ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމު ވަރުގެ ލަދު ހަޔާތްކުޑަ މީހެއް ނުދެކޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަންވެސް ކުރެއްވި ޖާބިރު ވިދާޅުވީ ގާސިމުފަދަ ލަދުހަޔާތް ކުޑަކޮށް ރައްޔިތުންގެ މަޖިލީސް ހިންގި މީހަކު ނުދެކޭކަމަށެވެ.

"މަޖިލީހުގެ މެންބަރުން ތާށިކަމުގައި ތިއްބަވަނިކޮށް ރައްޔިތުންގެ މަޖިލީހަށް އައިގޮތަށް އައިއްސަ ގާސިމު ކަންތަށް ކުރައްވަނީ އޭނާގެ އަމިއްލަ އެދުން ފުދޭގޮތަށް" ޖާބިރު ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ މެންބަރުންކަން ވެސް ކުރެއްވި ޖާބިރު އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުން މިހާރު ތަހުޒީބު ވެއްޖެ ކަމަށާއި އެކަން ގާސިމަށް އެގިވަޑައިގަންނަވަން ޖެހޭނެކަމަށެވެ.

"މިއީ 21 ވަނަ ޤަރުނުކަން ގާސިމަށް ރަގަޅަށް އެގިވަޑައިގަންނަވާނެ, ގާސިމުގެ އަމަލުތަށް އޭނާ އަމިއްލައަށް އޮޑިޓް ކުރަން ޖެހޭނެ, ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް މަނިފާނު ކުފޫހަމަނުވޭ, މަނިކުފާނު ތި މަގާމުގައި ބަހައްޓައިގެން ރައްޔިތުންނަށް ދެން ކެތެއްނުވާނެ" ޖާބިރު ވިދާޅުވިއެވެ.

ގާސިމައަކީ އަމިއްލަ އަންބޮޑި ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ގަނެގެން އަރާއިން މީހެއްކަމަށް ތުހުމަތުކޮށް ޖާބިރު ވިދާޅުވީ، އޭނާއަށް ރަގަޅީ ގާސިމު ބޮޑުތަނުން މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދިނުންކަމަށެވެ.

ގާސިމައަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޖާބިރު ވާހަކަ ފުޅުދައްކަވާފައިވާއިރު، ގާސިމަކީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރު ގެންނަން ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި، މި ސަރުކާރުގެ ކޯލިޝަންގެ ލީޑަރެކެވެ. އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ވެސް ދަނީ ފާޅުގައި ގާސިމަށް ނިސްބަތްކޮށް ފާޑުކިޔަމުންކަން ފާހަގަކޮއްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޢަލްބާ

    ދުނިޔޭގަ ހެއްދެވި އެއްވެސް ކަމެއްގަ ޖާބިތަށްވުރެ ލަދުހަޔާތްކުޑަ އެއްވެސަ މީހަކުނޫޅޭނެ. ހިތުން މަވަރުމީހަކު ނޫޅޭނެ.

    • ޙައްގުބަސް

      މިކަލޭގެ އަތުން ބިލް ގޭޓްވެސް އަދި ޓްރަމްޕުވެސް ފައިސާ ނަގާފައިވާކަމަށްވަނީ! އެފައިދާ އެ ދެ މީހުނަށްވެސް މީނާ މިހާރު އަންގާފައިވާކަމަށް ވަނީ!! އަނެއްކާ މިކަލޭގެ މިހާރު ހަމަތަ؟ ނޫނީ ތުން ދިގު ފުޅި ބޮޔެގެން ބުރާންތިވެފަ ހުރެ ގޮވަލިފަތި ގޮވަނީތަ؟ މީނާގެ ޙާލާމެދު ހިތާމަކުރަން! މިކަލޭގެ އަވަހަށް ޑޮކްޓަރަކަށް ދައްކަންވީނު ޑަޔާނާ!! ކަމަނާވެސް މިކަހަލަ ބުރާންތި އަކާ އިދެގެން ތިއުޅެނީ ފައިސާކޮޅުގެ ދަހިވެތިކަމުގައި ވިއްޔާ! އޭތިކޮޅުވެސް ލިބޭނީ މީނާ ބުއްދި ރަގަނޅު ކޮށްގެނެއްނު!!

  2. އަލްޖިބްރާ

    ކަލޭމެން ދެމީހުންނަކީވެސް ލަދުހަޔާތް ކުޑަކަމުގައި ހަމައެއްވަރުގެ ދެމީހުންނެވެ. ތިޔަގޮވަނީ " ގުދޯ ގުދޯ " އެވެ.

  3. ހޮންޑައިދޫ

    ދިޔާނާ މީނާއާ އިންދެގެން މިއުޅެނީ ކީއްވެބާ

  4. Ahmed

    Velezinee ge sikundi hamajeheytho test kuran jehey fadhain meenaage sikundi hamajeheytho test kuran jehey eba, faharaku meehakah jassaalaagen miulhenee

  5. ކޮމާންޑަރު

    ތިވަރުގެ މީހަކު ހެޔޮނުވާނެ ސިޔާސި މަގާމަށް ގެންނާކަށް. މާދާމާ ޕްރައިމަރީއިން ދިޔާނާ ބަލިވެއްޖިއްޔާ ވިލި ކޮލަމާ ދާއިރާގެ ރައްޔިތުންގެ ދިޔަވެސް ފެލާލާނެ. އަޅުގަނޑަށް ފެންނަނީ ދިޔާނާ ތިޔަކަންހުއްޓާލުމަށް. އިނދެގެން ތިއުޅޭ މޮޔަގެރި ޖ ބިރާ ހުރެ ވާނެ އެއްކަމެއްވެސް ނެތް. ވާނީ ބަލި.

  6. ކުޑޭ

    ބަލައެއީރައްޔަތުންގެފައަސާއޭ

  7. މޫސަ

    ޖާބިރުވީ އަވަހަށް ހޮނޑައިދުއަށް އަރުވާލަން މީނައަކީ މިހާރު މީހުންގެ ތެރެއަށް ދޫކޮށްލާފައި ބެހެއްޓޭ ވަރުގެ މީހެއްނޫން. ހޮނޑައިދޫގެ ރައީސްކަން ދީފަ އެތާ ބެހެއްޓުން ރަނގަޅުވާނެ

  8. ލާމު

    މީނަގެ ފަހަތުހަ ހުރެހެން މީނާލައްވާ ސަރުކާރު ބަލިކަށިކޮށް ބައިބައިވުން އުފައްދަން މަސައްކަތްކުރުވާ މީހަކު އެބައުޅޭ. ބާކީ ހުރީ ޢިމްރާން.

  9. ތިމަންނަ

    ޖާބިރޫ! ސިޔާސީ މީހުންގެ " ހަޔާތް " ވަރަށްވެސް ކުޑަ ވާނެއެވެ. ރަގަޅަށް ބަލާ ބަލާށެވެ.

  10. ައަނާ

    ޤާސިމްދޯ ހޮޑައިދޫވެލި ކައިގެން އޮތީ. މީ ސަރުކާރު ވައްޓާލަންވެގެން އުޅޭމީހެއް މީނަގެ އެހާލާރިގިނައީޔާ ފަގީރުންނަށް ސޮދަގާތް ކޮށްބަލަ ފިތުނަ އުފެއްދުމަށްވުރެ މާރަގަޅުވާނެ. ތިޔަ ވަރުގެ ހަޔާތްކުޑަ އެއްޗެއް މަށެއްނުދެކެން. މީހުންނަށް ކަމެއް ކޮށްދިނަސް ކަލަގޮވަނީ

  11. ާވިސްނާމީހާ

    ޢަޅުގަނޑު ވަރަށްއިޚްލާސްތެރި ކަމާއެކު މަހުލޫފަށް މި ދަންނަވަނީ . ޢިންސާނުން އުޅޭ ތަންތަނަށް މާތް ﷲ ދިރިއުޅުމުގެޒީނަތްތެރި ކަން ކަން ކަމުގައި ދެއްވަވާފަ ވާ ކަން ކަން މި ތަނަކު ނުބޭއްވޭނެ . ރާމާ މަކުނުތަކަކަށް އައްތަޙިއްޔާތު ދަސްކޮށް ދެއްވަން ނޫޅުއްވާ

  12. ސަމީރު

    މިއެއްޗަކު ޔޫރިން ދުވާލަކު ދެފަހަރު ޓެސްޓް ކުރާވަރުވެއްޖެ މިހާރު. ހަމައިގަ ހުންނަހެނެއް ހިއެއްނުވޭ.

  13. އަލީ

    ޖާބިރުގެ ތި ލަދުހަޔާތް ކުޑަ އަމަލުތައް ހުއްޓާލުމަށް ޖާބިރުއަށް އަންގާ އަމުރުކުރަމެވެ.

  14. ޢަލީ

    ޢެކަމަކުވާ ޖާބިރު އަނގަ މަޑުން ލައިގެން ދިޔާނާ ބުނާގޮތަށް ހަދައިގެން ހުރޭ. ޢެންމެނާބެހެމުން ތިދަނީ ކޯލިޝަން ބަނގުރޫޓް ކުރަންތަ ތި އުޅެނީ

  15. ޖާބެ

    ޖާބެ މީރާއަށް ދައްކަން ޖެހޭ 62.8 މިލިޔަން ރުފިޔާ ދެއްކީ ހޮނޑައިދޫ އިންލެންޑްރެވެނިއު ( ހޮނޑައިދޫ މީރާ) ދެއްތޯ؟

  16. ަފބސަ

    ރައީސްގެ ސްޕެޝަލް އެންވޯއީ އެއްޗިހި މިކިޔަނީ ކޮވެލިސަންގެ އެންމެ ބާރުގަދަ މީހާޔަށް! ލޮލްގެ ވެސް ލޮލް ދޯ؟؟؟؟؟

  17. މުޙައްމަދު

    ޖާބިރަކީ ގާސިމަށް އެއްޗެތި ކިޔޭވަރުގެ މީހެއްނޫން. ތިޔަ ކީ ހުރިހާ އެއްޗެއްސަކީ ހަމަ ޖާބިރަށް ވެސް ރައްދުވާ ބަސްތަކެއް. ތިމާގެ ދަރިންގެ ކުރިމަތީގައި ވެސް އައުގުރާނަ ގޮވާ މީހެއް ތިއީ. ތިމާ ނޫން އެންމެންނަކީ ތިމާގެ ނޯކަރުންކަމަށް ޖާބިރަށް ހީވަނީ

  18. އާންމު އާދުމީ

    ޖާބިރު ލޯގަނޑުން ބަލައިލީމަ ފެންނާނެ ގާސިމަށްވުރެ ހަޔާތްކުޑަ މީހެއް.

  19. ޖޫބިރު

    ލަދު ހަޔާތްކުޑަ މީހަކު ނުދެކެން .... ޖާބިރަށްވުރެ

  20. އަބޯ

    ގާސިމަށް ވުރެވެސް ލަދުހަޔާތް ބޮޑުމީހެއްނޫންތިޔައީ ފެނުނު ތަންތަނުން ގާސިމަށް ވުރެ ޖާބިރުގެ ލަދުހަޔާތްވެސް ކުޑަ ގޯސްކަންވެސް މާބޮޑު

  21. ގަރާ

    ގާސިމް ލޯނެއް ނުނަގާތަ ޖާބިރު އަތުން؟؟؟

  22. ކޮންމެވެސް މީހެއް

    ތީ ޔަގީނުންވެސް އަންނިގެ މާސްޓަރ ޕްލޭން.. ޖާބިރު މެދުވެރިކޮށް ކޯލިޝަން ރޫޅާލަން އެއުޅެނީ..

  23. އަލީ

    ބިލްގޭޑު ޖަބިރު އަތުންނެގި ފައިސާ ދައްކަން ބުނާނެ ދުވަހަކަށް އިންތިޒާރު ކުރަން ގުދޯގުދޯ ދެމީހުންވެސް 21 ވަނަ ގަރުނަށް ކުފޫހަމަނުވޭ

  24. ރެކިފުތާ

    ކޮންމެ މީހަކުދެއްކިޔަސް ރަނގަޅުވާހަކައެއް ވާނީ ހަމަ ރަނގަޅު. ޖާބީރު ތިޔަބުނީ ހަގީގަތް ވެރިކަން ކުރުމުގެ ނަނާ ހުވަފެން ދެކެމުން މަޖިލިސް މެންބަރުން ނަށް ރިޝްވަތު ދެމުން މީހާ ހުލިވެ އިނދަޖެހޭއިރުވެސް.