ސިމެންތި ބަސްތާ ވެއްޓުނު ހާދިސާގައި ނިޔާވި ބަންގްލަދޭޝް ކުއްޖާގެ ހަށިގަނޑު ބަންލަދޭޝްއަށް ފޮނުވައިފިއެވެ.
އުމުރުން ހަތް އަހަރުގެ ރަވްޝަން ޖިއާންގެ ހަށިގަނޑު ބަންގަލަދޭޝްއަށް ފުރުވާލާފައިވަނީ މިރޭ 21:15 ހާއިރު ސްރިލަންކަގެ ފްލައިޓެއްގައެވެ.
ޖިއާން އަކީ ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާއެވެ.
އިއްޔެ ސިމެންތި ބަސްތާ ވެއްޓި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދަނިކޮށް، ޖިއާން ނިޔާވީ މިއަދު މެންދުރު އެވެ.
މި ނުރައްކާތެރި ޙާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުވަނީ، ރާއްޖޭގެ ހުރިހާ ކޮންސްޓްރަކްޝަން ސައިޓުތަކެއްގެ ސަލާމަތީ ކަންކަން ހުރި ނެތްގޮތް ބަލާ ވަޒަންކުރުމަށް އަންގަވާފައެވެ. އަދި، ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ކުއްޖާގެ އާއިލާއާ ރޭ ބައްދަލު ކުރައްވާފައެވެ.
މީގެއިތުރުން، މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ސީރިޔަސް މައްސަލައެއްގެ ގޮތުގައި މިކަން ބަލަމުން އަންނަކަމަށެވެ. ހަމައެހެންމެ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޝިދާތާ ޝަރީފުވެސް ވިދާޅުވެފައިވަނީ މިކަން ހިނގާދިޔަ ގޮތް ބަލަމުން އަންނަކަމުގައެވެ.
މާލޭ ސިޓީ ކައުންސިލް އިން ބުނެފައިވަނީ ޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުނިން ހަދަމުން ދިޔަ މި އިމާރާތް ހެދުމަށް ބޭނުންވާ ހުއްދަތައް ނަގާފައި ނުވާކަމަށެވެ. އެހެންނަމަވެސް، އެކުންފުނިން މިކަން ދޮގުކޮށް ބުނެފައިވަނީ އެކުންފުނިން މަސައްކަތް ކުރަމުން ދިޔައީ ނަގަން ޖެހޭ ހުރިހާ ހުއްދަތަކެއްވެސް ނަގައިގެންކަމަށެވެ.
ވަގު އިބޫގެ ވެރިކަމަށް ބަރާބަރު 30 ދުވަސް 7 މަރު މީހުން މަރާސަރުކާރު
?????
ތައުލީމީ ހާލަތު މަތިވީވީނުން މިގައުމަކުނެތް ދިވެއްސަކު އަދާކޮށްލާނެ ވަޒީފާއެއް. މަތީ ތައުލީމަށްފަހު ބިޑި ބުއިންނޫންކަމެއް ދަސްވެފަނެތް.
ގައުމުގެ ފުލުހުންގެ ހާލަތަކީ ލިބޭކޮންމެ ޕްރޮމޯޝަނަކަށް އަންހެނުން ވަރިކުރުން. ތިން ފަށަށް އަރާއިރު އަންހެނުން ހުންނަނީ ތިންފަތް ވެފަ.
ރަނގަޅަށް ތިމައްސަލަ ބެލިކަމުގަވަނީނަމަ ކުއްވެރިވާނީ އެކުއްޖާ، އެކުއްޖާގެ މައިންބަފައިން ސިމެންތިބަސްތާގެ އަގުވެސް ދޭންޖެހޭނެ އަދި މަސައްކަތް ހުއްޓިފަ އޮތްހުރިހާ ދުވަހަކަށް ބަދަލުވެސް ދޭންޖެހޭނެ.
ބަންގާޅިން އަގުހެޔޮވީމަޔޯ މިގެންނަނީ. މުސާރަ، ހުރުން، ކެއުންބުއިން، ބޭސްފަރުވާ، ހެލްތް އިންޝުއަރެންސް، ދެކޮޅު ޓިކެޓް، ވިސާ، މަރުވިއްޔާ މަރުގެ ދިޔަ، ބޮޑީ އާއިލާޔަށް ފޮނުވުން.
ދިވެހިމީހާޔަށް މުސާރަ އޮންލީ.