ފިނިފެންމާ ލޯޗުގައި ބޮން ގޮއްވާލި ހާދިސާއާ ބެހޭ ގޮތުން ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހީމް މުއާޒު ދެއްކެވި ވާހަކަތަކަށާއި އޭނާ ކުރި ތުހުމަތުތަކަށް އޭރުގެ ހޯމް މިނިސްޓަރ އަދި ފިނިފެންމާ ލޯޗުގައި ބޮން ގޮއްވާލި ހާދިސާއާ ތަޙްޤީޤު ކުރި ޓީމްގައި އެންމެ އިސްކޮށް ބައިވެރިވި އުމަރު ނަސީރު ރައްދު ދެއްވައިފިއެވެ.

މުއާޒު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ލޯންޗް ގޮވި ވަގުތު އަލިފާން ނުފެންނަ ކަމަށާއި އަލިފާނުގެ ކުލަ ފުރަތަމަ ފެނުނީ ވެސް އުމަރު ނަަސީރު އޭނާގެ އަތައް ދެއްވި ސީޑީއެއްގައި އިން ވީޑިއޯ އަކުން ކަމަށެވެ.

އެވާހަކަތަކަށް ރައްދު ދެއްވަމުން ޢުމަރު ވިދާޅުވީ މުއާޒު ދެއްކެވި ވާހަކަތަކީ އޭނާ ދެއްކެވި ވާހަކަތަކެއް ނޫންކަމަށާއި އެއީ "އެމްއެމްޕީއާރުސީގެ ނަހަމަ ފައިސާ ދެއްކި ވާހަކަތަކެއް" ކަމަށެވެ.

ޢުމަރު ވިދާޅުވީ އޭނާ މުއާޒާ ޙަވާލުކުރެއްވި ވީޑިއޯއަކީ ރައީސް އޮފީހުގެ ކެމެރާއަކަށް ރެކޯޑުކުރެވިފައިވާ ވީޑިއޯއެއް ކަމަށެވެ. އެއީ ލޯންޗުގައި އެއްޗެއް ގޮވި ޙާދިސާ ތަޙުޤީޤު ކުރުމަށް ރައީސް ޔާމީން އެކުލަވާލި ކޮމިޝަނަށް ލިބުނު ވީޑިއޯއެއް ކަމަށް އުމަރު ވިދާޅުވިއެވެ.

"އޭގެ ރޯ ފައިލް މިހާރު ވެސް އޮންނާނެ. ރައީސް އޮފީހުން އެމައްސަލަ އަލުން ބައްލަވަންވީ ނޫންތޯ،" ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބަކީ މިހާރުގެ ސަރުކާރު ގެންނަން ޚަރަދު ކުރެއްވި ބޭފުޅެއް ކަމަށް ބެލެވޭ ކަމަށެވެ. އަދީބު ގެއަށް ބަދަލުކޮށްފައި ވަނީ އޭގެ ސަބަބުން ކަމަށް ވެސް ޢުމަރު ތުހުމަތު ކުރެއްވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ މުޢާޒު އެދެއްކެވި ވާހަކަތަކަށްބަލާއިރު މިސަރުކާރު "ކުނިވާން" ފަށައިފި ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ.

ފިނިފެންމާ ލޯންޗް ގޮއްވާލި ހާދިސާ އާއި ގުޅޭ ގޮތުން މުއާޒު ރޭ ދެއްކި ވާހަަަކަތަކަކީ އެމައްސަލައިގައި ޙުކުމް އައިސްފައިވާ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު މިނިވަން ކުރެވޭނެ ގޮތައް ކަންކަން ބަދަލު ކުރުމަށް ރޭވިގެން ދެއްކި ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. މުއާޒު މީގެ ދެދުވަސް ކުރިން އަދީބު އާއި ބައްދަލު ކުރި ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މުއާޒު ރޭ ވަނީ ފިނިފެންމާ ހާދިސާގެ ތަޙްޤީޤު އަލުން ކުރުމަށް ވެސް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ސަމީރު

    އަމުަރު ބުންޔަސްތީ ވަރަށް ތެދުވާހަކައެއް. އެމް.ޓީ.ޑީ ޕާޓީގަވެސް އެތިބީ މުޅިންވެސް އެމްއެމްޕީއާރުސީގެ ފައިސާއިން ގަނެފަ ތިބިމީހުން. ކަމާބެހޭ މުއައްސަސާތަކުން އެބަޖެހޭ އެޕާޓީ ހުއްޓުވަން. ދައުލަތައް ލިބެންޖެހޭ ފައިސާތައް އެދަނީ ބަހާ ހުސްކުރަމުން.

  2. އަހްމަދު

    ތިޔަ އުޅެނީ އެއްވަރުގެ މީހުން

  3. އަލީ

    ސިޔާސީ މީހުންގެ ތެެރެއިން އުމަރުހާ ތެދުބަހުން ވާހަކަދައްކާ މި ގައުމުގައިވެސް މީހެއްނެތް

  4. ޭައެމް އެސް

    މުއާޒު ފުރަތަމަ ހުރީ ހަމާގަތޯ ސުވާލް އުފެދޭ ކުދިންނޭ މަދުލާރި ކޮޅަކަށް ވިކިގެން ނުދޭ އަދީބު ތީޤައުމުގެހލާކު އަވަސްގޮތަކަށް ޢޭނާޖަލަށް ބަދަލް ކުރުމަށް ރައީސް ޞޯލިޙު އަށް ގޮވާލްން......

  5. ވާހަކަ

    ވާހަކަ ދެއްކީ ހަލޭ އަމާ

  6. ދަސްކުރޭ

    ވަރަށް ފައްކާ ތަހުގީގެއް އެގިއްޖެ ފައިސާ ނެގި މީހުން

  7. ދަސްކުރޭ

    ދެން އަވަހަ އެއްޗެއް ނޮޅޭލެ

  8. Anonymous

    ތެދުފުޅެއް، އުމަރުގެ ވާހަކައަށް ހަމަތާއީދު

  9. ހަސަން

    މުއާ އެބުނާ މޫސާ ޒަމީރު އައީ ތިކަންވީފަހުން . މުއާ ދައްކާވާހަކައިން ސާފުކުރަންޖެހޭ ތިކަން. ރިޔާސީ ލޯންޗުކޮލުގައި ބޮން ގޮވިއިރު ޒަމީހުރީ މަސްފެކްޓަރީ ހިންގުމުގައި .މިކަން ޒަމީރުމެން ހަސަދަވެގެން ކުރަންވީ ކޮންކަމަކު ބާ؟؟؟

  10. ފަޤީރު ކަލޯ!

    އަދީބުގެ އަތުގައި އަދިވެސް ހާދަބައިވަރު ފައިސާއެއް ހުރީތާދޯ! މުއާޒު ވަގުންގެއަތުގައި މިހިފީ ކުރިންވެސް ހިފާފަ އޮތީމާތާ! އެހެރެގެން ގޯނިން ބޭރުވަނީ! އަދީބޫ ކަލޭ ވަރަށް ކުޅަދާނަ! ހަމަކާން ނުދޭ އެކަކުވެސް މަހްލޫފު ނޫނީ ނެތީތާދޯ!

  11. ޚަލީލު

    އުމަރު ނަސީރު އަށް ވީޑިއޯ ހަވާލު ކުރީ ޕީ.އެސް.އެމް ން. ކެމެރާ ކުރީ ރަޝީދު (ތުއްޓޭ)، އެދުވަހު އެ ލޮކޭޝަންގަ ހަމައެކަނި ހުންނާނީ ޓީވީއެމްގެ ކެމެރާ. ވީޑިއޯ ޕަބްލިކަށް ދެއްކެވީ 5 ދުވަސް ފަހުން. ވަރަށް ސަލާމް.

  12. އަލިބިޔާއްކަލޯ

    އުމަރު އާއި ރ ޔާމީން ކަހަލަ ގަޓުހުއްނަ މީހުން މިގައުމަށް ބޭނުންވަނީ
    ސާބަސް އުމަރު ނަސީރު

  13. ާއަނިލް

    އުމަރު ގެ ޔޫރިން ނަގަންފެނޭ

  14. ޢަނީ

    ޢުމަރު ބިންޔަސް ތެދެއްވާނީ ތެދަކަށް ތީހަމަ ފައިސާ ދެއްކިވާހަކަ. ހާދަގޮތެއްނެއް މީހެކޭ މި މުއާޒް މީ

  15. ޏިކަމް

    ޢުމަރު އެބުނީ އަސްލު ޙަގީގަތަށް.

  16. ނުމާ

    ތީ އަދީބުއަށް މުއާޒް ދެއްވި ހަދިޔާއެެކެވެ.އެކަމަކީ ނުވާކަމަކަށް ހަދަން ދެއްކި ވާހަކަ އެއްކަމަށެވެ.މުއާޒް އަކީ ހާދަ ބޯގަޅި ފައިސާއަށް ދޮގުހަދައިދީ ފައިސާފެނުނީމަ ވާނުވާ ނޭނެގޭމީހެކެވެ. އަދީ ބު ޖަލުން މިސަރުކާރުން މިނިވަން ކޮށްގެން އުޅެނީ ޔާމީނަށް ލަނަޑުދިނުމަށެވެ.މީ ބަހާ ޢަމަލާ ދިމާނުވާ ތާކުންކުރެ ތާކުނުޖެހޭ ސަރުކާރެކެވެ. އިންސާފާ ަހަމަކަން ހޯދައި ދިނުމަށް އައިސަރުކާރުގެ ޙާލަތަކީ މިސަރުކާރު ބޭނުން މީހަކަށް ދޭނެް ބޭނުން މީހަކަށް ދެވޭ އިންސާފެއްތޯއެވެ. ވެރިކަން ހޯދަން އުޅުނުއިރި ވާހަކަ ރީތިކަމުން ގޮސް ވަރަށް ރީއްޗެވެ،

  17. ޙަސަން

    ޢުމަރަކީ ވަރަށް އުޒުމު ވަރުގަދަ ތެދަށް ވާހަކަދައްކާ ލީޑަރެކެވެ. އަދި ވަރަށް އިންސާފަށް ލޯބިކުރާ ބުނަންބޭނުންވާ ބަސް އެއްވެސް ފަސްޖެހުމެއްނެތި ބުނާ ކެރޭ ސިޔާސީ ލީޑަރެކެވެ.

  18. ދޮންބެ

    ވާހަކަ ދެއްކީ އުމަރެއް ނޫން "ވާހަކަ ދެއްކީ މިނިވަން50ގެ ފައިސާ" – ދޮންބެ

  19. ހަސަންކޮއި

    ފައިސާއަށް ހެއްލޭ މީހުން ބަލާނެކަމެއް ނެތް. ކައި ކައިގެން ބަނޑުފުރާ.!!! މަރު އައިސް ޖެހުނީމަ ނުފެލޭތި. ދިރިތިބިމީހުންނަކަށް އަޑެއް ނީވޭނެ ކައްވަޅުގައި ރޮއި ހޭރުނަސް. އެދުވަސް އަދި އަންނާނެ.!!! ފައިސާ ގޯނި އެދުވަހު ގެއްލޭނެ. އަހަރުމެންނަށް މާތްﷲ ދެއްވިއެޗަކާ ޝުކުރު

  20. ދުނިޔެ

    حالة بدل ވަނީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ﷲ ފުދިވޮޑިގެންވޭ

  21. ހރެރހ

    ތިވާހަކަ ތިބުނީ އެމްއެމްޕީއާރުސީ އިން ޔާމީނައް ދިން ފައިސާ

  22. މޮލަ

    ކޮންމެ މީހަކުވެސް ހަމަބުއްދި ފިލީމަވާނީ މިހެން.. ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަ ފާނެ.. މުއާޒު އަކީ ކުރިންވެސް ބޮލުގެ މައްސަލައެއް އުޅޭ ކުއްޖެއްކަން އިގޭނެ މިޙާރުގެ ސަރުކާރު ވައްޓާލަން 5 މީހުން ގޮވައިގެން ނުކުމެ ވޯޓު އޮޅުވާލި ގޮވީމަ

  23. ރަޒިއްޔާ

    ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ހެއްދެވި ފަރާތަށް ކުޑަވެސް ބިރެއް ނެތި މުޢާޒު ކަހަލަ މީހުން ފައިސާއަށް ހެއްލި މީހުންގެ އަބުރާއި ޢިއްޒަތް ނަގާލާ، ގެއްލި ހަލާކުވަމުން ދާތީ ހާދަހާވާ ދެރައެވެ.

  24. ހަސަދު

    ކޮރަޕްޓު މީހުން އަމިއްލަ އަށް ރަނގަޅު ވާން އުޅެން ހަދައިގެން ވަނީ ބޭޒާރު

  25. އަލްތާފު

    މީހަކު މަރާލަން ވެގެން ބޮމެއް ލޯންޗެއްގާ ގޮއްވާލާގެން ވާނީ އެވަރުގެ ގެއްލުމެއް ކަމަކަށް
    ހަމަ ބުއްދިއަކުންގވިސްނާގެނެއް ގަބޫލެއް ނުކުރެވޭ. ބޮމެއްްގޮއްވާލިނަމަ އެ ލޯންޗެއް ނޯންނާނެ ފެންނަންވެސް. އުމަރުމެންގެ ތިކުރާ ތަހުގީގަކީ ވެސް ގަނޑު ފާއިސާ ކަމަށްވެސް ބެލެވޭ.