ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރަން ޖެހޭ ކަމަށް ދިވެހި ސަރުކާރުން އދ.ގައި މިއަދު އިއުތިރާފް ވެއްޖެއެވެ.
ނަމަވެސް ސަރުކާރުން ވިދާޅުވީ ދިވެހިރާއްޖޭގެ އަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބެންދެން، ދިވެހިރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށެވެ.
ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރަން ޖެހޭ ކަމަށާއި ނަމަވެސް ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ނުކުރާނެ ކަމަށް ސަރުކާރުން ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ދިވެހިރާއްޖެއިން ރަސްމީގޮތުން ދެކޭގޮތް އ.ދ.ގައި މިއަދު ބަޔާންކޮށްދެމުން އިއްވި ބަޔާނުގައެވެ.
ފޮރިން މިނިސްޓްރީ އިން ދެންމެ ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ރެޒޮލޫޝަނާ ގުޅޭގޮތުން އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި މިއަދު ނެގުމަށް ހަމަޖެހިފައިވާ ވޯޓުގެ ކުރިން، ދިވެހިރާއްޖޭގެ ސިޔާސަތު ބަޔާންކޮށްދެއްވަމުން، ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އަލީ ނަސީރު މުޙައްމަދު ވަނީ 2014 ވަނަ އަހަރު ވުޖޫދަށްއައި އައު ޤާނޫނުލްޢުޤޫބާތުގައި، ކަނޑައެޅޭ ވަކި ހާލަތްތަކެއްގައި އަދަބެއްގެ ގޮތުން މަރުގެ ހުކުމް ދެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެހުކުމް ތަންފީޒުކުރަން ޖެހޭކަމަށް ވިދާޅުވެފައި ކަމަށެވެ.
ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ 60 އަހަރު ވެފައިވާކަން ފާހަގަކުރައްވާ، އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1954 ގައި ކަމަށްވެސް ޑރ.އަލީ ނަސީރު ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެއްވައެވެ.
ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ތަނަކަށް އަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާ ހެދުމަށް، އެދާއިރާ މުޅީން އިސްލާހުކޮށް، ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެކަމުގެ ޔަޤީންކަންވެސް ދިވެހިރާއްޖެއިން ވަނީ ދީފައި ކަމަށް ފޮރިން މިނިސްޓްރީ އިން ވިދާޅުވިއެވެ.
އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި މިއަދު ނެގި ވޯޓުގައި، ދިވެހިރާއްޖެއިން ވަނީ "މޮރޮޓޯރިއަމް އޮން ދަ ޔޫސް އޮފް ދަ ޑެތް ޕެނެލްޓީ" (މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުން) ރެޒޮލޫޝަނާ ދެކޮޅަށް ވޯޓުދީ، ވޯޓަށް ހާޒިރުވެތިބި އ.ދ. ގެ މެމްބަރު ޤައުމުތަކަށް ސަބަބު ބަޔާންކޮށްދީފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހު ހާރިޖީ ދާއިރާ އިން ފުރަތަމަ ޔަގީންކަން ދެއްވި އެއް ކަމަކީ 65 އަހަރު ވަންދެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޛު ނުކޮށް އޮތް އޮތުން ސަރުކާރުން ދަމަހައްޓާނެކަކަމުގެ ޔަގީން ކަމެވެ.
ސަރުކާރުގެ އެނިންމުމަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ސަރުކާރުގެ ނިންމުން ބަދަލުކޮށްފައެއް ނުވެއެވެ.
ރާއްޖޭގައި މިހާރުވެސް ތިން މީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޛު ކުރުމަށް، ޝަރުޢީ ކޯޓުތަކުން ވަނީ ޙުކުމް ކޮށްފައެވެ.
މަރުގެ ޙުކުމް ރާއްޖޭގައި ތަންފީޒު ކުރުމަށް ޤަވައިދެއް ހަދާފައި އެބައޮތެވެ. ޔާމީންގެ ސަރުކާރުން ހެދި އެޤަވައިދު އޮތްގޮތުން ސުޕްރީމް ކޯޓުން މަރުގެ ޙުކުމް އިއްވާފައިވާ މީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރަން ޤާނޫނީ އެއްވެސް ހުރަހެއް މިހާރު ނެތެވެ.
ލާދީނީ މީހުން
ޔާމީން ވެރިކަމުގައި ވެސް ކުރަން އެކަމަކު ނުކުރެވުން...
އެކަމަކު ލާދީނީ އީ މޑޕ މީހުން އިނގޭ. ދީނަށް ފުރައްސާރަ ކޮށް އެހެން ދީން ތަކަށް ނޫޅެވިގެން މޮޔަވެގެން އުޅޭ ބައިގަނޑު. ވަރަށް ސަލާމް.
ތިޔާހެން އުޒުރު ދައްކާއިގެން މަރުގެހުކުމުން ބޯދަމާ ގަނެގެން ނުތިބެވާނެ. ﷲ ބައްލަވާ ވޮޑިގެންވޭ. ކާފަރު ރުއްސަންވެގެން ނޫޅުއްވާ. ޝަރުއީދާއިރާ ކިތަންމެ އިންސާފުވިޔަސް ކޮންމެސް އެކަކުގެ ހިތްހަމަނުޖެހުން އޮންނާނެ. ވީމާ ތިވިދާޅުވާ އިންސާފުވެރި ޝަރުއީ ދާއިރާއެއް ގާއިމްކޮށްގެން ﷲ ގެ ހުކުމް ފުޅުތައް ގާއިމެއް ނުކުރެވޭނެ. ބިރުވެތި ވެލައްވާ. ބައެއް ބޭފުޅުން މަރުގެ ހުކުމް ތަންފީޒުކުރުން ދަންމާލެވޭނެ ގޮތުގެ ލަފާދެއްވާތީ ހިތާމަކުރަން. ހުރިހިތާމައެއްގެ ބޮޑުކަމާއޭ
ބަލަ އޭ މިހިރަ ގަމަރު ވިސްނުމާ. ބޯދަމާގަަތީ އިބޫއެއްނޫން. ބޯދަމާގަތީ ކަލޯމެންގެ ކަލެއްކަމަސް ތިޔަދެކޭ ބޮޑު ވަގު ޔާމީނު. ކީއްވެ މަތުގެ ހުކުމް އިއްވީމާ އެކަން ތަންފީޖު ނުކުރީ. މިސަރުކާރު މަރުގެ ހުކުްމ ތަންފީޛު ކުރާނަމެ ގަޓްހުރި ސަރުކާކރެކޭ ކިޔައިގެން އަގައެރުވީ. ކޮބާ ކުރި ތަންފީޛެއް. އިސްލާމްދީުގެ ޙުކުމަކާ ސީދާ ދެކޮޅުހެދި ޙާކިމަކާށް ކިޔާނެ ނަމެއް ބުނެބަލަ. ޙާކިމަކަށްވެހުރެ އިސްލާމްދީނުގެ އެވަރުގެ ޙުކުމެއް ތަންފީޛު ނުކުރާމީހަކު ކުފުރު ނޫން ދެން ކޮންކަމެއް ވާނެބާ،. ﷲގެ ޙަޟްރަތުގަ ޔާމީނަކަށް ބަލާނެ އެއްވެސް ތަންކޮޅޭއް ނޯންނާނެ. އެހެންވީމަ ވައްކަން ކުުރުމާ ޚިޔާނާތާ ކޮރަޕްޝަނާ އެކު ﷲގެ ޙުކުމަކާ ސީދާ ފާޅުގަ ދެކޮޅު ހެދިމީހަކަށް އިސްލާމްދީންގެ ހުކުމް ތަންފީޛު ކުރަންޖެހޭނެ. އަހަރެން ބޭނުން އެކަންތަންފީޛު ކުރައިރު ހެކިވެރިޔަކަށް ވާން. އަވަހަށް ހަވަރާ ހަވާލުކޮށްލާ
ކަލޭގެ މުޅި އައިލާތީ ބޮލައްފިތިފަ ގަމާރުން، ބޯދަމަން ބަހަނާދައްކަނީ ލާދީނީ އެމްޑީޕީގެ މީހުން!!!! **** އަދި ނޭގޭ ވާހަކަ އެބަދައްކައޭދޯ، އެންމެފުރަތަމަ ކެނަރީގޭ ސޮނިބެގެ ވެރިކަމުގަ އެކަމަށް އިންކާރުކުރީ!
އޭ ކަލްޓިސްޓް! ދީނަށް ފުރައްސާރަ ކުރުމާ އިސްލާމީ ޝަރީޢަތް ގާއިމް ނުކުރެވުމާ އެއީ އަޅުވާ ކިޔޭ ވަރު ދެ ކަމެއް ނޫން. އަދި ބުނަންތަ. ކަލޭމެން ކޮރަޕްޝަނޭ ހިޔާނާތޭ ބުންޏަސް ތި ގަބޫލު ކުރަނީ ހަމައެކަނި ކަލޭމެންގެ ލާދީނީ ބައިގަނޑު. ވިސްނޭތަ މިކިޔާ އެއްޗެއް؟ އަވަހަށް ރޫޙާނީ ކަލާނގެ އަށް ސަޖިދަ އަށް ތިރިވޭ.
އިންޑިޔާއިން ނެގި ދަރަނީގެ ވާހަކަ އޮއްބާލަން ދައްކާ ދަޅައެއްތީ..
ބަލަ ރަނގަޅުކަމެއް ކުރުމުން އެކަމަށް މަރުހަބާ ކިޔަން ޖެހޭ ދެން ހުރި ވާހަކަތައްވެސް ދައްކާގޮތަށް.
މާ ރަނގަޅު ވާ ކަމަށް ހެދިގެން ގައުމު ވިއްކާލާއިރު މީހުންނަށް އޮޅުވާލަން ވާހަކައެއް ދައްކާއިރު ވެސް އެ ވާހަކަ ދައްކަން ޖެހޭ.
ހަގީގަތަކީ މަރުގެ ހުކުން ތަންފީޒު ނުކުރާ ގައުމެއް ދުނިޔެ އަކު ނެތް. އެއީ އޮންނަ ހުކުމެއް. މިއަދު ތިޔަ ވޯޓުގާ އިސްލާމީ ޝަރީއަތާ އެއްކޮޅަށް ވޯޓް ދިނީތީ އިބޫގެ ސަރުކާރަށް ޝުކުރުވެރި ވަން.
އިސްލާމް ދީނޭ، ދީނުގެ އުސޫލޭ ބުނެއްފިއްޔާ މަރުގެ ޙުކުމެއް ތަންފީޒެއްކުރާނެ ކަމެއްނެތް! އަދި ކިއެއް ބަންގި ގޮވާނެކަމެއްވެސް ނެތް. ޤުރުއާން ކިޔަވާނެކަމެއް ވެސް ނެތް! އެކަމަކު ހުޅަނގުގެ ޑިމޮކްރަސީއޭ ބުނެފިއްޔާ އެވީ މަރުގެ ޙުކުމް ތަންފީޒުކުރަން.
އިންޑިޔާ ލޯނުގެ ވާހަކަ ނުދާއް ކައެއް ނުތިބޭނަން
ދެންކޮށްބަލަ. ކީއްވެ ނުކޮށް ތިތިބެނީ. ހުރިހާ ބާރެއް މިހާރު އެބައޮތެއްނޫން
ތިޔަ ކިޔަނީ ހަމަ އެއްލަވައެއް ލަވައިގެ ކަޑިތަށް އިސްފަސްކޮށްގެން ބަސްމަގުގެ ތަރުތީބު އޮޅުވާލިޔަކަަސް ކިޔަން އުޅޭ އެއްޗަކާއި ތިޔަ ބުނަން އުޅޭ އެތި ވަރަށް ސާފު އެހެންވީމަ ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ އަކީ އިސްލާމީ ޝަރީއަތް ޤާއިމް ކުރަންޖެހޭ ގޮތަަށް ފަރުމާކުރެވިފައިވާ އެއްޗަކަށް ވާތީވެ އެކަން ރާއްޖެއިން ކުރަން ތިމަންނަމެނަަށް އެބަ ލަަޒިމްވެޔޭ ތިޔަ ވިދާޅުވަނީ އެހެންވީމަ މިހާރުގެ.ޤާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަމުގެ ރެޑް ސިގްނަލެއް ތިޔަ ދިނީ
ދެން އެހެނވީއިރު ތިޔަބުނާ ޔާމީނަކު ފަސްއަހަރު ވަންދެން ވެރިކަން ކުރިއިރު ކީއްވެ މަރުގެ ހުކުމް ތަންފީޛު ނުކުރީ. ގައިމު ޔާމީނުގެ ވެރިކަމުގައި ހުކުމް އިއްވީ، ހުކުމް ތަންފީޛު ކުރަންޖެހޭނީކީ ހުކުމް އިއްވާތާ ފަސްއަހަރު ފަހަކުން ނޫން. އެހެންވީއިރު ޝަހީމަކާ ދެންތިބި ހުިރހާ ޝޭޚުންވެސް ޔާމީނު ވެރިކަމަށް ގެނައުމަކީ ދީނީ ވާޖިބެކޭ ގޮވަމުން ދުވުނުއިރު އިސްލާމްދީނުގެ އެވަރުގެ ބޮޑު އަމުރެއް ހާކިމެއްގެ ގޮތުގައި ހުރެ ތަންފީޛު ނުކުރި ވެރިޔަކު އިސްލާމދީނުގެ ހުކުމްތަކާ ކަނޑައެޅިގެން ދެކޮޅު ހެދިއިރު ހަމަ އެކަމާ އަގައިން ނުބުނީ ކީއްވެ. ކާކު އެހެންވީމަ ލާދީނީވީ.
މިއީ ހަމަ ސޯލިހުގެ ދެބޯގެރި ދުއްވުން ...
ދެ ފަހަރު ދެގޮތަށް އެ ބުނަނީ ! ކުރިން ބުނީ މަރުގެ ހުކުމް ތަންފީޒް ނުކުރާ ވާހަކަ!
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހު ހާރިޖީ ދާއިރާ އިން ފުރަތަމަ ޔަގީންކަން ދެއްވި އެއް ކަމަކީ 65 އަހަރު ވަންދެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޛު ނުކޮށް އޮތް އޮތުން ސަރުކާރުން ދަމަހައްޓާނެކަކަމުގެ ޔަގީން ކަމެވެ.
100 ދުވަހުގެތެރޭގައި އަދުލު އިންސާފުގެ ކަންތައްތައް ހަމަޔަކަށް އަޅުވާލާފައި މަރުގެ ހުކުމް ތަންފީޒުކުރަން ފަށަންވީނޫންތޯ؟
ބަހަނާ ދައްކާބައެއްތީ، އަދުލު އިންސާފް ގާއިމްކުރުމަށް ރައްޔިތުން ހަވާލުކޮށްފަވަނީ ސަރުކާރާ، އެކަން ނުކުރެވެންޏާ ރައްޔިތުން ހަވާލުކުރި މަސްއޫލިޔަތު ތަކުން އެކަހެރިވޭ!!!
ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާ ކަމަށްވާ ކޯޓްތަކަށް ދިވެހި ރައްޔިތުންގެ އިތުބާރު ދެން ދުވަހަކު ވެސް ނުލިބޭނެއެވެ. އެއިތުބާރު ނަގާލީ ހަމަ ސޯލިޙުމެންނެވެ. އެ ދާއިރާ އަށް ރިޝްވަތުދީގެން ޣައިރު ގާނޫނީ އަމުރު ނެރެގެން ސަރުކާރު ވައްޓާލަން އުޅުމާ ވޯޓުގެ ވައްކަން ފަޅާއެރުމުންވެސް އެކަން ކަލޭމެންނާ އެއްކޮޅަށް ނިންމާލުމާ ޙުކުމް ތަންފީޒު ކުރަމުން ދިޔަ ބޮޑެތި މުޖުރިމުން މީހަކުފުލު މީހެއް ދޫކޮށްލީ އިންސާފުން ނޫންކަން ދުވާލުގެ އަލި ކަންހާ ސާފެވެ. އެހެންކަމުން ޢަދުލު އިންސާފުގެ މުޅި ދާއިރާ އެއޮތީ ކަލޭމެންގެ ނުފޫޒާހެދި މުޅިން މުޑުދާރުވެ ޚަރާބުވެފައެވެ. އެކަން ދެން ދުވަހަކުވެސް ރަގަޅެއްނުވާނެ އެވެ. އެހެންކަމުން އެކަން ރަނގަޅު ވުމަށްފަހު ކަމެއްކުރަން ގަޞްދު ކުރާ ނަމަ ދުވަހަކުވެސް އެކަމެއް ނުވާނެ އެވެ. ތިމަންމެން ރައްޔިތުން ނަށް ބޯހިޔާވަހިކަންދޭނީ އުޑުގަ ނުޖެހި ބިމުގައިވެސް ނުޖެހި އޮންނަގޮތައް ތަނެއް ތައްޔާރުކޮށްފައި އެތަނުންނޭ ބުނީމާ ރީނދޫފިކުރުގެ މީހުން އަތްތިލަބަޑި ތެޅިޔަސް އެއީ ވާނެކަމެއް ނޫންކަން ސަލާމަތްބުއްދި ހުރި އެންމެނަށްވެސް އެނގޭނެއެވެ.
މި ސަރުކާރަކުން ތިޔަ ކަމެއް ނުކުރާނެ! މަރުގެ ހުކުމް ސަރުޢީދާއިރާގެ ދަށަށްލައި ފޮރުވާލީ ރައްޔިތުންނޭވޭ ހޭއަރާ
މި ސަރުކާރަކުން ތިޔަ ކަމެއް ނުކުރާނެ! މަރުގެ ހުކުމް ސަރުޢީދާއިރާގެ ދަށަށްލައި ފޮރުވާލީ ރައްޔިތުންގެ ލޮލުގައި އަދުން އަޅުވާނެ މޮޅުގޮތެއް ތިޔަހޯދީ ރައްޔިތުންނޭވޭ ހޭއަރާ
އިބޫ ސޯލިހޫހޫހޫ ...........އަޅެ ދައްކަބަލަ އަންގަ ކިތައް ދޫ އެބައޮތްތޯ ބަލާލަން ބޭރުން ދެއަނގަ ފެންނާކަށް ނެތް ދެދުވަހު އެކައްޗެކޭ ނުކިޔާތީ!
މިހާރު ސިރިސޭނާވެސް ސަރުކާރާ ދެކޮޅު އެގޮތަށް އިބޫ ސޯލިހުވެސް މިހާރު ސަރުކާރާ ދެކޮޅު ކަމަށް ހަބަރު ލިބޭ