ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެތްތެރިކަން ވެސް އަދި ކޮޅުންލާނެ ކަމަށް ވިދާޅުވެ އެޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިރޭ އެމްޑީޕީއަށް އިންޒާރެއް ދެއްވައިފިއެވެ.

ޖޭޕީއަށް ބައެއް މީހުން ސޮއި ކުރަން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް މިރޭ ވިދާޅުވީ 87 ދާއިރާ އަށް ކުރިމަތިލާން ޖޭޕީ އިން ނިންމާފައި ނުވަނީ އެކަން ކުރަން ނުކެރިގެންނެއް ނޫނެވެ.

"ވާދަކުރަން ޖެހިއްޖެއްޔާ އަޅުގަނޑުމެންނަށް ވެސް 87 ދާއިރާ އަށް ވާދަކުރެވޭނެ. އަދި ކުރަން ވެސް ކުރާނަން،" ގާސިމް ވިދާޅުވި އެވެ.

މިއީ އެމްޑީޕީ އިން މަޖިލީހުގެ 87 ދާއިރާ އަށް ވާދަކުރާނެކަން އިއުލާން ކުރި ފަހުން ގާސިމް މިފަދަ ގޮތަކަށް ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.

ގާސިމް ވިދާޅުވީ ޖޭޕީގެ ޓިކެޓްގައި ރަސްމީ ސިފައެއްގަ ދާއިރާތަކަށް ނިކުންނަނަށް ބޭނުންވާ މީހުން ގިނައެވެ. މަޖިލީހުގެ ހުރިހާ ދާއިރާތަކަށް ނިކުންނަން ޖެހިވަޑައިގެންނެވިއަސް އެކަމުގައި ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޖޭޕީއަށް ނިސްބަތްކޮށް ތަފާތު ވާހަކަތައް ބަޔަކު މީހުން ދައްކަމުންދަނީ ކޯލިޝަން ރޫޅާލުމަށް ކަމަށާއި، ނަމަވެސް އެކަންކުރާ ޕާޓީއަކަށް ޖޭޕީ ނުވާނެ ކަމަށް ގާސިމް ވިދާޅުވާ ވިދާޅުވުން މިރޭ ވެސް އެމަނިކުފާނު ތަކުރާރު ކުރެއްވެވިއެވެ.

"ހަމަލާދޭން އަތް މަޅާލަންޏާ އަޅުގަނޑުމެންނަށް ވެސް އަތް މަޅަން ކެރޭނެ ދިފާއުގައި. އަތް މުގުރައިގެން ދިއުން ނުވަތަ ނުދިއުން އަދި އެއީ އެހެން ކަމެއް،" އޭނާ ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ގާސިމް ވާހަކަފުޅު ދައްކަވަނީ – ފޮޓޯ: ޖޭޕީ
މިރޭގެ ރަސްމިއްޔާތުގައި ގާސިމް ވާހަކަފުޅު ދައްކަވަނީ – ފޮޓޯ: ޖޭޕީ

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ މަޑުން އޮތީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނުކެރިގެން ނޫނެވެ. ޖޭޕީ މަޑުން އޮތީ ކޯލިޝަނެއްގައި ތިބުމާ ގުޅިގެން އެ ވިސްނުމާ އެއްގޮތަށް ގެންދަން ބޭނުންވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ގައުމީ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައިވަނީ، 2019 ވަނަ އަހަރުގެ މަޖިލީހުގެ އިސްދޫ ދާއިރާއަށް ޖެޕީގެ ޓިކެޓްގައި ކުރިމަތިލައްވާ އަލީ ހަމީދަށް ޖޭޕީގެ ޓިކެޓް ހަވާލުކޮށްފައެވެ.

ކޯލިޝަންގެ އެއްބަސްވުމާއި ހިލާފަށް އެމްޑީޕީ އިން ނިންމާފައި ވަނީ މަޖިލީހުގެ 87 ދާއިރާއަށް ވެސް ކުރިމަތިލާށެވެ. އެޕާޓީ އިން މިހާރު ތައްޔާރުވަމުން ދަނީ މަޖިލިސް އިންތިޚާބުގައި ޓިކެޓް ދޭނެ ފަރާތްތައް ކަނޑައަޅަން ޕްރައިމަރީ ބާއްވާށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އިބްރާހީމް

    ޤާސިމް ކޮއްކޯ. އެކޮއި ކިތަންމެ ވަރެއްކުރިޔަސް ކިތަންމެ ވަރަކަށް ފައިސާއިން ތަޅާ ބަލިކުރިޔަސް ދިވެހި ރައްޔިތުން އެކޮއި ދިވެހި ވެރިކަމާ ކައިރިވިޔަކަ ނުދޭނެ. މިފަހަރު ހުރިހާ ދާޢިރާޔަކަށްވެސް މީހުންނެރިގެން މިހާރު ހުރި ހުރިހާ ލާރިޔެއް ބަހަ ހެދިޔަސް ގެޔަށް ވަންނަން ޖެހޭނީ ހަމަ ހުސްއަތާ. އާދަމްބެ ބުނީމާ ދެން ނިކަން އެއްފަހަރުވެސް އަޑުއަހާލާފަ ތިކަމާ ފެޔަށް ޖެހިލަބަލަ. ކޮންކަމެއް ނުވެގެންތަ ތިޔަ އުޅެނީ. ހަމަ ޔަގީނޭ ދިވެހިރާއްޖޭގެ ރައީސްކަމަށް އެކޮއި އަޔަކަ ނުދޭނެ ދިވެހި އެކަކުވެސް.

  2. ޙައްވަ

    ސޭޓުވެސް ލާންވީނުން. ކާކުތަ ބުނި ނުލާށޭ. ހެޔޮނުވާނެ ލާބަލަ. އޭރުން ވެރިކަން ވައްޓާލާފަ ސޭޓަށް ވެރިކަން ލިބޭނީވެސް. ޙުވަފެން ހަގީގަތަކަށް ހަދާލަން ތިކަންކުރޭ.

  3. ބޮޑު ބާޣީ

    އާނ އާނ ބޮޑު ލާދީނީ ބައިގަނޑަކަށް ކަލޭގެ ފައިސާގެ ބާރުގަ ގައުމު ދީގެން ކަލޭ ތިކިުރަނީ ގައުމީ މަސައްކަތް. ތިކަހަލަ ގައުމީ މަސައްކަތް ނުކުރިޔަކަސް ހެޔޮ.

  4. ރާކަނި

    ހަޤީޤަތަކީ ވައުދުވެފަ ވައުދާ ފުރަތަމަ ޚިލާފް ބަޔަކީ އެމް.ޑީ.ޕީ ކަން. އެހެން ކަމުން ރައްޔިތުންނަށް އެކަންއެގޭ. ނަޝީދަށް ވާނެ ނަމަ މިނިވަންވީ ދުވަހު އިބޫ ކަންފަތުގައި ހިފާ ރައީސް އޮފީހުންނެރެ. ގޮޑީގައި އިށީނީސް

    • ޙނ

      ރާކަންޏާ. އަވާ މެންދުރުގެ ތެރޭގަތޯ. ރައީސް ނަޝީދު އޭ ކިޔައިގެން އަޑު ގަދަ ނުކުރޭ

  5. ކާސިމް

    ކީއްކުރާ ކޯލިޝަނެއް.. ގާސިމުމެން ތިތިބެނީ އަނގަ މުންޖެއްހެން ހަދައިގެން..އެމްޑީޕީއިން ގޮސް ރައްޔިތުން 1.4 ބިލިޔަންނުގެ ދަރަންޏަކައް ގަރަގުކުރާއިރުވެސް.

  6. ނަފީސާ

    އެމްޑީޕީން ޤަވްމު ވީދިޔަސް މަޑުން ހުންނަން ޖެހޭނީ! ޤާސިމަކަސް މައުމޫނަކަސް ޢިމްރާނަކަސް ހަމަ ރުހިގެން ތިބެންޖެހޭނީ! ވޭތުވެދިޔަ ދޮޅުމަހެއްގެތެރޭގައި މިބާވަތުގެ މުޑުދާރު އެތަކެއްކަމެއް އެމްޑީޕީން ކޮށްފި! ތީގެތެރެއިން ނުރުހުންވީމީހަކުނެތް! ކިރިޔާ މޫނުއަނބުރާލިޔަސް ރައީސް ޔާމީން ބުނިގޮތަށް ވާނޭކަން އެނގޭތީ އެ ލަދަށްޓަކައި ތިޔަ ތިބެނީ! ކިތަންމެ ކެއްކޮށްގެންތިއްބަސް ތިޔައެތިގަނޑު ރޫޅޭނެ! ގިނަވެގެން އަދި ދެމަސްދުވަސް ބަލާ !

  7. އަޙްމަދު

    އެމްޑީޕީއަށް ވަންޏާ ޖުމްހޫރީ ޕާޓިއަށްވެސް ވާންޖެހޭ. އަދި އެހެނިހެން ޕާޓީތަކުންވެސް އެކަންކުރަންވީ. މީ އެންމެންގެ ގައުމު. ރީނދޫ މީހުން އެކަންޏެއް ނޫން މިތާ ތިބެންވީ

  8. ޑާޑާޑާޑާ

    ކުއްޖާ މަރުވި ހާދިސާއިން ފިލާވަޅު ލިބި، ފިޔަވަޅު އަޅަން ޖެހޭ ކަމަށް ތަމެންގެ ރައީސް އިބޫ ބުނި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ތަމެން ގެންގުޅޭ ދަ ބަނޑު އަކިރި ކައުންސިލަރޭ މެން ކަޓް ޖައްސައިގެން އެމެންނޭ މާލޭގައި އިމާރާތް ކުރާ ތަންތަނަށް ހުއްދަ ދެނީ މިހާރު މަސައްކަތް ކުރަމުންދާ ހުރިހާ ކޮންސްޓްރަކްޝަން ސައިޓްސް ތައް ހުއްޓުވީ އެއީ އެމެން ލާރޖް ކަޓް ޖައްސަންއޭ އައި ކާންޓް ޓޭކް ދިސްޓައިޕް އޮފް ދަ ބަތާހަރާމީ ދަހަރާމްކޯރު ސްޓަފް ނޯމޯރ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ސަމްބަޑީ ހެލްޕް މައި ސައުލް ނައު...

  9. Miadhu

    ޖޭޕީގެ ކެތްތެރިކަން ކޮޅަކުންނޫން ބޮލުންލިއަސް އެމްޑީޕީއިން 87 ދާއިރާއަށް ވާދަކުރާނެ ޖޭޕީ އަކަށް ނުކެރޭނެ ޖޭޕީ ދާނީ ބޮނޑު ނަގުލަށް

  10. ޖާން

    ކަލޯ ކޮސްނުގޮވާ.
    ރޮގުދެމި ހުދު ހުނިފޯރމް ލައްވާފަ ހޮސްޕިޓާރ ތަކަށް ރަބަރެއްހެން ދަމާލި ދުވަސްތަކުގެ މަތިން ހަދުމަނެތުނީތޯ ؟ ކަލޮޔާއި ކަލޯގެ ޕާރޓީއޮތީ 2012 އިންފެށިގެން ހަރާންބަޤާވާތެއްކޮށް އޭގެރަހަ ލިބިފައި. އަޅުގަނޑުމެން ރީދޫ ލަޝްކަރު 2012 ވަނައަހަރުން ފެށިގެން މަގުމަތީގަ އަނބިދަރީން ދޫކޮށް ކުރިމަސައްކަތުން ﷲގެ ތަނަވަސް ރަޙްމަތުން ކަލޭމެން ތިޔަތިބީ މިނިވަންވެފަ. މިއަދު **** މީދާ **** ވާގޮތްވެގެން ތިޔަ ފެލެނީ.

    • ފިލިސޭޓު

      ޢެބަ ރަނގަޅު ވޭ ކުރިއަށް ކުރިއަށް..

  11. މުއުމިނު

    މުއުމިނެއްގެ ގަޔަށް އެއްހަރަކުން ދެފަރަކު ކައްޓެއްނުޖެހޭނެ ،، މީގެންއެގެނީ މުއުމިނެއް ނޫންކަން .......

  12. ހުސޭނުބޭ

    ސާބަސް ޤާސިމް! 4 ރިސޯޓާއި 4 އަނބިން ވިއްކާލައިފައިވެސް 87 ދާއިރާއާ ވާދަކޮށްގެން މެޖޯރިޓީ ލިބޭތޯ ބަލާތި! އޭރުން މަޖިލީހުގެ ރައީސްކަމުގައި ހުރެވޭނީ!

  13. އަލީ

    ގާސިމު ހޭއަރާ ދުވަސްދުއްވާލަން ސިއްރު ރޭވުންތަކެއް އަންނި ރާވަމުން އިބަދޭ/އަޑީގައިތިބީ އެމްޑީޕީގެ އިސްމީހުން

  14. ނަޖީ

    ޔަހޫދީ ޣަންނިޔަކަސް މިގަޣުމުގެ ވެރިކަމެ ނުލިބޭނެ ދެނެޣް

  15. ޒުނޭރާ

    ދަރަނީގެ ވާހަކަ ދައްކަން ލަދު ނުގަނޭތަ؟