ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރައިވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު، އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ވަޒީރުން ޖަޕާނަށް ކުރައްވާ ދަތުރުގައި އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީ އިން ވިދާޅުވީ މިނިސްޓަރ ޝާހިދު ޖަޕާނުގެ ޓޯކިޔޯއަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ޖަޕާނުގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލަންސީ މރ.ތާރޯ ކޯނޯ އާއި ޖަޕާނު ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދަތުރުފުޅުގައި ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ، ގާތް، ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީ އިން ވިދާޅުވީ މިނިސްޓަރ ޝާހިދާ އެކު މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ފިނޭންސް، އިބްރާހިމް އަމީރާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާޢީލާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، އަޙްމަދު ޚަލީލާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބައެއް އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ފޮރިން މިނިސްޓަރު ކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ޝާހިދު މީގެ ކުރިން ވަނީ އިންޑިއާ އަށް ދެފަހަރު އަދި ޔޫއޭއީ އަށް އެއްފަހަރު ވަޑައިގެންފައެވެ.

ހާރިޖީ ސިޔާސަތުގައި ވަކި ގައުމަކަށް ބަރޯސާ ނުވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ރައީސް ސޯލިހްގެ ސަރުކާރުން ގެންދަވަނީ އިންޑިއާ އިން ބޭނުންވާ ގޮތައް ހާރިޖީ ސިޔާސަތު ބައްޓަން ކުރަމުން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ދަންނާތި

  ވަޒީރުންގެ ވަފްދެއް ޖަޕާނަށް ފުރައިފި ނަމަ މަމެން އުފާ ކުރަމޭ ތިކަމާއި ތަމެން ކަޓް ޖައްސާ އުސޫލުން ކަންކަން ނުކޮށް ޖެނުއިން ކޮށް ތެދުވެރިކަން ކުރިއަށް ނެރެގެން މަސައްކަތް ކޮށްފިނަމަ ޖަޕާނުގެ ޖޭބިކް އިން 10 ބިލިއަން ޑޮލަރުގެ ލުއި ލޯނެއް ލިބިދާނެއޭ އެއިރުން އެފައިސާ އިން މާލެ ސަރަހައްދު ތިލަފުށި ހިއްކާ އަދި ގުޅިފަޅު ހިއްކާ އަދި މާލެ އާއި ވިލިގިލި އާއި ދެމެދު ބްރިޖް އަޅާ އެތަނުން ރާއްޖޭގެ ހުރިހާ ވިޔަފާރި ވެރިންނަށް ބިން ދޭންވީ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ހަދަންވީއޭ އެއިރުންނޭ ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ ރާއްޖޭގެ ވިޔަފާރި ސްޕެޝަލީ މާލެ ސަރަހައްދުގެ ވިޔަފާރި ކުރި ނާރާ ރާއްޖޭގެ އިގްތިސާދު ކުރި ނާރާނެއޭ މިކަން ދަންނަން ޖެހޭނެއޭ ތަމެން ވަރަށް ރަނގަޅަށް..

 2. ބާރީ

  ރައްޔިތުންގެ ޓެކްސް ފައިސާއިން ޝާހިދު އަބަދު ދަތުރުކޮށްލަކޮށްލާ.

 3. މިއަދު

  މިސަރުކާރުގެ މިނިސްޓަރުންގެ ތެރޭގައި ހިމެނިލައްވަ އަދާލަތާއި ޖޭޕީ އަދި މައުމޫނުގެ މިނިސްޓަރުންނަކީ ބަސްނުވިކޭ އޮޑިއެއްގެ ދިރުބާކޮޅަށް ލާފައި ތިބި ބައެއްފަދަދޯ؟ އެކަމު ރައިސްވިދާޅުވި ގައުމުގެ ކަންތައްތައް ނިންމާނީ 4 ލީޑަރުންނާއި މަޝްވަރާކޮށްގެންކަމަށް ރާއްޖެއިން ބޭރަށް ކުރާ އެއްވެސް ދަތުރެއްގައި އެފަދަ މިނިސްޓަރަކަށް ބައިވެރި ވުމުގެ ފުރުޞަތު ނުލިބެނީ މިސަރުކާރުން ގެންގުޅޭ ހީލަތުލް މަކަރިއްޔާގެ ޙަޤީގަތް އެގިދާނެތީބާ؟

 4. ދިސްވޭއޭ

  އިންޑިއާ އަށް ވުރެން އެތައް ހާސް ތަނުން ރަނގަޅުވާނެއޭ ޖަޕާން މަމެން އުއްމީދު ކުރަމޭ ތަމެންގެ ކޮރަޕްޓް މިނިސްޓަރުންގެ ވަފްދުން ކަޓް ނުޖައްސާ ޖަޕާން އާއި އެކު ޖެނުއިން ކޮށް ވާހަކަ ދައްކައިގެން ރާއްޖެ އަށް 20 ބިލިއަން ޑޮލަރުގެ ލުއި ލޯން ޖަޕާން އިން ކުރިއަށް އޮތް 5 އަހަރު ލިބޭނެ ގޮތް ހަދާ އަދި ޖަޕާނުގެ ބޭންކްސް ތަކެއް ހުޅުމާލެ 2 ގައި ގާއިމް ކޮށް ހަދާ އަދި ޖަޕާނުގެ އިންޑަސްޓްރިއަލް ޕާރކެއް ހަދަން ކާފު އަތޮޅު ގާފަރު ފަޅު ހިއްކައިގެން އެތަނުގައި ޖަޕާނުގެ އިންޑަސްޓްރިއަލް ޕާރކެއް ހަދަން ތަމެން ފުރުސަތު ހޯދާ އަދި ތަމެންގެ ރައީސް އިބޫ އަށް ޖަޕާން އަށް ފުރަމާނަ ދަތުރެއް ކުރަން ފުރުސަތު ލިބި އަދި ޖަޕާނުގެ ބޮޑު ވަޒީރު ރާއްޖެ އަށް ފުރަމާނަ ދަތުރެއް ކުރާ ގޮތަށް ހަމަޖެހިގެން ދާނެ ކަމަށް..

 5. ނޫސްކިޔާމީހާ

  މިނިސްޓަރ އަބަދު އުޅުއްވަނީ ރާއްޖެއިން ބޭރުގަ މިނިސްޓްރީ ގަ މަދުކުރެއްވި ދުވަހަށްވުރެ ގިނައީ ރާއްޖެއިން ބޭރުގަވާ ދުވަސްހެން ހީވަނީ ނޫސްބަލާ ކޮންމެފަހަރަކު ފެންނަނީ މިނިސަޓަރ ފުރާވާހަކަ

 6. މީމަށޭ

  މާ ގިނަ ލާރިއެއް ނުދޭނެ

 7. ހަޒާން

  ލާރިފަށެއް އެބަ ތަޅާ ބުރުވާލާ ތަންތަނައް ދަތުރު އަޅަމުންގޮސް.. އެކަމަކު ސިވިލް ސާވެންޓުންނައް ދޭނެ މުސާރައެއް ނެތޯ.. ދަރަނި ވަރައް ބޮޑޯ..

 8. މައިނާ

  މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު އިގުތިސޯދީ ބާރު ކަމުގައިވާ ޗައިނާ ސުކިޕް ކޮއްލާފަ ގޮސް ދެން ކޮން އިގުތިސާދެއްގެތޯ ބިނާ ކުރެވޭނީ. ޖަޕާނަކީވެސް ޗައިނާގެ އިގުތިސޯދައް ބަރޯސާ ވެފަ އޮންނަ ގައުމެއް. ހަމަ އިންޑިޔާގެ ޕަޕެޓްމާސްޓަރުން އަންގާ ބަޔަކާއި އެކަނި މިއޮތީ މަސައްކަތް ކުރަންޖެހިފަ.. ދެން މިނިވަންވާނީ މިހާކައްވަރައް ދޯ..ވަރައް ގަޅި ސަރުކާރެއް.

 9. ލަކްސް

  2008 ވަނަ އަހަރު ތއެމްޑީޕީ ވެރިކަމަށް އައިސް ކުރި މަސައްކަތަކީ ހަމަތީ.ހުރިހާ މިނިސްޓަރުން އެއްކޮށް ކޮންމެ ތަނަކަށް ވެސްދާނީ . ޚަރަދު ބަރަދުގެ އެއްމެ ފުކެއްވެސް ލުލެއްނުވި. ވިއްޔާވީގިނަ. މަތިބަރު ސަރުކާރެއް. ވެރިކަމަށް އަނަންނަވެގެން ދެއްކީ ހުސް ދޮގުވާހަކަ ކޮންކަމެއް ރަނަގަޅުވީ.

 10. India ލޯނު

  އިންޑިއާ އިން 1.4 ބިލިޔަން ޑޮލަރު ޖަޕާނުން ކިތައް ބިލިޔަންބާ އަދި ދައުލަތައް ކިތައް ބިލިޔަން ލިބިގެންބާ މުސާރަ ދެވޭ ވަރު ވާނީ

 11. ހަޤީގަތް

  ކަލޭމެން ތިގޮތައް ދަތުރުކޮށް ދައުލަތް ދަރުވާލަނީ

 12. އައްޑޫސިޓީ

  ގައުމު ހިންގަން ނޭނގެންޏާ އިސްތިއުފާދީފަ ރައްކާވޭ. ވެރިކަމަށް އަރާމަޑުނުވެ ނާށިގަނޑު ހިފައިގެން ސަލާންޖެހުން ނޫންކަމެއް ކުރާކަށް މިމީހުންނަކށް ނޭނގެ. މިގައުމަކީ އާމް ދަނީލިބޭ ފުދުންތެރި ގައުމެއް. އަނެއްކާ ސަލާންޖަހައިގެން ލިބޭލާރިކޮޅު ހިފައިގެން ރައްކާވާން އުޅެނީ ނޫންބާ! މުޅިންވެސް އެއްވަރުގެ އަމިއްލަ އެދުންބޮޑު މަކަރުވެރިން ވިއްޔާ.

 13. ސޯޕް ލައިޓް ބްރަދަރ

  މާތްކަލާކޯ މިނޫނީ ޤައުމެއްގެ ވެރިކަމާ ބަޔަކު ޙަވާލެއްނުވޭތަ؟؟؟ ދުނިޔޭގައޮތިއްޔާ އޮތް
  ޤައުމަކަށް ސަލާންޖަހަމުން ދުވަނީ !!!!

 14. ދަތުރު

  ތިޔަ ދަތުރުގަ ޓްރާންސްޕޯޓް މިނިސްޓަރު ނުގެންދަވާތޯ؟ އެކަމަނާ ވަރަށް ދަތުރު ކުރައްވާ ހިތްވާނެ.

 15. ޒީރޯޒީރޯ

  ތަމެން އިންޑިއާ އާއި އެކު ވި އެއްބަސްވުން ތަކުގައި ހިމެނޭ ނޫންތޭ އެމްއެެމްއޭގެ ޓްރެޜަރީ ބޮންޑް ކުޑަ އަގުގައި އިންޑިއާ އަށް ވިއްކާލާ ތިން މަސް ދުވަސް ތެރޭގައި ބޮޑު އަގުގައި އިންޑިއާ އަށް ޓްރެޜަރީ ބޮންޑަށް ފައިސާ ދައްކަން ޖެހޭ ކަން ތަމެން ކިއެއްތޭ ވާނީ ރާއްޖޭގައި ތިބި ރިޗް ބޯއިސް ތަކުގެ ގްރޫޕް އަށް 200 މިލިއަން ޑޮލަރުގެ ބޮންޑް އެމްއެމްއޭ އިން ވިއްކިއްޔާ ނުވިއްކާނެ ނޫންތޭ ތަމެންގެ ފިނޭންސޭ އަށް ކަޓެއް ނުލިބޭނެވިއްޔާ ޔުއަރ އެޓިޓިއުޑް އިޒް ޒީރޯ ޒީރޯ