ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެކައުންޓްގައި 100 މިލިއަން ރުފިޔާ އެބަހުރި ކަމަށް ބުނުމުން ކޮންމެ މީހަކަށް ވެސް ހައިރާންކަން ލިބުނެވެ. އެހައި ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ އުމުރުފުޅުގެ ގިނަ ދުވަސްތައް ސަރުކާރުގެ ވަޒީފާ އަދާކުރެއްވުމުގައި ހޭދަކުރެއްވި ނަމަވެސް 100 މިލިއަން ރުފިޔާ އެއް ކުރެވިފައި ހުރުން އެއީ ހައިރާން ކަމެކެވެ. މިއީ ދިރިއުޅުމާއި ނުބައްދަލު މުއްސަނދި ކަމެއް ކަމަށް އެތައް ބަޔަކު ތުހުމަތު ކުރެއެވެ.

100 މިލިއަން ރުފިޔާ ޔާމީންގެ އެކައުންޓްގައި ހުރި ކަމަށް އެމަނިކުފާނު ވެސް އިންކާރެއް ނުކުރެއެވެ. ހަމައެކަނި ވިދާޅުވީ އެކައުންޓްގައި ހުންނާނީ ޖާއިޒް ފައިސާ ކަމަށެވެ. އެއީ ސައްހަ ގޮތުގައި ލިބިފައިވާ ފައިސާ ކަމަށެވެ. އަދި މިހެން ވިދާޅުވުމަކުން މައްސަލަ ނިންމާލެވިގެން ނުވާނެއެވެ. އެވިދާޅުވާ ސައްހަ ފައިސާ އަކީ ކޮބައިކަން ތަފްސީލް ކޮށްދެއްވަން އެބަޖެހެއެވެ.

ޔާމީން އަމިއްލަފުޅަށް މީގެ ކުރިން ދައްކަވާފައިވާ ބައެއް ވާހަކަފުޅަށް ބަލާއިރު ވެސް އެމަނިކުފާނުގެ މައްޗަށް ކުރަން ޖެހޭ ތުހުމަތުތައް ގިނައެވެ.

"ރުމާލު-2" ނަމަކަށް ކިޔާ ޖަގަހައެއް ހުޅުވަން މިދިޔަ އަހަރުގެ އޮގަސްޓް 14 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ގެއަށް ވަން ފައިސާ އަކީ ހަލާލު ނޫން ފައިސާކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އެފައިސާ ވަދެފައި ވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފައި ހުންނާނީ އަހުމަދު އަދީބު. އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން. މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލުކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ." އެ ރަސްމިއްޔާތުގައި ޔާމީން ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ހިންގި ބޮޑު ހިޔާނާތުގައި ސަރުކާރުގެ އިހުމާލު އޮތްކަމަށް ގަބޫލުކޮށް ޔާމީން ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރ 10 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ އަރިހުން މާފަށް އެދިވަޑައިގެންފައެވެ.

އެ ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ތެރެއިން ބޮޑު ހިޔާނާތެއް ހިންގާފައިވަނީ މި ސަރުކާރުގެ ތެރެއިން ކަމުން އެކަމަށް ރައްޔިތުންގެ އަރިހުން މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު މިރޭ ވެސް މާފަށް އެދެން ބޭނުންވޭ އެމްއެމްޕީއާރްސީގެ ތެރެއިން އެވަރުގެ ބޮޑު ހިޔާނާތެއް ހިނގައި ދިޔައީ މި ޒައާމަތުގައި ކަމުން ވާތީ، އެކަމަށް ރައްޔިތުންގެ އަރިހުން މާފަށް އެދެން،" ރައީސް ވިދާޅުވި އެވެ.

މީހަކު ހަދިޔާއެއްގެ ގޮތުގައި ދޭ ފައިސާއެއްގައި ހިފުމަކީ ޤާނޫނީ ގޮތުން ކުށެއް ނޫނެވެ. އަދި ސިޔާސީ މަސައްކަތެއް ކުރަން މީހަކު ހަދިޔާ ކުރާ ފައިސާ ގައި ހިފުމަކީ ވެސް ޤާނޫނީ ގޮތުން ކުށެއް ނޫނެވެ. ނަމަވެސް ޔާމީނަށް ހަދިޔާއެއްގެ ގޮތުގައި ލިބުނު ޚިޔާނާތުގެ ފައިސާ އެމަނިކުފާނުގެ ގެއަށް ވައްދާ، އަދި ފަހުން އެފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާނަމަ އެއީ ޖާއިޒް ގޮތުގައި ލިބިފައިވާ ފައިސާ ކަމަކަށް ނުވާނެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ރައްޔިތުން މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް ޚަރަދު ކޮށްފައި ވާނެ ކަމަށް ޔާމީން އަމިއްލަފުޅަށް އިއުތިރާފް ވެފައިވާއިރު އެފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށް، އެފައިސާ އިން ރިޔާސީ އިންތިޚާބުތަކުގެ ކެމްޕޭން ކުރިއަށް ނުގެންދާކަމުގެ ޔަގީންކަމެއް އެބައޮތް ހެއްޔެވެ؟

ޔާމީންގެ އެކައުންޓްގައި ހުރީ ޖާއިޒް ފައިސާކަން ސާބިތުކޮށްދިނުމަށްޓަކައި އެފައިސާ އެމަނިކުފާނަށް ލިބުނު ގޮތުގެ ތަފްސީލްތައް ރައްޔިތުންނަށް ހާމަ ވާން ޖެހޭނެއެވެ. އެއީ ކޮން ވިޔަފާރިވެރިޔަކު ކޮންއިރަކު ދެއްވި ފައިސާކަން ވިދާޅުވެ ދެއްވަން ޖެހޭނެއެވެ. އެހައި ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނަށް ހަދިޔާ ކުރެއްވިއިރު ބަދަލުގައި ވިޔަފާރިވެރިޔާ އަށް ލިބިފައި އޮތީ ކޮން މަންފާއެއްތޯ ވެސް ވިދާޅުވެ ދެއްވަން އެބަޖެހިވަޑައިގަންނަވައެވެ.

ޔާމީނަށް ލިބިފައިވާ ފައިސާ އަކީ ޖާއިޒް ފައިސާ ކަމަށް ވާނަމަ އެކަމުގެ ތަފްސީލް ދެއްވުމަކީ މައްސަލައެއް ނޫނެވެ. އެއީ ރައްޔިތުންގެ އިތުބާރު ހޯއްދެވުމަށް ކުރައްވަން ވެސް ޖެހިވަޑައިގަންނަވާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޑައިލޯގް

    ތިގޮތަށް ކިނބޫގެ އެކައުންޓް ބަލާބަލަ އިންޑިޔާއިން ދިން ފައިސާ މިއަށްވުރެ ގިނަވާނެ

  2. ކުއްތާ ރައޫފު

    ފައްކާ އާޓިކަލް އެއް. ރޔ މައުސޫމް ކަން ސާބިތުކޮަށްދީ

  3. ތިލަދެކުނެ

    ބަލަ އަމިއްލައަކައް ނޫންތަ ބުނީ ތިމަންނަގެ ގެއައް ނާޖާއިޒް ފައިސާ ގޯނި ގޯއްޏައް ވަނޭ. މިއަދު ޔާމީނުއައް ބުނެވިދާނެ ތިހެން މާދަމާ ވަންނާނި ކޮންތާކަށް.

  4. ކިއުންް

    ޢަންނިި އެތައް ދުވަހެއް ވަނދެން ބޭރުގައި އުޅުނީ ކޮންތަކުން ހޯދި ފައިސާ އެޤގާއީ ތޯ ބަލާނ

  5. ކަނޑާލާ

    ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ރައީސް އިބޫ ގެ ވެރިކަމަށް މާލެ ސަރަހައްދުން ގޯއްޗެއް ނުދެވޭނެއޭ ތަމެންގެ ވެރިކަމަށް މަސްދުވަސް ވީއިރު ވެސް ތަމެން ރާއްޖޭގެ މީޑިއާ ތަކުން ޕްރޮޕެގެންޑާ ފަތުރަނީ މީސް މީހުންގެ މަސްކައިގެންނޭ ތަމެން އަމިއްލަ އަށް އެއްވެސް ކަމެއް ކުރަން ތަމެންނަށް ނޭގެއޭ ކޮބާތޭ ހުޅުމާލޭން ތަމެން ދޭން ބުނި ގޯތި ތައް އޭން ބުނެބަލަ ބުނެބަލަ ނުދެވޭނެއޭ އެހެންތޭ ދެން ތަމެން ގެއަށް ކަނޑާލަންވީއެއް ނޫންތޭ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ...

  6. Anonymous

    އިންސާފުވެރި ޝަރީއަތެއް ހިންގައިފިއްޔާ އެފައިސާއަކީ ޖާޢިޒު ފައިސާތަކެއްކަމަށް ނިންމާލެވިދާނެ،، ފަސާދައަކަށް ނޫންބޭނުމެއްގަ އެމަނިކުފާނުގެ އެކައުންޓަށް އެފައިސާ ޖަމާނުކުރާނެއެވެ. ﷲއީ މޮޅަށް ދެކެ ދެނެވޮޑިގެންވާ ކަނލާގެއެވެ.

  7. އަސްރަފް

    ރައީސް ޔާމިނު ވަރު ވެރިޔަކު ނާންނާނެ. ޝުކުރިއްޔާ ރޔ

  8. ފަގީރުކޮއެގެ އާދަނު

    އެއީ އިތޯޕިއާއިން ޔާމީނަށްދެއްވި ހަދިޔައެއް..

  9. މިއަދު

    އޯކޭ ބައްލަވަން ޖެހިލައްވާނެ ބައްލަވާނެކަމަށް އުއްމީދުކުރަން ހަމަ ތިފަދައިން ހ ތިމާވެށި ޢަބުދުﷲ ޖަބިރުގެ އަތުން ރައިސްމައުމޫނު 29 މިލިއަންރުފިޔާއެއް ނެންގެވި ވަހަކައާއި އެފައިސާނެމިހާރު ހުރިތަނަކާއި އެފައިސާއިން ކުރި ޚަރަދެއްވެސް ހޯދަ ރަޢިއްޔަތުންނަށް ސާފުކޮށްދެއްވަން ޖެހިލައްވާނެ އެފައިސާ ބޭނުންކުރީ ހުއްދަގޮތުގައިތޯވެސް ބަލާ ހަމަ ކޮށްދެއްވަން ޖެހޭނެ ހަމައެއާއިއެކު ޢަބުދުﷲ ޝަހިދު މެލޭސިޔަގެ ބޭންކެއްގައި ހުޅުވާފައި އެއޮތް އެކައުންޓުގައި އެހުރީ ކޮންތާކުން ކިހިނެއްހޯދި ފައިސާއެއްތޯވެސް ހޯދާބަލާ ރަޢިއްޔަތުންނަށް ހާމަކޮށްދޭންޖެހޭނެ މިހެންގޮސް ރައިސްނަޝީދުގެ ވެރިކަމުގެ ކުރުދުވަސްކޮޅު އެކިއެކި މިނިސްޓަރީތަކުންގެއްލިފައިވާ ފައިސާތަށްވެސް ހޯދަދެއްވަންޖެހޭނެ ހައްތަހާތިހުރީ ހޯދަންޖެހޭފައިސާ އެއިރުގެ ހައުންމިނިސްޓަރ އަސްލަމްގެ ފޯނުބިލްތަކަށްއެރި 715 މިލިއަން ރުޔާއިން ކޮށްފައިވާ ފޯނުކޯލްތަކުގެ ރެކޯޑިން ހޯދާ ރަޢިއްޔަތުންނަށް އިއްވަދެއްވަންވެސް ޖެހެނެ މިހުރީ ސަރުކާރުން ރަޢިއްޔަތުންނަށްޓަކައި ކޮންމެހެން ކޮށްދެްވަން ވެފައި ހުރި ކަންތައްތައް ކުރިއަށްގެންދާނެކަމަށް އުއްމީދުކުރަން

  10. ޙައްގުބަސް

    މިރާއްޖޭގެ ސިޔާސީ މީސް މީހުންގެ އެކައުންޓްތައް ބަލަ ކުރާ މަސައްކަތާއި ނުބައްދަލު ޢަދަދަކަށް ފައިސާ ހުރިނަމަ އެލިބުނުގޮތް ކިޔައި ނުދެވޭނަމަ އެފައިސާ ދައުލަތަށް ނަގަނަވީއޭތޯ!! އެހެން ނެގޭނެ ތޯ؟ އެކަން ކުރެވޭނެގޮތަށް ގާނޫނީ އޮނިގަނޑަށް ބަދަލު ގެންނަންޖެހޭ!! ސިޔާސީ މީހުން ނާޖާއިޒްގޮތުގައި ފައިސާ ހޯދާކަމީ މިހާރު ޝައްކަށްވުރެން ހާމަބޮޑުކަމެއް! އެއީ އެފަދަ
    މީސްމީހުން އުޅޭ ތަނަވަސްކަމާ މުދާތަކާ ބިންތަކާ ފްލެޓްތަކާ އަގުބޮޑެތި އެއްޗެހި ގެންގުޅޭތީ!! ސިޔާސީ މިހުން އެބަޖެހޭ ނަޒާޙަތްތެރި ބަޔަކަށް ފުރަތަމަ ވާން! އެއަށްފަހު ދެން އެހެންކަމަކާ އުޅެންވީ!!

  11. ތެދު

    ބަލަ ވިޔަފާރިވެރިންނޭ ތިހުރިހާ ހަރަދެއްކުރަނީ..ނަސީދު 400 ފަޅުރައް ބަހާލީ އޭނަގެމީހުންނައް ދެން މޑޕގެކެއިންޕެއިނައް ހަރަދުކުރާނީވެސް އެމީހުން، މީހާދަހާގިނަލާރިއެކޭ..
    ބަލަ ތިނޫސްވެރިން ނިކަންއިލްމީވެބަލަ ރައްޔިތުންނަށް މިކޭމްޕެއިންތަކައް 200 މިލިއަނުން ހަރަދުކުރާކަން ރައްޔިތުންނައް އޮޅުންފިލުވާދީބަލަ..ޑިމޮކްރަސީއަކީ ކުފްރުގެ ބޮޑުހާއްޔެ...ދީންހަލާކުކުރަންވެގެން..
    ކަތީބުންނާ، ވެރިން ވައްކަންކުރަނީއޭކިޔާފަގެނައި ނިޒާމެއްތީ މީހާރު ފަނޑިޔާރުންވެސް، މިނިސްޓަރުންވެސް، މެމްބަރުންވެސް، ސޭގުންވެސް އެއްމެންވެސް ކަނީ ބޮޑެތިމަހުޖަނުން މިހާރު..ރައްޔިތުންވިސްނާ ﷲބިރުވެތިވޭ.

  12. ޖާއިޒު

    އާޓިކަލް ލިއުއްވިގޮތަ އެތފްސީލްތައް ހޯއްދަވާ ރައްޔިތުންގެ ކުރިމައްޗަށް ހާމަކޮއްލަދެއްވުމަ އެދެން. އާދަމް ނަވާޒް އުފެއްދެވި ސުވާލުތައް ވަރަށް ރަނގަޅު.

  13. ރުއްގުޅި

    އެއީ ދުވަހަކުވެސް ވިޔަފާރިއެއް ނުކޮށް ހުރި މީހަކަށް ކުއްލިއަކަށް ލިބުނު ހަލާލު ފައިސާ! ޕަކާސް

  14. އައްޔު

    ވޯޓަށް 15 ދުވަހަށް ވެފައިވަނިކޮށް އަވައްޓެރިގައުމަކުން 10މިލިއަން ޑޮލަރު ރާއްޖެގެނައިއިރު ނޫސްވެރިންނަށް އިނގޭތޯ؟؟
    އަދި 1 މިލިއަން ޑޮލަރު ގެނައިއިރު އެއާއިބެހޭގޮތުން ސުވާލުކުރުމުން ބުނީ ހައިކޮމިޝަންގެ ބޭނުމަށޭ އެވެސް ވޯޓަށް 20 ދުވަސް ވެފައިވަނިކޮށް ހާދަ ޚަރަދެކޭދޯ އިތުރުވީ ކުއްލިއަކަށް މީލައްކަވާހަކަ
    ދެންއޮތީ ރައީސް ޔާމީންގެ ވާހަކަ އެމަނިކުފާނަކީ ސަރުކާރުގައި 25 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތްކުރި ބޭފުޅެއް ރައީސް މައުމޫނުގެ ދައުރުގައި ސަރުކާރުގެ 10 ވަރަކަށް މަޤާމް އެމަނިކުފާނު އެކަނި އަދާކުރެއްވި މުސާރައިގެ އަދަދެއްނޭނގޭ އަދި ވިޔަފާރި ކުރާކަމަށްވެސް އަނޑުފެތުރިފައިވޭ ވިޔަފާރިއަކީ ހަމައެކަނި މުދާވިއްކުމެއްވެސް ނޫން އަދި ރިސޯޓް ހިންގުމެއްވެސް ނޫން ކުޑަކޮށް ބުނެލާނަން ފޮރެކްސް ވިޔަފާރިއަށް ރައީސް ޔާމީން ވަރަށް ފަރިތަވާނެ ސޯ 100މިލިއަން އަކީ ސުމެއް ހައިރާންވާނީ 100 މިލިއަން ޑޮލަރުނަމަ. އެންމެ 6 ލައްކަ ޑޮލަރު ހައްހައް