގެ މެނޭޖަރުގެ މައްސަލައެއް.. އޭނާ ޑަކްޓަރުންނަށް އެމަޖެންސީ އަކީ ކޮބައިކަން ބުނެ ނުދޭތީ ވާހާ ކަންތައް... ޢަދި އެއްވާހަކަ ޔާމިން ބޮލުގަ އަޅުވަނީތިޔަ ބަލަ މިއަދު ވެރިމީހާޔަކީ ޔާމިނުތަ؟؟؟؟ ޕިސް ޕިސް ތީބޮޑުވަރު

    • ޑިމޮކްރަޓިސްޓް

      އެއީ ރައީސުގެ މައްސަލައެއް، އޭނަ ހެލްތްމިނިސްޓަރަށް އިމަޖެންސީއަކީ ކޯއްޗެއްކަން ބުނެނުދީ އޮތީމަ، އައިޖީއެމްއެޗް ހިންގަންހުރި ވެރިމީހާއަށް އެކަން ނޭންގުނީ. ޢަދި ވެރިމީހާ އަށް އިމަޖެންސީނޭންގުނީމަ އޭނަ އެތާންގެ މެނޭޖަރަށް އެމަޖެންސީއަކީ ކޯއްޗެއްކަން ބުނެނުދީ އޮތީމަ، އޭނަ ޑޮކްޓަރަށް އެކަން ބުނެނުދީ އޮތީ.. މީގަ ޒިންމާ ނަގަންޖެހޭނީ ދިވެހިރާއްޖޭގެ ރައީސް..

  15. ސިދާތާގެ!

    ކޮބާސިދާތާ އަނގަކުކުޅު މުންޖެއްހެން ހަދައިގެންނުކުންނަށްވީނު ހެލްތު މިނިސްޓަރ އަލިފާންކަނީދޯ އިބޫސޯލި *** **** ފިރުމަނީދޯ ކޮބާ ރ ޓީވީ ކޮބާ މިހާރު ކުދިންކޮޅު މިކަން ސިޔާސީ ކޮށްލަދީބަލަ ހާދަލޮނުމަޑޭ މިހާރުދޯ ވަރބަލިވީތާ

    • ހހހހހ

      އަނގަ އައްޕަޗި ވަޒީރު ނުދެނަހުރި ކަމެއް ވީކަންވެސް. ދެދުވަސް ކޮށްފަ ބުނާނެކަންނޭނގެ ބަނާނާ ރައީސްގެ ވެރިކަމުގަ ވީ ކަމަކަށް ވާތީ ތިކަމާ އެއްޗެއް ނުބުނެވޭނެއޭ.

  16. ާއަނގަ ގަދަ މިތުރު

    މިހާރު އައި،ޖީ،އެމް،އެޗްގައި ވަރަށް ފަރުވާކުޑަ މިކަން ރަގަޅު ކުރަށްޖެހޭ ހެލްތު މިނިސްޓްރީން
    ވަރަށް ސަލާމް

  17. ޝުކުރިއްޔާ ގައުމު

    ދުވަހަކަށްފަހު ދުވަހެއް ސިއްހީ ދާއިރާގެ ހާލަތު ނިކަމެތި ވަމުން ގޮސް 2009 އިން 2012 އާ ދެމެދު އޮތް ހާލަތަށް ދާނެ. މީ ހަމަ ކަށަވަރު ކަމެއް. ގާބިލުކަން ނެތް ބަޔަކާ ކަންކަން ހަވާލުވީމަ ވާނެ ހައެތި ތިތިބީ ވެފަ.

  18. ދދދދ

    ނިކަން އަވަހަށް."މިހާރު" ބަލާލަބަލަ. ކަމެއް ވެގެން އުޅޭކަން އެމީހުން ދެނަހުރިތޯ ބަލަން.

  19. ޑީ

    އައި.ޖީ.އެމް.އެޗް މީ ދުވަހަކު މެނޭޖްމަންޓް ރަގަޅު ނުވި ތަނެއްތަ.

  20. gais

    aigmh muvazzafun mihaaru rasmee gadeega thibenee social.media vefa. faruvaa dhinumakee emeehunkuran jehey kameh noon. comment kurumaa upload kurumaa like dhinun e ee emeehunge rasmee masaiykaiy.

  21. Anonymous

    ވަކި ސަރުކާާރަ އެއްޗިހި ކިޔަކަސް ވާނެ ފައިދާއެއް ނެއް ކުރިން ވެސް ކަން ހިގަނީ ތިޔަގޮތައް،ތިޔަ ޔާމީނުގެ ވެރިކަމުގަ ވެސް އޮތީ ހަމަ އައިޖީއެމްއެޗުނު ތިޔަ ގޮތަށް ފަރުވާ ކުޑަކޮށްފަ،،9އަހަރުގެ ކުއްޖަކު ވެއްޓިގެން ނޭވާާުުުުުނުލެވިގެން ދިިިއާމަވެސް އެކަމުގަވެސް އޮތީ ފަރުވާ ކުޑަކޮށްފަ

  22. ިިިރކނ

    ވަކި ސަރުކާރަ އެއްޗިހި ކިޔަސް ވާނެ ފައިދާއެއް ނެއް، އަބަދުވެސް އައިޖީއެމްއެޗް ކަންތައް ހިގާގޮތް

  23. ގައުމު

    މިއޮތީ ވާގައުމެއް؛

  24. ނަޢީމު

    ވަގުސަރުކާރު އައިތާ އަދި މިވީ ދޮޅުމަހެއްވަރެވެ. މިހާރުވެސް ކަރުބުޑުގައި ހިތިރަހަލާން ފަށައިފިއެވެ. ހުރިހާ ދާއިރާތައް ބޮއްސުންލައިގެން ދާތަން އެބަ ފެނެއެވެ.

  25. އާދަނު

    ތީ ހަމަ އެތާގެ ހާލު އަޅުގަންޑު ކޮށްކޮ ބޯފަޅައިގެން ގޮސްގެން ދިޔައީމަވެސް ބުނީ ނަންބަރެ ނަގައިގެން މަޑު ކޮށްލަން އޭރުވެސް ލޭ މަނާ ނުވޭ ދެން އެންމެ ފަހުން އޭޑީކޭ ދިޔައީ ދިޔައިމަ އެތަނުން މެމޯ ވެސް ނުހައްދާ ބެލީ ފަރުވާ ދެވޭތޯ ބޯ ފަޅައިގެން ދިޔަތަން ފަހާފަ ދެން ބުނީ މެމޯ ހަދަން

  26. ހަޤީގަތް

    އެއުޅެނީ އައި.ޖީ.އެމް.އެޗްވެސް އިންޑިޔާއާ ޙަވާލުކުރަން

  27. ލަޠީފް

    ރާއްޖެ ރައްޖެއަކަށްނެތް! ޖަޒީރާރާއްޖޭގައި އޮންނާނީ ރުށްގަލުބޭހާ ހަބަރުފޮތިގަނޑުއެޅުން! މިހާރު އެބަ ފެންނަމުންދޭ މިކަން! ފެންނަފެނުމަށްބަލާއިރު ރައްޖޭގެ މުސްތަޤްބަލް ވަރަށްބަނަ!

  28. ޑިމޮކްރަޓިސްޓް

    ހިންގުމުހެ މައްސަލައެއް.. އިސްތިއުފާދީފަ ގެއަށްދޭ.. ހިންގަންނޭންގޭމީހުންލައިގެން ހުރިހާތަނެއް އައުޓްސޯސްކުރަނީ.. ފެއިލް ސަރުކާރު.. ގެއަށްދޭ..

  29. ޢަހަންމާ

    ނޫނޭ ކަލޭމެން 138000 މީހުން (އޮޅުވާލި 40000 ވޯޓާއި އެކު)ގެ ނަތީޖާއިން ހޮވުނު ނަހަލާލު ައީސްގެ ފަހަތުގަ ދުވޭ. ޢެއްކަމެއްވެސް މެނޭޖް ނުކުރެވި މިހާ އަވަހަށް ބޮއްސުންލަނީ.

  30. މުހައްމާ

    އަދި ފަހުން ރަގަޅުވާނެ އަދި ތިބީ ޔާންބެއަށް ސަޕޯޓް ކުރާ މީހުން ވީމަ ކަންކަން ލަސްކުރަނީ އިންޑިއާ މީހުން ގެނާމަ ރަގަޅަށް ކުރާނެ!!!!!!!

  31. ޙިތާމަ

    ޢަހަރެންވެސް އިމަޖެންސީގައި ކުއްޖަކު ގޮވައިގެން ތި އައިޖީ އެމް އެޗު އަށް ދިޔައިން 3 ދުވަސްވީ އިރުވެސް އެންވެސް ޑޮކުޓަރެން އެކުންޖާ ބަލަން ނައިސްގެން ކައުންޓަރުގަ އިން ކުއްޖެއްގެ ގާތު މީ ކިހިނެންވާ ކަމެއަތޯ އެހުމުން ބުނީ ދާށޯ އޭޑީކޭޢަށް މިތަނަކުން ނުވާނެޔޯ. ފުރަތަމަ ޑޮކުޓަރަކު އައިސަގެންތާ ވާގޮތެއަވެސް އެގޭނީ. ޢެންމެ ފަހުން އޑުގަދަކޮންގެން 3 ދުވަސް ފަހުން ކުއްޖާ ބެލޭވަރުވީ. ތި އައިޖީ އެމް އެޗް އަކީ ވ ވ ވ ފަރުވަކުޑަ ބަޔެން ތި ބޭތަނެން. މަވާސަލާން.