ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން 20 ރަށެއްގައި ނަރުދަމާ ނިޒާމް ގާއިމުކުރުމަށްޓަކައި ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއާ ގުޅޭ އެންމެހާ ކަންކަން ބާތިލްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސްއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.
އޭސީސީ އިން ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހުށަހަޅާފައިވާ ގޮތަށް، ސްރީލަންކާގެ ކުންފުނިން ހުށަހަޅާފައިވާ އަގަށް އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަދީފައިވީ ނަމަވެސް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން މި މަޝްރޫޢުއާ ގުޅޭ އެއްވެސް ކަމެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހަޅާފައިނުވާކަމަށެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އެންގުމުން އެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގައި ހުރި ދަތިތައް ބަޔާންކޮށް، އެ މަޝްރޫޢު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް ކުރިއަށްގެންދިއުމަށް ފިނޭންސް މިނިސްޓަރަށް ފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގާފައިވާކަމަށާއި އެލަފައަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަމަލު ކޮށްފައިވާ ކަމަށެވެ.
މަޝްރޫޢު ކުރިއަށް ގެންދަން ނިންމީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން، އެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދީގެންނެވެ. އެގޮތައް ނިންމީ ސްރީލަންކާގެ ކުންފުނިން މި މަޝްރޫޢުއަށް ހުށަހަޅާފައިވާ އަގުކަމުގައިވާ 52 (ފަންސާސް ދޭއް) މިލިއަން ޔޫ.އެސް ޑޮލަރު އަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތަށް އެކަށީގެންވާ އަގެއްކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ބުނާ ބުނުމަށް ރިޢާޔަތްކޮށްގެންނެވެ.
ނަމަވެސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއަކީ އެ މަޝްރޫޢު ހިންގުމަށް "މާލީގޮތުންނާއި ފަންނީގޮތުން" އެކަށީގެންވާ ފަރާތެއްކަން ކަށަވަރުކޮށްފައި ނުވާކަމަށް އޭސީސީ އިން ވިދާޅުވެއެވެ.
20 ރަށުގެ ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުއާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު ކޮށްފައިވާ މުޢާމަލާތްތަކަށް ބަލާއިރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއަކީ މިފަދަ މަޝްރޫޢުއެއް ހިންގުމަށް މާލީގޮތުން ގާބިލް ފަރާތެއްނޫންކަން، އަދި އެކަން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް އެނގޭނެކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެއެވެ.
20 ރަށެއްގައި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރަން ނިންމާފައިވަނީ ފިނޭންސް މިނިސްޓަރ ދެއްވި ލަފައަކަށް ބިނާކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ އެ މަޝްރޫޢު ހަވާލުކުރުމުގެ މައިގަނޑު މަޤްސަދަކީ މި މަޝްރޫޢުއަކީ 2018 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމެނިފައިނުވާ މަޝްރޫޢެއްކަމަށްވާތީ ދައުލަތުގެ ކުންފުންޏެއްގެ ނަމުގައި ލޯނެއް ނަގައިގެން އެ މަޝްރޫޢު ކުރިއަށްގެންދިއުން ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.
"ސަރުކާރުން ހިންގާ މަޝްރޫޢުއެއްގެ ގޮތުގައި 20 ރަށުގެ ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދާނަމަ ދައުލަތުގެ ނަމުގައި ބޮޑު ލޯނެއް ނެގުމުން ދައުލަތުގެ ބޮރޮވިންގްސް އެތައް ސަތޭކަ މިލިއަން ރުފިޔާ އިތުރުވެގެންދާނެ." ބަޔާނުގައި ވެއެވެ.
މި މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ އަގުގެ ވަކިވަކި ރަށްރަށަށް ސްރީލަންކާގެ ކުންފުނިން ހުށަހަޅާފައިވާ އަގުތަކާއި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްކުރާނެ ފަރާތްކަމަށް ކަނޑައަޅާފައިވާ ކުންފުނިން (އެހެން ކުންފުންޏެއް) ދިވެހިރާއްޖޭގައި ކޮށްފައިވާ އަދި ކުރަމުންދާ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތަކުގެ އަގުތަކާ އަޅާކިޔާއިރު 20 ރަށުގެ ނަރުދަމާގެ މަޝްރޫޢުގެ ވަކިވަކި ރަށްރަށަށް ހުށަހަޅާފައިވާ އަގުތަކަކީ އާދަޔާ ޚިލާފަށް ބޮޑު އަގުތަކެއްކަމަށް ވެސް އޭސީސީ އިން ވިދާޅުވެއެވެ.
މިހާތަނަށް މި މަޝްރޫޢުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވާ ގޮތާއި މި މައްސަލައާ ގުޅިގެން ތަޙުޤީޤަށް ލިބިފައިވާ ލިޔުންތަކާއި ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކުރާއިރު، މި މަޝްރޫޢުއަކީ ވަކި ފަރާތަކުން ނުވަތަ ފަރާތްތަކަކުން މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމަށާއި ހޯދައިދިނުމުގެ ނިޔަތުގައި ވަކި ފަރާތަކާ ހަވާލުކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެއްކަމަށް ބެލެވޭކަމަށް އޭސީސީ އިން ވިދާޅުވިއެވެ.
މި މަޝްރޫޢުއާ ގުޅިގެން މިހާތަނަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި ސްރީލަންކާގެ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވަނީ ޓެކްނިކަލް އެގްރީމެންޓްގައި ކަމަށްވާތީއާއި، މި އެގްރީމެންޓް އިން ފާހަގަކުރެވޭ ކަންތައްތަކަށް ބަލާއިރު، މި ކޮންޓްރެކްޓްގެ މާއްދާތަކަށް ޢަމަލުކުރަން ފެށޭނީ 04 ކަމެއް ފުރިހަމަކުރުމުންކަމާއި އެކަންތައްތަކަކީ، (1) ކޮންޓްރެކްޓްގައި ސޮއިކުރުމާއި، (2) ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޮންސޯޓިއަމް ބޭންކްތަކާއެކު ލޯން އެގްރީމަންޓްގައި ސޮއިކޮށް، އެގްރީމަންޓަށް ޢަމަލުކުރަން ފެށުމާއި، (3) ކޮންޓްރެކްޓަރ އެޑްވާންސް ޕޭމަންޓް ސެކިއުރިޓީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ދިނުމާއި، (4) ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޮންޓްރެކްޓަރއަށް އެޑްވާންސް ޕޭމަންޓް ބޭންކް ޓްރާންސްފަރގެ ގޮތުގައި ދިނުންކަމަށް ބަޔާންކޮށްފައިވާއިރު، ތަޙުޤީޤަށް މިހާތަނަށް ލިބިފައިވާ ލިޔުންތަކުން އެނގޭގޮތުގައި މިހާތަނަށް ފުރިހަމަކޮށްފައިވަނީ އިސްވެ ދެންނެވުނު ހަތަރު ކަންތަކުގެ ތެރެއިން (1) ކޮންޓްރެކްޓްގައި ސޮއިކުރުން އެކަނިކަމަށާއި، ބާކީ ތިން ކަމެއް ފުރިހަމަވެގެން މެނުވީ ސޮއިކޮށްފައިވާ ޓެކްނިކަލް އެގްރީމެންޓްއަށް ޢަމަލުކުރުން ލާޒިމް ނުވާކަމަށް އޭސީސީ އިން ވިދާޅުވިއެވެ.
އެހެންކަމުން، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގޮތަށް ކުރިއަށް ގެންގޮސްފިނަމަ، ދައުލަތަށް އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ނުހަނު ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެކަމަށް ފެންނާތީ މި މަޝްރޫއުގެ ޕްރޮސެސް ބާތިލްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސްއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އެންގީ ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.
ޢޭސީސީ އަކީވެސް ފައިސާގެ ނުފޫޒު އޮންނަބަޔެއް. މިނިވަނެއް ނޫން ފޭކް ހަމަ
އަނހާ އެހެންތަ! ޔާމީންގެ ސަރުކާރުން ނަރުދަމާގެ މަޝްރޫޢުތައްވެސް ފަށައިގެން ކުރިއަށް އެބަދޭ އޮތަ؟ މިހާރު ދެން ހުއްޓުވާ. ދުވަސްކޮޅެއް ފަހުން އަލުން ކުރިޔަށް ގެންދާނީ. އޭރުން ރީނދޫ ސަރުކާރުން ކުރި ކަމަކަށް ހަދާލާނީ. ނޫނޭވާ ރަނގަޅު ޖޯކަރުންތަކެއް.
ކޮންތަނެއްގައި އޮތް 20 ރަށެއްބާ.ރާއްޖޭގައި ނުވަތަ އިންޑިއާގައި. މިކޮއްޔާމެނަށް އެއްޗެއް ލިޔާކަށްވެސް ނޭނގޭދޯ.
ސަރުކާރުގެ ފައިސާމެނޭޖް ކުރުމާއި ކަންކަން ކުރުމުގެ ޤާބިލް ކަމެއްނެތް.ރޭވުންތެރިކަމާއި
ވައްޓަފާޅިއެއްނެތް ބަޔެއް. ވީދިގެން ދާ ތަންތަން މަރާމާތު ކޮށް ފޫވެއްޓިގެން ދާތަންތަން ރަނަގަޅުކުރުމުގެ ޤާބިލިއްޔަތު ކަމެއްނެތް. މަގުމަތީގައި ވެރިކަން ވައްޓާލުމަށް ހަޅޭލަހޅޭލާ ތިބިބަޔަކު ވެރިކަމަށް އައީމަ އެކަން ކުރާނީ ކިހިނެއް. އެމީހުންނާ ހަމަގުޅެނީވެސް މުޒާހިރާ ކުރުމާއި މަގުމަތިގައި ހަޅޭލާތިބެން .
ދެން ތިކަންވެސް ތިނިމުނީ..ީއިންޑިއާ އަށް ވިކިހުސްވީ..ޖަޒީރާގަ އަތިރުިމަތި މާސަޅި ވާނެ..ކޮން ނަރުދަމާއެށް؟؟؟؟???
ތިޔަ ކޮމިޝަނަކީ ދެފުށް ދެގޮތް ކޮމިޝަނެއް ! ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ތަނެއް! މަނޫޅެން އެ ކޮމިޝަނުން ދައްކާހާވާހަކެއް އަޑު އަހާކަށް
ތިޔަ ކޮމިޝަނަކީ ނަޒާހަތްތެރިކަމުގެ މިންވަރެއވެސް އޮތް ތަނެއްނޫން
އެ 20 ރަށުގެ ނަރުދަމާ އަޅާ ގޮތް އޭސީސީ އަށް ކަމުނުދާތީވެ އޭސީސީން އެ 20 ރަށުގައި ނަރުދަމާ އަޅާދޭނެ ދޯ!