ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ދޫނިދޫގައި ބަންދުކޮށްފައިވާ ގިނަ ބަޔަކު ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް މިއަދު ފަށައިފިއެވެ.

މި ހަޅުތާލާއި ގުޅޭގޮތުން ގާނޫނީ ވަކީލު މަހުފޫޒް ސައީދު ވިދާޅުވީ މިއީ އެކްޓިން ކޮމިޝަނަރު އަބްދުﷲ ނަވާޒާއި ބައްދަލުކުރަން އެދުމުން ވެސް މިހާތަނަށް ޖަވާބެއް ލިބިފައި ނުވާތީ އާއި ޖަލުގެ ހާލަތާ މެދު ކުރެވިފައިވާ ޝަކުވާތަކަށް ހައްލެއް ލިބިފައި ނުވާތީ ފެށި ހަޅުތާލެއް ކަމަށެވެ.

މި ހަޅުތާލުގައި ގިނަ ބަޔަކު ބައިވެރިވަމުންދާއިރު މިކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ބައިވެރިވެ ވަޑައިގަންނަވާ ކަމެއް ސާފުވެފައެއް ނުވެއެވެ.

ކުއްލި ނުރައްކަލުގެ ދަށުން މިހާތަނަށް 40 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ހައްޔަރުގައި ތިބި ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކުއްލި ނުރައްކަލުގެ ދަށުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސަމި

  ހާދަ ފިނޑިބައެއް. މާރަނގަޅު ތިޔަހެން ހެދީމަ ދައުލަތަށް ޚރަދު ކުޑަވާނެ

 2. ނުރަބޯ

  އަޅާނުލާ. ކާތަކެތި ލިބޭގޮތަށް ބަހައްޓާ. ބަނޑުހައިވަންޏާ ނުކައެއް ނުތިބޭނެ.

 3. ޕަޕެޓް

  ކަމުދާކަމެއްތީ. އަވަހަށް މަރުވާނީ އޭރުންތާ؟ އަމިއްލަ ނަފްސަށް އަނީޔާ ދިނުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭނގެނީކަމަށްވާނީ. ޔާމީނު ނުދާނެ ކާށޭކިޔާފަކާ

  • ގަހާ

   މިނިކާ މީހާ ނުދާނެކަން ޔަގީން

 4. Anonymous

  ނުކާތިބެ މަރުވިއްޔާ މާރަގަޅު. ކައިގެން މަރުވިއްޔާ ބުނާނެ ބޮޑުން ބުނެގެން ވިހައެއް ދިނިއްޔޭ

 5. Anonymous

  ޢަވަހައް މަރުވިއްޔާ ރަގަޅީ. ތިޔައީ މިގައުމައް ހުރި މުސީބާތެއް