ބޭރު ސިފައިންގެ އެހީތެރިކަމާއި ނުލާ ރާއްޖެ ސަަރަހައްދުގެ ރައްކާތެރިކަމެއް ނުބެލެހެއްޓޭނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

މިއަދު އެމްއެންޑީއެފް ކޯސްޓްގާޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފް ކޯސްޓުގާޑުގެ މޭޖާ އަހުމަދު މުޖުތަބާ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަކީ ބޮޑެތި ހަރަދުތަކެއް ހިނގާ ކަމެއް ކަމަށެވެ.

"ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިހާރު ވެސް ދަނީ ބަލަމުންދާ ދެމެހެއްޓެނިވި ގޮތެއްގައި އެކަންކަން ކުރެވޭނީ ކޯސްޓްގާޑުގެ ވަސީލަތްތައް ހޯދާއި މިހާރު ހުރި ވަސީލަތްތައް އިތުރަށް ތަރައްގީ ކުރެވިގެން" މުޖުތަބާ ވިދާޅުވިއެވެ.

މިއަދު ބޭއްވި ޕްރެސްގެ ތެރެއިން--- ވަގުތު އިމޭޖްސް / އަޝްހާދު އަބްދުﷲ

ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަ ދައްކަވަމުން ކޯސްޓުގާޑުގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނަރަލް އަލީ ޒުހައިރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަކީ ބޮޑު ޗެލެންޖެއް ކަމަށާއި މިޒަމާނުގައި އެހެން އާމްޑް ފޯސެސްގެ އެހީތެރިކަން ނެތި ސަލާމަތާއި ރައްކާތެރިކަމެއް ނުބެލެހެއްޓޭނެ ކަމަށެވެ.

"ރާއްޖޭގެ ނުވަދިހައަށް ފަސެންޓަކީ ކަނޑު އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ވައިގެ އިތުރުން ކަނޑުގެ ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން ކަނޑަކީ ކޮންމެ ވަގުތެއްގައި ވެސް ވަދެވޭނެ ތަނެއް ކަމުން ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަކީ ބޮޑު ޗެލެންޖެއް " އޭނާ ވިދާޅުވިއެވެ.

އިންޑިއާ އާއި ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ފަށާފައި ވަނީ 2009 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައިއެވެ. އެގޮތުން ކޮންމެ މަހަކު ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ އެ ޕްރޮގްރާމު އެންމެ ފަހުން ބާއްވާފައި ވަނީ މިމަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މޮޔަވޭ

    ކިހާ ރަގަޅު. ދެން ނުބަލަހައްތަން ވީއެއްނު. އިންޑިއާ މީހުން ލައްވާ ތިކަން ނުކުރެވިގެން މަރުދަން ތިޖެހެނީ. ރީއްޗަށް ބުނެބަލަ އިންޑިއާ އާ ހަވާލުކޮށްފީމޭ

  2. ޜިޒާ

    ދެން ދުވަސްކޮޅެއް ފަހުން އަޑުއިވޭނީ ދިވެހިރާއްޖޭގެ ބަޖެޓުގައި މުސާރަ ދެވޭވަރަށްވެސް ފައިސާއެއް ނެތޭ.. އަވައްޓެރި އިންޑިޔާގެ ސަރުކާރުގެ ދަށަށް ރާއްޖެ ގެންގިސްގެން ނޫނީ މުވައްޒަފުންނަށް މުސާރަވެސް ނުދެވޭނެޔޭ..

  3. ޤސމ

    ދިވެހިރާއްޖެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓޭނެ ފެންވަރު ނެތިއްޔާ ސިފައިންގެ އުވާލާ. ހަތިޔާރު އަޅައިގެން އިންޑިޔާ ސިފައިން މިތާ ބެއިތިއްބުމަށް ބަހަނާ ނުދައްކާ އިސްތިއުފާދީފަ ރައްކާވޭ!

  4. ވަހީދު

    ބޭރު ފުލުހުންނާއި ނުލައި މާލެތެރެ ނުބެލެއްޓޭނެ. ދެން އެވީ ބޭރު ފުލުހުން ގެންނަން.

  5. ވައްޑަ

    މަބުނީ ނުވަންޏާ އިސްތިއުފާ ދޭންވީނުން.

  6. ފިރުޓޭ

    އަލީ ޒުހައިނރު މީ ވަރަށް ޖަނަރަލް ސިޔާނމު އާއި ގާތް ގުޅުމެއް އޮންނަ ޖަނަރަލެއް ކަމަށް މަޢުލޫމާތު ލިބެނީ!

  7. މޯދީ

    ގެރި ފެންވަރުވަން ތިންލައްކަ ދިވެހި އަޅުން މިއޮތީ ލިބިފަ.... ތެޅިތެޅި ތިބެން ޖެހޭނީ

  8. މޯދީ

    ތިންލައްކަ ދިވެހިއަޅުންނާ ނުލާ ގެރިތަކުގެ ސަލާމަތެއް ނުބެލެހެއްޓޭނެ

  9. މަ

    މިއޮއްހުރިހާ ދުވަހުވެސް ބެލެހެއްޓި ގޮތަށް ބެލެހެއްޓޭނެ. ހަންޑި މާރިޔާ ބުނާ ގޮތަކަށް ވާހަކަދައްކައިދެވިދާނެ އަނގަ އޮތީތީ

    • Anonymous

      އަސްލުވެސްދޯ

  10. ޢަލިފުތު

    ކޮމެންޓް ކުރައްވާ ބޭފުޅުންގެ ސަމާލުކަމަށް.
    އަސްލު މިވާގޮތަކީ މިހާރު އެމް.އެން.ޑީ.އެފް ގެ އިސް މެނޭޖްމަންޓަކީ އެމްޑީޕީ ފިކުރުގެ ބައެއް.
    މިއީ މުޅި އެމް.އެން.ޑީ.އެފް ގެ ބަހެއް ނޫން. ސިފައިންދެކެ ރުޅިއައިސް ނަފްރަތު ނުކުރޭ..
    ރުޅިއަންނަންވީ މިސިޔާސަތު ޕުރޮމޯޓުކޮށް ތަންފީޒުކުރާ ސިފައިންގެ އިސްވެރިން ދެކެ..
    ސިފައިން މާޖެހި ޔުނީފޯމު އަޅައިގެން މަގުކުނިކަހާ ޑަސްބިން ނަގަން އަބަދަކު ނުތިބާނެ.

  11. ޢައިޝާ

    ޢެހެންވީމާ ރާއްޖޭގައި ދިވެހި ސިފައިން ތިބުމުގެ ބޭނުމެއް ނެތެއްނު. ޢެހެންމީހުންނަށް ބަރޯސާވާކަށް ނުޖެހޭ މިވެސް ވަކި ޤައުމެއް.ޤައުމު ބެލެހެއްޓުމުގެ ފެންވަރު ދިވެހި ސިފައިން ގައިގަވެސް ހުންނަން އެބަޖެހޭ. މިހާތަނަށްވެސް މިއައީ ބަޔަކާ ހަވާލުކޮށްގެން ނެއްނޫން ދެން ވަކި މިހާރު ކީއްވެ އެހިސާބަށް ދާންވީ.

  12. ައަލީ

    ކޮބާ މިހާރު އެންމްއެންޑީއެފް ގެ ރާގުބަދަލު ވަނީ މިނިވަން ކަން ގެއލިދަނީ ..

  13. އެދުރު

    އިސްތިއުފާ ދީފަ ގެއަށް ދާންވީނު އެހެން ވީމާ، މޯދީގެ ޕަޕެޓް މާރިޔާ ބުނާ ގޮތްދޯ ތިހަދަނީ

  14. ފައިލް

    އެހެންވީމަ ނުބަލަހައްޓާނީ. ކޮންމެހެން އިންޑިޔާ ސިފައިން ގެންނާކަށް ނުޖެހޭނެ. ޗައިނާ ސިފައިންވެސް ގެނެޥިދާނެ

  15. އަބޫއިޒްކާން

    އޮޅުވާލަން ނުއުޅޭ.! ގާއްގަނޑަކަށް ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް އެމީހުންގެ ކަނޑާ ވައި އަދި ބިމުގެ ސަރަހައްދުތައް ބެލެހެއްޓުމުގަ ކައިރީ ގައުމުތަކުގެ އެހީ ހޯދަމުންދޭ. އެގޮތަށް ރާއްޖެއިން ވެސް ކުރިން ވެސް ހޯދަމުން ދިޔައީ.! އެއީ އެމީހުންގެ ދަށުވެ އެމީހުންނަށް އެތަންތަން ހިބަކޮަށްދޭ ވާހަކަ އެއް ނޫން.!

  16. މަރީ

    ހެޔޮނުވާނެ މިިޔޮއްހުރިިހާދުވަހު ބެލެހެއްޓީީކީި ނޫންތަ

  17. ޢިއްބެ

    3ނޮވެމްބަރ ގައިރާއްޖެއަށް އެންމެގާތް އެހީތެރިކަމެއް ދިނީ އިންޑިއާ އަސްކަރިއްޔާއިން.މިއަދުދިވެހިން އެހަނދާނެއް އަދި ނުނެތޭ.

  18. އިބުރާހިމް

    ސަރަހައްދު ބަލަހައްޓަން އަވައްޓެރި އެހެން ޤައުމެއްގެ އެހީ ހޮދާ ޤައުމުތަކަށް އާޚިރުގައި ކަންވީގޮތް ފެންނަން އޮތީ އެއީ ޙައްލުކުރަން ބޮޑުމައްސަލައެއް އެކަން ނުކޮށްވޭތޯ ބަލަންވާނެ!!! ވަޅުވަޅަށް އެރުނީމަ އަރަން އުނދަގުވަނީ އެހެންވީމާ ނޭރިވޭތޯ ބަލަންވާނީ.....