ދިވެހި ރުފިޔާގެ ފައިސާގެ ނޫޓްތަކެއް

ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ، އެ ފައިސާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

155173ރ (އެއްލައްކަ ފަންސާސް ފަސްހާސް އެއްސަތޭކަ ހަތްދިހަ ތިން ރުފިޔާ) މީރާއަށް ދެއްކުމަށް، ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، ޖީއެސްޓީ އަދި އެއާގުޅޭ ޖޫރިމަނާ ދައްކާފައި ނުވާތީއެވެ.

ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ހާޒިރުގައި، އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، 155173ރ (އެއްލައްކަ ފަންސާސް ފަސްހާސް އެއްސަތޭކަ ހަތްދިހަ ތިން ރުފިޔާ) އާއި އެ ފައިސާއާއި ގުޅިގެން އަރަމުންދާ ޖޫރިމަނާ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށެވެ.

ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިން މީރާއަށް ދޮޅު ލައްކައަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރިއިރު، ހަ ފަރާތަކުން މީރާއަށް ދައްކަންޖެހޭ 4.6 މިލިއަން ރުފިޔާ ދެއްކުމަށް އިއްޔެ ވަނީ ހަމަ އެ ކޯޓުން ހުކުމް ކޮށްފައެވެ.

މީރާއަކީ ދައުލަތަށް ލިބޭ އާމްދަނީ ފައިސާ ދެއްކުމުގެ އެންމެހާ ކަންކަން ބަލަހައްޓާ މިނިވަން މުއައްސަސާއަކަށްވާއިރު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު އެކަނިވެސް ދައުލަތަށް 985 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަގޭދަރި ދޮންފުތު

    ގާސިމް ދައުލަތަށް ދައްކަންޖެހޭ ލާރި ހޯދަބަލަ. އިންސާފަކީ ވަކި މީހަކަށް ވީމަ ތަފާތު ނުކުރުން.
    އެލާރި ހޯދުނީމަ ގަބޫލް ކުރާނަން މީރާއަކީ މިނިވަން މުއައްސަސާއެއްކަމަށް.

  2. ގާސިމަށް ހުކުމްކޮށް ލާރި ހަޯދަބަލަ ތިގޮތަށް އޭރުން ގަބޫލްކުރާނަން ކޯޓުތަށް މިނިވަން އިންސާފުވެރި ކަމަށް