ހއ.އިހަވަންދޫ މަސްދޯންޏަކުން 12 ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވާފައިވާ ކަމަށް އެ ދޯނިން ބުނެފިއެވެ.

ކަންނެލި މަސްވެރިކަން ކުރާ އިހަވަންދޫ "މާހޯރަ-3" ދޯނިން އެ މާވަހަރު ހޮވާފައިވަނީ ކަންނެލި މަސްވެރިކަމަށް ނިކުމެ އުޅުމުގެ ތެރޭގައި އިއްޔެ ހެނދުނެ ވަގުތެއްގައެވެ.

ދޯނީގެ ކެޕްޓަން އިބްރާހީމް ރަޝީދު "ވަގުތު" އަށް މަޢުލޫމާތު ދެއްވި ގޮތުގައި، މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް އެ ދޯނިން ހޮވާފައިވަނީ ކަންނެލި މަސްވެރިމަށް ނިކުމެ އުޅުމުގެ ތެރޭގައި ހއ.ތުރާކުނާ ދިމާލުން 30 ވަރަކަށް މޭލު ބޭރުންނެވެ.

"މާވަހަރެއް ކަމަށް ލަފާކުރެވޭ އެއްޗެއް އެބަ ގެންގުޅެން، ޓެސްޓް ހަދާލީމަ ޔަޤީން ވާނީ. އިއްޔެ ގާތްގަނޑަކަށް 10 ޖަހާލާ ކަންހާއިރު މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ތުރާކުނާ ދިމާލުން ގާތްގަނޑަކަށް 30 ވަރަކަށް މޭލު ބޭރުން. ކަންނެލި ކޮޅު ކިރުވާލައި، ޓެސްޓު ކުރުމަށާ އެއްކޮށް މާލެ ދަތުރު ކުރުމުގެ މަގުމަތީގައި މިއުޅެނީ." މާހޯރަ 3 ގެ ކެޕްޓަން އިބްރާހީމް ބުންޏެވެ.

12 ކިލޯގެ މާވަހަރެއް ހޮވިއިރު، މި މޫސުމަކީ ކޮންމެ އަހަރެއްގައިވެސް އާއްމުކޮށްވެސް ކަނޑުމަތިންނާއި، ރަށްރަށުގެ ގޮނޑުދޮށްތަކުން މާވަހަރު ފެންނަ ދުވަސްވަރެކެވެ. ނަމަވެސް މިއަހަރުގެ މި މޫސުމުގައި މާވަހަރެއް ހޮވިކަމުގެ މަޢުލޫމާތު މީޑިއާއަށް ތިލަވި މިއީ ފުރަތަމަ ފަހަރެވެ.

އިހަވަންދޫއަކީ މަސްވެރި ރައްޔިތުންތަކެއް ދިރިއުޅޭ، މަސްވެރިކަން ކުރާ ގިނަ އަދަދެއްގެ ކަންނެލި ދޯނިތައް އެރަށަކަށް ނިސްބަތްވާ މަސްވެރި ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. No one

    المدللة

    • އަަހަރެން

      މި ކޮމެންޓުގަ ލިޔެފަ މީނީ ކީކޭބާ؟؟؟؟؟

  2. ޚހފހވ

    ޢޯ މައި އައިލެންޑް

  3. ބުރެކި ރަނިން

    އިންޑިޔާ އަށް ވެދުމަކަށް ގެންދޭ... ފަހަރުގަ ދިވެހިރައްޔިތުންގެ ދަރަނި ކަނޑާލަ ދީފާނެ ތޯއްޗެއް...

  4. މުނާ

    ﷲ އޭގައި ބަރަކާތް ލައްވާށި

  5. އެދުރުބެ

    އިހަވަންދޫ ދޯނި ފަހަރަކީ މާވަހަރު ވަރަށް ގިނައިން ހޮވާ ބައެއް ﷲ މިވެރިންނަށް ރިޒްގް ދެއްވަނީތާ!

  6. އެދުރުބެ

    އަލްހަމްދު ލިﷲ މީގައި ބަރަކާތް ލައްވާންދޭ ! މި މާވަހަރުން ލިބޭ ފައިސާ ފަޤިރުންނާއި މިސްކީނުންނަށް ޞަދަގާތް ކުރެއްވުން އެދެން

    • މ

      އާމީން

  7. ޒޫނާ

    އަޅުގަނޑުވެސް ބޭނުން މާވަހަރެއް ހޮވަން. އަދި ވަރަށް ވަރަށް ބަރު މާވަހަރެއް ހޮވަން ބޭނުމީވެސް! މާތްﷲ އަޅުގަނޑަށް ވެސް އެފަދަ ނިޢުމަތެއް މިންވަރު ކޮށްދެއްވާށިއެ...އާމީން.