2004 ވަނަ އަހަރުގެ ސުނާމީގެ ނާމާން ކަމާއި ބިރުވެރި ކަމާއި އެކުވެސް ދިވެހިން ދެއްކެވި އެބައިވަންތަކަމަށް ދިވެހިން އަބަދުވެސް ފަހުރުވެރިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2004 ވަނަ އަހަރުގެ ސުނާމީގެ ނާމާން ކަމާއި ބިރުވެރި ކަމާއި އެކުވެސް ދިވެހިން ދެއްކެއްވި އެބައިވަންތަކަމަށް ދިވެހިން އަބަދުވެސް ފަހުރުވެރިވާނެ ކަމަށާއި އެދުވަހު ދުނިޔެ ދޫކޮށް ދިޔަ އެންމެނަށް މާތްﷲ ހެޔޮރަހުމަތް ލެއްވުން އެދި ދުއާ ކުރާ ކަމަށެވެ.

"އެދުވަހު އަޅުގަނޑުމެން ދޫކޮށް ދިޔަ އެންމެނަށް މާތްﷲ ހެޔޮރަހުމަތް ލައްވާ ދިވެހިން އަބަދުމެ އެއްބައެއްގެ ގޮތުގައި ލެވުމަށް އެދި ދުއާ ކުރަން" ރައީސް ސޯލިހު ވިދާޅުވިއެވެ.

2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނީޝިއާގެ ސުމަޓްރާގެ ކައިރިން ބިމުގެ އަޑިއަށް އައި ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީގައި 108 ދިވެހިން ނިޔާވިއެވެ. އެދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ހަނދާން އާކުރުމަށް ކޮންމެ އަހަރަކު މިދުވަސް އަންނަނީ އެއްބަންވަތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންނެވެ.

ސުނާމީ ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްރަށަށް އަރައި ބޮޑެތި ގެއްލުންތަކެއްވިއެވެ.

މިއަހަރުގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ ރ.ދުވާފަރުގައި ބާއްވަން ވަނީ ސަރުކާރުން ނިންމާފައެވެ. ސުނާމީއާ ގުޅިގެން ރާއްޖޭގައި ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި ރަށަށް މިއަދު ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދޮންބެ

    މިއޮއް ހުރި ހާދުވަހު ކަލޭ މަޖިލީހުގަ ހުރެގެން ސުނާމީގެ މީހުން ނައް ކޮއްދިނީ

  2. ލަބީބު

    ރިޔާސީ އިންތިޚާބުގައި ވޯޓުން ވައްކަންކޮށްދިނުމަށް ޝަރީފް އެދެއްވި އެއްބައިވަންތަކަންވެސް ފާހަގަކޮށްބަލަ!

    • ހަސީނާ

      ކަލެއައް އަދިވެސްް ހަޖަމެއް ނުވޭ ދޯ؟

  3. އަހުސަން

    ދިވެހީންގެ އެއްބައިވަންތަކަން ފުޑުފުޑުކޮށްލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ނިސްބަތްވާ އެމްޑިޕީ މީހުން.... ވެރިކަމުގެ ދަހިވެތިކަމުގަ.

    މަނިކުފާނު މިއަދު ވެރިކަމުގަ ހުންނަވާގެން ދިވެހީންގެ ގެއްލިފައިވާ އެއްބައިވަންތަކަން އާލާކުރައްވަ ބައްލަވާ. ހަމައެކަނި ލިޕް ސަރވިސް އަކުން ނުފުދޭނެ، ދިވެހީން ޒަާނުއްސުރެން ދެމެހެއްޓި އެއްބައިވަންތަކަމާއި މި މުޖުްތަމަޢުގައި އޮތް ރީތި އިޖްތިމާޢީ ފޭރާން އަލުން އިޔާދަ ކޮށްދެއްވާ. ކިރިޔާވެސް ގައުމީ ލޯތްބެއް ހުރިނަމަ، އިންގޭތޯ

  4. ޒިޔާޕު

    ރައީސްގެ ވާހަކައިން ނޫހުގައި ސުރުހީއެއް ޖަހާލާކަލަ އޮއްޓަރެއް ހުރި ވާހަކައަކަށް ހަމައެކަނި ބުނެވުނު ވާހަކައަކީ ތީތޯ؟ ކީކޭ ދެންބުނާނީ. އަތޮޅު އެންމެން ގެންގޮސްގެން. މިވެސް ދެން ރައީސެއް

  5. ޖޮއްބެ

    ތިނެއް ނޮވެމްބަރުގަޔޯ؟ ތުކި. އެވާހަކަ ނުދައްކާތި.

  6. ވަހީދު

    އަޅެ ކީއްވެހޭ 3ނޮވެމްބަރުގަ ތިޔަ ކަހަލަގެ މެސެޖްގަޑެއްވެސް ކޮއްނުލީ

  7. ޖަވާހިރު

    މަނިކުފާނު ހަމަ މިގޮތަށް ނޮވެމްބަރު 3 ފާހަގަ ކުރާނަން ތ؟