ބ. އަތޮޅުގެ ބަޔޮސްފިއަރ ރިޒާވް ކައިރީގައި ތަރައްޤީކޮށްފައިވާ "ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓު" ހުޅުވައިފިއެވެ.

މިރިއަންދޫ ރިސޯޓުގައި ޖުމްލަ 70 ވިލާއެއް ހިމެނޭ އިރު، އޭގެ ތެރެއިން 29 ވިލާއަކީ ވޯޓާ ވިލާތަކެވެ. މިރިއަންދޫ ރިސޯޓަކީ ދަ ވެސްޓިން މޯލްޑިވްސްއިން ރާއްޖޭގައި ތަރައްގީ ކުރި ފުރަތަމަ ރިސޯޓު އަދި ހޮޓަލެވެ. މިރިއަންދޫ ރިސޯޓު ތަރައްގީ ކޮށްފައި ވަނީ ޖަޕާނުގެ ބެލޫނާ ކޯ ލިމިޓެޑާއި، ލަންކާގެ އޭޝިއާ ކެޕިޓަލްސް ކުންފުނިންނެވެ.

ތިމާވެއްޓާ ރައްޓެހި މާހައުލަކަށް ފަހިވާ ގޮތަށް، ރީތި ފަރުމާތަކާއެކު ހުޅުވި ރިސޯޓުގެ ފަރުމާތަކަކީ މިލާންގެ މަޝްހޫރު، އަދި އެވޯޑު ވިނިން ފަރުމާކުރުންތެރިއެއް ކަމަށްވާ ޕީއީއައިއޭ އެސޯސިއޭޓްސްއިން ފަރުމާކޮށްފައި ޑިޒައިންތަކެކެވެ. މަތިން ބަލާލާ އިރު، މަހެއްގެ ބަށްޓަމަށް ރަށްވެސް ފަރުމާކޮށްފައިވާ އިރު، ރިސޯޓު ހެދިފައި ވަނީ ފަރުގެ ނާޒުކުކަން ފުރިހަމަށް ފެންނަ ގޮތަށެވެ.

މިރިއަންދޫ ރިސޯޓުގެ ވިލާތަކަކީ ޑަބަލް ރޫފިންގައި ތައްޔާރުކޮށް، ނެޗުރަލް ވެންޓިލޭޝަނަށް ފަހިކޮށް ހަދާފައިވާ ވިލާތަކެކެވެ. ރަށުގެ ވަލުތެރޭގައިވެސް ފެންވެރޭނެ ގޮތަށް އެކިއެކި ތަންތަނުގައި ޝަވާ ބެހެއްޓިފައިވާ އިރު، އެ ރިސޯޓުގެ ވިލާތަކަކީ ބ. އަތޮޅު ސަރަހައްދުގައި އެންމެ ބޮޑެތި ވިލާތަކެވެ.

ރިސޯޓުގައި ޕަޑީ ޑައިވް ސެންޓަރެއްގެ ހިދުމަތްވެސް ލިބޭ އިރު، ބޯޓީކް ސްޓޯރެއްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން

    ކިތަށް ދިވެހިންނަށްބާ ތި ތަނުން ރޫމްބޮއި، ވެއިޓަރ ކަން ފިޔަވައި ވަޒީފާ ލިބޭނީ. ތި ބްރޭންޑަކީ ދުނިޔޭގެ ވަރުގަދަ ބްރޭންޑެކެވެ. މި ކަހަލެ ހުރި ހައި ބްރޭންޑް ތަކުން ދިވެހިން ނަށް އެކަނި އެޕްރެންޓިންސިޕް ހިންގަން މަޖުބޫރ ކުރުވަން ފެނޭ.. މިހާރު ހޮޓެލް ސޫކޫލް އޮތީ އިންޑަސްޓުރީ ކެޕޭސިޓީ އަށް ވުރެފަހަތުގައެވެ.

  2. ލީލާ

    ރައީސް ޔާމިން ، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރެއްވުމަށް ފައްޓަވާފައިހުރި މަސައްކަތްތައް ނިމެމުން ދަނީއެވެ.