ސިހުރު ހާހޫރައަކީ މީގެ އެތަކެއް ޒަމާނެއް ކުރިން، ދުނިޔެއަށް ފާޅުވެފައިވާ ކުފުރުގެ އަމަލެކެވެ. ސިހުރަކީ ޖެހޭ އެއްޗެއްކަން ރަސޫލާ މުހައްމަދުއް ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތުންނާއި ކީތިރި ޤުރުއާނުގެ މޫރިތި އާޔަތްތަކުންވެސް ހާމަވެއެވެ.

ސިހުރު ހަދާ މުސްލިމު މީހާ ސިހުރު ހެދުމުގައި ޝިރުކުގެ ބަހެއް ބޭނުންކޮށްފިނަމަ އޭނާގެ އަދަބަކީ މަރާލުމެވެ. އަދި ސިހުރުވެރިއަކު ހެދި ސިހުރެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެމީހާގެ އަދަބަކީވެސް މަރެވެ.

ސިހުރުވެރިންގެ ބިރިވެރިކަމުގެ އަސަރު ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ކޮށްފައިވާއިރު އަޅުގަނޑުމެންގެ މި މުސްލިމު ޤައުމުގައިވެސް ސިހުރުވެރިންގެ އުނދަގޫ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ސިހުރުގެ ސަބަބުން މި މުޖުތަމައުންވެސް އެތައް ބައެއް މަރުވެ އެތައް ބައެއްގެ ދިރިއުޅުން ވަނީ ބަރުބާދުކޮށްލައިފައެވެ. ސިހުރުން ރައްކާތެރިވެވިދާނެ ވަރަށް ގިނަ ގޮތްތައް ރަސޫލާ صلى الله عليه وسلم ވަނީ ބަޔާންކޮށްދެއްވާފައެވެ. އޭގެ ތެރެއިން ސިހުރަށް އޮތް ފަސޭހަ ހައްލަކީ އަޖުވާ ކަނދުރެވެ.

އަޖުވާ ކަދުުރު ---

މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. (مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً لَمْ يَضُرَّهُفِي ذَلِكَ الْيَوْمِ سُمٌّ وَلَا سِحْرٌ)[2].

މާނައީ : ”ކޮންމެ ދުވަހަކު ހެދުނު ޢަޖުވާ ކަދުރުގެ 7 އޮތް ކަދުރު ކައިފިނަމަ އެދުވަހު އެމީހަކަށް ސިޙުރުވެރިކަމުން އަދި ވިހައަކުން ގެއްލުމެއްނުވާ ހުއްޓެވެ.“

އަދިވެސް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރައްވާފައި ވެއެވެ. (الْكَمْأَةُ مِنْ الْمَنِّ وَمَاؤُهَا شِفَاءٌ لِلْعَيْنِ وَالْعَجْوَةُ مِنْ الْجَنَّةِ وَهِيَ شِفَاءٌ مِنْ السُّمِّ ) [3].

މާނައީ : ”އަލްކަމްއާ ވަނީ މަންނުގެ ތެރެއިންނެވެ. އޭގެ ފެނަކީ ލޮލަށްވާ ޝިފާއެކެވެ. އަދި ޢަޖުވާ ވަނީ ސުވަރުގެއިންނެވެ. އެއީ ވިހައިގެ ޝިފާއެކެވެ.“

އަޖުވާ ކަދުރު ހާއްސަވެގެންވަނީ މަދީނާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތަހުތު

    މިދިވެހިރާއްޖޭގައިބަހުރިބާ އަޖުވާކަދުރު

    • މީހާ

      މެސެޖް އޮފް އިސްލާމް ގަ ހުރެ

    • ބަެއެއް ފިހާރަ

      ބަެއެއް ފިހާރަ ތަކުން ލިބެން އެބަހުރި!

    • އަޙްމަދު

      އެބަހުރި. 'ދަމެސެޖް އޮފް އިސްލާމް" ކިޔާ ފިހާރައެއްގަ ހުއްޓާ ދުށިން. މި ފިހާރަ
      ފެންނަން ހުނަނާނެ މާލޭ
      ާބިސްބުރު ކައިރިން ހުޅަނގުން އިރަށް ދާއިރު ކަނާތް ފަރާތުގަ.
      ޖިލްބާބު ފިހާރަ ތަކުގަވެސް ހުރެދާނެ

  2. ހޭހުރި

    ތިޔަކަން ސާބިތުވެއްޖެ. ދެން ހުރިކަންތައް ވެސް އަދި ސާބިތު ވެދާނެ. ދުނިޔޭގެ ބިމަކީ ބަރިބަރިއަށް ހުރި އެއްޗެއްކަންވެސް އަދި ސާބިތުވާނެ. ތަރިން ވެހޭ ވާރޭ ބިމަށް ފައިބާނެކަންވެސް އެއޮތީ ސާބިތުވެފަ. ހަނދުވެސް ދެފަޅިވީކަން ނާސާއިން ވެސް ސީބިތުކޮށްދީފި އެއްނު؟

  3. ޔޫސޭ

    ހިވަނީ އަވަހަށް ބޭރުކޮއްލަން ޖެހޭ އަޖްވާ ކަދުރުތަކެއް ބަޔަކު އަތުގަ ހުރީހެން. ޢެހެންވެތާ
    ޙަދީސް ތަކުން ހަމައެކަނި ކިޔާލުމަށް އަންގަވައިދެއްވި ކަލިމަތަކުގެ ވާހަކަ ނުލިޔެ ހަމައެކަނި އަޖްވާ ކަދުރުގެ ވާހަކަ ލިޔުނީ.

  4. ޝަމް

    އަޖުވާ ކަދުރުކައިގެންހުއްޓާ އެމީހަކު އެދުވަހު ތިހުރިހާ ކަމަކުން ސަލާމަތްވާ ވާހަކަ. ސުވާލަކީ ކުރިން ސިހުރު ޖެހިފަ ހެރިމީހަކު އަޖުވާ ކަދުރުކެއީމަ ސިހުރު ފިލާނެތޯ

  5. ޚުދާ

    ޜާއްޖޭން ލިބޭނެ ގަޑުބަަޑު ކޮށްފަ ހުންނާނީ