ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހުންނެވީ މިނިވަން 50 ގެ ކޮރަޕްޝަން އަދި ވެރިކަމުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދަށުވެފައި ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އަދި ދާދި ފަހުން ޕީޕީއެމްގެ ކައުންސިލް މެންބަރުކަމުން އިސްތިއުފާ ދެއްވި އިބްރާހިމް މުއާޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގެ ބައެއް މަސައްކަތްތައް ހަވާލުކޮށްފައި ހުރީ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބޭނުންފުޅުވާ ފަރާތްތަކަށް، ނުއަގުގައި ކަމަށް ބުނެ ގިނަ ފަރާތްތަކެއްގެ ތުހުމަތުގެ އިނގިލި ވަނީ އުމަރަށް އަމާޒުވެފައެވެ.

މުއާޒް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ބައެއް ވާހަކަތަކަށް އުމަރު ނަސީރު ރައްދުދެއްވައިފައިވާއިރު މުއާޒް މިއަދު "ވަގުތައް" ވިދާޅުވީ އުމަރު ނަސީރު މިއަދު ހުންނެވީ މިނިވަން 50ގެ ކޮރަޕްޝަންގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ ދަށުވެ ވަރަށް ބޮޑަށް ފިތިފައި ކަމަށެވެ.

"އުމަރު ނަސީރު މިއަދު އެހުންނެވީ ވަރަށް ބޮޑަށް ރައީސް ޔާމީންގެ ދަށުވެ ފިތިފަ. ސަބަބަކީ މިނިވަން 50 ގެ ކޮރަޕްޝަންގެ ކަންތައް ގަނޑުގަ. މިކަންތައް އެބަ ޖެހޭ ތަހުގީގު ކުރަން" މުއާޒް ވިދާޅުވިއެވެ.

އުމަރު ނަސީރުގެ މައިގަނޑު ބޭނުމަކީ ރައީސް ޔާމީނަށް ހެޔޮ އެދޭ ކަމަށް ދައްކައިގެން ޕީޕީއެމްގެ މެންބަރުންގެ ބޮލަށް އެރި، އެ ޕާޓީގެ ތެރޭގައި އުމަރުގެ ފެކްޝަނެއް އުފައްދާ ޕީޕީއެމް ބައިބައިކުރުވުން ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

"އުމަރު ނަސީރުގެ މައިގަނޑު ބޭނުމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ޕީޕީއެމްގެ މެންބަރުން ހިތްހަމަ ޖެއްސުމަށް ރައީސް ޔާމީންގެ ދިފާއުގައި ކަމަށް ބުނެ އެތާ އެތެރެއަށް ވަދެގެން އަނެއްކާވެސް އުމަރު ފެކްޝަން އުފެއްދުން. އުމަރުގެ އަމާޒަކީ މި ލިބުނު ދަނޑިވަޅުގައި ހުދުމާ ފެކްޝަން ނުވަތަ އެނޫންވެސް ފެކްޝަން އެއް ހަދައިގެން ރައީސް ޔާމީނާއި ތަޅާފޮޅުން" މުއާޒް ވިދާޅުވިއެވެ.

އަދި ފިނިފެންމާ ލޯޗުގައި ބޮން ގޮއްވާލި ހާދިސާ ތަޙްޤީޤު ކުރި ޓީމްގައި އެންމެ އިސްކޮށް ބައިވެރިވި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ރައްދު ދެއްވައި މުއާޒް ވިދާޅުވީ، އުމަރު ނަސީރަށްވެސް އަދި އެއްވެސް ތަހުޤީޤީ ޓީމަކަށްވެސް އެއްވެސް ވީޑިއޯއެއް އަދި ފޮޓޯއެއް ދީފައި ނުވާނެ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ނޭނގި އުމަރު ނަސީރަށް ރައީސް އޮފީހުން ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާގެ ރޯ ފައިލްއެއް ނުވަތަ ރޯ ވީޑިއޯއެއް ލިބުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެކަން ތަހުޤީގު ކުރަން ޖެހޭ ކަމަށް މުއާޒް ވިދާޅުވިއެވެ.

"ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް އުމަރު ނަސީރު އަޅުގަނޑު އަތައް ދިއްކޮށްލީ ސީޑީއެއް. އުމަރު ނަސީރު މިއަދު އެވިދާޅުވަނީ އެއީ ރޯފައިލް އެކޭ، ރޯ ވީޑިއޯއެކޭ. ކިހިނެތްބާއޭ އުމަރު ނަސީރަށް އެނގެނީ އެއީ ރޯ ވީޑިއޯއެއްކަން. އެއީ އެ ޑިޕާޓުމެންޓަކީ އަޅުގަނޑުގެ ދަށުގައި އޮތް ޑިޕާޓްމެންޓެއް. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރިހާ ފޮޓޯތަކަކާއި ހުރިހާ ވީޑީއޯތަކެއް ހުންނާނީ އަޅުގަނޑުގެ ބެލުމުގެ ދަށުގައި. އެކަމަކު އަޅުގަނޑު އުމަރު ނަސީރު އަތައް އެއްވެސް ވީޑީއޯއެއް ނުދެން. މިއީ އަޖައިބެއް ނޫންތޯ؟ އުމަރު ނަސީރު އަތައްވެސް އަދި ކޮމިޝަންއަކަށްވެސް އަޅުގަނޑު ވީޑިއޯއެއް ނުދެން. އެހެންމާ މިކަންކަން ބަލަން ޖެހޭ" މުއާޒް ވިދާޅުވިއެވެ.

މުއާޒު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ލޯންޗް ގޮވި ވަގުތު އަލިފާން ނުފެންނަ ކަމަށާއި އަލިފާނުގެ ކުލަ ފުރަތަމަ ފެނުނީ ވެސް އުމަރު ނަަސީރު އޭނާގެ އަތައް ދެއްވި ސީޑީއެއްގައި އިން ވީޑިއޯ އަކުން ކަމަށެވެ.

ނަމަވެސް އެވާހަކަތަކަށް ރައްދު ދެއްވަމުން ޢުމަރު ވިދާޅުވީ މުއާޒު ދެއްކެވި ވާހަކަތަކީ އޭނާ ދެއްކެވި ވާހަކަތަކެއް ނޫންކަމަށާއި އެއީ "އެމްއެމްޕީއާރުސީގެ ނަހަމަ ފައިސާ ދެއްކި ވާހަކަތަކެއް" ކަމަށެވެ.

ޢުމަރު ވިދާޅުވީ އޭނާ މުއާޒާ ޙަވާލުކުރެއްވި ވީޑިއޯއަކީ ރައީސް އޮފީހުގެ ކެމެރާއަކަށް ރެކޯޑުކުރެވިފައިވާ ވީޑިއޯއެއް ކަމަށެވެ. އެއީ ލޯންޗުގައި އެއްޗެއް ގޮވި ޙާދިސާ ތަޙުޤީޤު ކުރުމަށް ރައީސް ޔާމީން އެކުލަވާލި ކޮމިޝަނަށް ލިބުނު ވީޑިއޯއެއް ކަމަށް އުމަރު ވިދާޅުވިއެވެ.

"އޭގެ ރޯ ފައިލް މިހާރު ވެސް އޮންނާނެ. ރައީސް އޮފީހުން އެމައްސަލަ އަލުން ބައްލަވަންވީ ނޫންތޯ،" ޢުމަރު ވިދާޅުވިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު މި މޭރުމުން ވާހަކަ ދައްކާފައިވާއިރު ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު ވިދާޅުވީ އަލިފާން ފެންނަ ގޮތައް ވީޑިއޯއެއް އެޑިޓްކޮށްލުމަކީ އާދައިގެ ގްރެފިކް ޑިޒައިނަރަކަށްވެސް ތަކުލީފަކާއި ނުލައި ކުރެވޭނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ވާހަކަ މީގެ ކުރިން އުމަރު ނަސީރު ދައްކާފައި ނުވަނީ ކީއްވެތޯއާއި މެދުގައިވެސް މުއާޒް ވަނީ ސުވާލު އުފައްދައިފައެވެ.

"އުމަރު ނަސީރު ކީއްވެގެންބާއޭ މީގެ ކުރިން އެމްއެމްޕީއާރްސީގެ މައްސަލަ ބަލަން ނޫޅުނީ. އޭގެ ހަގީގަތް ބަލަން ނޫޅުނީ .އޭނާއަކީ ޤައުމުގެ ދާހިލިއްޔާގެ އިސްވަޒީރެއް" މުއާޒް ވިދާޅުވިއެވެ.

އުމަރު ނަސީރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން މުއާޒް ވިދާޅުވީ އުމަރު ނަސީރަށް ތުހުމަތު ކުރެވޭ ހުރިހާ ކޮރަޕްޝަންގެ މައްސަލައެއް ތަހުޤީގުކުރަން ޖެހޭ ކަމަށެވެ. އަދި ފިނިފެންމާ ހާދިސާގެ ތަޙުޤީގުވެސް އަލުން ކުރަން ޖެހޭ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. އަޅެ

    މި ސޮރު މިހާރު މިތަރުޖަމާކުރަނީ ކާކު ބުނާ ވާހަކަތަކެއްބާ؟ މާ ކުރީގެ ވާހަކަތަކެއް އެބަ ތަރުޖަމާކޮށްގެން ނެރޭ ކޮންމެވެސް ބޭނުމަކު.

  2. ހައިދަރު

    މިހާރު މަށައް ހީވަނީ މިސޮރަކީ މޮޔަ އެއްހެން މިސޮރު މަޖިލީހަށް ކުރިމަތިލާން އުޅުމުން އެކަން ވާގޮތް ނުވުމުން ކޮސްގޮވަން ފެށީ

  3. Anonymous

    މިއީ ފަހުޒަމާނުގެ ޢަލާމާތްތައް މިފެނިގެން ދަނީ، ދުނިޔޭގެ ތިބި ބަޔަކަށް މިކަހަލަ އެތައް ޢަޖާއިބު ކުރުވަނިވި ކަންތައް އަދި ފެނިގެން ދާނެ.

    • ރާކަނި

      ތެދެއް ތިބުނީ. މިވަރުވެގެން ދިޔައިމާ އެމްއެމްޕީއާރުސީގެ މައްސަލައިގައި މުއާޒަށްވެސް ބައި އެޅިފައިވާކަމަށް ގަބޫލުކުރުމަކީ ގޯހަކަށް ވެދާނެބާއޭ ހިތަށްއަރާ. މިހާރު އަހަރުމެންނަށް ގަބޫލުކުރެވެނީ ޔާމީނުގެ އަތުގައި މިބައިގަނޑަށް ދޭނެ އެއްޗެއް ނެތީއޭ. ޝައިނީއާ ޔާމީންރަޝީދާ ދިއްދޫ ލައްޗޭ އާ މުއާޒަށް އޭރުވެސް އެނގޭނެ ޔާމީނުގެ އެކައުންޓަކު ނޫންކަން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައްވީ، އަދީބުގެ ފަރާތުން އޭނާ ހަވާލުކުރި މީހެއްގެ އަތުގައިކަން، އެހެންވެގެން ފައިސާގަނޑު އޮތްތަނަށް ކުރިންވެސް ފައިދާލިބުނު މީހުންތަށް ދަނީކަން ގަބޫލުކުރެވެނީ.

  4. Abdul Latheef

    މިއޮތީ އުމަރު ބުނި އެތި. ދެލޯ ރަގަޅަށް ހުޅުވާފަ ކިޔާލަބަލަ. އެވާހަކަތަކަށް ރައްދު ދެއްވަމުން ޢުމަރު ވިދާޅުވީ މުއާޒު ދެއްކެވި ވާހަކަތަކީ އޭނާ ދެއްކެވި ވާހަކަތަކެއް ނޫންކަމަށާއި އެއީ "އެމްއެމްޕީއާރުސީގެ ނަހަމަ ފައިސާ ދެއްކި ވާހަކަތަކެއް" ކަމަށެވެ.
    ޢުމަރު ވިދާޅުވީ އޭނާ މުއާޒާ ޙަވާލުކުރެއްވި ވީޑިއޯއަކީ ރައީސް އޮފީހުގެ ކެމެރާއަކަށް ރެކޯޑުކުރެވިފައިވާ ވީޑިއޯއެއް ކަމަށެވެ. އެއީ ލޯންޗުގައި އެއްޗެއް ގޮވި ޙާދިސާ ތަޙުޤީޤު ކުރުމަށް ރައީސް ޔާމީން އެކުލަވާލި ކޮމިޝަނަށް ލިބުނު ވީޑިއޯއެއް ކަމަށް އުމަރު ވިދާޅުވިއެވެ.
    "އޭގެ ރޯ ފައިލް މިހާރު ވެސް އޮންނާނެ. ރައީސް އޮފީހުން އެމައްސަލަ އަލުން ބައްލަވަންވީ ނޫންތޯ،" ޢުމަރު ވިދާޅުވިއެވެ.

  5. ޖޭޒްމީން

    މުއާޒަކީ ރައީސް އޮފީހުގެ ހުޅަނގު ގޯޅިގަޑު ތެރޭގައި ރަސްމީ ގަޑީގަ ސިގިރޭޓް ބޯންހުނަ ފެގް އެޑްކްޓެއް ދެން ފަހެ މީނަޔަތް ކޯއްޗެއް އިގޭނީ

  6. ވަރުވާ

    މުއާޒު ހުންނެވީ، އެމްއެމްޕީއާރުސީ ދަށުވެ ޗަސްވެފަ ދެއްތޯ؟

  7. ޙަމީދު

    ދަށުވެފާހުރިމީހާ ނުފެނޭތަ ވެރިކަންގެއްލުނީމަތަ ދަށުންނިކުންނަން އެގުނީ ކީވެތަމިހުރިހާދުވަހު ދަށުގައޮތީ...

  8. ސުން ކުލުނު

    އެވަާނީ އެ ސީޑީ އެޅުވީ މާ ރޯވާހާކަ ކަމައް

  9. ހޭބަލި

    އޭބަލަ މިހިރަ މޮޔަ މީހާ އަހަރުމެންނަށް ވަރަށް ސާފު ކޮއް އެބަ ފެނޭ ކާކު ކާކު ދަށުވެފަހުރިތަން.

  10. ޅަކޮތަރު

    ކަލޯ އުމަރު ކަލޯޔައް އިނގިގެންތަ ތިވާހަކަ ދައްކަނީ، ތިބުނާވަރައް ލާރިނެގިނަމަ އޭނާގެ އަމިއްލަ ގެވެސް ނެހެދިފަ އެހުރީ

  11. ޙީދް

    ސީސީ ޓީވީ ފުޓޭޖް ވެސް ؟؟؟؟ ގަޅިޖެހުނީ ދޯ ؟؟؟؟؟

  12. އެޑަމް

    އެސޮރަށް އަދީބު ލާރިކޮޅެއް ދިނީ!!؟

    • މުގުރާން

      ބައެއްމީހުން ބުނެއުޅޭ ފައިސާއަކީ ހުރިހާއެއްޗެއް ނޫނޭ؟؟؟ މިހާރު ކިހިނެއްބާމިވަނީ އަތުގަ ޖެހިއްޖެއްޔާ އޯކޭ ކޮންމެ ގޮތަކުންވިޔަސް!!!ތިމާގެ ތިޖޫރީގައި ހުރިއެތިކޮޅު ނަގައި ތިމާޔަށް އެއްބައި ދިނަސް އޯކޭ!!!

  13. ޓީ

    ތިވަާހަކަ ތަހުގީގީ ދުވަސްވަރު މުއާޒު ނުދެއްކީ ކީއްވެ. ހުސް ދޮގުވެރިންނާއި މަކަރުވެރިން. ޔާމީންގެ ވެރިކަނ ނިމުމާއި އެކު ޚިޔާނާތްތެރިން ތައް މެންދުރުގެ އިރު ފަދައިން ފެންނަން ފެށީ.

  14. މަސްވެިރިޔާ

    މުއާޒް ރައީސް ޔާމިންގެ ސަރުކާރުގެ ޑ. މިނިސްޓަރ ފެންވަރުގެ މަގާމެއްގަ 5 އަހަރު ހުރެފަ އެމަނިކްފާން ސިޔާސީގޮތުން ނިކަމަތިކަން ކުރިމަތިވީމަ ފައިސާގެ ދަހިވެތިކަމުފައި ފުއްމާއިގެން ދިޔަސް.. މިއަދު އުމަރު ރ.ޔާމިނާއި އެކު ހުއްޓަސް ނެތަސް އުމަރު ވިދާޅުވަމުން ގެންދަވާ ހައްގުބަސްތަކަށް އަހަރަމެން އުމަރު ވަރަށްބޮޑަށް ބަލައިގަންނަން. އުމަރު ޕީޕީއެމްއަށް ތާއީދު ކުރީމަ މުއާޒް ފިނި ވިޔަސް ޕާޓީ އުފެއްދުމުގައި 3 ވަނަ މީހަކަށް ރ.ޔާމިން؛ ރ.މައުމޫން އާއެކު އުމަރު ހުންނެވި. ރ.ޔާމިން އަބަދުވެސް އުމަރަށް އިތުބާރު ކުރައްވާތީ ނުންތޯ ހޯމް މިނިސްޓަރ ކަމުގައި އުމަރު ދިގު މުއްދަތަކަށް ހުންނެވީ. މުއާ ބުނަންތަ ވާހަކައެއް. ރައީސް ޔާމިން އެކަނި ނުވާނެ. އަހަރަމެންނަށް މަގުމަތީ ހަރަކާތް ހިންގޭނެ. މުއާ ދިއުމުން ބަނަވެ ފުނޑުވާނީ ތިބާގެ މުސްތަގްބަލް. ސިޔާސީގޮތުން އަބަދުވެސް އާތަރިން އަރާނެ. ކާކުތޯ ހީކުރީ ދިވެހި ތަޚުތުގަ ރ. ސޯލިހު އިންނަވާނެކަމާއި ނައިބަކަށް ފައިސަލް އަތުވެދާނެކަމަށް ބަޓް އިޓް ހެޕަން. ދަޓްސްދަ ޕޮލިޓިކްސް. ހަމަ އުމަރުވެސް އަތުވެދާނެ.

  15. ހަސަން

    ބްރޯއާއި ސޭޓުގެ ރިޝްވަތުގަޖެހުމުންހުރިހާއެއްޗެއްވެސްކިޔާނެ

  16. އައުލާ

    މީހާގެ ފެންވަރު އެނގެނީ ފަހުން މިހާރު މުއާޒު އަކީ ވިސްނޭ މީހެއް ކީއްވެބާ ކަމުގެ ކުރީކޮޅު މިކަހަލަ ހަންޑަވާޅިން މިކަންކަން މިހެންވާކަން ހާމަނުކޮށް ތިބެނީ އެއީވެސް ކޮރަޕްޝަން

  17. !!!!!!

    ކޮންފަދަ ކަމެއް ކޮންބަޔަކަށް އަންގަންތަ މިއުޅެނީ ކޮބާބާ ބޭނުމަކީ ބައެއްފަހަރު މިފިރިހެނާ ބޮޑުކަމު ހާޖަތާ ދެވޭވަރަށް ރައީސް ޔާމިނަށް ސަޕޯޓް ކުރާނެ އަނެއްބައި ފަހަރު....... ބޯހަލާކު މިކަހަލަ މީހުންގެ ޚަބަރު ނުގެނެސްބަލަ މިނޫހުން

  18. ޢަލީ

    މިދެން ކާކުތަ؟ ސިނކުޑިއަށް ލުބޯ ހުތް އެޅިގެން މިތެޅެނީ..

  19. މޫސަ

    ރުފިޔާ ފަހަތުން ދުވަނީ. މުއާޒުގެ ލަދުހަޔާތް ކޮބާބާ؟ދެން މިމީހުން ލާރިއަށް ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ އެއްނު

  20. Miadhu

    މުއާއަަށް އަމާޒުކޮށް މީގެކުރިން އުމަރު އެވާހަކަނުދެއްކީ ގައުމީވމަސްލަހަތު ރައްކާކުރުމަށް ބޭނުންވާތީ ނަމަވެސް މުއާމެންފަދަ ޒުވާންކުދިންނަށް ގައުމަކީ ކޮންއެއްޗެއްކަން ނުއެގި ތަޅާއަގައިން ގައުމުގެ މަސްލަހަރުގެއްލި އަމިއްލައަށް ރޫޅާވެނީ މިހެންވަނީ ތަޖުރިބާއެއްނެތް ހަމަބުއްދިނުވާ ޒުވާނުން އިސް ސަފަށް ނެރެވޭތީވމިއީ ހުރިހާ ރައީސުން ވިސްނަންޖެހޭކަމެއް

  21. އަބްދުލާ

    މުއާޒޫ ކަލޭހީނުކުރާތި ، ތިހެން ވާހަކަ ދެއްކީމަ ރައީސް ޔާމީހުނުގެ ސަޕޯޓް ކުޑަވާނެ

    ކަމަށް .އުމަރުހެ އަގު ވެއްޓޭނެކަމަށް . މީ އަހަރެމެންގެ ކޮލެޓީ އުފެއްދުމެއް. ތަޖުރިބާ

    ކޮށްފައިވާ އޮރިޖިނަލެއް ހެވީޑިއުޓީ ޓޫލެއް. ކަލެއަށް ޖެހޭނީ ނާށިގަނޑު ހިފައިގެން

    އިނދެ އެއޮއްމަގަށް ނުލައްގަޅޭ މައިން މަގަށް ލައްގަޅޭ ކިޔަން އިންނަށް.

  22. މުހައްމަދު

    ހެހޭ ކުރިންވެސްބުނިން މިކަލޭގެޔަކީ ބަދަވިންގެ ލީޑަރެކޭ އޮފީސްނިންމާފައި މުޅިންވެސް އުޅޭނީ އެބައިގަނޑު ގޮވައިގެން ކޮފީގަ އޭރުވެސް އިނގޭ މިކަލޭގެޔަކީ ލާރިޔަށް ކަން ކުރާމީހެއްކަން މިހާރު ލާރިލިބެންއޮތީ ވަގުންގެކޮޅަށް އަރައިގެން ކަމަށްވާތީ އެނބުރެލީ އަދިވެސް މިކަހަލަ ބަޔަކުއެބަތިބި ފިލާ ނަމަވެސް މާގިނަދުވަހަކު ދެން ތިބޭނެހެނެއް ހިޔެއްނުވޭ ވަކި މޮޅުތަކެއްވާނެކަމަށް ހީކުރަނީތަ ނުވާނެ ވަކިމޮޅެއް އަދި އެން ދިމާލަކަށްވެސް ދާނެ ހެހެހޭ

  23. ހަސަނާ

    މޮޔަވެފައި ތިހިރީ. އޭޑީކޭ ޓަވަރުގައި ފުއްޕާފައި 2000 ޑޮލަރު ކުލީގައި އުޅެނިކޮށް އެވެސް ދައްކާނެ ގޮތެއް ނެތިގެން މީހާ ތިހިރީ ބޮލު ރޮދި ކޮށިފައި.

  24. ޒިޔާޕު

    ާމުޖުތަމާގަ ބަލައިނުގަންނަ މީހަކު ދައްކާވާހަކަ ކާކު ގަބޯލުކުރާނީ. ޓިއުޅެނީ ގޮތް ހުސްވެގެން

  25. ސޮލިހް

    މިކަހަލަ ކަނޑު ކޮހަކު ނޫސް ކޮންފަރަންސަކަށް ގޮވާލާހާ ފަހަރަކު އެތަނަށް ވަޤުތުން ނުދޭބަލަ. ތިވަރުން ދަންޏާ ޓްރޭޑާރސް
    ހޮޓަލުގަ (ކަނދި ޙަސަންފުޅު ހޮޓަލުގަ) އެތިބޭ ސިޔާސީ ޕްރޮފެސަރުންގެ ވާހަކަތައް ވެސް ވަޤުތުން ކަވަރު ކުރަން ޖެހިދާނެ.

  26. އަހުމަދު އަދީބު

    މުއާ މަބެޒާރު ވާވަރަށް މިފަރާތައްޖެހި ވާހަކަ ނުދައްކަބަރރރ

  27. ދދދދ

    އެމްއެމްޕީއާރްސީގެ ވަގުންތައް ހިމޭނުން ތިބެފަ ހިލިގަނެގެން މިއުޅެނީ. ހުރިހާ ވަގުން އަމިއްލައަށް ކޮންމެސް ސިފައެއްގަ ބޭޒާރުވެ ހާމަ ވަމުން ދާނީ. އިންސާނުން ލަދު ހަޔާތް މަދުކަމާއެ. މޫސާ ލަޠީފަށް މި ވަގުންތައް ނުފެންނަނީ ކަލެއަކީވެސް ވަގު ފައިސާއިން ބައި އެޅުނު ވަގަކީބާ!

  28. އަލީ

    އަދީބު އާއި އޭނާގެ އައުވާނުން މިރާއްޖޭން އެންމެ ޖެހިލުންވަނީ އުމަރު ދެކެ. ދަ މޯލްޑިވްސް ގޭންގް ސްޓާރސް ޕާޓީގެ ކުރިމަގަށް އެޅޭނެ ހުރަހަކީ އުމަރު ކަމަށް ވާތީ އުމަރަށް ތިޔަ ވިއްދާލަނީ، ތިޔަ އުފެއްދި ޕާޓީގެ މުގުލުގައި ތިބީ ކޮރަޕްސަން ސިރަޕު ބޮވިފައި ތިބި މީހުން، އާންމު މެންބަރުންނަށް ތިބީ ކަންމަތީ ބޯއީސް ދެން ވ.ސަލާމް މުއާޒު

  29. ވަހީދު

    އަލްހާނާއި އިލްހާމުމެން ނިމިދިޔަ ގޮތަށް މީނަ ނިމިގެންދާނީ ވެސް.

  30. ސޭޓުގެ އަނބިމީހާގެ ފިރިމީހާ

    މުއާޒު މިހާރު ތިއުޅުއްވަނީ މިހާރު ދެންމާ އިނެސެންޓް ވެގެން.. އަބުއިކޮށް އުޅުއްވުމަށް ފަހު ބުރޯ ޕާޓީއާއި ގުޅެންކަމަދޯ... ވ ވާހަކަ މިއީ

  31. ފފފ

    މުއާ ކަލޭ ތިހިރީ އެއްޗެއް ބޯންދީފަތަ..

  32. އައްޑޫ މީހާ

    މުއާޒް މާތް ﷲ ގަންދީ ހުވާކޮށްފަ ބުނެބަލަ ތިމަންނަ ވަގު ފައިސާގަ އެއްވެސް ވަރަކަށް އަތެއް ނުލަމޭ ނުކެރޭނެ ބުނާކަށް ބޮލަށް ހޮނު އަޅައިފިއްޔާ ދެން ކީއްކުރާނީ