އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހަށް ގޮނޑިތައް ބެހުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސޮއިކުރައްވާފައިވާ ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް ގޮނޑިތައް ބެހުމަށް ހުރަސްއަޅަނީ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގައި ރައީސް ސޯލިހުއަށްވުރެ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ބާރު ގަދަކަން ދެއްކުމަށް ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ޑރ. ހަލީލް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެޕާޓީގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ނަމަވެސް ގޮނޑިތަށް ބެހުމަށް ރައީސް ޞޯލިހު ސޮއިކޮށްފައިވާ އެއްބަސްވުމާއި އެއްގޮތައް ގޮނޑިތައް ބެލުމަށް ހުރަސް އަޅަނީ ރައީސް ޞޯލިހުއަށް ވުރެ ރައީސް ނަޝީދުގެ ބާރު ގަދަކަން ދެއްކުމަށްކަމަށެވެ.

''ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކޯލިޝަންގެ ލީޑަރުންގެ މެދުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސޮއިކުރައްވާފައިވާ އެގްރިމެންޓާ އެއްގޮތަށް ބެހުމަށް ހުރަސްއަޅަނީ އެމްޑީޕީގައި ރައީސް ސޯލިހުއަށް ވުރެ ރައީސް މުހައްމަދު ނަޝީދުގެ ބާރު ގަދަކަން ދެއްކުމަށް. އެމްޑީޕީގެ އަސާސީ ގަވާއިދު: ޕާޓީގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ." ހަލީލުގެ ޓުވީޓުގައި ވިދާޅުވިއެވެ.

ޚަލީލް މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ ފެކްޝަނުން މިކަން ކުރަނީ ވަރަށް ރާވައިގެން ކޯލިޝަން ރޫޅާ ރައީސްގެ އަގު ވައްޓާލަން ކަމަށެވެ.

މަޖިލީހުގެ ގޮނޑިތައް ބެހުމާ މެދު ކޯލިޝަންގެ ލީޑަރުންގެ މެދުގައި މިހާރު އަންނަނީ މަޝްވަރާތައް ކުރަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހުވެސް ކޯލިޝަންގެ ލީޑަރުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެއެވެ. އަދި މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ވަނީ ލީޑަރުން ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. ނަމަވެސް މިއަދާހަމައަށް ވެސް އެކަމަށް އެދެވޭ ހައްލެއް ހޯދިފައެއް ނުވެއެވެ.

އެމްޑީޕީ އިން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައި ވާއިރު އެއީ ކޯލިޝަންގެ އެއްބަސްވުމާއި ހިލާފު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނޫރު

    ހެ ހެ ބަލަ ލަނދުގަނެބަލަ 2013 ގެ ކޯލިޝަން ރޫޅުމުގައިވެސް ހަމަ ނަޝީދު ކަމެެއްކުރީތޯ. ނަޝީދުވެސް ޚޮދް އެމްޑީޕީވެސް ނުޖެހޭ . ގޮޑި ބަހާކަށް.އެތިބީ މަސައްކަތެއްނުކޮށް މަޤާމްތައް ލިބިފަ.

  2. ދަލު ބޭރު

    ޚަލީލު މީދެން ކޯލިޝަން މީހެއްވެސް ނޫނެއްނު.. ދަލު ބޭރުން ޖެހެނީ..

  3. ޑީޑި

    ރައްޔިތުންނަށް ހަރާމްކޯރު ވުމުގެސަބަބުން ރައްޔިތުން ބަލައިނުގަންނަ ހަލީލުކަހަލަ ކަޗޯރުން ނަޝީދުކަަލަ ރައްޔިތުންގެ ލޯބި ހޯދައިގެން ތިއްބެވި ގަދަރުވެރިންނާ ނުބެހި ތިބެބާ! ހަލީލުގެ ވާަކައަނހާނެ ދިވެއްސެއް މިގައުމުގަނެތޭ

  4. ސޯލިހު

    މި ބަލާވެރި އަންނި ކިބައިން މިލޮބުވެތި ދިވެހި ގައުމު ސަލާމަތް ކުރްއްވާ މިނުލަފާ އިބުލީސް ނިކަމެތިކުރައްވައިފާނދޭ؟

    • Abdul Latheef

      އާމީން. އާމީން. އާމީން.

  5. ނިލަންދޫ ވިންދު

    އެކޮއެ ތީ ކޮންޕާޓީއެއްގެ މީހެއް! ތިހެން އުޅެނިކޮށް ތައްޑުދަށުން ގޮސްދާނެ! ތި ޢާއިލާއިން އެހެންމީހަކުނިކުމެ ގޮނޑިގަނޑު ދަމައިގެންފާނެ! މައިތިރިވެގެން ހުރެބަލަ! ތިދާއިރާގެ މީހުން ތާޢިދު ކުރަނީ ކަލޭ ވީމަކަނޫން! ވަކިފިކުރަކަށް އެމްޑީޕީއާ ދެކޮޅަށް، އެހެންވީމަ ގަޑިހަދަން އިން ސޮރުވެސް ހޮވުނީ!

  6. ޙައްވަ

    ޚަލީލު ޢަކާބެހޭ ކަމެއްތަ އެއީ؟

  7. ނަންނަަ

    މިތާ ކޮމެންޓް ކޮއްފައެއް ނެތް ޚަލީލް އާ ޖައްސާ ލެވިގެން އުޅޭ ފެންވަރުގެ މީހެއް. ޚަލީލް އަކީ ބެސްޓް މޭން އެއް.

  8. Miadhu

    ރައިސްނަޝިދުގެ ބޭނުމަކީ ދައުރު ދެބައިވުމުގެކުރިން މިސަރުކާރު ވައްޓާލާ ބައި އިލެކުޝަނަކަށްގޮސް ވެރިކަން ހޯދުން އެހެންވިއަސް ނަޝިދަކަށް މިގައުމުގެވެރިކަމެއް ދުވަހަކުވެސް ނުލިބޭނެ އިނަޝާަﷲ

  9. Anonymous

    ގޮޑި އެއީ ބަހަންޖެހޭ އެއްޗެއްނޫން

  10. ސަންގުގެރި

    ސަރުކާރުގައިބ

  11. ދަރީ

    ޚަލީލަކަށް ދެން ކޮންކަމެއް