ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދެއްކެވުމުން ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒް ރުޅިގަދަވެ، ޔާމީންގެ ވާހަކަފުޅާއި މެދު ސުވާލު އުފައްދައިފިއެވެ.

ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު ޔާމީނަށް ގާސިމް ކަމުނުދާ ކަމަށެވެ. އެހެން ނަމަވެސް ވެރިކަން ގެއްލި ކޮންވައިފާ ވައްކަމާއި ކަރޮޕްޝަންތައް ބޯމަތިވެ، ޕާޓީ ގެއްލި ކައިރީގައިތިބި މީހުންވެސްް ދުރަށް ދާ ހިސާބުން ދައްކަވާ ވާހަކަ ގަބޫލު ކުރަންވީތޯ ރިޔާޒް ސުވާލު ކުރިއެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ ގާސިމަކީ ކުރިންވެސް އެކުގައި މަސައްކަތް ކޮށްފައިވާ ބޭފުޅެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ސިޔާސީ މަސައްކަތް ކުރައްވަން ގާސިމް ވަޑައިގަންނަވައިފި ނަމަ މަރުހަބާ ދަންނަވާނެކަމަށެވެ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިހާރު ތިކޯލިޝަންގައި އުޅުއްވާ ލީޑަރުންނަށް ބަލާއިރު، ކޯލިޝަން ހިފަހައްޓާ ވެރިކަން ބަދަލުވެ މި ހުރިހާކަމެއްގެ އެންމެ ބޮޑު ކޮންޓްރިބިއުޝަނަކަށް، އެންމެބޮޑު ހިއްސާއެއް އަދާކުރެވުނު ބޭފުޅަކަށް ހުންނާނީ ގާސިމޭ އިނގޭތޯ" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ގާސިމަކީ ވަރަށް ގިނަ ދިވެހި ރައްޔިތުނަށް އެހީވާ ބޭފުޅެއްކަމަށާއި ކޯލިޝަންގެ ތެރޭގައި އެންމެ ބޮޑު ބާރެއް އޮތީވެސް ގާސިމްގެ އަތްޕުޅުގައި ކަމުގައެވެ. ގާސިމަށް ރަނގަޅުގޮތް އެދިވަޑައިގަންނަވާކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ގާސިމްގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެކުގައެވެ. ނަމަވެސް ފަހުން ގުޅުން ގޯސްވެ ޔާމީންގެ ވެރިކަމުގައި ގާސިމްގެ މައްޗަށް ޖަލު ޙުކުމެއް ވެސް އިއްވިއެވެ. އެންމެފަހުން ޔާމީން ވެރިކަމުން ވެއްޓުނީ ގާސިމް އޭރުގެ އިދިކޮޅު ފަރާތްތަކާއި އެކު ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

 1. ބެއްޔާ

  ކާކު ސީޕީ އަކަށް ހުރެތޯ ފުލުހުން ނަޝީދު ފަހަތުން ހައްޔަރު ކުރަން ދުވުނީ. ނަމަވެސް މިއަދު ބެސްޓް ބަޑީޒް

 2. މަސްވެރިޔާ

  އަބުދުﷲ ރިޔާޒް ޖޭޕީގައި ކުރާ މަސއްކަތަކީ ކާނަލް ނާޒިމް ވެރިކަމަށް ގެނައުން . އެއްގޮތަކަށްވެސް އޮނަރަބަލް ޤާސިމް ވެރިކަމަށް ގެނައުމެއްނޫން. ރައްޔިތުންގެ އެދުމަކީ 1 ދައުރު ނަމަވެސް ޤާސިމް ވެރިކަން ކުރުން. އެހެންވީމަ ރިޔާޒް ރުޅިއަންނާނެތާ. އެމްޑީޕީގެ އަސްލު މެންބަރުން ދުވަހަކުވެސް ރިޔާޒް އަށް ސިޔާސީ ކުލެއަރެންސް ނުދޭނެ. ސާފު ވެއްޖެތޯ.

 3. މިއަދު

  ޢަބުދުﷲ ރިޔާޒު ކިތަްމެރުޅިގަދަވިއަސް ރިޔާޒަކީވެސް ހަމަ އެފަދަ މީހެއް މީގެ ކުރިން ބުނަި ދުވަހަކުވެސް އެމްޑީޕީއާއި ހިތް ހެޔޮނުވާނެކަމަށް މިއަދު ތިހުރީ އެމްޑީޕީގެ ޕަޕެޓެއްގެ ދަރަޖާއި ކޯލިސަންހަދަފައިއޮތްއިރު އެއީ ލިއެވުނު އަކުރެއް ޢަމަލެއްނުކުރެވުނު އަދި ރިޔާޒުވެސް ހުރީހަމަ ބާކީވެފައި ސިޔާސީ ކޮންމެ މީހަކީ އެފަދަ މީހެއް ގާސިމުވެސް މައުމޫނުވެސް ސިޔަސީމީހުންގެ ސިޔަސީ ވިސްނުމަކީ އިރުވައިމޫސުމުގައި އަންނަ އިރުވައިހުރުގެ ކުލަ ބަދަލުވާއުސޫލު އިރުވައިވީމަ ސާފުހުރު ހުޅަގުވީމަ އެކިއެކި ލައްޖަހާ ކުލަބަދަލުވެދޭ ސިޔާސީމީހުންގެ އެފިކުރަކީވެސް ހަމަ އެފަދައެއްޗެއް ވެރިކަމުގައި ހުންނަ އިރައި ވެރިކަން ނެތުމުން ހުންނަ އިރު ބަދަލުއަންނާނެ މިހާރު އޮތީ ޤަސިމާއި ޔަމީނު އެއްގަލަށްއަރާ އަވަހަށް ވެރިކަން ވައްޓާލުން އެއަށްފަހު މިދައުރުގެ ބާކީ ޤާސިމަށްދީފައި 2023 ގައި ރައިސްމީނަށްދިނުން ގައުމަށް އެއްމެފައިދާބޮޑުގޮތަކީ އެއީ

 4. 3ނިރު

  ކަލޯ ކޮބައިތަ ފްރާސީމްއަލީ ގަތުލުކުރި މީހާ މިހާރު އެވާހަކަ ނުދައކަނީ ކާކުދެކެބިރުން

 5. ޢަލީ

  ރުޅިގަދަވާނެ ކަމެއްނެތް.. ކޮންމެ މީހަކުވެސް އުޅެނީ އަމިއްލަ ފައިދާ އަށް .. ކަލޭވެސް ތިޔައުޅެނީ ލިބޭ އެއްޗެއްގެ ބިޑުކަމުން.

 6. އަޚު

  ﷲޮނުވާ ކޮމަންޓ ލިޔާކަށް ނުކެރޭދޯ

 7. އަޚު

  ފޮނުވާ ކޮމަންޓު ލިޔާކަށް ނުކެރޭދޯ

 8. ސޫރާ

  ރިޔާޒްގެ ބަސްމަގު ހާދަ ހުތުރޭދޯ؟ ފުލުހުންގެ މަތީމަޤާމެއްގަ ހުރެފަ ވަކިވީ މީހެއްގެ ކިބައިގައިވެސް އަދި ރައްޔިތުންގެ މަޖްލިސް ގެ މެމްބަރެއްގެ ކިބައިގައިވެސް ހުރެގެން ނުވާނެފަދަ މުޑުދާރު ސިފަޔަކަށް މީނަ މިއުޅެނީ މަރުހަނދާން ނުވާތީބާ؟

 9. މުޖޭ

  އަބްދުﷲ ރިޔާޒް ކޮބަހޭ ކޮމިސަނާގެ މަގާމްގައި ހުރި އިރު ވަގަށްނެގި ލޯންޗް ތޮޅިފަހާ

 10. ސިނާހް

  ރިޔާޒް އަށް ތިމަރަފުށިން 100 ވޯޓްވެސް ނުލިބޭ. ހަގީގަތް އެގޭ މީހެއްގެ ހައެސިއްޔަތުން ބުނެލަން.

 11. ސިއްތި.

  މި ރިޔާޒު ރައީސް ޔާމީނު ދެކެ މިހާ ރުޅިއެއް އަންނަ ސަބަބު އެއްވެސް މީހަކަށް އެނގޭތަ؟ މީނަ ހީކުރީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަނެފަ ހޯމް މިނިސްޓަރަކަށް ހަމަޖައްސަވާނީ މީނަ ކަމަށް. ޢުމަރަށް އެ މަގާމު ދެއްވީއްސުރެ މީނަގެ ހިތުގައި ހަސަދައިގެ އަލިފާންގަނޑު ވަނީ އަނދައަނދައި. ޢަބަދުވެސް ހުންނާނީ ރައީސް ޔާމީނާ ޖައްސާލާފައި. މީނަ ދެން މީ ކާކު ރައީސް ޔާމީނާ އަޅާ ބަލާއިރު. ސުމެއް.

 12. ސުނޭ

  ރައީސް ޔާމީން ވިދާޅުވީ މޑޕ ގެ ވިސްނުމަކީ ހަރުކަސި ވިސްނުމަެއްކަމަށް. ގާސިމް އަކި ހަރުކަށި ވިސްނުމުގެ މީހެއް ނޫންކަމަށް. ތެދެއްގެ ވަހަކަ ބުނީ. މިވަރުގެ ކަމެއް ރިޔަޒް އަށް ފަހުމް ނުވުމަކީ ރިޔާޒަކީ ސިޔަސީ ބުރަދަނެއް ނެތް ގަމާރެއްކަން ހާމަވެއްޖެ

 13. އަހުމަދު

  ތިމަރަފުށީ މީހެއްގެ ނަޒަރުން ބުނާނީ ހަގީގަތުވެސް އަބްދުﷲ ރިޔާޒްއަކީ އަނގަ ހުތު މީހެއް. ރަށުގެ ރައްޔިތުން ވަރަށް ނަފްރަތުކުރާ މީހެއް. ރުފިޔާ އާއި ހެދި ހޭބަލިވެފައިހުރި މީހެއް. ވަރަށް ދޮގުހަދާ މީހެއް.

 14. ސަލީމް

  ރިޔާޒް ތިބޭޅާ އަދި ތަންކޮޅެއް ޅައީ މިކަމަށް. އޯކޭ. ދެޓްސް ވަޓް އައިވޯންޓް ޓެލްޔޫ ސޯ ފާރ. ގުޑްލަކް

 15. ޕުއް

  އާން މިނަޔަކަށް ކަމަކު ނުދާނެ މީހަކަށް ހެޔޮބަހެއް ބުނެގެނެއް މީނަ ފިޔަވާ

 16. ފަސްލު

  ބަލަގަ ކޮންމެކަމަކީވެސް އަހަރުމެންފަދަ އިންސާނުންނަށްވުރެ މާމަތީފަރާތެއްގެ ވާގިފުޅާއެކުލިބިގެންދާކަމެއް އެހެންވީމާ ރިޔާޒުވެސް މިކަން ހަނދާންކުރެއްވުންއެދެން ވަކަންކުރިމީހާ ވެސް އެކަން ކޮށްފައޮންނާނީ ހަމަ......... އަދި ވޯޓުން ވިޔަސް ފައިސާއިންވިޔަސް މުދަލުންވިޔަސް ވައްކަންވާނީ ވައްކަމަށް އެހެންވީމާ މިހާރުމިއޮތްވެރިކަންވެސް އިލާހީ ވަގުތު ޖެހުނީމާ އިރާދު ކުރެއްވިއްޔާ ނިމިގެންދާނެ

 17. ދިރާސާ

  ސިޔާސީ ގޮތުން ތައުރީފު ނުކުރައްވަނީ ކޮންބޭފުޅެއްތޯ ? ސިޔާސީ ގޮތުން ފާޑު ނުކިއުއްވަނީ ކޮންބޭފުޅެއްތޯ ? ޜޔ ރަގަޅު ވާނީ ފާޑުނުކިޔާ ހުއްނެވިއްޔާ ! ގާޒީން ބާޢީންނަށްވެ، ބާގީން ގާޒީންނަށް ވެފައި އެބަތިބި .

 18. ޖުމާ

  ހެހެހެ ރުޅިއާއޭތަ؟ ކޮން ރުޅިއެއް އަންނާކަށް..

 19. ހަސަނުލް

  ޕިސް ޕިސް ހައިރާން ވެއްޖެ.ގާސިމް ހައްދަނީ މިހާރު. އެއީ މޮޔައެއްތަ ފަހެ. އެސޮރަކަށްވެސް ނޭގޭނެ މަޑުން ހުންނާކަށް.

 20. އިންސާނާ

  ރިޔާޒު ބޭފުޅާ ތިޔަހުންނެވީ ހަމަހޭގަތަ ނޫނީ ތިޔައީ އިންސާނެއްތަ

 21. ނަފީސް

  ކަލޯ ބާޣީ! ކަލޯގެ ޙާލަތާމެދު ވިސްނާލަބަލަ ފުރަތަމަ!

 22. ސޯޕް ލައިޓް ބްރަދަރ

  ތިމާގެ ސައޒު ހަނދާން ނެތިގެން ނޫޅުމަށް ނަސޭހަތްތެރިވަން. ކަލެޔަށް އިއްޔެ ޤާސިމް ފެނުނަކަސް ...... ހަނދާންކޮށްބަލަ ރަށުފަޅުތެރޭ ކޮރަކަލި ބާނަން އުޅުނުދުވަސް. މިހާރު އޯކޭތަ؟؟؟

 23. ފުނަދޫ މީހެއް

  ގާސިމު ގާސިމަކަްހެދީ ޔާމިނުމެންނޭ ރިޔާސައްކޮންއެއްޗެއްއިނގޭނީ ކުރީގަގާސިމަކީ ގުރާބޫތނދީގަ މަސްދޯނިފަހަރުގައިޖީނުއަޅާތާ މަސައްކަތްކުރަން އުޅުނމީހެއް ރިޔާޒައް ވަރައްސަލާން

 24. ޏޫޓް

  މީވެސްހާދަފޮނި މީހެކޭ

 25. ފުލުހެއް

  ތިވަގު ރިޔާޒު ވަރުގެ ކޮރޮޕްޓް އަދި ފުލުސް އޮފީހުން ވައްކަންކޮށްފައި ހުރި ވެރިއަކު މަ ނުދެކެން.

 26. ހޭބަލި

  ރާކަނިމަސް ކެވިއްޖެ؟ ކޮބާ ޕްލެޓްފޯމް.

 27. ދަތްދޫނި

  ޤާސިމް އަކަސް ޔާމީނަކަސް ﷲގެ ވާގި ފުލާއި ހެޔޮ ރަހުމަތުން މި ދެމީހުން ކުރެ އެކަކަށްވެސް މި ޤައުމުގެ ވެރިކަމެއް ދެނެއް ނުލިބޭނެ. ވެރިކަން ކުރުމުގެ ހަދާން ދެން ނައްތާލާ. ތަމެން ދެވެރިންވެސް ވަނީ ޤައުމަށް ހަރާން ކޯރުވެފާ.

  • Anonymous

   ﷲގ ވާގިފުޅުން ލާދީނީ މީހުން ދޯ ވެރިކަން ކުރާނީ ދަތްދޫންޏާ. ކަލޭމެން ލަދުވެސް ނުގަންނައްޗޭ ކޮމެންޓް ކުރަން.

 28. ޜިޒު

  ޜިޔާޒު ..... ކަލޭދާންވި ނުން ގާ ފުރޮޅަން ވަރައް ގުޅޭނެ ކަލެޔާ ..... ކަލޭ ޔާމީނު އާ އަޅާ ގަނެގެން އުޅެނިއްޔޯ ގާފުރޮޅި

 29. އަބޯ

  އެހެންމީހުން ގެ އެހީތިމާއަށް ބޭނުންކަން އެގިވަޑައިގީ އަދި ކިރިޔާ ދޯ ؟ގާސިމާ މައުމޫން ހުރާލީ އނބި ކަނބުލޭގެ އެދިވަޑައިގަތުމުންތޯ ؟ވިދާޅުވިއެއްނު ކުރިންވެސް ތިމާގެ މަސއްކަތުންނޯ މިހާރުވެތިމާގެ މަސައކުން ހޮވާދޭނަމޭ އޭރު ޕީއޭ މަތިން ހަނދުމަފުޅުނެތުމާ ،ތިމާ ވެރިކަމަށް އައުމުގެ ކުރިން ތިމާގެ އަނބިމީހާ ދިވެހިގައުމަށް ވުޖޫދު ވެފައިވާކަން ދަންނަ މީހަކު މިގައުމުގާ ނެތްކަން ހަނދުމަ ނެތް ދޮއްތޮ ؟ގާސީމާ މައުމޫނު ހޫރާ ނުލިނަމަ އަދި މަޖިލީހުގެ 12 މެމްބަރުން ނަށް އަހުވަ ނުދެއްކެވިނަމަ މިހާރު ވެރިކަމުގާ ހުންނެވީހީ ތިބޭފުޅާ ، މުސްކުޅި މުހާވިރާ އެއްގަ ބުނޭ އެކަނި ނެގޭނީ ބޯވައޭ . މިހާރު ރަނގަޅީ ތިބޭފުޅާ ސިޔާސީ ރޭހުން މިވަގުތު ދުރަށް ވަޑައިގަތުން ފަހުން ލިބިދާނެ ކަމުގެ އިންތިޒާރު އެބައޮތް .މަނިކުފާނު ގެ ސަރުކާރު ތަރައްގީއަށް އެއްވަނަ ނަމަވެސް ތަރައްގީއާ އިގްތިސާދާ ސަބަސިޑީ އެއަމަގުން ގެންދަވަން މަނިކުފާނަށް އެގިވަޑައިނުގަތުމުން ސިޔާސީ ބައި ކުޅުއްވަން އެގިވަޑަ ނުގަތުމުން ފެއިލްވީ އިގަތިސާދީބައި ވަރަށް ފުރިހަމަ

 30. މޯދީ

  ކަލޭ ދެން ގާސިމް އާއި ހިތާވާން ވީނުން.

 31. 2023 ޔާމީން

  ކޮރަޕްޝަން އަކީ މިގައުމުގެ އެކުވެރިޔާ....

 32. ރައްޔެތުންގެ ހިޔާލް

  ބަޤާޥާތުގެ ބާގީއެއްމީނަމީ ދުވަހަކުވެސް މާފެއް ނުކުރާނަން މިޤައުމުގެ ޤާނޫނުގެ އަތް އަދިމިމީހުންނާއަރާ ހަމަކުރާނެ ކުރިޔައޮތްދުވަސް ތަކުގައި ކަމިޟަންގެ ދައުރު ފުޅާކުރަންވީ ކާމިޔާބީގައި ހިތްތިރިކުރާއިރު މާޒީންއިބުރަތްހާޟިލްކުރަންވާނެ.

 33. އާދަނު

  ރިޔާޒު އުޅުނީއްޔޯ ފާތުން އާ އިންނަން.

 34. ޢަލީ

  ޔާމީނު ވެރިކަމުން ވެއްޓުނީކީއެއްނޫން އިނގޭތޯ. ދައުރުހަމަވެގެން ދެވަނަދައުރަކަށް ހޮވިވަޑައިނުގަތީ،

 35. އަލްޖިބްރާ

  ޔާމީނަކީ ދެފުއްކެހެރިއެއް ! ކޮންމެފަރާތަކުންވެސް ތަތްކުރެވޭނެ !

 36. ބާޣީ ރިޔޒ

  ޔާމީން ދައްކާނެ ވާހަކަ އެނގޭނީ ޔާމީނަށް ތައުރީފް ކުރަން ބޭނުން މީހަކަށް ތައުރީފްވެެސް ކުރާނެ. ކަލޭ ދެ ކޮލުގަ އިން ދެ ބަނަހަށް އިތުރަށް ބޭކިންގ ޕައުޑަރ އަޅައަޅާ ހުރޭ. ކަލެއާ ބެހޭ ކަމެއް ނޫން.

 37. އެން.ސީ ހަމީދު

  އަބުދު ރިޔާޒް ޕޮލިހަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގަނެފައިހުރި ކުދި ލޯންޗްތަކުގެ މަތިން ކުޑަކޮށް ހަނދާން ކޮށްލުމުގެ އިތުރުން ފުލުހުންނަށް ބޫޓްގަންނަން ހޭދަކުރި ފައިސާއަށް ވީއެއްޗެއްވެސް ހާމަކޮށްދީބަލަ ރިޔާޒޫ ގުދޯ ގުދޯ ނުގޮވާ ތިޔަ އުޅެނީ ބޭޒާރުވާން މާތް ﷲ ގަންދީ ހުވާކޮށްފަ ރިޔާޒަކަށް ނުކެރޭނެ ބުނަން ފުލުހުންގެ ބަޖެޓުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ފައިސާ ބޭނުން ނުކުރަމޭ އަހަރެން ހުވާކޮށްފަ ބުނާނަން ކުރިމަތީގަ ކަލޭ ކުރިއޭ މީހަގީގަތް

 38. އައްޑޫ މީހާ

  ކަލޭދެން ކޮން ރުޅިއެއް އަންނާކަށް ތީދެން ކާކު ރަނގަޅަށް ވާހަކަ ދައްކަން ނުދަންނަ މީހެއް ކަލޯ ކަމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރެގެން ހިންގި ޖަރީމާތަށްފެނި އަހަރަމެން ކަލޯދެކެ ވަރަށް ރުޅިއާދޭ އަދި ވަރަށް ފޫހިވޭ އިތުބާރެއްވެސް ނުކުރެވޭ ކެނެރީގެ ދަންނަ ނުދަންނަ މާފަތް އެދުރު ކަލޭގެއަކީ އެއީ ލާދީނީ މީހެކޭ މުޅި ގައުމު ފަސާދަ ކުރަނީއޭ ކަލޯމެން އެންމެން ކިޔާ އުޅުނު ލަވައެއް އެކަމް މިހާރު އެލަވަ މޮޑިފައިކޮށްގެން ޑީޖޭ ވާޝަނަކަށް ބަދަލުކޮށްގެން މިކިޔަނީ އެއީ ހާދަހާވާ ރަނގަޅު ބޭފުޅެކޭ މީހެއްގެ ބަނޑުން އެވަރުގެ މީހަކު އުފަންވެފަ ނުވޭޔޭ މިކަހަލަ ވަރަށްގިނަ ހިސްޓޯރިކަލް ވާހަކަ އެބަހުރި ކަލޯމެން ހާވާފަހުރި ހަޑި ވަރަށް ބައިވަރު މެމޮރީގަ އެބަހުރި ގާސިމް ޖަލަށް ލާން ޖެހުނީމަ ލާނެ ގަަސިމް މައުމޫނުގެ ވެރިކަމުގަވެސް ޖަލަށްލި އެތަށް ފަހަރަކު ކެންނާރި ދަންނަ ނުދަންނަ މާފަތް އެދުރު ކަލޭގެ ދައުރުގަވެސް ގާއްޓެ ޖަލައްލި ދެން އޮތީ މި ހުރިހާ ވެރިކަމެއްގައިވެސް ގާއްޓެ ޖަލައްލީ ކޮންކަމަކާއި ގުޅިގެންތޯ ބަލާ އެކަން ސާފުކުރުން ރަނގަޅު އެކަން އެންމެ ރަނގަޅަށް އެންގޭނީ ކަލެއަށް ގާއްޓެ ޖަލަށް ލުމުގެ އެންމެ ކުރީސަފުގައި އަޑީގައިހުރި މީހަކަށް ކަލޭވާތީވެ މިހެން މިބުނީ

 39. ރަސދ

  عبدﷲ ރިޔާޒު އަކީ ބާކީ މީހާއެއް އެސޮރު މޮޔަގޮއްވަން ދޫކޮއްލާ..ބާޢީއެށް