ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ނަގާ އަގު ކުޑަކުރުމަށްޓަކައި މިނިސްޓްރީގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްތައް ކޮށް ނިންމެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ވިދާޅުވެއްޖެއެވެ.

ސިވިލް އޭވިއޭޝަން މިނިސްޓްރީން އިތުރަށް ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގުތައް ކުޑަކުރަން ޖެހޭއިރު، އެކަން ކުރެވޭނީ މިނިސްޓްރީ އޮފް ފިނޭންސް އާއި ރައީސް އޮފީހުގެ ލަފައާއި އިރުޝާދުގެ ދަށުންކަމަށެވެ.

ދެ ދުވަހެއްގެ ތެރޭގައިވެސް އަގުތައް ހެޔޮ ކުރެވިދާނެކަމަށް މީގެކުރިން ސިވިލް އޭވިއޭޝަން މިނިސްޓްރީ އިން ވިދާޅުވެފައިވާއިރު މިއަދުވެސް އެމިނިސްޓްރީ އިން ވިދާޅުވެފައިވަނީ ވަރަށް އަވަހަށް އުދުހުންތަކުގެ އަގު ހެޔޮ ކުރެވިގެންދާނެކަމުގައެވެ.

ރާއްޖޭގެ އެއް އެއަރޕޯޓުން އަނެއް އެއަރޕޯޓަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފުރަތަމަ 100 ދުވަހުގެ އަމާޒުތަކުގެ ތެރެއިން މިކަން ހިމަނާފައިވަނީ ފުރަތަމަ 30 ދުވަހު ކުރަން ކަނޑައަޅާފައިވާ ކަމެއްކަމުގައެވެ. އެހެންނަމަވެސް، އިއްޔެ ސަރުކާރަށް 30 ދުވަސް ފުރުނުއިރު މިކަން ކުރެވިފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢެޔަ

    ޟިސަރުކާރަށް 30 އަހަރު ފުރުނީ އިއްޔެއާ ހަމައަށޯ؟ 30 ދުވަސް 30 އަހަރު ކަމަށް ބެލެވޭނީ ކިޔާ ފޫހިވީމާ ދޯ

  2. India ލޯނު

    އިބޫގެ އެންމެ ވަރުގަދަ އެއްވަޢުދު ވަޒީފާ ތަކުންމީހުން ނުކަނޑާނެކަމާއި ވަޒީފާގެ ބިރުވެރިކަން އެއްވެސް މީހަކަށް ނޯންނާނެކަމަށް ވީވަޢުދެ ރ. ރަސްގެތީމުގަ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި 15 ވަރަކަވަޒީފާގެތެރެއިން 90 ޕަސަންޓު ވަޒީފާއަކީ އެމްޑީޕީގެ މީހުނައްލިބިފަވާވަޒީފާ އެއިގެތރެއިން ޚާއްޞަ ކޮށް ފާހަގަކޮށްލާނަން އެމްޑީޕީގެ ކަުއުންސިލްގެ ރައީސްގެ އަނބިކަބަލުންނައް ވަޒީފާ ދީފައޮންނާނި