ދައުލަތުގެ ޓެކްސް އިދާރާ މީރާއަކީ މިވަގުތު ވިޔަފާރިތަކަށް އޮތް ބޮޑު ގެއްލުމެއް ކަމަށް އިކޮނަމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ މި އަހަރުގެ ބޯޓިން އެވޯޑްސް ހަފްލާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މީރާ އުފެދިގެން އައީ މިހާރު މީރާ އިން މަސައްކަތް ކުރަމުން ގެންދާ ގޮތައް މަސައްކަތް ކުރުވުމުގެ ނިޔަތަކު ނޫނެވެ.

"މީރާއަކީ މިވަގުތު ވިޔަފާރިތަކަށް އޮތް ބޮޑު ގެއްލުމެއް، މީރާ އުފެއްދީ އެނިޔަތަކު ނޫން، މީރާ އުފެދިގެން އައީ ވިޔަފާރިވެރިން ލައްވާ ވިޔަފާރި ކުރުވާ އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ބެހޭނެ ގޮތަކަށް ރޭވުމަށްޓަކައި" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ޓެކްސް ނުނަގާ ގައުމެއް ކުރިއެއް ނާރާނެ ކަމަށާއި ނަމަވެސް މީރާއިން މިހާރު ކުރަމުން އަންނަނީ ވިޔަފާރިތައް ފުނޑުފުނޑުކޮށްލުމުގެ މަސައްކަތްކަމަށެވެ.

މީރާ އިން މަސައްކަތް ކުރީ ގާނޫނުތައް އަމިއްލައަށް މާނަ ކޮށްގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

"މިދިޔަ ފަސް އަހަރުގެ ތެރޭގައި ގާނޫނާއި ގަވައިދުތައް މީރާ އަމިއްލަަ ގޮތަކަށް މާނަކޮށްގެން ވަރަށް ގިނަ ވިޔަފާރިތަކެއް ބަނގުރޫޓުވެގެން ދިޔަަތަން ލޯމަތިން ފެނިއްޖެ ތަޖުރިބާ ކުރެވިއްޖެ" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ކުރިޔަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ޓެކްސްގެ ގާނޫނުތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަން ފައްޓަވާނެ ކަމަށެވެ. ޤާނޫނުތައް އިސްލާހު ކުރުމުން ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއްވެ، އޭގެ މަންފާ ގައުމަށާއި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވަޒީރުކަން ލިބިވަޑައިގަތުމާއި ހަމައަށް މަޖިލިސް މެންބަރު ކަމުގައި ހުންނެވި ފައްޔާޒް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވެސް ވަނީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވަރަށް ބޮޑަށް މީރާ އަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް ސަރުކާރާއި ހަވާލުވުމަށް ފަހު މީރާ އަށް ބަދަލެއް ގެންނަން އަދި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ސަލީމު

    ނުގެންނާނެ މީހުންއަތުން ދަވާލަނީ

  2. ަޝެއިޚް އާދަމް ޝަމީމް

    ވަރަށް ބޮޑުތެދެއް...މި ނަގާ ޓެކްސް ތަކަކީ އިސްލާމް ދީން ، ނެގުން ހުއްދަކުރާ އެއްޗެއްނޫން..ކަނޑައެޅިގެން ހުރި ހަރާމް އެއްޗެއް.

  3. ޙަސަން

    ބޯގަންވިލާ އިސްމާޢީލް ނަޞީރުގެ ދަރިން އެންމެ ރީތީ އެހެން މީހުންގެ ވާހަކަ ދައްކަން. ބަފާ އަތޮޅު އަތޮޅުގެ އަތޮޅުވެރިކަން ކުރިއިރު ރަށްރަށުގެ ރައްޔިތުން ލައްވައި އުވަދަވައި ވަކަރު ކޮށުވައިގެން ގެނެސް އަމިއްލަ ގޯތީގައި ގެދޮރު އެޅީ. ކޮންމެވެސް އަތޮޅެއްގެ ރައްޔިތުންގެ ލާރި ބޭނުންކުރި މައްސަލަ ވެސް އެބައޮތް ޝަރީޢަތަށް ސާބިތުވެފައި.

    • ހުއްބުލްވަތަން އަސްލު

      ހެޔޮދޯ ތިމާ އެެހެން މީހުންގެ ވާހަކަ ދެއްކުންވެސް، ބައްޕަ ކުރި ކުށެއްގެ އަދަބު ދަރީން ލިބިގަންނަންޖެހޭނެ ކަމަށް ގަބޫލެއް ނުކުރަން. އަޅުގަނޑުގެ ނަޒަރުގައި ބަސްބުނާމީހާ އަށްވުރެ ބޮޑަށް ވިސްނަންވީ ބުނި ބަހާމެދު.

  4. ހަސަންބެ

    އަޅުގަޑުގެ ދިހަ ފޫޓޫ ދިހަފޫޓުގެ ކަންމަތީފިހާރަ ޖީއެސްޓީ ދައްކަނީ މަދުން ކަމަށް ބުނެ އެމީހުން ކަޑައެޅި އަދަދަކީ 8 ލައްކަ ރުފިޔާ މީރާއަށް ދައްކަން. އެކަމަކު ވިޔަފާރި ކުރާތާ 4 އަހަރުވިއިރު ފައިދާ އަށްވެސް އަށް ލައްކަ ނުލިބޭ. އެބުނާ އަށް ލައްކަ ރުފިޔާގެ މައްސަލާގައި މިހާރު ކޯޓުން އަހަރެންފަހަތުން އެބަދުވޭ.

  5. އިކްރާމް އަބުދުއްސައްތާރު

    ތެދުފުޅެއް މީރާއިން ޓެކްސް ނަގަނީ ކާރީގަ ޖެހިގެން ހުރި ފިހާރަޔަށް ލިބޭ އާމްދަނީ އަކީ އަނެއް ފިހާރަޔަށް ވެސް ލިބޭނެ އާމްދަނީ ކަމަށް ބަލައިގެން {އެސްޓިމޭޓްކޮށް)

    މިގޮތަށް އެސްޓިމޭޓަށް ބޭސް ކޮށް ހިސާބު ހަދަނީ އޯޑިޓްގެ ނަމުގައި، ޤާނޫނު ބުނާގޮތުން މީރާގެ އޮޑިޓަކީ އެއީ ހެއްކެއް... އެހެންކަމުން

    ވިޔަފާރިވެރިޔާއަށް މީ ކިހިނެތް ހޯދި އަދަދެއްކަން ނުވެސް އެގި އޭނާޔަށް މިޖެހެނީ އެއަދަދު ހޯދި ހިސާބު ހެދި ގޮތް ނުބައި ކަން ޕްރޫވް ކޮށްދޭން..

    ވީމާ، މީރާއިން ކުދިވިޔަފާރިވެރިން ނަށް ބިރުދައްކަނީ ގާނޫނު ނަހަމަ ގޮތުގައި މާނަކޮށް، އޭގެ އިތުރުން ޤާނޫނުގައި ވާ ލޫޕް ހޯލްތައް ބޭނުންކޮށްގެން

  6. ލީމަން

    މީރާ ޔަކީ ކުދި ވިޔަފާރިވެރން ނަތްތާލަން ސިސްޓަމެޓިކް ކޮށް ރާވައިގެން މަސަތްކަތް ކުރާ ބަޔެއް..

    ހިސާބު ހަދަނީ އެމީހުން ބޭނުން ވާގޮތަކަށް އެއީ ކިހިނެތް ހަދާ ހިސާބެއްކަމެއްވެސް ބުނު ނުދޭ..

    އެކަމަކު އެހިސާބު އެއި އޯޑިޓޭ ކިޔާފަ އެއަށް މިޖެހެނީ ފައިސާ ދައްކަން... އެވެސް މިލިޔަނުން...

    ވިޔަފާރި އަށް ލިބޭ އެއްޗަކާ އެމީހުން ހަދާ ހިސާބަކާ ދުވަހަކުވެސް ދިމަލެއް ނުވޭ..!

    ހަމަ ފޭރެނީ..

  7. އަލްޖިބްރާ

    މީރާއަށް ވެރިންލީ ޔާމީނު ! ޔާމީނު ބޭނުންވަރަކަށް ފައިސާ ހޯދޭނެ ގޮތަށް ! ތިތާ މިހާރު ތިބި މީހުން އުކާލާފަ ، ތިތަނުން ނަގާ ހުރިހާ ފައިސާއެއް ނެގުން ވަގުތުން ހުއްޓާ ލަންވީ !

  8. އަބޯ

    އިމްޕޯޓް މުދަލަކުން ޖީއެސްޓީ ނަގައިގެންނުވާނެ . އިމްޕޯޓް މުދާ ކަސްޓަމުން ދޫކުރަންވާނީ އިމްޕޓް ޑިއުޓީ ނެގުމަށް ފަހު އެ ހިސާބުން އިމަޕޯޓް މުދަލުން ނަގަންޖެހޭ ޓެކްސް ނިމުނީ މިމުދަލުން ޖީއެސްޓީ ނެގީމަ ލިބޭ މިންވަރާ އެއްވަރުގެ އަދަދެއް ލިބިގެންދާނެ . ހަރަދު ކުޑަ ގެންގުޅެންޖެހޭ އިތުރު ބަޔަކު ނުތިބޭނެ ދެން ޖީއެސްޓީ ނަގަންޖެހޭނީ ރާއްޖޭގަ އުފައްދާތަކެތިން އެކަނި އެއީ ކެފޭ ރެސްޓޯރަންޓް އާދައިގެ ފިހާރަތަކުން ވިއްކާ ލޯކަލް އުފެއްދުންތައް. ރާއްޖޭގަ އުފައްދާ މޭވާ ތަރުކާރީ ރާއްޖޭގެ މުވާސަލާތީ ހަރަދުތަކުން . ހަގީގަތުގާ ރާއްޖޭގާ ޖީއެސްޓީ މިނަގަނީ ގޯސްކޮށް މިގޮތަށް ޖީއެސްޓީ ނެގުމުން އިމްޕޯޓް ކުރެވޭ ގަިނަ ތަކެތިން އެއްވެސް އެއްޗެއް ދަވްލަތަކަށް ނުލިބޭ އެއީ ވަރަށް ބޮޑު ގޯހެއް ވީމާ ގާނޫނު އިސްލާހުކޮށް އިމްޕޯޓް ކުރެވޭ ހުރިހާތަކެތިން އިމްޕޯޓް ޑިއުޓީ ނެގުމަށް ހަމަޖައްސާ ރާއްޖޭގަ އުފައްދާތަކެތިން ޖީއެސްޓީ ނަންގަވާ.

  9. ޒިޔާޕު

    ތިތާހުރި ހުދުމުހުތާރު ޔަޒީދު ފުރަތަމަ ބޭރުކުރޭ. ޢެއީ ހުދުމުހުތާރު މުވައްަފުންނަށް ކުލުނެއް ނެތް މާ ޤަވާއިދު އެނގިގެން އުޅޭ ފިރިހެނެއް

  10. ޢަހުމަދު

    ވަރަށް ބޮޑު ތެދުފުޅެއް ތިކަމަށް އަވަސް ހައްލެއް ހޯދައިދީ މީރާ ގެ ތިހުންނަ ކަންތައްތަކަކީ ކުދިވިޔަފާރިތައް ފުނޑުފުނޑު ކޮއްލުން އަވަހައް ތިކމައްފިޔަވަޅު އަޅަން ގޮޥާލަން

  11. ޤައުމު

    މާ ލަސްވެސް ވެއްޖެ ކަމެއް ތިއީ

  12. ބޯހަޅާކް

    ތި މީރާކާއިޖެހިގެންގޮސް މިހާރް ޒުވާންކުދިންނަށް މީހުނާއި އިދެވޭގޮތެއްވެސް ނެތް ކާއިވެނި ކުރަން ކޯޓަށް ދާތަނުން ބުނާނެ މީރާޔައް ރުފިޔާ ދައްކަން އެބަހުއްޓޭ އެހިސާބުން ކާއިވެނި ކެންސަޅްވީ ދެން ދާނީ މަސާޖުޕާޅާއްނޫންތޯ

  13. ސަޓޯ

    ދޫނި ރާއްޖޭގަ މީރާއެއް ނޯންނާނެ.. އޮންނާނީ ހަމައެކަނި ބުރޯގެ ލަވަކިޔާ މީރާ

  14. ގާސިމްބެ

    މީރާއިން ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް މުއްދަތުން ބޭރުން އޮޑިޓްކޮށް ބޮޑެތި އަދަދުތައް ދައްކަންޖެހޭ ކަމަށް ކަނޑައަޅާ. ކަނޑައަޅާ ބޮޑެތި އަދަދުތައް ނުދައްކައި އެޕީލްކުރެވޭނެ ގޮތެއް ނެތް. އެހެންވީމާ، މީރާގެ ބާރު ދައްކާލަނީ. މި ގޮތަށް ކޮށްފައި ހުރި އޮޑިޓްތައް ބަލާ ނިކަމެތިކަން ލިބުނު ފަރާތްތަކަށް އޭގެ ބަދަލު ދޭންޖެހޭ އަދި މީރާގެ ވެރިން ޒިންމާދާރުކުރުވަންޖެހޭ. ގާނޫނު ހިނގާވާނީ ހަމައެކަނި ނިކަމެތި މީހާގެ މައްޗަކަށްނޫން.

  15. ތޮލް

    ތީއައްނިމެން ރީކޯމެންހަޅެއްލަވައިގެން ކަސްޓަމުން ކުނިބިހައްވެސް ކުނިއަލުވިފިޠާތަކައްވެސް ޑިއުޓީދައްކަންޖެހޭތީ މަޖިލީހުގަހަީޭއްލަވާފަ ހެދިއެއްޗެއް މިހާރުތިގޮވީ ހަމަ އަތައް

  16. ޙއ.ދިއްދޫ

    ރާއްޖެތެރެގެ ރައްރަށަށްގޮސް ބޭނުންއަދަދަކުން ޖޫރިމަނާކޮއްލަނީ ހަމައެއް ލަމައެްނެތް. ކުދި ވިޔަފާރި ކުރާމީހާ ޒަކާތް ދައްކާފަ 6 ޕަސެންޓް ޖީއެސްޓީ އެޓީމުތަކުގެ ކުދިންބުނަނީ ދަތުރުހަރަދާ އޯވަޓައިމުވެސް ހިމަނައިގެން ހިތައްއެރިވަރެއްޖަހާލަނިއްޔޯ އެނުދައްކާ ބޭންކުގެ ލޯނެއްް ނުލިބޭ.

  17. އެދުވަސް

    މީރާއަކީ ވިޔަފާރިތަކަށް އޮތް ބޮޑު ގެއްލުމެއް – އިކޮނަމިކް މިނިސްޓަރ

    މީހަގީގަތް

    މިހާ ޖޫރިމަނާ ކުރަންވީމަ އެތަނުގެ ސޭލްސް ވާންޖެހޭ ޖެހިގެން ހުންނަތަނާ އެވަރުގެ ސޭލްސް އަކަށް މީހިގާފަ ހުރި ކަންކަން

    ދެން ބޮޑެތިމީހުންނާއި އެކަމާ އެކަން ކިޔާދިނުމަށް ބުނީމަ ބިޒީ ކަމުން ހަލާކުވެފަ

  18. ފޯރޔޫ

    މަޖިލިހުގެ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި ނަމަ މިއިން އެގިގެންދާ އެއްޗަކީ އެއީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ފެއިލް ވެފައިވާ ކަމަށް ރާއްޖޭގެ ޕޮލިޓިކަލް ލޭންޑްސްކޭޕަށް ބަލާއިރު ރައްޔިތުންގެ މަޖްލީހަށް ކޮލިޓީ މީހުން ނުހޮވުމުގެ މައިގަނޑު މަގްސަދަކީ އެއީ ނޮމިނޭޓެޑް ކެންޑިޑޭޓުން ކޮންޓެސްޓް ގައި ބައިވެރި ނުކުރާތީއޭ މީ ސީދާ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްގެ ފެއިލިއަރ އެއް ކަމަށޭ ތަމެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއަނޭ މެންނަށް ތިބި ދަ ގަމާރު ދަބީތާ ދަ ކަންޓްރީސައިޑް ވަން ސެންސް މިސިނޭ މެންނަށް މިކަން ނުވިސްނޭނެއޭ ތަމެންގެ ކަމަކީ ޖެލަސީ އެން އެންގަރ ކުރިއަށް ނެރެގެން ދަ ރާއްޖެތެރޭގައި ތަމެން އުޅޭ ގޮތަށް ޑިވައިޑް އެން ރޫލްގެ އުސޫލު ތައް ދަ ގްރޭންޑް ކެޕިޓަލް މާލެ އަށް ތައާރަފް ކުރުމޭ ކެނެރީގެ ނަޝީދު ފަދަ ދަ ގަމާރު ދަބީތާ އަކު މެދުވެރިކޮށް މަމެން އުއްމީދު ކުރަމޭ އަދި ވެސް ތަމެން މިކަމުގައި ވިސްނާ މިކަން ފިކްސް ކުރާނޭ ކަމަށް އައި ތިންކް ސްޓިލް ޔޫ ކޭން މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް...

  19. ޙުވާ

    މީރާ އުވާލުން ވަރަށް މުހިންމު

  20. އއއއ

    މީގަައި ހުރި ކޮމެންޓް ތަކުންވެސް އިގޭ ޖަޒީރާ ރާއްޖޭގެ ހާލަތު އެމީހުން ގެ ކޮންސާން

    މިކަމާދޯ ކަންބޮޑުވާންވީ އެމީހުން ވޯޓް ދެނީކަންކަން ރަގަޅު ކުރަން ވަގުން ނަށް ފުރުސަތު ނުދިނުމަށް

    އެމީހުން ކައިގެން ފުރާފަ ނިކަމެތިން ބުރަމަސައްކަތުން ހޯދާ ތަކެތި ގޮރުގައި ހުއްޓަސް އެތަށް ޖޫރިމަނާއެއް ކޮއްގެން އަތުލަނީ

    މީހަކަު ހޭބަލި ވެދާނެ

  21. އައްޑޫ މީހާ

    ޓެކްސް ނަގާ ކަމުގަ ވަންޏާމު ޓެކްސް ނެގޭނެ އިންސާފުވެރި ހަރުދަނާ ޓެކްސްގެ ބެލެނިވެރި މުއައްސަސާއެއް އޮންނަންޖެހޭ ނަމަވެސް ބޮޑުއެތި ކުޑައެތިކާ އުސޫލު މިގައުމުގަ އޮތީމަ މައްސަލައަކީ އެފަދަ މުއައްސަސާއެއް ކޮންމެވެސް ނަމެއްގަ ހަދާނެ މީރާގެ ނަން ކޮންމެވެސް އެހެން ނަމަކަށް ބަދަލުކޮށްގެން އެކަން ކުރާނެ އެކަމަކުވެސް ކައިރީގަ ގެންގުޅޭ ބޮޑު ސޭޓްމެން ދައްކަންޖެހޭ ޓެކްސް ދައްކާކަށް ނުޖެހޭނެ ނިކަމެތި ކުދި ވިޔާފާރިތަކުން ޓެކްސް ނަގާނެ ފެލާލާފަވެސް މިއަީ މައްސަލައަކީ މީރާއަކީ ވިޔާފާރިތަކަށްހުރި ބިރެކޭ ބުންޏަސް ނުފުދޭ ތަންތަން އިންސާފާއި ހަމަ މަގުން ހަރުދަނާ އުސޫލުތަކުން ކޮރަޕްޝަނުން ނެއްޓި ހިންގަންފެށީމަ މައްސަލަތަކެއް ނުނިކުންނާނެ ކޮންމެ ކަމެއްކުރިޔަސް ރައްޔިތުންގެ އިތުބާރު ހިފޭގޮތަށް ކަންކަން ކުރީމަ ދެން ކިޔާނެ އެއްޗެއް ނޯންނާނެ

  22. ޝީރާ

    މީރާއަކީ ބޮޑެތި ހަރުދަނާ ވިޔާފާރި ކުރާ ތަންތަނުން ޓެކްސް ނަގާތަނަކަށް ހެދުން މުހިއްމު. ތަނެއްގާ ކުން ފުންޔެެއް ހުއްޓޭ ކިޔާފާ ޓެކްސްގެ ނިޒާމުގެ ތެރެއަށް ވައްދައިގެން ޖުރުމާނާ ކުރާ އުސޫލު ދޫކުރަން ޖެހޭ. ޢަދި ޓެކްސް ނުދެއްކުމުން ބޮޑެތި ޖުރްމާނާ ކުރަން ނުޖެހޭ. ދައްކަން ޖެޙޭ ޓެކްސް އެކަނި ހޯދަން އުޅުމުގެ އުސޫލު ނުން ކޮށް ޖުރުމާނާ ނަގައިގެން މީހުނަގެ ދިރިއުޅުން ހަލާކުކުރަން ކީއްކުރާ ސަރުކާރެއް. ތީފޭރޭ ގޭންގަކާ ވައްތަރީ

  23. ހޭބަލި

    ޢެއް ޕްރޮޑަކްޓް އަކަށް 3 ޓެކްސް ދައްކަން ޖެހޭ ގައުމެއް މިނޫނީ ނޯވޭ، ކަސްޓަމް ޑިޔުޓީ، ޖީއެސްޓީ ، ބީޕީޓީ މިދެން ފުކެއް ބޮޑުވަރު

  24. ޙާޖީ ތުއްތު ދީދީ

    މި ފޮޓޯއިން ފެންނަ ފެނުމުގައި ފައްޔާޒު ހުރީ ވަރަށްބޮޑަށް ރުޅިއައިސް ހަލާކުވެފައިހެން ހީވަނީ

  25. އުނދަގޫ

    ތީ ތިބޭފުޅާގެ ދީނައްފުރައްސާރަކުރާ ރައީސް ނަސީދު ފެއްޓެވިކަމެއް...ދެން

  26. ނަޝީދު

    އުސްތާޡު ފައްޔާޒު ތިވިދާޅުވީ ވަރަށް ބޮޑު ތެދެއް. އަޅުގަޑު ކުޑަކުޑަ ކަޑައެއް ދެއަހަރުވަންދެން ހިންގާފަ ވިޔަފާރި ރަޖިސްޓްރީ ބާތިލްކޮށްފަ ކްލިއަރިން ރިޕޯޓް ނަގަންދިޔައިމަ މީރާއިން އަޅުގަނޑު އަތުން އިތުރަށް ނެގުނު 22 ހާސްރުފިޔާ އޮތްވާހަކަ ބުނެގެން އެފައިސާހޯދުމަށް މީރާއިންބުނި ފޯމެއް ފުރާފައި މީރާއަށް ލައިގެން އޭގެ ދެމަސްފަހުން އަޅުގަޑު މީރާއަށްގެންގޮސް ކުޑަކޮޓަރިއެއްގަ ދެތިން ގަޑިއިރު ބޭއްވިބައްދަލު ކުރުމަކަށްފަހު މިހާރު މީރާ އަޅުގަޑު ފަހަތުން އެދުވަނީ އަޅުގަޑު މީރާއަށް ދައްކަންޖެހޭ 6ހާސް ރުފިޔާ ދައްކަން އަންގަމުން،. މިހާރު އެއްކަލަ 22ހާސް ރުފިޔާގެވާހައެއްނުދައްކާ. މީރާގެ ސަބަބުން ޝުއައިބުގެ ފާނުންގެ ގައުމަށް ޖެއްސެވި ކަހަލަ ކޯފާއެއް ﷲ މި ދެވެހިރާއްޖެ އަށް ޖައްސަވާފާނެތީ ބިރުގަންނަން. މީރާއަކީ ހަމަ ޤައުމީ ފެންވަރުގަ ފޭރޭ މުއައްސަސާއެއް

  27. ހުސޭނު

    މީރާއަށް ޓެކްސް ދައްކަން ޖެހެނީ ރައްޔިތުން އަތުން ނަގާ ފައިސާ، އެފައިސާ ސަރުކާރަށް ނުދައްކާ އެއަށް ހަރާމަކޯރުވާ ވިޔަފާރިވެރިން ވަރަށް ގިނަ، ޖޫރިމަނާ ކުރުމާ ކަންތައްދަނީ ކުރަންވާ ގޮތައް ނުކުރެވި ދާތީ އާއި މަކަރު ހެދުމުގެ ސަބަބުން.މީރާ ހަމަ ބެސްޓް.

  28. ހުސޭނު

    އެކަމަކު އެކޮނޮމިކް މިނިސްޓަރ ތިޔަ ވިދާލުވި ބަސްފުޅު ވިދާޅުވީ ހަމަ ހޭގަ ހުންނަވައިގެންތޯ ސުވާލު އުފެދޭ، ސަރުކާރުގެ މުއައްސަސާއެއް ބަދުނާމުކޮށް ވާހަކަދެއްކެވުމަކީ މަނިކުފާނު އިކޮނޮމިކް ޕްރޮފެސަރ އަކަށް ބަދަލު ކޮށްލުވި ކަމަކަށް މެނުވީ ނުވާނެ. ވަރަށް ސަލާމް އިކޮނޮމިކް ރު......އަށް

  29. ނުރަބޯ

    ބަލަގަ މީރާއިން އެނަގާ ޓެކްސް ތައް ނުނަގާ ދައުލަތް ހިންގާނީ ކިހިނެތް؟ މިނިސްޓަރުންގެ ޢަދަދު ބަލާލަބަލަ. ދެން ސްޓޭޓް މިނިސްޓަރުންގެ ޢަދަދު ބަލާލަބަލަ ދެން ނައިބުންގެ އަދަދު ބަލާލަބަލަ ދެން ތިޔައުފެއްދި ތާކުން ތާކުނުޖެހޭ ކަމިޝަންތަކާ އެތަނުގައި ތިބި ބޮޑުމުސާރަލިބޭ މެންބަރުންގެ ޢަދަދު ބަލާލަބަލަ. ނުވިތާކަށް މަޖްލިހުގެ މެންބަރުންގެ ޢަދަދުވެސް އިތުރުކޮށްފި. މިހުރިހާ އެއްމެނަށް މުސާރަދީފަ ގައުމު ހިންގާނީ ކިހިނެތް މީރާއިން ރައްޔިތުންގެ އަތުން އެ ފައިސާ ނުހޯދާނަމަ؟ ކަލޭތީ ތާކުހުރި މަރުމޯލެއްކަން މިހާރު އެނގިއްޖެ. ބަލަ ކަލޭމެން ކުރިން ހިންގި ވެރި ކަމުގަނޫންތަ ގިނަ ޓެކްސްތައް ނަގަންފެށީވެސް؟ ޖީއެސްޓީ ނެގީ ފުރަތަމަ އަހަރު 3% ދެވަނަ އަހަރު 6% ތިންވަނަ އަހަރު 8% ނަގަން އުޅެނިކޮށް އެވެރިކަން ނިމުނީ. އޭރު ގައުމު އޮތީ ދަރާވިކިފަ، އިގްތިސާދު އިނދަޖެހިފަ، ސިއްޙީ މުޅި ނިޒާމު ބޮއްސުންލާފަ، ދައުލަތުގެ ކުންފުނި ތައް ބަނގުރޫޓު ވެފަ، ކަލޭމެންގެ ކުރީގެ ސަރުކާރުން އިމްޕޯޓު ޑިއުޓީ މަޢާފްކޮށްދިނީވެސް ސެންޓާ ސިނގިރޭޓުން. އެއީ ކަލޭމެންގެ ދެ އެކްޓިވިސްޓުން ހިންގާވިޔަފާރި. ދެން މިއަދު ވަކި ކަލޭމެންނަށް ކޮން ރަގަޅު ނަތީޖާއެއްހޭ ނެރެދެވޭނީ؟ ރައީސް ޔާމީން ބާރުސްޕީޑް ގައި މުޅި ގައުމުގެ 4ބިތަށް ފުޅައު ކޮށްގެން ކުރިޔަށްގެންދިޔަ ތަރައްގީގެ ފިޔަވަޅުތަކާ މަޝްރޫޢު ތައް އެއޮތީ ހުއްޓިފައި. ދައުލަތުގެ މާލީ ކެރިފޯރުން ތެރި ކަމަށް ބެލުމެއްނެތި ތިޔަގެންދަނީ ސިޔާސީ މަގާމު ތައް އުފައްދަމުން އެއްވެސް މަގްބޫލު ޢުޒުރެއްނެތި ލޯނުތައް ތިޔަދަނީ ނަގަމުން ކަލެއަކަށް ވާއެއް ނުވާއެއް ނޭނގޭ ކަލޭތިޔަހުންނަނީ އިކޮނޮމިކު މިސްޓަރ ވެފަ. ހުރެގެން ތިޔަދައްކަނީ މަރުމޯލުން ދައްކާކަހަލަ ތާކުންތާކުނުޖެހޭ ވާހަކަ. ކީކޭދެން ބުނާނީ އަޅެ.

  30. އަސި

    މީ ތެދު ވާހަކައެއް. މޮޔަޔަކު ބުންޏަސް މީ ތެދެއް.

  31. ބުރޯ

    ބަންގާޅީން މާލެ ގެނެސް މާލެތެރެއަށް ދޫކުރުން އެއީ ކިހާބޮޑުގެއްލުމެއް ލިބޭ ކަމެއްކަން އެގުނުތަ ؟