ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ޙުސައިންގެ ބަހާއި އަމަލު އިސްލާހުކޮށް ތައުބާވުމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަޙުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ އިއްޔެ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. މުޙައްމަދު ޝަހީމުގެ ޓްވީޓެއް ރިޓްވީޓް ކުރައްވާ ނިހާން ވިދާޅުވީ ޝައިޚް އިލްޔާސް އާއި އެމްޑީޕީގެ ބައެއް ފަރާތްތަކުގެ އަމަލާއި ބަސް އިސްލާހުކުރުން މާ ރަނގަޅުވާނެކަމުގައެވެ. ނިހާން ރިޓްވީޓް ކުރެއްވި ޓްވީޓުގައިވަނީ ޔޫނުސް ސޫރަތުގެ އާޔަތެކެވެ.

ނިހާންގެ ޓްވީޓަށް ރައްދު ދެއްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވީ ކޮންމެ މީހަކީވެސް އަބަދުމެ ތައުބާވުން މަތީގައި ދެމިހުންނަން ޖެހޭނެ މީހެއްކަމަށެވެ. އަދި އެއީ ވަކި މީހަކަށް ޚާއްޞަ ކަމެއް ނޫންކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.

އިލްޔާސް އަށް މިފަދަ ރައްދެއް ނިހާނު ދެއްވާފައިވާއިރު، މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުން ފެށިގެން އިލްޔާސް ދަނީ އޭނާ ކުރިން ދައްކަވާފައިވާ ވާހަކަތަކާ މުޅިން ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ފާޑު ކިޔުން އިލްޔާސް އަށް އަމާޒުވެފައިވެސްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. بشير

    ތެދުފުޅެއް

  2. ޝޭޚް

    އެހެންވެ ދޯ ތިބޭފުޅުން ވަކި މިހަކަށް ނިސްބަތްކޮށް ތައުބާވާން ގޮވަނީ

  3. ާޓީ

    ޢިޔާޒު ލަދުގަނޭތަ ހަޔާތްކުދަކަން ހައްދު ފަހަނަ އަޅާ ދިޔައީ. ކިތައް ކިތައް މަިހުނައް ތައުބާވާން ގޮވީމު. ލަދުގެ ކަންފުޅެއްވެސް ނެތީ.

  4. އަލީ

    ސޭހު މުހައްމަދު އިޔާޒަކީ ދެފުއްދެގޮތް މުނާފިގުންގެތެރެއިންވާ ބޮޑުމުނާފިގެއް އިނަސާނުންގެތެރެއިން ސައިތޯނެއް

  5. ބައްބަ

    އިލިޔާސަކީ ކަންނެލި އޮޑިޔަށް ވިކިފަ ހުރި ދެފުއްކެހެރި ބޮޑު މުނާފިގެއް މިހާރުވެސް ރާއްޖޭގެ ރައިއްޔަތުންގެ މެދުގައި ވޯޓެއްލައިފިނަމަ މިކަލޭގެ ހޮވޭނީ 1ނަމްވަރު މުނާފިގަކަށް..........ލޮލް

  6. ޏިހު

    ތިބޭފުޅާ މިހާރު ތައުބާ ވީތޯ