ރައީސް ޔާމީން އާއި އެކު އޮޑި އަޑިއަށްދާއިރު، ރިޔާދަށު ނުވެ ސަރުކާރުން ނުކުތުމަށް، ސަރުކާރުގައި ތިއްބެވި ފަރާތްތަކަށް ކުރީގެ ނައިބު ރައީސް އަދީބު ގޮވާލެއްވި ގޮވާލެއްވުމަށް ވެރިކަން ކުރާ ޕީޕީއެމް އިން ރައްދު ދީފިއެވެ.

"ވަގުތު" އާއި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ސަރުކާރު އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި ކުރީ ނައިބު ރައީސް އެ ގޮވާލައްވަނީ އިދިކޮޅު ފަރާތްތައް ފެތޭ ވާހަކަ ކަމަށެވެ.

" ހަގީގަތުގައި އަދީބު އެވިދާޅުނީ އިދިކޮޅު ފަރާތް ތަށް ބަލިވަމުންދާ ވާހަކަ, އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ އިދިކޮޅު ފަރާތްތަކަށް ތާއީދު ގެއްލެމުން ދާ މަންޒަރު" ހަލީލު ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ އިދިކޮޅު ފަރާތް ތަކުގެ ތާއީދު ގެއްލިގެން ދާ ކަމުގެ އެންމެ އަލި ގަދަ އެ ހެއްކަ ކީ ރޭގަ އިދިކޮޅު ފަރާތް ތަކުން ބޭއްވި އެއްވުމުގައި ފުލުހުނަށް ހަމަލާ ދިނުމަށް ކަޅު ތެޔޮ ޖަހާއި, އަދި މިރުސް ފެން ޕެކެޓް ބޭނުން ކުރި ކުރުން ކަމަށެވެ.

" ސަރުކާރު އޮތީ ވަރަށް ބަދަހިކޮށް, ރައީސް ޔާމީންގެ އަރިސް ބޭފުޅުން މިހާރުވެސް ތިބީ އެމަނިކުފާނާއި އެކު ސާބިތުވެގެން ރައްޔިތުންގެ ވެރިކަން ދިފާއު ކުރުމަށް, އިދިކޮޅު ފަރާތް ތަކުގެ ތާއީދު ގެއްލިގެން ދާ ކަމުގެ އެންމެ އަލި ގަދަ އެ ހެއްކަ ކީ ރޭގަ އިދިކޮޅު ފަރާތް ތަކުން ބޭއްވި އެއްވުމުގައި ފުލުހުންނަށް ހަމަލާ ދިނުމަށް ކަޅު ތެޔޮ ޖަހާއި , އަދި މިރުސް ފެން ޕެކެޓް ބޭނުން ކުރި ކުރުން " ހަލީލު ވިދާޅުވިއެވެ.

އަދީބާއި ހަވާލާދެއްވައި އެމަނިކުފާނުގެ ޤާނޫނީ ވަކީލު މޫސާ ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކައްޕި އާއި އެކު އޮޑި އަޑިއަށްދާއިރު، ރިޔާދަށު ނުވެ ސަރުކާރުން ނުކުތުމަށް، ސަރުކާރުގައި ތިއްބެވި ފަރާތްތަކަށް އަދީބު ގޮވާލެއްވި ކަމަށެވެ. އަދި ހަމައެއާއިއެކު، ރައީސް ޔާމީން ފިޔަވައި ސަރުކާރުގައި ތިއްބެވި ހުރިހާ ފަރާތްތަކަކީ އަދީބުގެ އެކުވެރިން ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.

ހަމަ މިއާއިއެކު، "އުފާވެރިކަން އޮތީ މިކޮޅުގައި" ކަމަށް އަދީބު ވިދާޅުވި ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަފްޞާ / މާލެ

    އުފާވެރިކަން އޮންނަނެތާ! މުޅި ސަރުކާރަށް 3 އަހަރުދުވަހު ލިބުނުހާ ފައިސާ ބަނޑއަޅާލާ ، އެކަން ފުރުވުމަށް ރައީސްޔާމީންގެ އެކައުންޓަށް ފައިސާކޮޅެއް ލާ އެ ބަނޑުއެޅުމުގައި ރައީސްވެސް ބައިވެރިވިކަން ދެއްކުމަށް!

    • ސޮމެޮނެ

      ބަނޑު އަޅާއިގެން ނުކޮށްދިން ކަމެއް އެބައޮތްތަ.ކައިގެންވެސް ކޮށްދެންޏާ ނިމުނީނު. މިއުޅެނީ އެވަރުވެސް ކުރިން ނުކޮށްދީ ރައްޔިތުން ގަނަތަޅުވަން އުޅޭބައިގަނޑެއް

  2. މަހަށްދޭބަލަ

    ރާއްޖޭގެ ޓޫރިޒަމް އަށް ޑިކްލައިން އެއް ނާންނާނެއޭ ޓޫރިޒަމް މިނިސްޓަރަކަށް ވެސް ނޭގޭނެއޭ އޭނާ އަކީ އެހާ މޮޅަށް ކަންކަން ބެލޭ ކަންކަން ދަންނާނެ މީހެއް ނަމަ އެންމެ ފަހުން ބޭއްވި އިންޓަރނޭޝަނަލް ނިއުސް ކޮންފަރެންސް ގައި ސްޓެޓިކްސް ޓިކްސް އާއި އެކު ކިޔައިދޭނެ ނޫންތޭ. ރާއްޖޭގެ ޓޫރިޒަމް ދާނީ ކުރިއަރައިގެންނޭ އަދި ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ސްޓްރެޗް ކޮށްލަންވީއޭ އެއިރަށް ހުންނާނީ ރަނގަޅަށޭ. މީގައި ނެތޭ އިތުރު އެެއްވެސް ގޮތެއް ހަމަ ޖުލައިގެ ނިޔަލަށް ސްޓްރެޗް ކޮށްލާ ކުއްލި ނުރައްކަލުގެ ހާލަތު.

  3. އެއ

    ތިކަހަލަ ފެންނެތް އެތައް ކާށްޓެއް މިހާރު ފަޅައިފިއެވެ. އެހެންވީމާ ތިޔަކާށީގައިވެސް ފެނެއް ނުހުންނާނެއެވެ.

  4. ޙަސަދަ

    ޢަދީބަކީ ރައްޔިތުން ދަންނަ ރައްޔިތުންގެ ކުރިމަތީގަ ބަސްވިކޭ މީހެއްނޫން. ރައްޔިތުން ތިބީ ތަރައްޤީއާއެކު.