ދިވެހިރާއްޖޭގެ މަލަމަތި ބަދަލުކޮށްލި ބުރިޖު ޕްރޮޖްކްޓާއެކު، ހުޅުލެއިން ހުޅުމާލެއަށް ދަތުރު ކުރުމަށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ހުޅުމާލެ ހައިވޭ އެއްކޮށް، މިރޭ ދިއްލާލާނެކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.

ހުޅުލެ-ހުޅުމާލެ ގުޅާލަދޭ ހައިވޭ ދިއްލާލުމާ ގުޅޭގޮތުން އެޗްޑީސީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިރޭ ހައިވޭ އެއްކޮށް ދިއްލާލަނީ "ޓެސްޓް" ކުރުމުގެ ގޮތުން ކަމަށެވެ.

ޒަމާނީ ފެންވަރަށް، ތާރު އަޅައިގެން ތަރައްޤީ ކޮށްފައިވާ މި ހައިވޭގެ ކުޑަ ތަންކޮޅެއް ފިޔަވާ އެހެން ހިސާބުތައް މިއަދާ ހަމައަށްވެސް ނުދިއްލައެވެ. ލައިޓްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވީ ނަމަވެސް ސެޕްޓެމްބަރ 7 ވަނަ ދުވަހު ސިނަމާލެ ބުރިޖާއި، މާލޭގެ ރިންގްރޯޑާއެކު ހައިވޭވެސް އާއްމުންނަށް ހުޅުވާލިއިރު، ހައިވޭގެ މަސައްކަތްތައް މުޅިން ނުނިމެއެވެ.

ހުޅުލެ-ހުޅުމާލެ ހައިވޭއަކީ މާލެ ސަރަހައްދުގައި ތަރައްޤީކުރި ފުރަތަމަ ހައިވޭއަށް ވާއިރު، އެތަނުގައު ދުއްވުމުގެ ހުއްދަ ފުލުހުން ދީފައިވަނީ 25 ކިލޯމީޓަރާއި، 50 ކިލޯމީޓަރާ ދެމެދުގެ ސްޕީޑުގައެވެ. ނަމަވެސް ގަވާއިދާ ޚިލާފަށް އޯވަރޓޭކް ކުރުމާއި، މިންގަނޑަށްވުރެ ބާރަށް ދުއްވުމަކީ އާއްމު ކަމަށްވެފައިވާއިރު، ނަތީޖާއެއްގެ ގޮތުން ގިނަ އަދަދެއްގެ އެކްސިޑެންޓް އެތަނުގައި ހިނގައެވެ.

ހައިވޭއާ ގުޅިފައިވާ ހުޅުމާލޭގެ ބޭރު މަގުވެސް މިރޭ ދިއްލާލާނެކަމަށް ބެލެވޭއިރު، މިރޭ ހައިވޭ ޓެސްޓަށް ދިއްލާލާއިރު، އެ މަންޒަރު ވެގެންދާނީ ކުރީގެ ރައީސް ޔާމީންގެ ތަރައްޤީގެ ބިޔަ މަޝްރޫއުގެ ފުރިހަމަކަން އިތުރަށް ގެނުވައިދޭ ކަމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލަބީބު

    ކާކުބާ ރިބަން ކަނޑަނީ؟ މިހުރީ ރައީސް ޔާމީންގެ އަގުހުރި ޚިދުމަތްތައް! ލަދުކުޑަތައް!

  2. ވަހީދު

    ބްރިޖެއް ނޭޅޭނެއޭ ބުނި މީހުން ލައްވާ ރިބަން ކަނޑޭގޮތަށް ކަންކަން ތަދްބީރު ކުރެއްވި މާތްﷲގެ ހުސްތާހިރުވަންތަ ކަމާ އެވެ. ސުބްހާނަﷲ.

  3. ޖައުފަރު

    ޙަޔާތް ކުޑަ '' ބޭފުޅުން '' ބުނާނަ ތިމަންމެން ކުރިކަމެކޭ

  4. މަރިޔަމް

    ސްކުރިއްޔާ ރައީސްޔާމިން

  5. ފަޒީލާ އިކްލީލް ދަރި

    ކޮންބައެެއް މިރަސްމިއްޔާތު ހުޅުވާނީ

  6. Anonymous

    ކާކުގެ ކަމެއްބާ. ކޮންބުރިޖެކޭ ތިކިޔަނީ ކުރިންހަމަޖެހިފައޮތް ކަމެއްނޫންބާ. ބަޔަކު ހުރިހާކަމެއް ހަމަޖެއްސީމަ ކަލޯމެއްގެ ސަރުކާރުގައެ ބުރިޖު އެޅީމަތަ ތި ފޮނިވަނީ.

  7. އަނެއް

    ޝުކުރިއްޔާ އިއްޒަތްތެރި ރައީސްޔާމީން އަޅުގަނޑުމެންގެ ރައީސް އަކީ އަދިވެސް ރައީސް ޔާމީން ގައުމަށް ގެނައި ފުރިހަމަ ތަރައްގީގެ ރިބަން ކަޑަން އެމްޑީޕީ މީހުންގެ ލަދުކޮބާ.

  8. ކައުންސެލަރު

    ހަމަ މިރޭ ކޮންމެހެން ދިއްލަންޖެހޭތަ؟ (ޑިސެމްބަރު 25) އެހެންވީމާ ކުރިސްޓިއަން މިޝަނަރީސް ތަކުން އެކިޔާއެއްޗެއްގައި ތެދެއްވޭތާދޯ