ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފްގެ ފިރިކަލުން ސަރުކާރާއި ދެކޮޅަށް މުޒާހަރާކޮށްފިއެވެ.

ޓެކްސީ ދަތުރުގެ އަގުތައް ބޮޑު ކުރުމުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ވަނީ މިއަދު ޓްރާންސްޕޯޓު މިނިސްޓްރީ ކައިރިއަށް އެއްވެ ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ސިދާތާގެ ފިރިކަލުން ފެންނަ ފޮޓޯތަށް މިހާރު މީސްމީޑިއާގައި އާންމުވެފައިވާއިރު އެތައް ބައެއްގެ ފާޑުކިޔުން ވަނީ އެ ފޮޓޯތަކަށް އަމާޒުވެފައެވެ.

ސިދާތާއަކީ ސަރުކާރު ކޯލިޝަނުގެ އަދާލަތު ޕާޓީއަށް ނިސްވަތްވާ މިނިސްޓަރަކަށް ވާއިރު، އެކަމަނާގެ ފިރިކަލުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމުން ކޯލިޝަނުގެ ތެރޭގައި އުފެދިފައިވާ ކޯޅުން ވަނީ އިތުރަށް ބޮޑުވެފައެވެ. އަދި މީސްމީޑިއާގައި ސަރުކާރު ކޯލިޝަނުގެ ސަޕޯޓަރުން ކުރަމުންދާ ހަނދުގާމަ އިތުރަށް ވަނީ ވަރުގަދަ ވެފައެެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއިން ޓެކްސީ ދަތުރުގެ އަގުތައް ބޮޑު ކުރުމުން އެކަމާއި ހިތްހަމަ ނުޖެހި އެތައް ޑްރައިވަރުންނެއް މިއަދު ޓްރާންސްޕޯޓު މިނިސްޓްރީ ކައިރީގައި އަޑު އުފުލާފައިވާއިރު ޓްރާންސްޕޯޓު މިނިސްޓްރީއިން ވަނީ އަލުން ޓެކްސީ ދަތުރުގެ އަގުތައް މުރާޖާ ކުރުމަށް ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަލީ ރާޖާ

    މިގޭމުގައި އޮންނާނެ ދެކޮޅުން ވެސް ކެއުން. ޓެކްސީ އަގު ބޮޑު ކުރުމަކީ ސަރުކާރުގެ ވެސް ވިސްނުން. ގޭމެއް ޖައްސައިގެން ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވައިގެން ކޮޅަކަށް 100ރ ގޮތަށް ހަމަ ޖައްސާނެ. ހުޅުމާލޭ ބީޗް ކެފޭތަކަށް ވެސް ދޭނެ ބަލަން ތިބޭ.

  2. އީސީ ސަރީފޫ

    ސިދާތާ ފިރިމީހަށް އަކަސް، ސިދާތާއަށް ސަރުކާރުތެރޭން މިކަމަށް ނުކުޅެވޭނެކަން އެނގި ހާމަވަމުން ފެންނަމުން ތިދަނީ. މިޢީ ނޫންތޯ ނަޒާހާތްތެރިކަމަކީ..

    2
    1
  3. މުޙައްމަދު

    ސިދާތާގެ ފިރިމީހާއަކީ ވަރަށް ކުރިންސުރެވެސް ޓެކްސީކޮށްގެން އާމްދަނީ ހޯދަމުން އަންނަ ޓެކްސީ ޑްރައިވަރެއް. ޓެކްސީ ޑްރައިވަރުން ކުރާ އިހުތިޖާޖު ތަކުގައި ބައިވެރިވުމުގެ ޙައްޤު އޭނާއަށްވެސް އޮންނާނެ. އަނބިމީހާ ސިޔާސީ މަގާމެއްގައި ހުރުމަކުން ފިރިމީހާގެ ޙައްޤު ހޯދުމުގެ މަސައްކަތަށް ހުރަސް އެޅިގެން ނުވާނެ.

    5
    1
  4. ކިޔާމީހާ

    މިއީ ފާޑުކިޔުމާ އަބުރާބެހުމާ މިކަހަލަކަންތައް ހުއްދަކުރަން އައި ސަރުކާރެއް....އެމްޑީޕީ މީހުން މިކަން ހަނދާނުގައި ބަހައްޓަންވެއްޖެ އެއްނު.

  5. ތެދު

    ތީ ވެރިންނާބަގާވަތްކުރަން ވަރައްމޮޅުމީހެއް..ސިދާތާކަހަލަ ހަޔާއްކުޑަމީހެއް.

    5
    1
  6. ސަންފަ

    ޖެންޑަރ އަށް ލާންވީ

    5
    1
  7. ނަން

    ސިދާތާ ފިރިމީހާ ޓެކްސީ ޑްރައިވަރެކޭ؟ ޓެކްސީ ޑްރައިވަރުންނަކީ ބޯ ގޯސް ގޮތްކުޑަ ބައެއް. އެއިން މީހަކާ އިނދެގެން އުޅޭ އަންހެންމީހާގެ މަތިން ހިތަށް އަރަނީ!

    3
    1
  8. ށުމަން

    ތީ ތުނބުޅި ލާފަ ހުއްޓަސް ދީނީ މީހެއްނޫން.

    5
    1
  9. ޜީށް

    ޓެކްސީ ދަތުރުގެ އަގުތައް ބޮޑުތަ ކުރީ

  10. ކައުންސެލަރު

    މެޗްގެ ކުރިން ވޯމްއަޕްގެބައި ކުރިޔަށް މިދަނީ. ޖަންގަލްޕީޕީ އަށް ނުވެއެއްނުދާނެ މިފަހަރު. ބަލަން މިތިބީ. އަންނަނީ ހިނި

  11. އިންސާނާ

    ބަލަގަ އަނބިމީހާ ނޫނީ ފިރިމީހާ ސަރުކާރު މިނިސްޓަރަކައް ހުއްޓަސް އަދި ގައުމުގެވެރިއަކައް ހުއްޓަސް ހައްގުތައްހޯދަން ވަކާލާތު ކުރެވޭނެތާ ދޯ އެކަން ގަބޫލުނުކުރެވޭމީހުންްގެ ގަމާރުކަމާއޭ

    1
    2
  12. އަހުމަދު

    އެއްކޮޅަށް ދަތުރެއް ކޮއްދެނީީ 1ދުވަހުގެ މުސާރަޔައް ފިހާރައެއްގެ އުޅޭ މީހެއްގެ މިކަމާ ވިސްނާލުން ކީއްތޯ

  13. އަހުމަދު

    ހައްގު ނޫން މިންވަރު ހޯދަން ނިކުމެ އެތިބީ ކިތަންމެ ވަރަކަން ހޯދިއަސް ހިންހަމަ ޖެހުމެއް ނުލިބޭނެ ދޭމީހަ ހިތުން ރުހުމަކުނެއް ނޫންދެނީކީ

  14. ޙާޖީ ތުއްތު ދީދީ

    ތިކަމަކީ ސަރުކާރުން ރާވައިގެން ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެކެވެ. އެކަން އެނގެނީ ޔާމީނުގެ ސަރުކާރުން ޓެކްސީގެ އަގު ކަނޑައެޅުމުން އެކަމާދެކޮޅަށް މަސައްކަތްކުރި އެކެއް ތިޔަބުނާ ޝިދާތާގެ ފިރިމީހާއަކީ! އޭނާ އަހަރެންގެ ގާތު ބުނީ ތިމަންމެން (އެމްޑީޕީ) ވެރިކަމަށް އައިސް ޓެކްސީ ދަތުރުގެ އަގު ބޮޑުކުރާނަމޭ. މި އަދު މި ފެންނަނީ އެ މަންޒަރު.