ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ރިޔާސީ ވައުދެއް ކަމަށްވާ ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދިނުމުގެ ވަޢުދު ފުއްދާގެ ގޮތާއި ބެހޭގޮތުން ޢާއްމުންގެ ޚިޔާލު ހޯދުމަށް އެޑިޔުކޭޝަން މިނިސްޓްރީން ތައްޔާރުވެފައި ވަނިކޮށް މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ "ޖަޒީރާވަންތަ ނާސްތާ" ހާމަކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ މެންބަރު ޢަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ހެނދުނުގެ ނާސްތާއަށް ދިވެހި ކުކުޅު ބިސް ލައިގެން އަޅާ މުރަނގަފަތު ބިސްގަނޑު ވަރެއް ނޯންނާނެ ކަމަށާއި، އެއާއެކު ދޮންކެޔޮ ވަކެއް ދިނީމަ ނިމުނީ ކަމަށެވެ.

"ހެނދުނުގެ ނާސްތާއަށް ދިވެހި ކުކުޅު ބިސް ލައިގެން އަޅާ މުރަނގަފަތު ބިސްގަނޑު ވަރެއް ނޯންނާނެ. އެއާ އެކު ކެމިކަލް ކެމިކަލް ގަހު ކާނާ ނާޅާ ހައްދާފައި ހުންނަ، އޯގަނިކް ދޮންކެޔޮ ވަކެއް ދިނީމަ ނިމުނީ. ޖަޒީރާވަންތަ ވެފައި، ޞިއްޙަތައް ރަނގަޅުވާނެ." ޢަލީ ހުސައިން ވިދާޅުވިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު ސްކޫލްތަކުގެ ކިޔަވާ ކުދިންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމް ފަށަން ސަރުކާރުން ނިންމާފައިވާތީ ސްކޫލްތަކުން ކުދިންނަށް ނާސްތާ ތައްޔާރުކޮށްދޭނެ މީހުން ހޯދަން ބިޑަށް ހުޅުވާލާފައިވާއިރު، ދަރިވަރުންގެ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމަށް އާންމުންގެ ހިޔާލުހޯދުމަށް މިރޭ ފޯރަމެއް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ނިންމައިފިއެވެ.

ދޮންކޭލާއި، ކިރުތައްޓެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ރިޔާސީ އިންތިޚާބުގެ ތެރޭގައި ވައުދުވެވަޑައިގެންފައި ނެތް ކަމަށާއި، އެއީ 2008 ވަނަ އަހަރު ނަޝީދު ވެވަޑައިގެންފައިވާ ވައުދެއް ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދެއްވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު ޢަލީ ވިދާޅުވެފައިވާއިރު، އަންނަ އަހަރު ނާސްތާ ދިނުމަށް ހަމަޖެހިފައިވަނީ 25 ސްކޫލްގައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންމެ އަތޮޅަކުން ސްކޫލަކާއި، މާލޭގެ 3 ސްކޫލެއްހެ އިތުރުން ހުޅުމާލެއިން ސްކޫލެއް އަދި ވިލިމާލެއިން ސްކޫލެކެވެ.

ޕައިލެޓް ޕްރޮގްރާމްގައި ޖުމްލަ 10 މެނޫ ހިމެނޭއިރު، ކޮންމެ ސްކޫލަކަށްވެސް ދުވާލަކު 3 މެނޫ އިހުތިޔާރު ކުރެވެނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހެނދުނުގެ ނާސްތާ މެނޫ:

  • ރޮށި، ބިސްގަނޑު، ކިރު
  • ރޮށި، ފަތު މަސްހުނި، ކިރު
  • ރޮށި، ކިރު، ތަރުކާރީ މަސްހުނި
  • ރޮށި، ކިރު، ބަރަބޯ މަސްހުނި
  • ރޮށި، ކިރު، ބަށި މަސްހުނި
  • ރޯލް، ބޭކަޑް ބީންސް، ކިރު
  • ކިރު، ބިސް، ސޭންޑްވިޗް
  • ކިރު، ޗީޒް ސޭންޑްވިޗް
  • ކިރު، ޕާން، ޕީނަޓް ބަޓަރ

25 ސްކޫލާއެކު ފަށާ ހެނދުނުގެ ނާސްތާ ޕްރޮގްރާމުން ޚިދުމަތް ލިބިގެންދާނީ 14720 ދަރިވަރުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އިބްރާ

    ފަސްއަހަރު ނިމޭއިރވެސަ މިކަންހިނގާނީ ޕައިލެޓާއި އެކީގައެވެ.

  2. އިކްލީލް

    އެހެންވީމާ މިގޮތަށްދިޔަނަމަވެސް ، ވެރިކަން ދެމިއޮތިއްޔާ އެއްއަހަރު ނާސްތާލިބުނުކުދިންނަށް އަނެއް ހަތަރުއަހަރު ނުލިބޭނެތާއެވެ؟ ވަަޢުދު ފުދި އިތުރުވެއްޖެއެވެ. ގައްޑާ

  3. ކިނބޫ

    ކޮންްމެ އަތޮޅަކުން ވެސް އެންމެ އާބާދީ ކުޑަ ރަށް ބަލާފަ ނާސްތާ ދޭގޮތަށް ނިންމަންވާނީ. އޭރުން އޮންނާނީ ވައުދު މާބޮޑަށް ވެސް ފުއްދިފަ

  4. ބާނިޔޫސޭ

    އާދައިގެ ކިރުތައްޓެއް ނުދެވިގެން ބަހަނާ ދައްކާއިރު ކޮން ދިވެހިކުކުޅުގެ ބިހުގައި ފަތުބިސްގަނޑެއް ދެވޭނީ. ކަލޭހުރޭ މީހުންގެ އަބުރަށް އަރަން ެކަމުގަ.

  5. ޖަމީލުބެ

    ތިކަން އާސަންދަ އަށް ވީހެން ވާނީ.. އެންމެ ފަހުން ތިޔަ ޚިދުމަތްދޭ ޕާޓީތަކަސް ފައިސާ ނުލިބި ގިނަދުވަސްވެގެން ސަޕްލައު ހުއްޓި ތިކަން އަތަށޤ ގޮވާނީ... ބިޑު އުސޫލުން ދޭއިރު ދޭނީ އެންމެ އަގުހެޔޮ ޕާޓީއަކަށް.. ވީމާ ސަޕްލައިކުރާ ކާނާގެ ފެންވަރު ވެސް ދައްވާނެ...

  6. ޢުންބެ

    މީކުދިން ގެސިއްހަތާ ވަރައްގުޅުން ހުރި ކަމެއް ވީމަ ވިޔަފާރި އުސޫލުން މިކަންކުރާއިރު ވަރައް ބަލަން ޖެހޭނެ ކުޑަކުދިންވީމަ

    Mixing These Following Fruits, Foods Might Cause Diseases Milk and Orange Papaya and Lemon Pudding and Banana Oranges and Carrots Pineapple and Milk Guava and Banana

    • ބްރޭކިން ނިއުސް

      ކަލާ ގޫގްލް ކޮއްފަ ހެން ހީވަނީ
      ޑޮކެއްގެ ހިޔާލު ހޯދިނަމަދޯ.. މަކަހަލަ..

  7. މޫސާ

    ދިވެހި ކުކުޅު ބިހާއި ދިވެހި ދޮންކެޔޮ އެވަރަށް ހޯދަނީ ކޮންތާކުން؟ ޢަލީ ޙުސައިން ސަޕްލައި ކޮށްދެނީތަ؟

  8. މޫސާ

    ލިބޭނީ ކެމިކަލް ބިހާއި ކެމިކަލް ދޮންކެޔޮ!

  9. އައިސަތުލާ

    ކަލޯ ދިވެހި ކުކުޅު ބިސް ހޯދަނީ ކޮންތާކުންް؟

  10. ބެއްޔާ

    މިކަން ނިމޭ އިރު ބަނާނާ މިލްކް ޝޭކް ކުޑަ ޕެކެޓެއް ދީފަ ބުނާނީ ވައުދު ފުދުނީޔޭ. ބަނާނާ މިލްކް ޝޭކް ޕެކެޓްގަ ދޮންކެޔޮވެސް ހުންނާނެޔޭ ކިރުވެސް ހުންނާނެޔޭ

  11. ދަރިވަރު

    ތިޔަކަމަށް ބުނާނެ އެއްޗެއް ނެތް. ތިޔަ ނާސްތާއަކާހެދި ބޯ ހަލާކު. ނުވާވަރުގެ ކަންތައްތައް ކީއްކުރަންތަ އެ ވައުދުގެ ތެރެއަަށް ލަނީ. ސްކޫލު ތަކުގެ މުއައްޒަފުންނަށް އިތުރު ތަކުލީފު ތަކެއް ތިކަމުންވެސް ޖެހޭނީ.