ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވެސް އަދި އޭގެ ކުރިން ވެސް މިހާރު ސަރުކާރުގައި ތިބި މީހުން ދެއްކި އެއް ވާހަކައަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމުގެ ވާހަކައެވެ. ހާއްސަކޮށް ސިޔާސީ ފިކުރަށް ބަލާފައި މުވައްޒަފުން ވަޒީފާ އިން ވަކިކުރާ ކަމަށް އެތައް ބަޔަކު ވާހަކަދެއްކިއެވެ. ސިޔާސީ ފިކުރަށް ބަލާފައި މުވައްޒަފުން ވަޒީފާ އަދާކުރާ ރަށް ބަދަލު ކުރާ ކަމަށް އެތައް ބަޔަކު ވާހަކަދެއްކިއެވެ. އެހެން ވާހަކަދެއްކީ ހެކިތަކެއް ވެސް ފެންނަން ހުރުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ޔާމީންގެ އެސިޔާސަތު ތަކުރާރު ނުކުރައްވާނެ ކަމަށް އެތައް ފަހަރަކު ވައުދުވެ ވަޑައިގެންފައެވެ. ނަމަވެސް ރައީސް ޞާލިހްގެ ވެރިކަމުގެ ހަނީމޫން ވެސް ނުނިމެނީސް މިފެނުނީ އަދި ފެންނަމުން މިދަނީ ކޮން މަންޒަރެއް ހެއްޔެވެ؟

މުލީއާގޭގައި ވަޒީފާ އަދާކުރަމުން ދިޔަ 25 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފިއެވެ. ވަޒީފާ އިން ވަކިކުރި މީހުންގެ ތެރޭގައި ރިޔާސީ ގަނޑުވަރުގެ އެކި މަގާމުތަކުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އެތައް މުވައްޒަފުންނެއް ވެސް ހިމެނެއެވެ. ނަމަވެސް މިއިން މުވައްޒަފެއްގެ ވަޒީފާގެ ދިފާޢުގައި ވާހަކަދެއްކި އެއްވެސް ޖަމާޢަތެއް ނެތެވެ. މިއިން މުވައްޒަފެއްގެ ވަޒީފާގެ ދިފާޢުގައި ޓްވީޓެއް ކޮށްލި މީހަކު ނެތެވެ. މިއިން މުވައްޒަފެއްގެ ވަޒީފާގެ ދިފާޢުގައި ފޭސްބުކްގައި ސްޓޭޓަސްއެއް ލިޔެލި މީހަކު ނެތެވެ. މިއިން މުވައްޒަފެއްގެ ވަޒީފާގެ ދިފާޢުގައި ޚަބަރު ގެނެސްދިން މީޑިއާތައް އިނގިލިން ގުނަން ޖެހޭ ވަރަށް ވުރެ ވެސް މަދެވެ.

ޕީޕީއެމްއަށް ނިސްބަތްވާ ސްޓެލްކޯގެ ތިން މުވައްޒަފަކު ވަޒީފާ އަދާކުރާ ތަން ބަދަލު ކުރީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެމުވައްޒަފުންނަކީ ސްޓެލްކޯގެ އެސިސްޓެންޓް މެނޭޖަރުން ލެވެލްގައި ތިބި މުވައްޒަފުންނެވެ.

މުވައްޒަފުން ވަޒީފާ އަދާކުރާ ތަން ބަދަލު ކުރުމާއި ގުޅޭގޮތުން ސުވާލު ކުރުމުން ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ އެއީ ކުންފުނީގައި އޮންނަ އުސޫލުން ގެނައި ބަދަލެއް ކަމަށެވެ.

"ރަށެއްގައި ހާއްސަ ވަކި މަސައްކަތެއް ކުރަން ޖެހޭ ވަގުތެއްގައި އެހެން ރަށެއްގައި ހުރެދާނެ އެ މަސައްކަތް ރަނގަޅަށް ދަންނަ މުވައްޒަފަކު، އެހެން ހުރެއްޖެއްޔާ ބަަދަލުކުރުމަކީ ކުންފުނީގައި އޮންނަ އުސޫލެއް. އެގޮތަށް ހުންނާނެ މާލޭގައި މަަސައްކަތް ކުރާ މުވައްޒަފުން ވެސް ބައެއް ފަހަރު އަތޮޅުތަކަށް ފޮނުވާފައި،" ހަސަން މުޣުނީ ވިދާޅުވިއެވެ.

ވަރަށް ޗާލު، ވަރަށް ރީތި ވާހަކަފުޅެކެވެ. ޔާމީންގެ ވެރިކަމުގައި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ދެއްކީ ވެސް ހަމަ މިޒާތުގެ ވާހަކަތަކެވެ. ނަމަވެސް ހަޤީޤަތެއް ނޯޅެއެވެ. އޭރާއި މިހާރުގެ ތަފާތަކީ އޭރު މީހަކު ވަޒީފާ އަދާކުރާ ތަން ބަދަލު ކުރުމުން އެތައް ބަޔަކު ކެކިއަރައިގަތުމެވެ. މިހާރު ހަނު ތިބުމެވެ.

މިއަދު ސްޓެލްކޯގެ މުވައްޒަފުންގެ ދިފާޢުގައި ބަޔާނެއް ނެރޭނެ ޖަމިއްޔާއެއް، ޓްވީޓެއް ކޮށްލާނެ މީހެއް، އަސަރުގަދަ ސްޓޭޓަސްއެއް ލިޔެލާނެ މީހެއް، ޚަބަރާއި ރިޕޯޓްތައް ހުއްޓާ ނުލާ ގެނެސްްދޭނެ މީޑިއާއެއް ނެތެވެ.

މިއަދު މިއޮތީ ހައުސިން މިނިސްޓްރީގެ 40 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ފަށާފައެވެ. އެމީހުންނަށް ހާއްސަކޮށް އުސޫލަށް ބަދަލު ނުގެނެސްފިނަމަ ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިވާނެއެވެ. މުވައްޒަފުންނަށް ދެރަގޮތެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެއެވެ. ނަމަވެސް ވަޒީފާ އާއި މެދު ޔަގީންކަމެއް ނެތެވެ. ތިން މަސް ދުވަހުގެ މުސާރަ އާއި އެކު ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްލުން އެއީ ދެރަގޮތެއް ނޫން ކަން ސަރުކާރުން ގަބޫލު ކުރާނެއެވެ. އަދި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން އެނިންމުމަށް އަތްވެސް ޖަހާނެއެވެ.

އިއްޔެ މީހުންގެ ވަޒީފާގެ ޙައްޤުގައި ވަކާލާތު ކުރި ރައީސް ޞާލިހް މާދަމާ މުވައްޒަފުންނަށް ވަޒީފާ ގެއްލުނީ ތިމަން މަނިކުފާނަށް އެނގިވަޑައި ނުގެން ކަމަށް ވިދާޅުވުން އެއީ އެމަނިކުފާނުގެ ކިބައިން ދިވެހި ރައްޔިތުން އުއްމީދު ކުރާ ފަދަ ވާހަކަފުޅަކަށް ނުވާނެއެވެ.

ޙައްޤުތައް ލިބުމުގައި ކޮންމެ މީހަކުމެ ހަމަހަމަ ވާން ޖެހޭނެއެވެ. ޙައްޤުގެ ވާހަކަ ދެއްކުން އެއީ ސިޔާސީ ފިކުރުގެ މައްޗަށް ބިނާވެފައި އޮތް އެއްޗަކަށް ވެގެން ނުވާނެއެވެ. އިއްޔެ އެހެން މީހުންގެ ޙައްޤުގެ ވާހަކަ ދެއްކި ސިޔާސީ ޕާޓީތަކުންނާއި މަޖިލިސް މެންބަރުން މިއަދު ވެސް އެވާހަކަ ދައްކަން އެބަޖެހެއެވެ. އިއްޔެ މީހުންގެ ޙައްޤުގައި ބަޔާންތައް ނެރުނު ޖަމިއްޔާތަކުން މިއަދު ވެސް އެފަދަ ބަޔާންތައް ނެރެން ޖެހޭނެއެވެ. އިއްޔެ މީހުންގެ ދިފާއުގައި ލޮލުފިޔަ ނުޖަހާ ޓްވީޓް ކުރަން ތިބި މީހުން މިއަދު ވެސް ހަމަ އެގޮތައް ޓްވީޓް ކުރަން އެބަޖެހެއެވެ.

ހަމައާއި އިންސާފަކީ އެއީ އެވެ. އެހެން ނޫނީ ކުރިން އެފަދަ ވާހަކަދެއްކީ އަމިއްލަ އެދުމާއި އަމިއްލަ މަންފާ ހޯދުމަށް ކަމާއި މެދު އިތުރަށް ޝައްކު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ބަދުލް

    އާދަމް ނަވާޒު އަކީ ރައީސް ޔާމީނުގެ ބޯއީ އެކެވެ.

    • ޏަސް

      ކަލޭ ކަޑަ ވީތަ ހަގީގަތް ހާމަ ކުރާތީ.ހަޖަމް ކުރަން ދަސްްކުރެ. ތިހެން ކޮމެންޓް ކުރިއަސް ކަމަކު ނުދާބެ

  2. ޖަހާންގީރު

    ލޮލަށް ބޮޑުއާވި އެޅިފަ ކަންފަތަށް ރީ އެޅިފަ ތިބޭނީ އެމް ޑީ ޕީ ގެ ސިޔާސީ މީހުންވެސް ސަޕޯޓަރުންވެސް ، ވަޒީފާ އަދާކުރާތާ 20 އަހަރު އަޅެ އެއީވެސް ޔާމީން ނުޙައްގުން ހޯދަދީފަ ހުރި ވަޒީފާތަ

  3. ސޭޓުގެ އަނބިމީހާގެ ފިރިމީހާ

    އިބޫ ސަރުކާރު ގުޅިފަ އޮތީ ލާދީނީ ފިކުރާ... އަލްހާނު އެބުނާ މުނާފިގުންގެ 3 ސިފަ ހަމަވީމަ ސިޔާސީ މަގާމެއް ލިބޭނޫވެސް

  4. ޏަމްޏަމް

    ބަލަ ސިވިލް ސާވިސް ކޮމިޝަނުން ބުނެފައެއްނު އެެއޮތީ ވަޒީފާ ނުގެއްލޭނޭ. ޙިޔާލީ ފޮލާ ވާހަކަ ނުދައްކާ

  5. ލަބީބު

    ރައީސް ޔާމީނަށް އެންމެބޮޑު ލޮޓިއެއް ދިނީ އެމަނިކުފާނު އެއްމެ އިތުބާރާއެކު އެލެކްޝަން އަށް ލީ އެތާންގެ ރައީސް އަޙްމަދު ޝަރީފްއައި ދެންތިބި ތިން އިސްވެރިންނެވެ. އިޚްލާޞްތެރިކަން ޙައްދުންނައްޓޅާ ރައީސް ޔާމީނަށް ލިބުނު ވޯޓުން 40000 ވޯޓް އެތިބީ ވަގަށް ނަގައިގެންނެވެ. އިރާދަކުރެއްވިއްޔާ މި މީހުން އަދި އެކަމުގެ ހިތިރަހަ ދެކޭނެއެވެ. ރޓީވީ ، އަވަސް ، މިހާރު ، ސަންގު ، މިއީ ރައީސް ޔާމީންގެ ވެރިކަމުގައި މުވައްޒަފުން ތަންތަނަށް ބަދަލުކުރާތީ އެކަމަށް ހޭބޯނާރާ ފާޑުކީ ތަންތަނެވެ. މިއަދު މިތަންތަން ނެތީހެއްޔެވެ؟

  6. ށަވިޔަނި

    މުލިއާގެ ޔާމިން ބޭނުން ކުރީ އެހެން ކަމަކަށް. ޢެހެން ވީމަ މުވައްޒިފުން ކުރާ މަސައްކަތް ވެސް ތަފާތު ވާނެ އެންނު. ބޭނުންވާ މުވައްޒިފުންވެސް ތަފާތު ވާނެ. ޕީޕީއެމް ކެންޕެއިން އޮފިސް މުލިއާގޭގައި ހިންގަން އުޅުން ސްޓާފުން އިބޫ ގެންގުޅެންވީ؟

  7. އިންސާފް

    މިހާރު ހަމަޔާ އިންސާފަކީ އެ ބަޔަކު ބޭނުންވާގޮތް...
    ހަމަޔާ އިންސާފައް ވާސިލްވެވޭނީ އަޑުގަދަ މީހާއަށާއި މުއްސަނދި މީހާއަށް.. އިންސާފަކީ ގަނެވިއްކޭ މުދާގަނޑެއް ކަހަލަ އެއްޗެއް

  8. މޮޔަ

    ކަމަކުއޭ އިދިކޮޅު ޕާޓީ އޮންނަނީ. ޕީޕީއެމް ފެއިލްވީ ދޯ

  9. އަހުމަދު މޫސާ

    ވަރަށް މޮޅު ލިޔުމެއް އަދަބީ ގޮތުންވެސް. އިޖުތިމާޢީ ގޮތުން ވަރަށް އަސަރުގަދަ ލިޔުމެއް. ސިޔާސީ ގޮތުން ވަރަށް ތޫނު ލިޔުމެއް. ސާބަސް އާދަމް ނަވާޒް ގޯއަހެޑް، ވީ އާރ ވިތު ޔޫ!

  10. އަޙްމަދު

    އާދަމަ ނަވާޒަކީ ބަތަލެއް. ކުލަޔަކަށް ނަސްލަކަށް ނުބަލާ ފެރިކަން ކުރާނަމޭ ބުނެ މިކުރަނީ ކޮންކަމެއްބާ؟

  11. އަލީ

    މަށައްވުރެ ވަކި ގިނައިން ނަވާޒުއާ ދިމާލައް އެއްޗިހިގޮވި މީހަކި ނުހުންނާނެ އެކަމް ނަވާޒު ދެއްކިޔަސް ރަނގަޅު، ތެދުހަޤީގީ ވާހަކައެއްވާނީ ތެދު ހަޤީގީ ވާހަކައަކަށް.

  12. ޢައިބާ

    ފެނަކާގެ ރައްރަށުގެ އިންޖީނުގެތަކުގައި ތިބި މުވައްޒަފުންނަށް ޗިޓްފޮނުވަމުން ދަނީ

  13. އަހަންމަދުބޭ

    ދިވެހިރަތްޔެތުންނަށްވެރެން ރިސޯތަކުގެވަޒީފާގައި އިންޑިޔާ ބަންގާޅިންނާއި ލަންކާ ބަންގާޅިން ގިނައެވެ. މިއީވެސް ދިވެހިރަތްޔެތުންނަށް ވަރަށްދެރަނިކަމެތިކަމެއްއޮތް އިންޑަސްޓްރީއެކެވެ. މިގައުމަށްލިބޭޑޮލަރުގެ ނަފާ ނަގަނީ މިބަންގާޅީންނެވެ. ލޯކަލް މާރުކޭޓްގޮޅިތައްވެސް ކޮންޓްރޯލްކުރަނީ މިބަންގާޅީންނެވެ. ދޯނިފަހަރުގައި މަހަށްގޮސް މަސްބާނައިގެންއައިސް މަސްމާރުކޭޓުގައި މަސްވިއްކަނީވެސް މިބަންގާޅީންނެވެ ހުރިހާކުދި ފިހާރަތަކުގައިވެސް މިބަންގާޅީންނެވެ. ސަރުކާރުން މިކަންތައްތައްހައްލުކޮއްދޭނެކަމަށް އުއްމީދުކުރަމެވެ.

  14. ނުރަބޯ

    ހުރިހާވެސް މައްސަލައަކީ އިދިކޮޅު މީހުންގެ އެއްވެސް ގަޓެއް ނެތުމެވެ. އަނގައެއް ނެތުމެވެ. ގަލަމެއް ނެތުމެވެ. އިޚްލާޞް ތެރިކަމެއްވެސް ނެތުމެވެ. ވެރިކަން ނުލިބޭއިރު ގޮވި ގޮވެލިފައްޗާ ވެރިކަން ލިބުމުން ކަން ކުރަމުންދާ ގޮތުގެ ތަފާތު ރައްޔިތުން ނަށް އަންގައިދިނުމާ އޮޅުން ފިލުވައިދޭން ނުކުޅެދުމެވެ. މިހާރުގެ އިދިކޮޅުމީހުން ކުރިން ވެރިކަމުގައި ތިބިއިރު އެއިރުގެ އިދިކޮޅުމީހުން ސަރުކާރާ އަދި ސީދާ ރައީސުލް ޖުމްހޫރިއްޔާ އާމެދު ކުރާ އެކިއެކި ތުހުމަތުތަކާ ފަތުރާ ރޯ ބުހުތާން ވާހަކަތަކުން ސަރުކާރާ ރައީސް ދިފާޢުކޮށް ކަންއޮތީ އެބުނާގޮތަށް ނޫންކަން އަންގައިދިނުމަށް އެއިރު ވެސް އޮތީ ނުކުޅެދިފައެވެ. ކޮންމެ މީހަކު މޮނީޓަރު ފޮތެއްވަރުގެ ބޮޑު ސްމާޓް ފޯނެއް ގެންގުޅޭ އިރުވެސް އޮންލައިން ނޫސް ތަކުގައި ސަރުކާރާ އެއްކޮޅަށް ލިޔެފަހުންނަ ލިޔުންތަކަށް ތާއީދުކޮށް ކޮމެންޓް ކޮށްލަންވެސް ނުކެރެއެވެ. ނުވިތާކަށް އެއިން ކޮމެންޓަކަށް ލައިކްދޭންވެސް ނުކެރެ އެވެ. ސަރުކާރު ތެރެއިން ބޮޑެތި މަގާމްތައް ހޯދައިގެން ސަރުކާރުގެ ދިފާޢުގައި އެއްވެސް ކަމެއްނުކޮށް ވައި އަނގަތަޅަން ތިބެނީއެވެ. އެއާ ޚިލާފަށް މިހާރު ސަރުކާރުގައި ތިބި މީހުންނަކީ ޕާޓީއަށް ވަރަށް ލޯޔަލް ބައެކެވެ. ޒާތްޒާތުގެ ދޮގު ޚަބަރު ފެތުރުމާ އިދިކޮޅުމީހުންނާމެދު ޝައްކާ ވަހުމް އުފެދޭފަދަ ގޮތްގޮތަށް ޕްރޮޕެގެންޑާ ފެތުރުމުގައި އެމީހުން ތިބެނީ ހަމަތައްޔާރަށެވެ. އަނިޔާވެރި ކަން ހައްދުން ނެއްޓޭވާހަކަޔާ، ކޯޓު ތަކަށް އަތްބާނާ ނުފޫޒު ފޯރުވާ ވާހަކަ އާއި ގާނޫނަށް ބޭނުންގޮތެއް ހަދާ ރައްޔިތުންގެ ޙައްގުތައް ނިގުޅައިގަންނަމުންދާވާހަކަތައް ގޮވަމުންދާއިރު ހީވަނީ ބޮލިރަވައެއް ތަޅުވާހެންނެވެ. އެހެންވީމާ މިހާރުގެ އިދިކޮޅުމީހުން ވަރަށް ހީވާގިވެ ޒިއްމާ ދާރުކަމާއެކި ތިބެގެންނޫނީ ކާމިޔާބުގެ ވަސްވެސް ނުފެންނާނެއެވެ. ޕާޓީ ތެރެއިން މީޑިއާއަށް އަރާނެ ޚާއްސަ ގްރޫޕްތަކެއް ނެރެ އެއިން ކޮންމެ ގްރޫޕެއްގައިވެސް ރައީސް ޔާމީން ފަދައިން މީހުން އަހާހިތްވާގޮތަށް ވާހަކަދެއްކޭ ދޫހެލޭ އިދިކޮޅުގެ ތުހުމަތު ތައް ދޮގުކޮށް ބަލިކުރުމުގެ ކުޅަދާނަކަން ހުރި ބަޔަކުލައިގެން ކުރިޔަށްދާންވީއެވެ. އެންމެ މުހިއްމު ކަމަކީ މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު މިގައުމުގެ މާލީ ޙާލަތު އޮތީ ރަނގަޅަށްކަމާ އެހެން ނަމަވެސް ދައުލަތުގެ މާލީ ކެރިފޯރުންތެރިކަމަށް ނުބަލާ ބޮޑެތިމަގާމްތައް އުފައްދާ ފައިސާ އިސްރާފުކުރަމުންދާ ކަން ރައްޔިތުންނަށް އަންގައިދިނުމެވެ.

  15. އަލީ

    ދޮންކަލޯ ކީއްކުރާނީ ތިޔަހުރިހާކަމެއްވެސް މިސަރުކާރުގައި ހިގާނެ.ނަމަވެސް 5 އަހަރުވާއިރު ރައްޔިތުން ހަދާންނެތޭނެ! އެމް.ޑީ.ޕީ މީހުންނަށް މިކަން ރަގަޅަށް ވިސްނޭ ދެންދައްކާނީ އެހެން މަންޒަރެއް ރައްޔިތުންނޭވޭ ދެންވެސް ހޭއަރާ ޖަމިލިސް އެމްޑީޕީއަށް ނުދީ މުއައްޒަފުންގެ ހައްގުތަކާ ގައުމު ވިއްކާލިޔަނުދީ ހިފަހައްޓާ!

  16. ހަންޓޯ

    ހައްގުގެ ވާހަކަ މިއަދުދެއްކުމައްތުރެ އެވާހަކަ ނުދެއްކިއްޔާމާރަނގަޅު. ވަކިފަރާތެއްވަކިސަރުކާރެއް މިނޭއްގާނީ އަމަލްހިނގުމުގަ ތަފާތެއްނެތް. 1987 ވަނަ އަހަރުންފެށިގެން މިރާއްޖޭގެސަރުކާރުހިއްސާވާ ކުނފުނޏެއްގަޚިދްމަތުގައި ދެމިހުރި އަޅުގަނޑު އެކުންފުނީގެ ޚިދްމަތުގައި 30 އަހަރުހޭދަވީއިރު ރާއްޖެއިނބޭރުންކަމާގުޅެތަމްރީން ލިބިގެންހުރި އިރު އަޅުގަނޑު ގެބެލުމުގެދަށުން މަސައްކަތް ކުރުވައިގެންގެނގުޅެމުނދިޔަ މުއައްޒަފުން އެއީ މިއަދު އަޅުގަނޑައް މަސައްކަތްދައްކާ މީހުންނައް ބަދަލުކޮށްފައެތިބީ ކޮނހައިސިއްޔަތަކުންކަން ވެސްނޭންގުނު. އަޫގަނޑައްތުރެ މަސަައްކަތައްރަންގަޅީ ކަމެއް އެޓެނޑެންސް ރަނގަޅީކަމެއް ތައުލީމީފެންވަރު ރަންގަޅިއެއްކަމެއް ނޭންގުނު. ޚުދްއަޅުގަނޑުގެ އަމިއްލަ ތަޖްރިބާގެ އަލީގަ ދަންނަވާނަމަ މިއިންއެއްވެސްރޮނގަކުން އަޅުަގަނދައްތުރެ ވަކިންރަންގަޅު އެކަކުވެސް މީގަހިމެނިފަނެތް. ކަނޑައެޅިގެން ބޮޑެތިއޮޕްރޭޝަނަލް މަސައްކަތްތައް ކުރެވޭދުވަސްބަލާ ގަސްތުގަ އޮފީހައްސަލާމްބުނާ ކަންފާހަގަ ކުރެވި ވެރިންނައްވެސް ފާޅުގަ އެކަންއެނގޭއިރު ވެސްވެރިންރުހޭމީހާވީމަ މިއަދުމިވަނީ އަޅުގަނޑު ފަހައްޖައްސާފަ. މިއީ އެކިގޮތްގޮތިން އެނގިފަވާގޮތުގަ ބުލީކުރުމުގެ އަމަލެއް. މިކަން މިގޮތުންހިންގުމުގެއިތުރުން މިއަދާހަމައަށް ވާސިލްވީއިރު މަސައްކަތުގަ ބަހައްޓަންޖެހޭފަރުވާތެރިކަން އެންމެއެދެވޭގޮތުގަ ނުބެހެއްޓުމުގެސަބަބުން ކުންފުންޏައް ނުހަނު ބޮޑެތިގެއްލުންހުރިކަންކަން އެމީހުންގެސަބަނުން ހިނގާދިޔަނަމަވެސް ހިނގާދިޔަ ނުރައްކާތެރި ގެއްލުންބޮޑެތިކަންކަމައް ފަސްއަޅާ ފޮރުވައިގެން ތިބިނަމަވެސް އެއްދުވަހަކުން މިޖަރީމާތަކާމެދުޖަވާބުދާރީ ވާންނުޖެހިނުދާނެކަން ކަށަވަރު. މިއަދު މާއްދިއްޔަތުއިސްކޮށް ތިމާމެންނައް ލިބިހުރިއާރަކާއިބާރެއް މާދަމާ އަލްވަދާއު ކިޔާނެކަމީއެއްވެސް ސުވާލެއްއޮތްކަމެއްނޫން. ﷲއީ ކޮންމެކަމަކަށް ވެސްއެންމެކުޅަދުންވަންތަކަލާންގެ .ނުވިސްނާބަޔަކައް އިބްރަތްހާސިލެއްނުވާނެ. ނަމަވެސް އަޅުގަނޑައް ނިކަމެތިކަންދީ ހައްގައްއަރައިގަތުމުގަ އިސްވެއުޅުނު އެކަކު މިައަދުތަހަންމަލު ކުރަންޖެހިފަވާ ހިތްދަތިކަމަކީ އޭނާހަމައެކަނި ހުރި އުފަންދަރިފުޅު ތަޅުންގަނޑެއްގެ މައްޗައްވެއްޓި ބޮލައްލިބުނު ގެއްލުމަކާގުޅިގެން ޑޮކްޓަރުން އުންމީދުކަނޑާލާފަ ބަލިއެނދުގަ އުމުރުން 12 އަހަރުންފެށިގެން ގެންގުޅެންޖެހުން. މާތްﷲ މިފަދަހިތާމަހުރި ހިތްދަތިކަމެއް އެއްވެސްއަޚަކަށް ކުރިމަތިނުކުރައްވާށި .އާމީން ވީމާ މިއަދުމާއްދިއްޔަތުގެ ގެދަހިވެތިކަމުގެ ސަބަބުން މީހެއްގެ ހައްގުގެއްލި ދިޔަނަމަ ެސް އެހައްގު ހޯދުމައް ދާނެތަނެއްނެތް .

  17. މަހޭ

    ސާބަސް ރައީސް ސޯލިޙް..... ބަހާ އަމަލާ ދިމާނުވާ މަތިބަރު ސަރުކާރު... މިނިސްޓަރުންގެ އަދަދު ދުނިޔޭގެ ރެކޯޑް ފޮތަށް އަރާ....

  18. މުޙައްމަދު ޢަބްދުލްޢަނީ

    ދިވެހީން ހޭ އަރަންވެއްޖެ އެވެ. މި ހުރިހާ ކަމެއްވެސް ގޮސް މި ޖެހެނީ މުސްލިމުންގެ ޢަދާވާތްތެރީންގެ ރޭވުމާއެވެ. މި ރާއްޖޭގައި 2000 ވަނަ އަހަރު ފައްޅިއަޅައި ސެކިޔުލާރ ސަރުކާރެއް ގާމިމުކުރާން ފެށި މަސައްކަތުގެ މައިގަނޑު ހަތިޔާރުަތަކަކަށް ބޭނުންކުރީ، ޑިމޮކްރެސީއާއި ޓްރާންސްޕެރެންސީއާއި ހަމަހަމަކަމާއި ހެޔޮވެރިކަމާއި އިންސާނީ ހައްޤުތަކާއި ކުޑަކުދީންގެ ރައްކާތެރިކަމާއި އަންހެނުންގެ ހައްޤުތަކާއި ޖެންޑަރ އީއުއަލިޓީއާއި އެންޓި ކޮރަޕްޝަނެވެ. ހަގީގަތަކީ އެ މީހުން މިއިން އެއްވެސް ކަމެއް ބޭނުންވެސް ނުވާ ކަމެވެ. ބޭނުންވީ ދީނީ މިނިވަންކަމެވެ. ސެކިޔުލަރިޒަމްއެވެ. މި މަޤުޞަދުގައި އެމްޑީޕީ އުފެއްދި އެވެ. ޢާއްމު މެންބަރުން ހެއްލި ކަތީ ކުރީން މި ބަޔާންކުރި ރީތި ނަންތަކުގެ ޖާދޫގައެވެ. ހަގީގަތް އެނގެނީ ވެރީނަން އެކަންޏެވެ. މި ޕްރޮގަރާމްގެ ދަށުން ކޮމަންވެލްތު ވެސް އެހީވާން ފެށިއެވެ. އީޔޫއާއި އިނގިރޭސީންގެ މަދަު ލިބުނެވެ. ޓްރާންސްޕެރެންސީ މޯލްޑިވްސް އުފެއްދި އެވެ. ޑިމޮކްރެސީ ނެޓްވާރކަކާއި މިފަދަ ކިތަންމެ ޖަމުޢިއްޔާއެކެވެ. އެމްޑިޕީ އިން ކުރާ އެއްވެސް ކަމަކަށް މިއިން ޖަމުއިއްޔާއަކުން ޗުއްޕު ވެސް ނުކިޔާނެއެވެ. ދައުލަތުގެ ބާރަކުން ވެސް އެމްޑިޕީއަށް ފައިދާވާ ގޮތަށް ބޭއިންސާފުން ވެސް ނިންމާ ކޮންމެ ނިންމުކަށް މަރުހަބާ ކިޔާނެ އެވެ. ދެން ރާއްޖޭގައި ފެތުރީ ރިޝަވަރުގެ ކުޅިވަރެވެ. ކޮންމެ ވޯޓެއްގައި ވޯޓު ގަނެވޭނެކަން އެނގޭތީ އިންޑިއާ ފަދަ މިރާއްޖެއާ ދުޝްމަނު މުސްލިމުންދެކެ ރުޅިއަންނަ ޤައުމުތަކާއި ޖަމްޢިއްޔާތަކުން މިހާރު ފައިސާ ދޭކަށް ޖެހިލުމެއް ނުވެއެވެ. ރައްޔިތުން ވޯޓުދެނީ ތިމާގެ ޖީބަށް އެ ވަންނަ ވަގުތީ ފައިދާއަށް ވިސްނައިގެންނެވެ. ނަތީޖާއަކީ ޤައުމުގެ ތަރައްޤީ ހުއްޓި ރައްޔިތުން ނޯށުން ރޯންޖެހި ބަޔެއްގެ އުނގަށް ވެއްޓި ދުވަހަކު ވެސް ގައުމު ސަލާމަތް ނުވެވޭވަރުގެ ދަރަނި ބޮލުގައި އެޅުމެވެ. މިކަމުގައި މައުމޫނާއި ޢިމްރާނާއި ޤާސިމާއި އިބޫ ވެސް ޒިންމާ އުފުއްލާން ޖެހޭނެ.