ޝަރުޢީ ނިޒާމު ރަނގަޅުކަމަށް ޤަބޫލު ކުރާ ފަރާތްތަކުން، ފަސް އަހަރުގެ ވެރިކަން ނިމިގެންދިޔައިރު މަރުގެ ޙުކުމް ތަންފީޛު ނުކުރީ ކީއްވެތޯ، ކިނބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މި ސުވާލު ކުރައްވަވާފައިވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓުކަން ކުރެއްވި އަދި ކުރިން އިސްލާމިކް މިނިސްޓަރުކަމާއި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުކަން ކުރައްވާފައިވާ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދަށެވެ.

ޕީޕީއެމްގެ ޖަލްސާގައި ޝަހީމް ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޕީޕީއެމްގެ ޖަލްސާގައި ޝަހީމް ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޑރ. ޝަހީމް ވިދާޅުވެފައިވަނީ މަރުގެ ޙުކުމް ތަންފީޛު ކުރުމުގެ މައްސަލައިގައި އަދުލުގެ ނިޒާމާ ބެހޭ ވާހަކަތަކަކީ އިސްލާމީ ޝަރީއަތާއި ބުއްދީގެ ނަޒަރުން ބަލާއިރު ހަމަޖެހޭ ވާހަކައެއްކަމަށް ނުދެކޭކަމަށެވެ. އަދި، ޝަރީއަތުގެ ޙުކުމެއް ތަންފީޛު ނުކޮށް ލަސްކުރެވޭނީ ޤުރުއާނާއި ސުންނަތުގެ އަލީގައި ޝަރުއީ ގޮތުން ޤަބޫލު ކުރެވޭ އުޒުރެއް އޮވެގެންކަމަށެވެ.

މިކަންތައްތަކަށް ރައްދު ދެއްވާ ރިޔާޒު، ޝަރުއީ ނިޒާމު ރަނގަޅުކަމަށް ޤަބޫލު ކުރާ ފަރާތްތަކުން މިދިޔަ ފަސް އަހަރު ދުވަހުގެ ވެރިކަމުގެ ތެރޭގައި މަރުގެ ޙުކުމް ތަންފީޛު ނުކުރެއްވީ ކީއްވެތޯ ސުވާލު އުފައްދަވާފައިވަނީ ޓްވިޓަރގައެވެ.

އިއްޔެ އދ.ގައި ރާއްޖެއިން ހާމަކޮށްފައިވަނީ އަދުލު އިންސާފު ޤާއިމްކުރުމުގެ ނިޒާމު ރަނގަޅުކޮށްގެން ނޫނީ މަރުގެ ޙުކުމް ތަންފީޛު ނުކުރާނެކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މައުމޫނު

    އެއީ ވަކިބަޔަކު ކުރަންޖެހޭ ކަމެއް ނޫން އަދި ވަކިސަރުކާރަކުން ކުރަންޖެހޭ ވެސް ކަމެއްނޫން..މުސްލިމް ގަވްމް އަކަށް ވީހިދު ﷲ ގެ ހުކުމް ފުޅަށް ތަބާވާން ޖެހޭނެ...ޔާމީނުގެ ފަސް އަހަރު ނުކުރިޔޭ ކިޔާފަ ރިޔާޒްމެން އެކަން ނުކުރަންޖެހޭ ސަބަބެއް ނެތް

  2. ޙާލިދު

    މި ރިޔާޒު މީ އިސްތިއުފާގެ ސިޓީ ކިހިލި ޖަހައިގެން ހިނގި މީހާ. ކޮން ހައިސިއްޔަތަކުންބާ ހިނގީ. މަހާނައޭ ކިޔާބަލަ.

  3. ޜާއްޖެ އިސްލާމް

    ޜައީސް ޔާމިން ސަރުކާރުގެ ދުވަސްވަރު ޝަރުޢީ ދާއިރާއިން ކޮއްފަ ހުރި ހުރިހާ ހުކުމެއް މިޔަދު ތިޔަ ގައްދާރުންގެ ނުގޫޒުގައި އިންޑިއާއިން ރިސްވަތުދީގެން ތިޔަ ގެންދަނީ އެކޮޅުކޮޅުން ޖަހަމުން.

    ތިޔަ ގައްދާ ޕޮލިސް ކޮމިޝަނަކަށް ހުރެ ތަހްގީގްކުރި މައްސަލަވެސް އޭގެ ތެރޭގައި ހިމެނޭ.

    މިހާރު ޝަރުޢީދާއިރާއިން ޢަމްލަ ކުރަމުން އެދަނީ އިންޑިއާއިން ބުނާގޮތަކަށް

    ރައީސް ޔާމީންގެ ވެރިކަމުގައި މަރުގެ ހުކުމް މީހކަށް އިއްވިނަމަ މިޔަދު ބުނާނެ މަރުގެ ހުކުމް ތަމްފީޒް ކޮއްފަ އެވަނީ މަރުގެ ހުކުމް އިއްވަން ޖެހޭ މީހަކަށް ނޫނޭ އެހެން ވެއްޖެނަމަ ދެންކިހެނެއް ހަދާނީ ހުކުން އިއްވި މީހާ މަރާލާނީތޯ

  4. ރަށުމީހާ

    ދީނީއިލްމުވެރިންދައްކަވާޢިލްމީވާހަކަތަކަށްޖަވާބުދޭންކަލެއަކީކާކު އަފްރާޝީމުގެމަރުގެމައްސަލައިމައުލޫމާތުއަދިވެސްތިހިރީފޮރުވައިގެން އެއީކީއްވއ

  5. حسن أحمد سليم

    ލަދުހަޔާތްކުޑަ މީހުންނަކީ އުޅޭ ބައެއް. އެހެނަސް މި عبداللّٰه رياض ވަރުގެ ލަދުހަޔާތްކުޑަ މީހަކު މިވުޖޫދަކު ނުވާނެކަނެކަން ކަށަވަރު.

  6. ޖޮއްބެ

    ތިމަރަ ރިޔާޒަކީ ޑރ ޝަހީމް އާއި ސުވާލުކުރެވޭފަދަ ޢިލްމީ ގާބިލް ކަމެއް ހުރިމީހެއްނޫން- ޔޭސްމެމް.

  7. ޢަބޫ

    ރިޔާޒަށް އަހަރެން ކޮށްލަން އޮތް ސުވާލަކީ މިއޮށް ހުރިހާ ދުވަސްވިއިރު ޑރ. ޢަފްރާޝިމް އަވަހާރަކޮށްލި މައްސަލައިގެ މުހިންމު ހެކިފޮރުވައިގެން ތިއުޅެނީ ކީއްވެގެންތޯ؟ ކީއްވެތޯ ޑރ. ޢަފްރާޝިމްގެ ތަހްގީގް އެއްކޮށް ނުނިންމީ؟

  8. ޢަބޫ

    ރިޔާޒަށް އަހަރެންގެ ސުވާލެއް އެބައޮތް. މިއޮށް ހުރިހާ ދުވަސްވިއިރު މަރްޙޫމް ޑރ. ޢަފްރާޝިމްގެ މަރުގެ މުހިންމު މައުލޫމާތުތައް ފޮރުވައިގެން ތަހުޤީޤަށް ހާމަނުކޮށް ތިއުޅެނީ ކީއްވެގެންތޯ؟ އަހަރެން ދެކޭގޮތުގަ މީނަމީ މިހާރު ހެކިފޮރުވައިގެން އުޅޭކަމަށް ބަލައި ހައްޔަރުކުރަންޖެހޭ މީހެއް.

  9. ވަޗަސް

    ކޮބާތަ ކަލޭ ޕޮލިސްގަ އުޅުނު އިރު ޕޮލިސް އިން ކަޓްވާލި ލޯންޗް ތައް މީހުނޭ ކިޔާފަ އަގަނުގަޅާ

  10. ބާާގީ

    ކަލޭ މާތާހިރެއް ނޫނޭ އަނގަ ފޭކުރާކައް

  11. އާނދު

    ރިޔާޒް މިއީ ކާކުތަ.މިއީ ހާދަފޮނިވެގެން އުޅޭ ސޮރެއްތާ.ކަލޭ ކޯފާވިޔަސް ޑޮކްޓަރ ޝަހީމުއާއި ކަލެއާއި އެއް މިންގަނޑަކުން ބަލާނީ ކާކު.

  12. ލަބީބު

    ތިޔަސުވާލުގެ ޖަވާބު ރައީސް ޔާމީން ވަނީ ދެއްވާފަ! މަރަށް މަރުހިފުމަށް ކުރަންޖެހޭ އެންމެހައި ތައްޔާރީތައް ވަނީ ނިމިފައެވެ. މަރާނޭގޮތްވެސް ވަނީ ކަނޑައެޅި ނިމިފައެވެ. ރައީސް ޔާމީން ދާދި އިހަކަށްދުވަހު ވިދާޅުވި މަރަށް މަރު ނުހިފި ލަސްވެފައިވަނީ ކޯޓުތަކުން ނުވަތަ ވާރިސުން ޚިޔާލުތަފާތުވުމުންކަމަށް! ގަމާރުވިޔަސް ފުކެއްބޮޑުވަރު~

  13. އަލީ

    ރިޔާޒު ސަހީމަށް ރައްދުދޭން ތީ ކާކު

  14. އަލީ

    ރިޔާޒު ސަހީމާ ނުބެހޭތި!

  15. ނިޒާމު

    ބަލަ ރިޔާޒޫ ތިމަރަ ކޮބާހޭ އަފްރާސިމްގެ މރުގެ މައްސަލަ..ކޮބާ އިމްރާނޫ ކަލޭނޫންތަ ބުނީ ތިމަރަ ރިޔާޒު ޒިންމާ ނަގަން ޖެހޭނެއޭ..މީދެން ކޯއްޗެއް އަނެއްކާވެސް މަޖްލިސްއައް..މީ ދެން ބޮޑުވަރު

  16. އަލް އުޘްތާޒް ޝިފާޒް

    ތަންފީޒު ނުކުރީ ކަލޭމެންކަހަލަ ދެފުއްދެގޮތް ފުލުހުން ތަޙްޤީގު ކޮއްފަ ހުންނަ މައްސަލަތަކަށް ދިގުމުއްދަތަކަށް ވިސްނަންޖެހޭތީ ؟ ސާފުތޯ