ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމާ ގުޅޭ ގޮތުން، ޖަޕާންގެ އެންވަޔަރަމަންޓް މިނިސްޓަރު ޔޮޝިއަކީ ހަރަޑާއާ އެކު ޖަޕާނަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ވަޒީރުންގެ ވަފްދުން މަޝްވަރާ ކުރައްވައިފިއެވެ.

ޖަޕާންގެ އެންވަޔަރަމަންޓް މިނިސްޓަރާއި މަޝްވަރާ ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ޖަޕާންގެ އެންވަޔަރަމަންޓް މިނިސްޓަރާއި ރާއްޖޭގެ ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ރާއްޖެއަށް ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޖަޕާނުން މިބައްދަލުވުމުަގއި ދީފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ޖަޕާންގެ އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކައިގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ޖަޕާނުން ކުރަމުން އަންނަ މަސައްކަތާއި ރާއްޖެއަށް އެ ގައުމުން ވަމުން އަންނަ އެހީތައް ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

ޖަޕާނަކީ މިހާރު ވެސް ރާއްޖެއަށް އެކި ދާއިރާތަކުން ގިނަ އެހީތަކެއް ވަމުން އަންނަ ގައުމެކެވެ. ޖަޕާނުން ވަނީ ރާއްޖޭގެ ބައެއް ރަށްތަކުގެ ގޮނޑުތައް ހިމާޔަތް ކުރުމަށް ވެސް މީގެ ކުރިން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަދުން

    ހެހެހެ.. ޔާމީނު މިމީހުންނަށް ކަމެއް ދަސްކޮށްދީފި. "ތަރައްގީގެ މަޝްރޫޢު" ދެންއަންނަ އެއްވެސް ވެރިއަކަށް ތަރައްގީ ނުކޮށް ވެރިކަމުގަ ނުހުރެވޭނެ.

  2. މިއަދު

    ތިއީ 100 ދުވަހުގެ ވަޢުދެއްތަ މަޝްވަރާކުރުން ތިކަމުން ވަނެ އެއްކަމެއްވެސް ނެތް ދައުލަތުގެ ފައިސާއިން ބޭކަރު ޚަރަދުކުރުމަށް ތިތިބީ ފޫގަޅަފައި ދެންދޭ ވިއެޓްނާމަށް

  3. ޖަހާންގީރު

    ކޮންކަހަލަ ތަރައްޤީއެއްބާ ޖަޕާނަކީ ކޮކްރިޓް ތަރައްޤީ ޤައުމެއް ސެކިއުލަރ ކޯލިޝަން ސަރުކާރު ކޮކްރިޓް ތަރައްޤީ އަށް މަލާމާތް ކޮށް ހެދި ހަނދާން އަދި އެބަހުރި

  4. ލަބީބު

    ކުރެވުނަސް ކުރެވޭނީ ރައީސް ޔާމީން ފަންޑުހޯއްދަވާ ފައްޓަވާފަހުރި ކަމެއް! ރައީސް ޔާމީން ވަޑައިގެންނެވީ 750 މިލިޔަންޑޮލަރުގެ ރިޟާވްއެއް ދޫކުރައްވާފަ! މިއަދު އެބުނީ މުސާރަދެވޭކަށްވެސް ނެތްވާހަކަ! ނާސްތަވެސްދޭނީ ވަކި ކުދިންތަކަކަށޯ! އާސަންދަވެސްދޭނީ ވަކިބަޔަކަށޯ! އިސްރަށްވެހިންނަށްދޭ 5000 ރުފިޔާ 3000 އަށް ހަދާނަމޯ! ބާރަށް އަތްޖަހާ! ކޮބައިތޯ ބޮޑު ދެ ބްރިޖް؟ އައްޑޫސިޓީގެ ދެރަށެއް ކަނޑުން ގުޅާލުމަށްހަދާ 13 މޭލެގެ ބުރިޖާ ، ޅ. ނައިފާރާ ހިންނަވަރު ގުޅާލުމަށް ކަނޑުން އަޅާ 4 މޭލްގެ ބްރިޖް! ނުވާނެ ސަންގޯރަކަށް! އިސްތިޢުފާ!

  5. ނުރަބޯ

    މިމީހުންނަކަށް ތަރައްގީއެއް ނުއެއް ކުރެވޭނެ އެ ވިސްނުންވެސް ނުހުންނާނެ. އެ އިޚްލާޞްތެރި ކަމެއް ވެސް ނުހުންނާނެ. ބިނާ ކުރުމާ އާރާސްތުކުރުމަކީ އެމްޑީޕީ އަކަށް ކުރެވޭނެ ކަންކަމެއްނޫން އެމީހުން ނަށް ކުރެވޭނެކަމަކީ އިސްރާފު ކުރުމާ ފަނާކުރުމާ ހަލާކުކުރުން.

  6. ޢެކަނޑަމީ

    ވެރިކަން ފުނޑެނީ ފުނޑެނީ ފުނޑެނީ ސަލާމަތްކުރާނީ ކާކު އިންޑިއާތޯ ޗައިނާތޯ އެމެރިކާތޯ ... .......އިދިކޮޅުންތޯ އެމްޑީޕީތޯ؟؟؟؟

  7. ހެހެހޭ

    ދަޅަދައްކާ ޓޯއީ ސަރުކާރު.

  8. ގުއިރޯނު

    މިއީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް. މިމީހުން މިކަމަށް ވަރަށް މޮޅުވާނެ. ތަނަކުން ލޯކުޑަމީހަކު ހޯދައިގެން ފޮޓޯނަގާފަ ރައްޔިތުން ގުއިރޯނުގައި ޖައްސަނީ ތަރައްގީއޭ ކިޔައިގެން. ކޮންތާކު ޖަޕާނު ނުވެސް ދެނަހުރި......!!!!