ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ އީޔޫގެ ޕާލަމެންޓުން ގަރާރެއް ފާސްކޮށްފިއެވެ.

ހަތް ގައުމެއް ގުޅިގެން އީޔޫ ޕާލަމެންޓަށް ހުށަހެޅި މި ގަރާރުގައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުލިބޭ ގޮތަށް އޮތް އޮތުން ނެގުމަށް ގޮވާލާފައެވެ.

އަދި ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ނިންމާފައިވާތީ އެކަމާ ގުޅޭ ގާނޫނުތައް ބަދަލުކޮށް މަރުގެ އަދަބު ދިނުން ހުއްޓާލުމަށް ވެސް މި ގަރާރުގައި ގޮވާލާފައިވެއެވެ.

މީގެއިތުރުން މި ގަރާރުގައި ވަނީ ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމާއި، ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ކޯޓުތަކަށް މިނިވަންކަމާއިއެކު މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމްކުރުމާއި، މީޑިއާގެ މިނިވަންކަން ދިނުމަށް ވެސް ހިމަނާފައެވެ.

ރާއްޖެ އާއި ދެކޮޅަށް ހުށަހެޅި ގަރާރަށް ބަހުސް ކުރަން ހުޅުވާލުމުން ވާހަކަދެއްކީ އެންމެ 11 މެމްބަރުންނެވެ.

600 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭ އީޔޫގެ ޕާލަމެންޓަށް ރާއްޖެ އާއި ދެކޮޅަށް ހުށަހެޅި ގަރާރަށް ބަހުސްކުރި 11 މެމްބަރުންގެ ތެރެއިން ހަ މެމްބަރަކު ވާހަކަދެއްކީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށާއި މަރުގެ އަދަބާއި ގުޅޭ ގޮތުންނެވެ.

އީޔޫ އަކީ މަރުގެ އަދަބު ދިނުމަށް ވަރަށް ބޮޑަށް ދެކޮޅު ހަދާ ޖަމާއަތެކެވެ. އެގޮތުން އެ ޖަމާއަތުގެ މެމްބަރު ގައުމަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ވެސް މަރުގެ އަދަބު ނުދިނުން ހިމެނެއެވެ.

އިސްލާމީ ގައުމެއް ކަމަށްވާ ތުރުކީ އަށް އީޔޫގެ މެމްބަރުކަން ނުލިބި ވަނީ ވެސް މަރުގެ އަދަބު އެގައުމުގައި ދިނުމަށް ނިންމާފައިވާތީއެވެ.

އީޔޫގެ ޕާލަމެންޓުން ދާދިފަހުން ވަނީ ސިންގަޕޫރާއި ދެކޮޅަށް ވެސް ގަރާރެއް ފާސްކޮށްފައެވެ. އެގައުމާއި ދެކޮޅަށް ގަރާރެއް ފާސްކުރީ ވެސް އެގައުމުގައި ދާދިފަހުން މަރުގެ ހުކުމް ތަންފީޒު ކުރުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ރިޒާ

    އީޔޫ ފަރަށް ދޭ. ދީނާ ކުޅުން ތީ ލެޔާ ކުޅުން.

  2. މަންނާނު

    ލާދީނީ ނަޟީދު ފަހަތުގަ މިބައިގަންޑު މިއުޅެނީ މިބޭނުމުގަތާ.

    • އަން

      އަންނިއައް ވެރިކަން ލިބިއްޖެއްޔާ ކިހާވަރަކުން ދާނެބާ

  3. ހުމުދު

    ތި ގުރޫޕުގެ މައްޗައް ﷲ ގަދަފަދަ ކޯފާއެއްލައްވާ ތިމީހުން ނެތިކުރައްވާންދޭއްވެ އާމީން

    • ާަމ

      ޢާމީން

      • ކަޅުސޮރު

        ލާދީނީ އަންނި އާ އޭނާގެ ލަސްކަރު ހަލާކު ކުރައްވާށި

  4. ކެރީ

    ކެނެރީ ނަޝީދާއި އޭނާގެ ބައިވެރިންނަށް ހަލާކުހުރި

  5. ހިލަާ

    މިދެން ކިހާ ބޮޑުވެއްޖެ ކަމެއް އަހަރުމެންގެ ދީނާ ކުޅުމުގެ ފުރުސަތެއް ތިމީހުންނަކަށް ނުދޭނަން

  6. ދިވެއްސެއް

    ގަރާރުފާސްކޮށްގެންތިބޭ . ތިކަމެއްނުވާނެ. އިދިކޮޅުފަރާތްތަކުން ބޭނުންވެހުށައަޅާ ކަންކަން ބާއްވާފަ ފުރަތަމަވެސް އެގޮވާލަނީ ކީކޭކަން ބީތާތަކައްވިސްނޭތަ؟ ފުރަތަމަވެސް އަމިއްލަޕްރޮޕެގެންދާ. ވަރަށްސާފު

  7. ނޫރު

    600 މެންބަރުން ނެތެރެއިން ރާއްޖޭގައި އޮތް ދީނީ އެއްބައިވްނތަކަން ނައްތާލާ ބައިބައިވުން އުފައްދަން މި ވާހަކަ ދައްކަނީ އެއްމެ 11 މެންބަރުން. މިވަރުން ވިސްނަބަލަ ދިވެހިން. ހޭލަން ވެއްޖެޔެންނު

  8. ުކ

    އިރާދަ ކުރެއްވިއްޔާ އީޔޫ އޭގެ ގޮތުގައި ދެން އޮންނާނީ މަދު އަހަރުތަކއް ވަންދެން. އެކުވެރި ޗައިނާ އާ އޭގެ ފަހަތުން އަރާ ގައުމުތައް ދިނިޔޭގަ ވެރިކަން ކޮންޓްރޯލް.ކުރާނެ. ޔޫރަޕް ގައުމުތަކުން މޮހާރުވެސް އުޅެނީ އެފަރިކާފަދަ ގައުމުތައް ފޭރީގެން. ޗައިނާއިްނ އެތަނަށް ދެނީ އެހީ

  9. ޝައުކަތު

    އަޅެ ފަހެ ހިނގާބަލާ ލާދީނީ ނަޝީދު އާއި މަގުފުރިދިފައި ހުންނެވި ރައީސް މައުމޫން އެއީ މިގައުމުގެ ރައްޔިތުންނޫންކަމަށް މަޖްލިހުން ކަނޑައަޅާ އެބައިމީހުން ބޭރު ގައުމަކަށް އަރުވާލަން. ކިހާ ބޮޑު ނޮހުރުއްޕާނެއް މިދެމީހުންނާ ހުރެ. ބަޔަކަށް ހަމަޖެހިލައިގެން ވެރިކަން ކުރެވޭކަށެއްނެތް. ގައުމު އަތުފަތު ނޭޅި ތަރައްގީ ކުރަމުން ދާއިރުވެސް މިމީހުންގެ ފަޔަށް ހިނިއަރައިގެން އުޅޭހެން މިއުޅެނީ..! އީޔޫއެއްނޫން، ކޮމަންވެލްތާއި އަދި ފެއިލްވަމުންދާ އދ ގެ އެހީ ހޯދައިގެން ނަމަވެސް ތިކުރަން އުޅޭ ކަމެއް ﷲ އިރާދަ ފުޅުން ކާމިޔާބެއް ނުވާނެ.

  10. މުހަންމަދު

    ފުރަތަމަ އީޔޫ ގަދީނީ މިނިވަންކަން ދީ ބަލަ ދެން އެހެން ބަޔަކަށް ގޮވާލާ

  11. އަޙުމަދު

    "މިހާރު" ނޫހުގައި ފާހަގަކޮށްފައެއް ނެތް ދީނީ މިނިވަންކަމާ މަރުގެ އަދަބުގެ ވާހަކައެއް.

  12. މަލިކައްޑޫ

    އިސްލާމް ދީނުގައި މިތިބީ ރުހުމުގައި، ދެން މިނިވަން ކަމޭ ކިޔާފަ ގަދަކަމުން މިދީނުން ބޭރުކުރަން މަސައްކަތް ނުކޮއްބަލަ،
    އެކިއެކި ނަންނަމުގައި ދިވެހި ކުދިންނަށް އިސްކޯލަރޝިޕް ދީގެން އެތީސްޓު ކުރުވުން ހުއްޓާލަބަލަ.

  13. އެކަނބުލޯ

    އީޔޫގެ ކޮންމެ ޤައުމެއްގަ އިތުރު 1000 މިސްކިތްއަޅާ މުސްލިމުން ވަޒަންވެރިކުރުމަށް އީޔޫއަށް އެންގުމަށް މަމެންވެސް ޤަރާރެއް ފާސްކޮށްފާނަން..

  14. ހަމިދު

    ގަރާރުފާސްކޮށްގެންތިބޭ އަތަށް ލައިގެން ހަލުވާލަ ހަލުވާލަ ތިބޭ އަންނަ ރުޅިން ހިތަށް އަޜާ މަގުމަތީ ތެޅޭ ބައިގަނޑަށް ވިސްނަދޭން ދާން ވީއޭ

  15. ޢިސްމާލު

    އެމް ޑީ ޕީއަކީ ކުރިސްޓިއަން ޖަމާއަތެއް

  16. ާަމ

    ނުވާނެ ތިކަމެއް...އަހަރެމެންގެ ދީން ޤުރުބާން ނުކުރެވޭނެ ކަލޭމެން އެހީ ނުވިޔަކަސް...

  17. މަންޖެ

    މިމީހުންނަށް އަޅެކޮންކަމެއްތަ މިތާންގަ ދީނީ މިނިވަންކަން އޮތަސް ނެތަސް. ކީއްވެތަ ދުނިޔޭގެ ބޮޑެތިބަރު ތަކާ ކުޅެން ނުކެރެނީ. ކޮބައިތަ އިޒްރާއީލް، މިއަންމާ؟؟؟

  18. ކާލާ މަންނަ

    މީބޮޑުވެއްޖެ ވަބާއެއް އީޔޫ މީދެން ކޮންބައެއް މިގައުމުގެ ލާދީނީ މީހުން ބޭރުގަ ތިބެގެން ތިފަދަ ވިޔާނުދާ އަމަލުތައް ބޭރުގެ އައިރު މުސްލިނުމްނާ ގުޅިގެން ހިންގާކަމީ މިދިވެހި ގައުމު މާގިނަދުވަސް ތަކެއްނެތި އިސްލާމްދީން މިދިވެހި ފަސްގަނޑުން ފޮހެވިގެން ހިގައިދާނެ ކަމުގެ ހެއްކެއް.މިބިރުވެރި ކަމުން ރައަިސް ޔާމީން މިގައުމު ސަލާމަތް ކޮއްދިނުން އެދި ދިވެހި ރައްޔިތުންގެ ފަރާތުން އިލްތިމާސް ކުރަން.

  19. Anonymous

    އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނެއް އީޔޫ އިން މިކަމާ ނުބެހޭ

  20. ކިންގފިޝަރ

    ރ ޓީވީ އިން އިއްގެ ހަތަރުދަނު ތި އީޔޫއިން ފާސްކުރަން އުޅޭ ކަންތައްތައް ޕްރޮމޯޓްކުރި ސަރުކާރާ ދެކޮޅަށް. މީޑިއާ ކައުންސިލުން މިކަމަށް ފިޔަވަޅު އަޅަންޖެހޭނެ. ސަރުކާރު ވައްޓާލަން އަދި ވަކި ބަޔަކު ޖަލުން މިނިވަންކުރަން އުޅެނީ ދީނީ މިނިވަންކަން ނަގާލުމަށް ކަމުގައިވާނަމަ ސަރުކާރުން އެއްވުންތައް ނިހުއްޓުވައިފިނަމަ އެމީހުންނާ ދެކޮޅަށް އަހަރުމެނަށް ނުކުންނަން ޖެހިދާނެ. ނަޝީދުއަށް ވެރިކަން ހޯދައިދިނުމަށް ކެރަފާ ނަޝީމް މިތަންތަނަށް ގޮސް ކުރިކަމަކީ މިއީ. މިކަމާ ދެކޮޅަށް މަޖިޅިހުން ހަރުކަށި ގާނޫނެއްވެސް ވަގުތުން ފާސްކުރުމަށް ގޮވާލަން. ތިޔަ ކުޅެވެނީ މަގޭ ދީނާ. ޙަމަހިލާ ތިކަމަކަށް ފުރުސަތެއް ނިދޭނަން.